ރީތި، ތަނަވަސް، ހިތްގައިމު ފްލެޓްތަކެއް

video icon

ސޯޝަލް ހައުސިން ސްކީމުގެ ދަށުން ފްލެޓް އަޅަން ޖެހޭ ގޮތުގެ ނަމޫނާ މި ފެންނަނީ އެވެ؛ ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގައި އޭގެ ހުރިހާ ސިފައެއް އެބަހުއްޓެވެ.

"ވާއު، ސަޅި،" ފުލުހުން އަޅާ 361 ފްލެޓްތަކުގެ ސާމްޕަލް ފްލެޓެއްގެ ދޮރު ހުޅުވާލުމާ އެކު، ނޫސްވެރިއަކަށް ބުނެވުނެވެ.

ފުލުހުންގެ ނަމޫނާ އެޕާޓްމެންޓް: ފުލުހުންގެ ހުރިހާ ފްލެޓެއް ވެސް ހުންނާނީ މިކަހަލަ ގޮތަކަށް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ހަ ޓަވަރުގައި އަޅާ، ސިފައިންގެ 330 ފްލެޓާއި ފުލުހުންގެ 361 ފްލެޓް ހުންނާނެ ގޮތް ހަމައެކަނި ކުރެހުންތަކުގެ ބަދަލުގައި، ނަމޫނާ އަކަށް ތައްޔާރު ކުރި ފްލެޓްގައި ވެސް އެބަހުއްޓެވެ. ފުލުހުންގެ ތިން ޓަވަރުގައި ފަސް ސައިޒަކަށް، އަދި ފަސް ޑިޒައިނަކަށް އެޕާޓްމެންޓްތައް ހުރި އިރު ސިފައިންގެ ޓަވަރުތަކުގައި ހުރިހާ އެޕާޓްމެންޓެއްގެ ސައިޒް ވެސް އަދި ޑިޒައިން ވެސް ހުރީ އެއްގޮތަށެވެ.

ބްރިޖުން ފައިބާ ގޮތަށް، ހުޅުމާލެ ތެރެއަށް އަރާ އިރު، ޓްރީޓޮޕް ހޮސްޕިޓަލް ކައިރިން ވާތްފަރާތުން އެ ފެންނަ ހަ ޓަވަރަށް ވަދެ، އެތަންތަން ބަލާލުމުގެ ފުރުސަތު "މިހާރު"ގެ ނޫސްވެރިން ފުރަތަމަ ފަހަރަށް ވަނީ ލިބިފަ އެވެ. ސިފައިންގެ ފްލެޓްތައް، ނުވަތަ ސިފްކޯ ހިޔާގެ ކަންކަން ބަލަހައްޓަނީ ސިފްކޯ އިންނެވެ. ފުލުހުންގެ ފްލެޓްތައް ނުވަތަ ބްލޫ ހައުސިންގެ ކަންކަމާ ހަވާލުވެ ތިބީ ޕޮލްކޯ އެވެ.

ސިފައިންގެ ފްލެޓްތަކުގެ ސިޓިން ރޫމް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބްލޫ ހައުސިން ސްކީމްގެ އެޕާޓްމެންޓްތައް

އެޗްޑީސީގެ އަތުން ބިން ގަނެގެން، ފުލުހުން އިމާރާތް ކުރަން ފަށާފައިވާ ފްލެޓްތަކުގެ 85 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. ފަސް ޑިޒައިނެއްގެ މުޅިން ވެސް ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ހުރި އިރު، ނަމޫނާ އެޕާޓްމަންޓުން ފެނުނު އެންމެ ހާއްސަ ކަމަކީ ތަނުގެ ޖާގައިގެ ތަނަވަސްކަމެވެ. ފުލުހުންގެ ފަސް ޑިޒައިނުގެ އެޕާޓްމެންޓްތައް ބެހިފައި ހުރީ 890-1350 އަކަފޫޓާ ދެމެދުގަ އެވެ. އޭގެ މާނައަކީ، ސޯޝަލް ހައުސިން އަށް އިމާރާތް ކުރި، ހިޔާ ފްލެޓްތަކަށް ވުރެ ގާތްގަނޑަކަށް 300 އަކަފޫޓު ކޮންމެ އެޕާޓްމަންޓަކަށް އިތުރު ކަމެވެ.

