ބަރުލަމާނީ އަށް ނުގޮސް ރައީސަށް ދެ ވަނަ ދައުރެއް ފަސޭހައެއް ނޫން؟

ރައީސް: ކުރިއަށް އޮތީ ގޮންޖެހުންތައް ގިނަ ދުވަސްކޮޅެއް -- ފައިލް ފޮޓޯ: މިހާރު

ސިޔާސީ މައިދާން މި އޮތް ގޮތަށް 2023 އާ ހަމައަށް ގޮސް، ރިޔާސީ އިންތިހާބެއް ބާއްވައި، ދެވަނަ ދައުރެއް ކާމިޔާބު ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅު ވެއްޖެ ނަމަ، އެއް ފޯމިއުލާ އަކީ އެމަނިކުފާނު ސިޔާސީ ވަރުގަދަ ދެ ލީޑަރުންނާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމެވެ.

އެއް ބޭފުޅަކީ، އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނެވެ. ދެން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އެކަމަކު މީގެ ދެ ދުވަހެއް ވަރު ކުރިން މި މަންޒަރު އޮތީ އެހެނެއް ނޫނެވެ؛ ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ރިޔާސީ ކުރިމަގު އޮތީ ވަރަށް ތަފާތު، އަދި ފަސޭހަ ގޮތަކަށެވެ. އިދިކޮޅުގައި ލީޑަރަކު ނެތެވެ؛ ޕާޓީގެ ތެރެއިން ވެސް މާ ބޮޑު ޕްރެޝަރެއް ނެތެވެ.

ނަމަވެސް މިހާރު އިދިކޮޅު ލީޑަރު މިނިވަންވެ، ރިޔާސީ ރޭހަށް ފައި ވިއްދުމާ އެކު އޮއިވަރު ބަދަލުވެ، ސަރުކާރުން އަލުން ހިސާބު ޖަހައި، ކަންކަމާ އަލުން ވިސްނާލަން ޖެހޭ ހާލަތެއް އަތުވެއްޖެ ކަމަށް ސިޔާސީ ތަޖުރިބާކާރުން ދެކެ އެވެ.

"އެމްޑީޕީ މި އޮތީ ދެބައިވެފައި. ކޯލިޝަންގައި ދެން އެންމެ ބޮޑު ޕާޓީ [ޖޭޕީ] އޮތީ ނާޒިމްގެ ޕާޓީ [އެމްއެންޕީ] އާ ވާދައަށް ރިޔާސީ އިންތިހާބަށް ހިފާފައި. ކޯލިޝަންގައި އެއް ގަލަށް އަރާ ބަޔަކު ނެތް. މިގޮތަށް 2023 އަށް ހިނގަޖިއްޔާ ޔާމީން އިންތިހާބު ކަށަވަރު ކުރާނެ ކަން ރައީސަށް އެނގޭނެ،" ސިޔާސީ ކަންކަމާ މި ވަގުތު ދުރުގައި ހުންނެވި ކުރީގެ މަޖިލިސް މެންބަރަކު ވިދާޅުވި އެވެ.

"ނަޝީދާއި އިބޫ ވެސް ދެން ވިސްނަވާނީ 2023 ގެ ފަހުން ވެސް ބާރުގައި ތިބެވޭނެ ސޭފް، ކުރު މަގެއް ހޯދަން. އެއީ ބަރުލަމާނީ ކަމަށް ވެސް ވެދާނެ،" އޭނާ ވިދާޅުވި އެވެ.

ކައުންސިލް އިންތިޚާބުގެ ކެމްޕޭން އިފްތިތާހު ކުރުމަށް އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްޑީޕީ އަށް ބަރުލަމާނީ ނޫން ގޮތެއް އެބައޮތްތަ؟

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ބަރުލަމާނީ އަށް ބަދަލު ކުރުމަށް މި ވަގުތު އޮތް އެންމެ ބޮޑު ހުރަހަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު އެހެން ވިދާޅު ނުވިޔަސް ނަޝީދުގެ އެ ވިސްނުންފުޅާ ހިޔާލު ތަފާތުވުމެއް ނެތް ނަމަ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މި މަޖިލީހުގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަކީ ވަރަށް ފަސޭހައިން ކޮށްލެވިދާނެ ކަމެކެވެ.

