06 ސެޕްޓެމްބަރ

September 06, 2020 3
ޓްރަމްޕް އާ މައްސަލަގަނޑެއްގެ ތެރެއަށް

އިންތިހާބަށް އެންމެ ދެ މަހަށް ވެފައި ވަނިކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިވަޑައިގެންފި އެވެ: ހަނގުރާމަތަކުގައި މަރުވި އެމެރިކާ ސިފައިންނަކީ "ބޭކާރު ބައެއް" ކަމަށް، އޭނާ ވިދާޅުވި ކަމަށް، މީޑިއާގައި އާންމުވި ވާހަކަތަކުންނެވެ.

01 އެޕްރީލް

April 01, 2020 4
ކޮވިޑް-19: ބޮޑު ހަނގުރާމައަށް ފަހު ބޮޑު ގޮންޖެހުން

ނިއު ޔޯކް (އެޕްރީލް 1) - މިހާރު މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސްފައިވާ ކޮރޯނާވައިރަހަކީ ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ދުނިޔެ އަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ އެވެ.

11 ފެބުރުއަރީ

February 11, 2020 24
ގަރުނެއް ކުރިން ރާއްޖެއަށް ގެއްލުނު ދެ މީހެއްގެ ވާހަކަ

މީގެ ގަރުނެއް ކުރިން ރާއްޖެ އޮންނާނެ ގޮތާއި ދިވެހިންގެ އުޅުމާއި ހޭލުންތެރިކަން ހުންނާނެ ގޮތް ތަސައްވުރުކޮށްލާށެވެ. ފުރަމެންދަމެއްގައި ފަޅުރަށެއްގެ އަތިރިމަތީ، ގައިމަތީ ދިވެހި ރުކުގެ ފަން އަޅައި އުނުއޮރިޔާން ނިވާކޮށްލައިގެން ނިދާފައި ތިބި ދެ "ފަރަންޖީ" އިން ފެނުމުން އޭރު ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ އިރުގެ އަލިކަން ވީއިރު...

13 ނޮވެމްބަރ

November 13, 2019 5
އެމެރިކާގެ ސަބްމެރިނެއް 75 އަހަރު ފަހުން ފެނިއްޖެ

އޮކިނޯވާ (ނޮވެމްބަރު 13) - ދެ ވަނަ ބޮޑު ހަނގުރާމައިގައި ގެއްލުނު އެމެރިކާގެ ސަބްމެރިނެއް 75 އަހަރު ފަހުން، އީސްޓް ޗައިނާ ކަނޑުއަޑިން ހޯދައިފި އެވެ.

22 އޮކްޓޯބަރ

October 22, 2019 3
ދެވަނަ ބޮޑު ހަނގުރާމާގައި ފައްތާލި މަނަވަރެއް ހޯދައިފި

ޓޯކިޔޯ (އޮކްޓޯބަރު 22) - ދެ ވަނަ ބޮޑު ހަނގުރާމައިގައި ފައްތާލި ޖަޕާނުގެ މަތިންދާ ބޯޓު އުފުލާ ދެ މަނަވަރު ޕެސިފިކު ކަނޑުގެ އަޑިން ހޯދައިފި އެވެ.

25 ޖޫން

June 25, 2019 1
ބޮޑު ހަނގުރާމާގައި ވަކިވި ދެ ލޯބިވެރިން ބައްދަލުވެއްޖެ

ފްރާންސްގައި 1944 ވަނަ އަހަރު ގާއިމުކުރި އެމެރިކާ ސިފައިގެން މަރުކަޒުގައި މަސައްކަތް ކުރަމުންދިޔަ ކޭޓީ ރޮބިންސް އަށް ފްރާންސް މީހެއް ކަމަށްވާ ޖިނީން ޕިއާސަން ފެނި ލޯބިވެވުނެވެ. އޭރު ޖިނީންގެ އުމުރުން އެންމެ 18 އަހަރެވެ. އެކަމަކު މި ގުޅުމަށް ހުސްކަމެއް އައީ ރޮބިންސަށް ފްރާންސް ދޫކޮށް، އޭނާގެ އަމިއްލަ ގައުމަށް ދާން ޖެހުމުންނެވެ.

06 ޖޫން

June 06, 2019 11
ޑީ-ޑޭއަށް 75 އަހަރު: އަސްކަރީ ވަރުގަދަ އޮޕަރޭޝަނެއް

ޖޫން 6، 1944 ގައި، ފްރާންސްގެ ނޯމަންޑީއަށް، ގުޅިފައިވާ ލަސްކަރުގެ 160،000 ސިފައިން ކަނޑު މަގުން ގޮސް އަރައިގަތުމަކީ މިހާތަނަށް ވެސް ފެނުނު އެންމެ ވަރުގަދަ އެއް އޮޕަރޭޝަނެވެ. މިއަދަކީ ޖަރުމަނުގެ ނާޒީންގެ އަނިޔާވެރިކަމުން ހުޅަނގު ޔޫރަޕް މިނިވަންކުރުމުގެ މައިގަނޑު އޮޕަރޭޝަންގެ 75 ވަނަ އަހަރީ ދުވަހެވެ.

