27 ޖެނުއަރީ

January 27, 2019 1
މުގާބޭގެ ފޮށިން ވަގަށް ނެގީ އެއް މިލިއަން ޑޮލަރު

ހަރާރޭ (ޖެނުއަރީ 26) - ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ގެއިން ވަގަށް ނެގި ޑޮލަރު ފޮށިން ގެއްލިފައި ވަނީ ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

11 ޖެނުއަރީ

January 11, 2019 8
މުގާބޭގެ ޑޮލަރު ފޮށި ވަގަށް ނަގައިފި

ހަރާރޭ (ޖެނުއަރީ 11) - ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ޑޮލަރު ފޮއްޓެއް ވަގަށް ނަގައިފި އެވެ.

23 ޑިސެމްބަރ

December 23, 2018
"ގްރޭސް މުގާބޭ ސައުތު އެފްރިކާއާ ހަވާލު ނުކުރާނެ"

ހަރާރޭ (ޑިސެމްބަރު 23) - ކުރީގެ ރައީސް ރޮބަޓް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ހައްޔަރު ކުރުމުގެ އަމުރު ސައުތު އެފްރިކާގެ ޕްރޮސެކިއުޓަރުން ނެރުނު ނަމަވެސް އޭނާ އެ ގައުމާ ހަވާލު ނުކުރާނެ ކަމަށް ޒިމްބާބުވޭ އިން ބުނެފި އެވެ.

19 ޑިސެމްބަރ

December 19, 2018 1
ގްރޭސް މުގާބޭ ހައްޔަރު ކުރުމުގެ އަމުރު ނެރެފި

ޕްރިޓޯރިއާ (ޑިސެމްބަރު 19) - ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ހައްޔަރު ކުރުމުގެ އަމުރު ސައުތު އެފްރިކާގެ ޕްރޮސެކިއުޓަރުން ނެރެފި އެވެ.

25 ނޮވެމްބަރ

November 25, 2018 1
މުގާބެގެ ހާލު ދެރަވެ ހިންގަވާ އުޅުއްވަން ވެސް ދަތި

ހަރާރޭ (ނޮވެމްބަރު 25) - ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ސިއްހީ ހާލަތު ގޯސްވެ މިހާރު ނުވެސް ހިންގެވޭ ކަމަށް އެ ގައުމުގެ ރައީސް އެމާސަން ނަންގަގްވާ ވިދާޅުވެއްޖެ އެވެ.

08 އޯގަސްޓް

August 08, 2018
ނަތީޖާ ގަބޫލްނުކޮށް ޒިމްބާބުވޭގެ އިދިކޮޅު ފަރާތްތައް ކޯޓަށް

ހަރާރޭ (އޮގަސްޓް 8) - ޒިމްބާބުވޭގައި މިދިޔަ ހަފުތާގައި ބޭއްވި އިންތިޚާބުގެ ނަތީޖާ ގަބޫލްނުކޮށް އިދިކޮޅު އިއްތިހާދުން ކޯޓަށް ދާން ނިންމައިފި އެވެ.

03 އޯގަސްޓް

August 03, 2018 1
އިންތިޚާބުގެ ފޭކް ނަތީޖާ ގަބޫލެއް ނުކުރަން: ޒިމްބާބުވޭގެ އިދިކޮޅު

ހަރާރޭ (އޮގަސްޓް 3) - ޒިމްބާބުވޭގައި މިދިޔަ ހޯމަ ދުވަހު ބޭއްވި އިންތިޚާބު ރައީސް އެމާސަން ނަންގަގްވާ ކާމިޔާބު ކުރެއްވި ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރީ "ފޭކް" ނަތީޖާއެއް ކަމަށާއި އެ ނަތީޖާ ގަބޫލް ނުކުރާނެ ކަމަށް އިދިކޮޅު ލީޑަރު ނެލްސަން ޗަމިސާ ވިދާޅުވެއްޖެ އެވެ.

02 އޯގަސްޓް

August 02, 2018 3
ވޯޓު އޮޅުވާލިކަމުގެ ތުހުމަތާ އެކު ޒިމްބާބުވޭ ހަމަނުޖެހުމަކަށް

ހަރާރޭ (އޮގަސްޓް 2) - ޒިމްބާބުވޭގައި ހޯމަ ދުވަހު ބޭއްވި އިންތިޚާބުގެ ވޯޓު އޮޅުވާލައިފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އިހްތިޖާޖަށް ނުކުތުމުން ސަލާމަތީ ފަރާތްތަކާ އެކު ބޮޑު ކުރިމަތިލުމެއް ހިންގައިފި އެވެ.

01 އޯގަސްޓް

August 01, 2018 1
އެންމެ ގިނަ ގޮނޑި މުގާބޭގެ ކުރީގެ ޕާޓީ އަށް

ހަރާރޭ (އޮގަސްޓް 1) - ޒިމްބާބުވޭގައި ހޯމަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގައި ޕާލަމެންޓުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ޒާނޫ-ޕީއެފް ޕާޓީން ކަމަށް ނުރަސްމީ ނަތީޖާތައް ދައްކައިފި އެވެ.

30 ޖުލައި

July 30, 2018 3
ގްރޭސްއަށް ވެރިކަން ދޭން މަސައްކަތެއް ނުކުރަން: މުގާބޭ

ހަރާރޭ (ޖުލައި 30) - ވެރިކަމުގައި ހުރި ދުވަސްވަރު އަނބިކަނބަލުން ގްރޭސް މުގާބޭ ރައީސް ކަމަށް ގެންނަން މަގު ފަހިވާ ގޮތަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ ވިދާޅުވެއްޖެ އެވެ.