ނަމަވެސް ކުރިޔަށް އޮތް ތަނުގައި ރައީސް ދޫދެއްވާނެ ކަމަށް ސިޔާސީ ބައެއް ބޭފުޅުން ގަބޫލު ކުރައްވަނީ ނަޝީދު އާ ހިޔާލު ތަފާތުވެގެން ކުރިޔަށް މި އޮތް ދެ އަހަރުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސަރުކާރު ހިންގަން ދިމާވާނެ އުނދަގޫތަކުގެ ސަބަބުންނެވެ.

"ފުދޭވަރަކަށް ގިނަ މެންބަރުންތަކެއް ގަބޫލު ކުރޭ ބަރުލަމާނީ ނިޒާމުން ކުރިޔަށް ދާން އޭގެ ތެރެއިން އެކަކު އަޅުގަނޑަކީ ވެސް. ރިޔާސީ ނިޒާމް ރަނގަޅު ކަމަށް ގަބޫލު ކުރާ ރަނގަޅު އަދަދެއްގެ މެންބަރުން ވެސް އެބަތިބި،" -- އަލީ އާޒިމް

ނަޝީދުގެ "ސިޔާސީ ޖެއްސުންތަކާއި" ޔާމީންގެ ވަރުގަދަ ހަމަލާތަކާ އެކު ސަރުކާރަށް ބޮޑެތި ޕްރެޝަރު ކުރިމަތި ކުރުވައި ރައީސަށް އޮތް ތާއީދެއް ވެސް ދެ އަހަރުގެ ތެރޭގައި ގެއްލިދާނެ ކަމުގެ ބިރު އެބައޮތެވެ. އަދި އެތެރެއިންނާއި ބޭރުން އެ ޕްރެޝާ ސަރުކާރަށް ހިފަހައްޓާލެވޭނީ ކިހާވަރަކަށްތޯ އުފެދޭ ސުވާލެވެ.

އެމްޑީޕީގެ އިސްބޭފުޅުން މިދިޔަ އަހަރު "ރަށްވެހި ފަތިސް" ކެމްޕޭންގައި -- ފައިލް ފޮޓޯ: މިހާރު

"ނަޝީދާއި ޔާމީން ރަސްމީ ކޯލިޝަނަކަށް ނުދިޔަޔަސް ދެ ފަރާތުގެ ޕްރެޝާ ސަރުކާރަށް ބޮޑުވާނެ،" ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.

އެ މައްސަލާގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވި ގޮތުގައި ނިޒާމާ މެދު އޮތް ހިޔާލު ތަފާތުވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ދާދި ފަހުން ކްރޮސް ރޯޑުގައި ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ބޭއްވި އެވެ.

"ފުދޭވަރަކަށް ގިނަ މެންބަރުންތަކެއް ގަބޫލު ކުރޭ ބަރުލަމާނީ ނިޒާމުން ކުރިޔަށް ދާން އޭގެ ތެރެއިން އެކަކު އަޅުގަނޑަކީ ވެސް. ރިޔާސީ ނިޒާމް ރަނގަޅު ކަމަށް ގަބޫލު ކުރާ ރަނގަޅު އަދަދެއްގެ މެންބަރުން ވެސް އެބަތިބި،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދުރުގައި ހުންނަ މީހަކު، "އެމްޑީޕީ ދެން އެއްކޮށް ނުނިކުންނާނޭ" ހިތަށް އަރާ ވަރަށް ޕާޓީގެ އެތެރޭގެ ކަންކަން ދާނެ އެވެ. ނަމަވެސް 2023 އަށް ނިކުންނަ އިރު އެ ހިޔާލު ތަފާތުވުންތައް އެއްގޮތް ކުރުމަށް ފަހު އެއް ކެނޑިޑޭޓަކު ނިކުންނަވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"މި ވަގުތު ވަރަށް އުނދަގޫ ބުނަން ކޯލިޝަނާ އެކީ ރިޔާސީ ނިޒާމަކަށް ދާނެތޯ ނުވަތަ ބަރުލަމާނީއަކަށް ދާނީތޯ. އެމްޑީޕީން އެއް ގޮތަކަށް ނިންމައިފިއްޔާ އަޅުގަނޑުމެން ނިކުމެ އެކަން ކާމިޔާބު ކުރާނަން،" ޕީޖީ ލީޑަރު ވިދާޅުވި އެވެ.