01 އެޕްރީލް

April 01, 2018 11
ބޮޑު ހަނގުރާމައިގައި ލަންކާ ބަނދަރަށް ފައްތާލި ބޯޓެއް ނަގައިފި

ކޮލަމްބޯ (އެޕްރީލް 1) - ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ސްރީ ލަންކާގެ ޓްރިންކޮމަލީ ބަނދަރަށް ފަައްތާލި އިނގިރޭސި ވިލާތުގެ ޕަސިންޖާ ބޯޓެއް 75 އަހަރު ފަހުން ފެން މައްޗަށް ނަގައިފި އެވެ.

06 މާޗް

March 06, 2018 1
ބޮޑު ހަނގުރާމައިގައި ފައްތާލި މަނަވަރެއް ހޯދައިފި

ސިޑްނީ (މާޗް 6) - ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ފައްތާލި އެމެރިކާގެ މަނަވަރެއް އޮސްޓްރޭލިއާ ކައިރިން ހޯދައިފި އެވެ.

11 އޮކްޓޯބަރ

October 11, 2017 4
ބޮޑު ހަނގުރާމައިގެ ބޮމެއް ގޮވައި މީހަކު މަރުވެއްޖެ

ކުއާލަ ލަމްޕޫރު (އޮކްޓޯބަރު 11) - މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުގައި އެމްއާރުޓީ ކޮންސްޓްރަކްޝަން ސައިޓެއްގައި، ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ ބޮމެއް ގޮވައި އެކަކު މަރުވެ އިތުރު ދެ މީހަކަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް މިއަދު ބުނެފި އެވެ.

31 އޯގަސްޓް

August 31, 2017
ދެ ވަނަ ބޮޑު ހަނގުރާމައިގައި ބައިވެރިވި ބަޔަކު ހައްޖުގައި

މައްކާ (އޮގަސްޓް 31) - ދެ ވަނަ ބޮޑު ހަނގުރާމައިގައި ބައިވެރި އުޒްބެކިސްތާނުގެ 75 މީހަކު މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަމުންދާ ކަމަށް މައްކާ ޑެއިލީން ބުނެފި އެވެ.

19 ފެބުރުއަރީ

February 19, 2017 10
"ބަރާސިލު"ގެ ހަނދާންތައް، އަބްދުﷲގެ ހަޔާތުން

މި ބޮޑު ރަށުގެ ދެކުނު ކޮޅުގައި އޮންނަ ޒަމާންވީ ގަބުރުސްތާނު ތެރެއިން ގޮސް ވަލުތެރެއަށް ވަންނަ އިރު ފެން ވަޅެއްގެ ނިޝާންތައް ފެނެ އެވެ. ގިނަ ދުވަސް ވުމުން އޭގެ ތެރެއަށް ކުނި އެޅި ފެން ފަށަލައަށް ވުރެ މައްޗަށް ވަޅު ވަނީ ފޮރުވިފަ އެވެ. އޭގެ ޚާއްސަ ކަމެއް، ތާރީޚުގެ ތެރެއަށް ނުވަދެ، އެކަކަށް ވެސް ނޭނގޭނެ އެވެ. އަދި އެ ތާރީޚާ ގުޅިފައިވާ...

11 ޖެނުއަރީ

January 11, 2017 1
ބޮޑު ހަނގުރާމަ ފުރަތަމަ ރިޕޯޓްކުރި މީހާ މަރުވެއްޖެ

ދެ ވަނަ ބޮޑު ހަނގުރާމަ ފެށިއްޖެ ކަމުގެ ޚަބަރު އެންމެ ފުރަތަމަ ރިޕޯޓްކުރި ނޫސްވެރިޔާ ކަމަށްވާ ކްލެއާ ހޮލިންގްވޯތު އިއްޔެ މަރުވެއްޖެ އެވެ.

08 ޑިސެމްބަރ

December 08, 2016 5
ޕާލް ހާބަރަށް ދިން ހަމަލާގެ ހަނދާން އަދިވެސް ނުފިލާ

ލޮސް އެންޖަލިސް (ޑިސެމްބަރު 8) - އެމެރިކާގެ ޕާލް ހާބަރަށް ޖަޕާނުން ހަމަލާ ދިންތާ 75 އަހަރު ފުރުން އިއްޔެ ފާހަގަކުރި ނަމަވެސް އެ ހަމަލާގެ ހަނދާންތައް ބައެއް މީހުންގެ ހިތްތަކުން ފުހެވިގެން ނުދެ އެވެ. އެ ހަނދާންތައް އެންމެ ބޮޑަށް އާވާ މީހުންނަކީ ހަމަލާ އިން ސަލާމަތްވި ދުނިޔޭގައި މިހާރު ތިބި އެމެރިކާ ސިފައިންގެ 30 މީހުންނެވެ.