އަންހެނުންނާ ގުޅުން ހުރި ކަންކަމުގައި ހަރުކަށި އުސޫލުތަކެއް ގެންގުޅެމުން އަންނަ ސައުދީ އަރަބިއްޔާގައި އަންހެނުން އުޅޭނޫޅޭ ގޮތް ޓްރެކް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މޮބައިލް އެޕެއްގެ މައްސަލަ ހޫނުވެއްޖެ އެވެ.
އަންހެނުންނާ ގުޅުން ހުރި ކަންކަމުގައި ހަރުކަށި އުސޫލުތަކެއް ގެންގުޅެމުން އަންނަ ސައުދީ އަރަބިއްޔާގައި އަންހެނުން އުޅޭނޫޅޭ ގޮތް ޓްރެކް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މޮބައިލް އެޕެއްގެ މައްސަލަ ހޫނުވެއްޖެ އެވެ.
ހުރިހާ ކަމެއްގައި ވެސް އަންހެނުންނަށް ހަމަހަމަ ފުރުސަތެއް އޮންނަން ޖެހޭނެ ކަމަށާއި އެއީ ސުވާލެއް އޮތް ކަމެއް ނޫން ކަމަށް ޖެންޑާ މިނިސްޓަރު ޝިިދާތާ ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.
އަންހެނުންގެ ހައްގުތަކާއި ޖިންސީ ހަމަހަމަ ކަމުގެ ފުރުސަތުތަކަށް ހުރަސްއަޅާ ނުފޫޒުތަކާ ދެކޮޅަށް ތެދުވަންޖެހޭ ކަމަށް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ މިނިސްޓަަރު ޝިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
އަންހެނުންނަށް ކުރާ އަނިޔާ އަށް ގެންގުޅުއްވާނީ ޒީރޯ ޓޮލެރަންސް ސިޔާސަތެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ވިޔަފާރި ފުޅާކުރުމަށްޓަކައި، ރަހުނެއް ބަހައްޓާފައި ލޯނަކަށް އެދުނަސް އެކަމުގައި ކުރިން ކާމިޔާބު ނުވި ކަމަށް، ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރި ކުރުމަށް އުފައްދާފައިވާ...
ޕީރިއަޑް ވުމުން އަންހެނުން ބޭނުންކުރަން ޖެހޭ ޒަރޫރީ ބާވަތްތަކުން ޓެކްސް އުވާލަން ރައްޔިތުންގެ މަޖިލީހުގެ 68 މެމްބަރުންގެ އިއްތިފާގުން މިރޭ ފާސްކޮށްފި އެވެ.
އަންހެނުން ބޭނުންކުރާ ޕެޑުން ޓެކްސް ނެގުން އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ތާއީދު ކުރައްވައި، ޕެޑުން ޓެކްސް ނެގުން އުވައިލުމަށް، މުދަލާއި ހިދުމަތުގެ އަގުން...
ޕީރިއަޑް ވުމުން އަންހެނުން ބޭނުންކުރަން ޖެހޭ ޒަރޫރީ ބާވަތްތަކުގެ ޓެކްސް އުވާލުމަކީ އިސްކަން ދޭ ކަމަކަށް ވެ، ރައްޔިތުންގެ މަޖިލީހަށް ބިލަށް ހުށަހެޅުމުން ސަރުކާރަށް ޝުކުރިއްޔާ އެވެ!...
ފޮރިން މިނިސްޓްރީގެ އިސް ވެރިއަކު އެތަނުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދު ކޮމެޓީ އަށް ހުށަހަޅައި ބަލަމުންދާ ކަން އެތަނުން ހާމަކުރިއިރު، އެ މައްސަލަ ފުރަތަމަ ހުށަހެޅުމުން ނުބަލައި ދޫކޮށްލި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އަހަރުދެކޮޅު ވިހެއުމަކީ މައިމީހާއަށާއި ދަރިފުޅުގެ ސިއްހަތަށް ވެސް ނުރައްކަލެއްކަން ކުރިން ވެސް އެނގެ އެވެ. އެކަމަށް ބާރު ލިބޭ އާ ދިރާސާއެއް މިހާރު ވަނީ އާންމުކޮށްފަ އެވެ. އެކަމަކު މި ދިރާސާގައި ބުނަނީ މިހާރު ލަފާ ދީފައި އޮންނަ މުއްދަތަށް ވުރެ އަވަހަށް އަލުން ބަލިވެ އިނުމުގައި މައްސަލައެއް ނެތް ކަމަށެވެ.
ރާއްޖެ އަކީ އަންހެނުންނަށް އަނިޔާކުރުން ގިނަ ގައުމެއް ކަމަށް ޖެންޑާ މިނިސްޓަރު އައިމިނަތު ޒެނީޝާ ޝަހީދު ޒަކީ މިއަދު ވިދާޅުވެއްޖެ އެވެ.
އާއިލީ މައްސަލަތަކުގައި ދައްކަންޖެހޭ ސާބިތު ޚަަރަދުގެ ފައިިސާ ނުދައްކާ މީހުންގެ މައުލޫމާތު އާންމު ކުރަން ފެމިލީ ކޯޓުން ނިންމައިފި އެވެ.