ނިޒާމީ މައްސަލާގައި ރައީސަށް ދެން އޮތް އެންމެ ބޮޑު އިމްތިހާނަކީ އެމްޑީޕީގެ ތެރެއިން ހިނގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޕެޓިޝަނެވެ. ނިޒާމް ބަދަލު ކުރަން ބޭނުންވާ ކަމަށް މިހާތަނަށް 100،000 އަށް ވުރެ ގިނަ މީހުން ސޮއި ކޮށްފައިވާ ކަމަށް އެ ފަރާތްތަކުން ބުނާއިރު އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމަން ޖެހޭނީ ރައީސްގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުންނެވެ.

ނަޝީދު: ބަރުލަމާނީ ނިޒާމަކީ މި ވެރިކަން ދަންމާލަން، މިހާރުގެ ހާލަތަށް ބަލާއިރު ފަސޭހަ ގޮތެއް

"ޕެޓިޝަން ފުރަތަމަ ދާނީ ގައުމީ މަޖިލީހަށް، ދެން ފާސް ކުރަން ނިންމައިފި ނަމަ އެއަށް ވުރެ މައްޗަށް ދާނީ ކޮންގްރެސްއަށް. ކޮންގްރަސް އިން ނިންމާފައި އަޅުގަނޑުމެން ސަރުކާރަށް ފޮނުވާނީ. އެއަށް ފަހު ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ގޮތަކަށް ދެން ކަންތައް ވާނީ،" އާޒިމް ވިދާޅުވި އެވެ.

އެ ޕެޓިޝަން ފާސް ނުކޮށް ފެންނަ ނުފެންނަ ވޯޓަކަށް ވެސް ނުދާން ރައީސް ނިންމަވައިފި ނަމަ ސީދާ ނަޝީދާ ކުރިމަތިލުމަކަށް ދާނެ ކަމަށް ސިޔާސީ ބައެއް ބޭފުޅުން ގަބޫލު ކުރައްވަ އެވެ. އަދި ފެންނަ ނުފެންނަ ވޯޓެއް ނެގިޔަސް ސަރުކާރުން އެ މައްސަލާގައި ތާއީދުކުރާނެ ފަޅި ހާމަކޮށް، ނަޝީދާ ވާދަކުރަން ޖެހޭނެ އެވެ.

"ޔާމީން މިނިވަންވެފައި ހުއްޓާ ރައީސް ސޯލިހު ނަޝީދާ ދެކޮޅަށް ތެދުވުމަކީ ސިޔާސީ ގޮތުން އެންމެ ރަނގަޅު ނިންމުމަކަށް ނުވާނެ. މި ހާލަތުގައި އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އަށް ބާރުގައި ދެމިއޮވެވޭ ގޮތަށް އަދި ޔާމީނަށް އެއްވެސް ފުރުސަތެއް ނޯންނަ ގޮތަކަށް ކަންކަން ބައްޓަންކުރުން. އެއީ ބަރުލަމާނީ ނިޒާމަކަށް ދާން ރައީސް ދޫދެއްވައިގެން ވިޔަސް،" ނަން ނުޖަހަން އެދިވަޑައިގެން ވާހަކަ ދެއްކެވި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރަކު ވިދާޅުވި އެވެ.

"ނިޒާމް ގޯސް ކުރަނީ ރިޔާސީ އިންތިހާބު ކާމިޔާބު ނުވާނެތީ"

ނިޒާމުގެ މައްސަލާގައި އިދިކޮޅު މެންބަރުންނާ ވާހަކަ ދައްކާލުމުން ބަންޑުން ކޮށްލީ އެމްޑީޕީ އާއި ސަރުކާރާ ދޭތެރޭ އޮތް ހިތްހަމަ ނުޖެހުމާއި ރައްޔިތުންގެ ކަންބޮޑުވުންތަކެވެ.

ގައުމު ތަރައްގީ ނުކުރެވުމާއި ދަރަނި ގިނަވުމާއި، ފައިސާ ޗާޕުކޮށް ރައްޔިތުން ހާލުގައި ޖެއްސުމާއި ވައުދުތައް ނުފުއްދުނީ "ނިޒާމުގެ މައްސަލައަކާ ހެދި" ކަމަށް ދައްކަން އުޅެނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށް އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރެ އެވެ.