މާސްޓަ ބެޑް ރޫމާ އެކު އިތުރު ދެ ކޮޓަރި ހިމެނޭ އިރު، އެ ދެކޮޓަރީގެ ސައިޒް އެއްވަރެވެ. ބޮޑު ސިޓިން ރޫމެއް ހިމެނޭ އިރު، ކޮންމެ އެޕާޓްމެންޓެއްގެ ވެސް ސިޓިން ރޫމުން ބެލްކަންޏަށް ނުކުމެވެ އެވެ. ބެލްކަނި ފުދޭ ވަރަކަށް ބޮޑެވެ. އެއްޗެހި ދޮވެ ހަދަން، ހެޔޮވަރުގެ ބޮޑު ފާހާނާއެއްގެ ސައިޒްގެ ޖާގަ ހިމެނޭ ހުސް ތަންކޮޅެއް އޮވެ އެވެ.

ސިފައިންގެ ފްލެޓްތައް ހުންނާނެ ގޮތް

ފުލުހުންގެ އެޕާޓްމެންޓްތައް، އެ ލިބުނު ފުލުހުންނާ ހަވާލުކުރަން ނިންމާފައި އޮތީ ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނާއި އެހެނިހެން އިލެކްޓްރޯނިކްސް ނުހިމަނައި، ސެމީ ފާނިޝް ކޮށެވެެ. އެހެން ނަމަވެސް، ދެން ހުރި ހުރިހާ އެއްޗެއް ހުންނާނެ ކަމަށް ފުލުހުން ބުނެ އެވެ. އޭގެ ތެރޭގައި ބަދިގޭގައި ބަހައްޓާ ކިޗަން ސެޓާއި ބަދިގޭ ކަބަޑު ސެޓް ވެސް ހިމެނެ އެވެ.

ފެންނަން ހުރީ ވަރަށް ތަނަވަސް ބަދިގެ އެކެވެ. ޒަމާނީ ސިންކާއި އިސްކުރެވެ. ހަރުކޮށްފައި ހުރީ އެންމެ ޒަމާނީ އަދި ވަރަށް އަގުބޮޑު ކަބަޑު ސެޓާއި ހުޑެވެ. މިއީ، ފުލުހުންގެ ހުރިހާ އެޕާޓްމެންޓެއްގައި ވެސް ބަހައްޓާނެ އެއްޗިއްސެވެ. އެނގިފައިވާ ގޮތުގައި ފުލުހުންގެ އެޕާޓްމެންޓްތައް ނިމި ހަވާލުކުރާ އިރު، ހުރިހާ އެޕާޓްމެންޓެއްގައި ވެސް ހުންނާނީ އެއްވައްތަރެއްގެ އެއްޗިއްސެވެ. އެކަމަށް ބޭނުންވާ ފާހާނާ ސާމާނާއި ދޮރުފަތާއި އޭސީ އާއި ކަބަޑާއި މިހެން ގޮސް ހުރިހާ ސާމާނެއް ހުރީ ރާއްޖެ ގެނެސްފަ އެވެ. އެއީ ގާތްގަނޑަކަށް 200 މިލިއަން ރުފިޔާގެ ސާމާނެވެ.

ފުލުހުންނާއި ސިފައިންގެ ފްލެޓްތަކުގެ ބަދިގެ ހުންނާނެ ގޮތް

ބޮޑު ފާހާނާއެކެވެ. މުޅިން ފުރިހަމަވެގެންދާއިރު، ފާހާނާ އަށް ބޭނުންވާ އެއްވެސް އެއްޗެއް ތަނުގެ ވެރިފަރާތުން ގަނެ ހަރުކުރާކަށް ނުޖެހެ އެވެ. ހެޑް ޝަވަރަށް ދަންދެން ހުރީ އެންމެ ޒަމާނީ ސާމާނެވެ.

ހަ މީހުންގެ ކާމޭޒަކާއި އެންމެ ބޮޑެތި ސައިޒްގެ ސޯފާ ސެޓާއި ސްޓަޑީ ޓޭބަލެއް ބެހެއްޓިޔަސް ސިޓިން ރޫމްގައި ވަރަށް ބޮޑު ޖާގައެއް އެބައޮތެވެ.

