19 ނޮވެމްބަރ

November 19, 2019 1
އެފްއޭއެމްގެ ދައުވަތަކަށް ޔާޔާ ޓޫރޭ ރާއްޖެ އަށް

ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް)ގެ ހިންގާ ކޮމިޓީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކަށް ހާއްސަ މެހެމާނެއްގެ ގޮތުގައި އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ޔާޔާ ޓޫރޭ ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

04 ނޮވެމްބަރ

November 04, 2019
ޔާޔާ ޓޫރޭގެ މައްސަލައެއް ފީފާގެ ސަމާލުކަމަށް

ޝަންހާއީ (ނޮވެމްބަރު 4) - ޗައިނާ ދެ ވަނަ ޑިވިޝަނުގެ ގިންޑާއޯ ހުއަންހާއި އަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ޔާޔާ ޓޫރޭ، ނަސްލީ ތަފާތުކުރުމާ ގުޅިގެން ފެންމަތިވާ މައްސަލަތަކުގައި ފީފާއިން އަޅާނުލާ ކަމަށް ބުނެ ދެެއްކި ވާހަކަތަކުގެ މައްސަލަ ބެލުމާމެދު ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން މަޝްވަރާކޮށްފައިވާ ކަމަށް މީޑިއާ...

12 އޯގަސްޓް

August 12, 2019 2
ޗައިނާ ލީގަށް މަލާމާތެއް ނުކުރަން: ޔާޔާ ޓޫރޭ

މީގެ ދެ އަހަރު ކުރިން ޗައިނީސް ސުޕަ ލީގާ ބެހޭގޮތުން އޭނާ ދެއްކި ވާހަކަތަކަކީ އެ ގައުމުގެ ފުޓްބޯޅަ އަށް މަލާމަތްކުރުމުގެ ގޮތުން ދެއްކި ވާހަކަތަކެއް ނޫން ކަމަށް މިހާރު ޗައިނާގެ ދެ ވަނަ ޑިވިޝަނުގެ ކްލަބެއް ކަަމަށްވާ ގިންޑާއޯ ހުއަންހާއި އަށް ކުޅެމުން އަންނަ އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ޔާޔާ ޓޫރޭ ބުނެފި އެވެ.

06 ޖޫން

June 06, 2018 1
ކުޑަ މުސާރައެއްގައި ޔާޔާ ޓޫރޭ ވާދަވެރި ޓީމަކަށް

މެންޗެސްޓާ (ޖޫން 6) - ކުޑަ މުސާރައެއްގައި ވިޔަސް އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަޔެއްގެ ޓީމަކަށް ކުޅެން ޔާޔާ ޓޫރޭ ބޭނުންވާ ކަމަށާއި އެއީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ކަމެއް ސާބިތުކޮށްދިނުމުގެ ގޮތުން ކަމަށް އޭނާގެ އޭޖެންްޓް ޑިމިޓްރީ ސެލުކް ބުނެފި އެވެ.

27 ޑިސެމްބަރ

December 27, 2017
ޓޫރޭ އަލުން ގައުމީ ޓީމަށް ކުޅެން ފަށަނީ

މެންޗެސްޓާ (ޑިސެމްބަރު 27) – ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމި ނިންމުން މެންޗެސްޓާ ސިޓީގެ އައިވަރީ ކޯސްޓް މިޑްފީލްޑަރު ޔާޔާ ޓޫރޭ އަނބުރާ ގެނެސްފި އެވެ.

25 ޖެނުއަރީ

January 25, 2017
ޓޫރޭގެ ހިތްވަރަކީ އިބްރަހިމޮވިޗް

މެންޗެސްޓާ (ޖެނުއަރީ 25) – ފައިސާގެ ބޭނުމުގައި މަޝްހޫރު ކުޅުންތެރިން ޔޫރަޕް ދޫކޮށް ޗައިނާ ލީގަށް ބަދަލުވާ ބަދުލުވުން އޭނާ އަށް ގަބޫލުނުކުރެވޭ ކަމަށް މެންޗެސްޓާ ސިޓީގެ އައިވަރީ ކޯސްޓް މިޑްފީލްޑަރު ޔާޔާ ޓޫރޭ ބުނެފި އެވެ.

04 ޖެނުއަރީ

January 04, 2017
ޖެނުއަރީ މަހު ކްލަބް ބަދަލުނުކުރަން ޓޫރޭ ނިންމައިފި

މެންޗެސްޓާ (ޑިސެމްބަރު 4) – ޖެނުއަރީ މަހު އެއްވެސް ކްލަބަކާ މަޝްވަރާނުކުރާނެ ކަމަށާއި މިވަގުތު ބޭނުންވަނީ ޕްރިމިއާ ލީގު ހޯދަން މެންޗެސްޓާ ސިޓީ ކުރާ މަސައްކަތަށް ފުރިހަމަ ސަމާލުކަންދޭން ކަމަށް އެ ޓީމުގެ އައިވަރީ ކޯސްޓް މިޑްފީލްޑަރު ޔާޔާ ޓޫރޭ ބުނެފި އެވެ.

20 ނޮވެމްބަރ

November 20, 2016
ޓޫރޭ އެނބުރި އައިސް ސިޓީ މޮޅުކޮށްދީފި

ލަންޑަން (ނޮވެމްބަރު 20) – ޔާޔާ ޓޫރޭ އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ޖެހި ދެ ގޯލާ އެކު އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އަތުން 2-1 އިން މޮޅުވެ ލީގުގެ ދެ ވަނަ އަށް މެންޗެސްޓާ ސިޓީ އަރައިފި އެވެ.

05 ނޮވެމްބަރ

November 05, 2016
"ޓޫރޭ މައާފަށް އެދުމަކީ ސިޓީ އަށް އުފާވެރި ހަބަރެއް"

މެންޗެސްޓާ (ނޮވެމްބަރު 5) - މެންޗެސްޓާ ސިޓީ އަށް ކުޅޭ އައިވަރީ ކޯސްޓް މިޑްފީލްޑަރު ޔާޔާ ޓޫރޭ މައާފަށް އެދުމަކީ އެ ޓީމަށް ލިބޭ އުފާވެރި ހަބަރެއް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

28 ސެޕްޓެމްބަރ

September 28, 2016
ފީފާ އިން ކޮމިޓީ އުވާލުމުން ޓޫރޭ ހިތްހަމަނުޖެހިއްޖެ

މެންޗެސްޓާ (ސެޕްޓެމްބަރު 28) - ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ފީފާ އިން އުފައްދާފައިވާ ޓާސްކް ފޯސް ހުއްޓާލުމަށް ފީފާ އިން ނިންމުމާ ގުޅިގެން ކުޅުންތެރިންނާއި ސަޕޯޓަރުންނަށް އޭގެ އަސަރު ފޯރާނެ ކަމަށް އެ ޓާސްކް ފޯހުގެ މެމްބަރު އަދި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޔާޔާ ޓޫރޭ ބުނެފި އެވެ.

21 ސެޕްޓެމްބަރ

September 21, 2016 1
މައާފަށް ނޭދެނީސް ޓޫރޭ ޓީމަށް ނުނަގާނެ!

މެންޗެސްޓާ (ސެޕްޓެމްބަރު 21) - ޔާޔާ ޓޫރޭ އަށް ފުރުސަތު ނުދޭން ނިންމުމުން އޭނާގެ އޭޖެންޓް ފާޑުކީ މައްސަލައިގައި މައާފަށް ނޭދޭހާ ހިނދަކު، ސިޓީން ދެން ޓޫރޭ އަށް އެއްވެސް ފުރުސަތު ނުދޭނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.