"ބަރުލަމާނީ ނިޒާމުގެ ވާހަކަ މި ދައްކަނީ ރިޔާސީ ނިޒާމެއްގައި ގައުމު ހިންގަން ނޭނގުނީމަ. ރައްޔިތުންނަށް ހިދުމަތް ކުރަން ނޭނގުނީމަ. ކޮންމެ ނިޒާމެއް އޮތަސް ވެރިކަން ކުރަން އެނގޭ ބައެއް ނޫން އެ ވާހަކަ ދައްކަނީ. ހިދުމަތް ކުރަން ނޭނގުނީމަ ޖަހަނީ ނިޒާމްގެ ބޮލަށް،" ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް "މިހާރު" އަށް ވިދާޅުވި އެވެ.

ސެޕްޓެމްބަރު 24، 2018- އާޓިފިޝަލް ބީޗު ސަރަހައްދު: ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައި އިބްރާހިމް މުހަންމަދު ސޯލިހު އާންމުންނާ ސަލާމް ކުރައްވަނީ-- ފައިލް ފޮޓޯ: މިހާރު

ރިޔާސީ އަދި ބަރުލަމާނީ ނިޒާމާ ދޭތެރޭ މީގެ ކުރިން ވެސް ގޮތެއް ނިންމެވީ ރައްޔިތުންނެވެ. ދެން ވެސް ގޮތް ނިންމަވާނީ ރައްޔިތުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޕީޕީއެމުން ނިޒާމީ މައްސަލާގައި މަޝްވަރާ ކުރަން ޖެހިއްޖިއްޔާ ސިޔާސީ އެހެން ކަންކަމުގައި ވެސް މަޝްވަރާ ކުރާ އުސޫލުން ކުރެވިދާނެ ކަމަށާއި ނަމަވެސް އެއީ އެ ނިޒާމަށް ތާއީދުކުރުން ނޫން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ރައީސް ޔާމީން ވާނީ ރިޔާސީ ނިޒާމެއްގެ ތެރެއިން ވެސް ރަނގަޅަށް ވެރިކަން ކުރެވޭނެ ކަން ސާބިތު ކޮށްދެއްވާފައި،" އޭނާ ވިދާޅުވި އެވެ.

ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި އިދިކޮޅު ފަރާތްތަކުގެ ވިސްނުން ހުރީ އެމްޑީޕީގެ ސަރުކާރަށް އިންތިހާ އަށް ޕްރެޝާކޮށް ޔާމީންގެ ފުރިހަމަ ބޭނުން ހިފައިގެން 2023 ވަނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ކާމިޔާބު ކުރުމަށެވެ.

އެކަމަށްޓަކައި މަގުމަތީ ހަރަކާތްތަކާއި ހުރިހާ ގޮތަކަށް ސަރުކާރާ "ހުރިހާ ކޮޅަކުން" ދިމާ ކޮށްލާނެ ކަމަށް އިދިކޮޅުގެ ބައެއް މެންބަރުން ވިދާޅުވެ އެވެ.

"ޔާމީން ބަންދު ކުރުން ވެސް އަދި ދޫކޮށްލާފައި ބެހެއްޓުމަކީ ވެސް ސަރުކާރަށް ކުޅަދާނަވާނެ ކަމެއް ނޫން ދެން. އަދީބާއި ޒިޔަތުގެ ހެކިބަހުގެ ބާރު ކަނޑުވާލީމަ ދެން ޔާމީން ފަސޭހައިން ބަންދެއް ވެސް ނުކުރެވޭނެ. ދެން ހަރަކާތްތައް ޖަހާނީ މެކުހަށް،" އިދިކޮޅު މެންބަރަކު ވިދާޅުވި އެވެ.