އަންހެނުންނަށް ލިބެމުންދާ އަނިޔާތަކާއި އެމީހުންނަށް ކުރާ ތަފާތުކުރުންތަކުގެ ވާހަކައަކީ އަބަދު ވެސް ދައްކަމުންދާ ވާހަކަ އެކެވެ. އަހަރެމެންނަށް ނޭނގި ނުވަތަ އެއްވެސް އިހުސާސެއް ނެތި ވެސް އެއީ އަބަދު ހިނގާ ކަމެކެވެ. މިފަހަރު އެފަދަ އަނިޔާގެ ވާހަކަ މި ކިޔަައިދެނީ ޔޫއެންޑީޕީ އާއި ދިރާގާ ގުޅިގެން ކުރިއަށްގެންދިޔަ "ފިލްމް ފޯ ޗޭންޖް"...
ތިމަންނާ އަށް އަނިޔާއެއް ލިބިއްޖެއޭ ބުނާ މީހަކު ވަގުތުން ކުށްވެރިއަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ ރާއްޖޭގައި ރޭޕް އާއި ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ވާހަކައެއް ފެންމަތިވާ ކޮންމެ ފަހަރަކު ވަނީ މިހެންނެވެ. އަނިޔާ ލިބުނު ކަމަށް ބުނާ އަންހެންމީހާ ނުވަތަ އަންހެންކުއްޖާއާ މެދު، އާއްމު ޚިޔާލުގެ "ކޯޓު"ގައި، ހަމަ ވަގުތުން ނިޔާ ކަނޑައަޅަ...
ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ ތެރެއިން 40 ޕަސެންޓް މީހުންނަށް، އަންހެނަކަށްވީތީވެ، ތަފާތުކުރުން ތަޖުރިބާކުރަން ޖެހޭ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
އިސް މަގާމުތަކުގައި އަންހެނުން ތިބުމުން ކޮރަޕްޝަނުގެ މައްސަލަތައް މަދުވާނެ ކަމެއް ކަމަށް ދިރާސާއެއްގައިި ބުނެފި އެވެ.
އަންހެން ދަރިންނަކީ މުސީބާތެއްގެ ގޮތުގައި ގަބޫލުކުރާ މީހުން ގިނަ އިންޑިއާގައި، އަންހެން ދަރިއަކު ލިބުމުން އަނބިމީހާ ދެކެ ރުޅި އައިސްގެން މޫނަށް އެސިޑް ޖަހައިފި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) ގެ އަންހެން މުވައްޒަފުން ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.
އާއިލީ ތަފާތު މައްސަލަތަކާއި، ގެވެށި އަނިޔާގެ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން މުޅިން ހިލޭ ފޯރުކޮށްދޭ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ފެމިލީ ލީގަލް ކްލިނިކުން، އެ ޖަމިއްޔާގެ މަސައްކަތްތައް ފުޅާކޮށް ކުރިއެރުވުމުގެ ގޮތުން ކްރައުޑް ފަންޑިން ކެމްޕޭނެއް ފަށައިފި އެވެ.
ފިރިމީހާ ނުވަތަ އަނބިމީހާގެ ފަރާތުން އަނިޔާއެއް ލިބޭ ހެއްޔެވެ؟ ރައްކާތެރިކުރުމުގެ އަމުރެއް ބޭނުން ހެއްޔެވެ؟ ދަރިންނާ ބައްދަލުވުމުގެ ފުރުސަތު ނުލިބުން ނުވަތަ ދަރިންނަށް ހަރަދު ނުކުރުމުގެ މައްސަލަ ދިމާވޭ ހެއްޔެވެ؟ ކައިވެންޏެއް ކުރަން ނުވަތަ ވަރިވާން ގާނޫނީ އެހީތެރިކަމެއް ބޭނުން ހެއްޔެވެ؟
ރާއްޖޭގައި ކޮންމެ ތިން އަންހެނަކުން އެކަކަށް އަނިޔާއާ ކުރިމަތިލާން ޖެހޭ އިރު ގެވެށި އަނިޔާ ހުއްޓުވުން ވެފައިވަނީ އުނދަގޫ ކަމަކަށެވެ. ގެވެށި ގުޅުމުގެ ތެރެއިން ނުވަތަ އާއިލާގެ ކޮންމެވެސް މީހެއްގެ ފަރާތުން ކުރިމަތިވާ ޖިސްމާނީ، ޖިންސީ، ނަފްސާނީ އަދި ބަހުގެ އަނިޔާތައް ތަހައްމަލްކުރާ މީހުންނަށް ކުރިމަތިވާ ހުރަސްތައް ގިނަ އެވެ....
އަނިޔާ ލިބޭ މީހުންނަށް ނަފްސާނީ ފަރުވާދެއްވުމުގައި އަދި އަނިޔާއާ ދެކޮޅަށް ވާހަކަދައްކަވައި ހޭލުންތެރިކުރުމުގައި ޑރ. އައިޝަތު އަލީ ނާޒު އަދާކުރައްވާ ދައުރު އެންމެންނަށް ވެސް އެނގެ އެވެ. އެކަމަކު މީހުންނަށް އާއްމުކޮށް ނޭނގި އޮތް ކަމަކީ، އޭނާ ވެސް ވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފަ އެވެ.