04 ޖުލައި

July 04, 2018
ހޮޓަލުގެ ފެންވަރު ދަށްވުމުން ރަގްބީ ޓީމު ނިދީ މަގުމަތީގައި

ތޫނިސް (ޖުލައި 4) - ޒިމްބާބުވޭގެ ރަގްބީ ޓީމު ޓިއުނީޝިއާ އަށް ކުރި ދަތުރުގައި އެ ގައުމުގައި ތިބެން ޖެހުނު ހޮޓަލުގެ ފެންވަރު ދަށްވުމުން މަގުމަތީގައި ނިދައިފި އެވެ.

27 ޖޫން

June 27, 2018
ޒިމްބާބުވޭގެ ރައީސްއަށް ދިން ހަމަލާގެ ފަހަތުގައި ގްރޭސް

ހަރާރޭ (ޖޫން 27) - ޒިމްބާބުބޭގެ ރައީސް އެމާސަން ނަންގަގްވާ އަވަހާރަކޮށްލަން މި ހަފުތާގައި ދިން ހަމަލާގެ ފަހަތުގައި ވަނީ ކުރީގެ ފަސްޓް ލޭޑީ ގްރޭސް މުގާބޭގެ ފެކްޝަން ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ ކަމަށް ނަންގަގްވާ ވިދާޅުވެއްޖެ އެވެ.

23 ޖޫން

June 23, 2018 2
ޒިމްބާބުވޭގެ ރައީސް މަރުގެ އެތިފަހަރަކުން ސަލާމަތްވެއްޖެ

ހަރާރޭ (ޖޫން 23) - ޒިމްބާބުވޭގެ ސިޓީއެއް ކަމަށްވާ ބުލަވަޔޯގައި ރައީސް އެމާސަން ނަންގަގްވާ ބައިވެރިވެވަޑައިގެންނެވި އެއްވުމަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަކުން އެމަނިކުފާން ސަލާމަތްވީ ކިރިޔާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

22 މެއި

May 22, 2018 2
ކޮމަންވެލްތުގައި ބައިވެރިވުމަށް ޒިމްބާބުވޭ އިން ހުށަހަޅައިފި

ހަރާރޭ (މެއި 22) - ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ޒިމްބާބުވޭ އިން އިއްޔެ ހުށަހަޅައިފި އެވެ.

10 މެއި

May 10, 2018 2
ކިނބުލެއް އަތް ކާލުމުން ހޮސްޕިޓަލުގައި ކައިވެނިކޮށްފި

ޒިމްބާބުވޭގައި ކައިވެންޏަށް ތައްޔާރުވަމުން ދިޔަ އަންހެނަކު ކޯރެއްގައި ކެނޯ ދުއްވަނިކޮށް ކިނބުލެއް ހަމަލާދީ އެއް އަތް ބުރިކޮށްލުމުން ވެސް ހޮސްޕިޓަލުގައި އޮވެ ކައިވެނިކޮށްފި އެވެ.

24 އެޕްރީލް

April 24, 2018
ހަޅުތާލު ކުރި 15000 ނަރުހުން އަލުން މަސައްކަތަށް

ޒިމްބާބުވޭ (އެޕްރީލް 24) - ޒިމްބާބުވޭގައި ހަޅުތާލު ކުރަމުން ދިޔަ ގާތްގަނޑަކަށް 15،000 ނަރުހުން އަލުން މަސައްކަތަށް ނުކުމެއްޖެ ކަމަށް އެ މީހުން ތަމްސީލްކުރާ ޔޫނިއަން އިން ބުނެފި އެވެ.

21 އެޕްރީލް

April 21, 2018 1
ޒިމްބާބުވޭގެ ޕާލަމެންޓަށް މުގާބޭ ހާޒިރުކުރަނީ

ހަރާރޭ (އެޕްރީލް 21) - ޑައިމަންޑުގެ ވިޔަފާރިން ގައުމަށް އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުންވެފައިވާ ކަމަށް ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ ވިދާޅުވެފައިވާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރަން އެ ގައުމުގެ ޕާލަމެންޓުގެ ކޮމިޓީއަކަށް އޭނާ ހާޒިރުވާން އަންގައިފި އެވެ.

18 އެޕްރީލް

April 18, 2018 4
ހަޅުތާލު ކުރި 10000 ނަރުހުން ވަޒީފާއިން ވަކިކޮށްފި

ހަރާރޭ (އެޕްރީލް 18) - ޒިމްބާބުވޭގައި މިދިޔަ ހޯމަ ދުވަހު ހަޅުތާލު ކުރި 10،000 ނަރުހުން ވަޒީފާ އިން ވަކިކޮށްފި އެވެ.

17 އެޕްރީލް

April 17, 2018 1
އަހަރުތަކަކަށް ފަހު ޒިމްބާބުވޭ ކޮމަންވެލްތަށް

ލަންޑަން (އެޕްރީލް 17) - ލަންޑަންގައި މި ހަފުތާގައި ފަށާ ކޮމަންވެލްތު ސަމިޓުގައި ޒިމްބާވުވޭގެ ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.

24 މާޗް

March 24, 2018 4
ވެރިކަން ގެއްލުނީ ސައުތު އެފްރިކާގެ ސަބަބުން: މުގާބޭ

ހަރާރޭ (މާޗް 24) - ވެރިކަން ގެއްލެން ދިމާވި އެއް ސަބަބަކީ ސައުތު އެފްރިކާ އިން ކަންތައް ކުރި ގޮތުން ކަމަށް ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ ވިދާޅުވެއްޖެ އެވެ.