މި ހާލަތުގައި އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައި އޮތް އޮތް ރެނދު ނުބައްދާ މި ސަރުކާރަށް ހިފަހައްޓާލެވޭނެތޯ އެންމެން ވެސް އަންނަނީ ސުވާލުކުރަމުންނެވެ. އެ މީހުން ބުނަނީ މިހެންނެވެ؛ ނަޝީދުގެ ހިޔާލާ ދެކޮޅަށް ތެދުވެގެން ރައީސަށް ސިޔާސީ ކުރިމަގެއް ފެންނާނެ ހެއްޔެވެ؟

29 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 0%
icon angry icon angry 54%
icon wow icon wow 8%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުޗީ

03 December 2021

މޑޕ އަށް ވޯޓުދޭ ގިނަމީހުނަކީ ވަކިޕާޓީ އަކަށް ނިސްބަތްނުވާ މީހުން. ގިނަ މީހުންނަކީ އަބާދީ ބޮޑު ރަށްތަކުގެ މީހުން. މިވޭތިވެދިޔަ 3 އަހަރުން އެމީހުންނަށް ފެނިއްޖެ ސޯލިހު ގެ ގޮތް. ދެން ޕާތީ ތެރެއިން އަޔަސް ބޭރުން އަޔަސް ކޯލިޝަނުން އަޔަސް އޭނައެއް ނުހޮވޭނެ.

The name is already taken The name is available. Register?

ރިޔާސީ

03 December 2021

މަށަކުވާ ތާއިދެއް ނުކުރާނަން ބަރުލަމާނީއަކަށް. ޤައުމާ ރައްޔިތުންނަށް ބާރު ދުވެލިގައި ތަރައްޤީ ގެނެސް ދެއްވާނެ ބޭފުޅަކަށް މަ ތާއީދު ކުރާނީ މަގޭ ސިކުނޑިން ވިސްނާފަ.

The name is already taken The name is available. Register?

އެމްވައްޑެ

02 December 2021

މި ލިޔުން ކިޔާލުމުން ދޭހަވީ ވަކިބަޔަކު ގަދަހިފުމަކަށްގޮސްގެން އެތަނުން މޮޅުވާބަޔަކު ވަކި މުއްދަތަކަށް މިލްކުކުރާ ތަނެކޭ ދިވެހި ރާއްޖެއަކީ!!! ކިހާދެރަ ކަމެއްމީ!!! އަސްލު މ.ޑ.ޕ އަށް ދިމާވެގެން އުޅޭ ސުވާލަކީވެސް ވެރިކަމުގެ ނިޒާމަކާ ރައްޔިތުންނަކާ ގުޅުން ހުރި މައްސަލައެއްނޫން ދޯ!! ސުވާލަކީ ސޯލިހުތޯ ނޫނޫ އަންނިތޯ ވެރިޔަކަށް ހުންނާނީ... ބޮޑު ޚަރަދެއް ކޮއްގެން ކޮންމެހެން ފެންނަނުފެންނަ ވޯޓަކަށް ދާނެ ކަމެއްނެތް. އެތެރެއެތެރެއިން ތިކަން ނިންމާލާ!!

The name is already taken The name is available. Register?

ވަހީދު

02 December 2021

3 ވަނަ ދައުރަކަށް ވެސް އިބްރާހީމު ހޮވަންވާނެ. އެވަރުގެ ވެރިއެއް ނެތް މިގައުމަކު.އ

The name is already taken The name is available. Register?

ޢަޖާއިބު އަންތަރީސް

02 December 2021

ބަލަގަ ރައީސް ޞާލިޙް މިހާރުވެސް ވެރިކަމަށް ވަޑައިގެންފައި އެވަނީ ތިޔަބުނާ ގަޓު ރައީސް ޔާމީންގެ އެންމެ ގަޓު ދުވަސްވަރު އެމަނިކުފާނާއި ކުރިމަތި ލައްވައިގެން، ތިޔަބުނާ ރިޔާސީ ނިޒާމުގެ ތެރެއިންނެވެ. އެހެންވީމައި އޭރު އޮތްގޮތަށް ކޯލީޝަން ނިކުމެއްޖެނަމަ ﷲ ގެ އިރާދަފުޅާއިއެކު ދެންވެސް ކާމިޔާބު ވާނެއެވެ.

The name is already taken The name is available. Register?

ޙަސަަން

02 December 2021

ބަލަ އޭރަކު ނޭގެއޭ މީހުންނަށް ކިހާ ނާޤާބިލް، ލަސް، ކަންކަން ކުރަން ނޭގޭ މީހެއް ކަމެއް. އަދި ވައްކަން ބާއްވާ.

The name is already taken The name is available. Register?

އިންޑިއާ އައުޓް

04 December 2021

ވަގުިވޯޓުން އައީ

The name is already taken The name is available. Register?

ކޮންމެނިޒާމަކަސް

02 December 2021

ކޮންމެ ނިޒާމަކުން އަޔަސް ތި އެމްޑީޕީއަށް ވޯޓެއް ދެނެއް މަށެއް ނުދޭނަން... މި ބުނަނީ ނުދޭނަމޭ. ތީ މިޤައުމުލޫޓުވާލާ އިންޑިޔާއަށް ވިއްކާލި ބައެއް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

02 December 2021

ޤއ ގެ 72 ހ އަދި ށ ގައި އޮތް އުސޫލާއިޙިލާފަށް މަޖިލީހަށް މެންބަރުންހޮވަމުންދާތީ މަޖިލީހުގެ އެތައްގޮނޑިއެއްގައި ތިއްބެވީ ދާއިރާއާއި އެއްވެސްގުޅުމެއްނެތް އެދާއިރާގެ ރައްޔިތުނަށް "ބީރައްޓެހި" އެހެންރަށްރަށުގެ މީހުން. # އެކަމަކު ޤއ ގައި ސާފުކޮށް ބުނެފައިވަނީ "ކޮންމެ އިދާރީ ދާއިރާއަކުން" މެންބަރަކު ހޮވާންވާނެ ކަމަށް. އޭގައި އެއްވެސް ޙާލެއްގައި ބުނެފައިނެތް "އިދާރީ ދާއިރާއަކަށް" މެންބަރަކުހޮވާކަށް. "އަކުން" އާއި "އަކަށް" މިއީ މުޅިން ތަފާތު އެއްޗެއް.

The name is already taken The name is available. Register?

މައްކޫ

02 December 2021

ފެއިލްވާ މީހުންނަށް އަލުން ވެރިކަމަށް އައުމަށް ފުރުޞަތު ދިނުމަކީ ރާއްޖޭގެ ޅަ ޑިމޮކްރެސީ ސައުތް އޭޝިއަން ޑާރޓީ ޑިމޮކްރެސީ އަށް ބަދަލުކޮށްލުން، މިއީ ވަރަށް ދެރަކަމެއް، ފެއިލް ވާ މީހުން ޖެހޭނީ ތަރައްޤީ ވެފަ ހުރި ޤައުމަތަކާ އެއްގޮތަށް، އެއީ ފެއިލްވާ މީހުން ޕޮލިޓިކްސް އިން ދުރަށް ދިއުން، އާ ލީޑަރުންނަށް ފުރުޞަތު ދިނުން. ޕާރޓީ ތަކަކީ އެއްވެސް މީހެއްގެ ހަރު މުދާގަނޑެއް ނޫން.

The name is already taken The name is available. Register?

ވިސްނާލުމަށް އެދެމޭ

02 December 2021

މީގެން މިއެގުނީ ރޔާމީން ހައްޔަރުކުރަނީ ކުށެއް އޮވެގެން ނޫންކަމާ ބަޔަކު ވެރިކަމުގަދެމިބެންށާ އަދި ވެރިކަމަށް އަލުން އައުމަށް ފަސޭހަޔަކަށް..ރޔާމީނާ ވާދަކޮއްލުމުގެ ހިއްވަރެ ގާބިލްކަމެ މިވެރިންގެނެތްކަމާ އަދި ވެރިކަމަށް ފައިނަގައިގެންތިބި އެއްވެސް ސިޔާސީމީހެއްގެ އުރެއްޕެނެތްކަން ރޔާމީނާ ވާދަކުރެވޭނެ..އެހެންވީމަ ޖަލުގަބޭއްވިޔަސް ވަޅުގަބޭއްވިޔަސް ރޔާމީން ރައްޔިތުންގެ ހިތްތަކުން ކުރިހޯދައިފި..ކާމިޔާބު ޝަޙުސިއްޔަތެއްކަން ދުނިޔެ ބަލައިގެންފި.

The name is already taken The name is available. Register?

ގޯސް

02 December 2021

މޑޕ ކިތައްމެވަރަކަށް ބަރުލަމާނީ ގެން ނަން އުޅުނަސް އެކަމެށް މޑޕ އަކަށް ނުކުރެވޭނެ ރައްޔިތުމީހާ އެބަހުރި އެކަން ހަދާން ބަހައްޓާތި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454