ހުރިހާ ޓަވަރެއްގެ ވެސް އެޕާޓްމެންޓްތައް ހުރީ ބޭރުން ކޮންމެވެސް ދެ ދިމާއަކުން ބެލްކަންޏަށް ނުކުމެވޭ ގޮތަށް، ވިއު ފެންނަ ގޮތަށެވެ. އެންމެ ހާއްސަ އެއް ކަމަކީ، އެޕާޓްމެންޓް ތެރޭގައި ތިބޭ އިރު އޮތް ޕްރައިވަސީ އެވެ. ޑިޒައިން ކުރި އިރު، އެކަމަށް ވަރަށް ބޮޑަށް ވިސްނާފައި އޮތް ކަމަށް ބެލެވެ އެވެ.

ފުލުހުންގެ ނަމޫނާ އެޕާޓްމެންޓެއްގެ ކޮޓަރިއެއް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މި ހުރިހާ އެޕާޓްމަންޓްތަކުން ކުނި ބޭލުމަށް، ރާއްޖޭގައި ފުރަތަަމަ ފަހަރަށް ގާބޭޖް ޝޫޓް ވެސް ވަނީ ގާއިމްކޮށްފަ އެވެ. އެންމެ މަތިން ފެށިގެން އެންމެ ތިރީ ފްލޯއާ ހަމައަށް އެ ނިޒާމް ތިން ޓަވަރުގައި ވެސް އެބަހުއްޓެވެ.

ކޮންމެ ޓަވަރެއްގެ ވެސް އެޕާޓްމެންޓްތައް ފެށެނީ ދެ ވަނަ ފްލޯ އިންނެވެ. ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރުގައި 12 ފްލޯ، އަދި އަނެއް ދެ ޓަވަރުގައި 14 ފްލޯ ހިމެނެ އެވެ. ދެ ޓަވަރެއްގައި، ކޮންމެ ޓަވަރެއްގައި 10 ޕެންޓް ހައުސް ހިމެނެ އެވެ.

ޕެންޓް ހައުސްތަކުގެ ބޮޑުމިނަކީ، ގާތްގަނޑަކަށް ތިން ކޮޓަރީގެ ދެ އެޕާޓްމެންޓްގެ ބޮޑުމިނެވެ. ސައިޒުން ބޮޑުވިޔަސް، ވަކި އިތުރަކަށް އެތަން ރީތިކުރަން އިމާރާތް ކުރާ ފަރާތުން ވިސްނައިފައެއް ނެތެވެ. އެހެންވެ، ތަނުގެ އިންޓީރިއާގެ ބޮޑުބައި ހަދާނީ އެތަން ލިބޭ ފުލުހުންނެވެ. ޕެންޓްހައުސްތަކުގެ އުފާވެރިކަމަކީ، ބެލެވޭ ގޮތުގައި ދެ ފްލޯއެއްގައި ހުރެފައި، އެއް ފްލޯއިން އަނެއް ފްލޯ އަށް އެޕާޓްމެންޓްގެ ތެރެއިން ދެވޭ ގޮތަށް ހުރުމެވެ.

ކޮންމެ ޓަވަރެއްގެ ވެސް އެންމެ ތިރީ ދެ ފްލޯ ހަމަޖައްސައިފައި ވަނީ، ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ފިހާރަ/ ރެސްޓޯރަންޓަށް ދޫކުރާ ގޮތަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެތަނުގައި ޕޮލްކޯ އާއި އަމިއްލަ ފަރާތްތަކުން ވެސް ވިޔަފާރި ކުރުމުގެ ފުރުސަތު އެބައޮތެވެ.

ކޮންމެ ޓަވަރެއްގައި ވެސް ހަތަރު ލިފްޓް ހިމެނެ އެވެ. އޭގެ ތެރޭގައި ސާވިސް އެއް ލިފްޓް ހިމެނެ އެވެ.

ސިފައިންގެ އެޕާޓްމެންޓްތައް

"ސިފްކޯ ހިޔާ"ގެ އެންމެ ހާއްސަ ކަމަކީ، ހުރިހާ އެޕާޓްމެންޓްތައް ވެސް އެއް ގޮތަކަށް، އެއް ޑިޒައިނަކަށް، އެއްގޮތަކަށް ހުރި ކަމެވެ. މިއީ، ސިފައިންގެ ތެރޭގައި އެއްވެސް ތަފާތެއް ނުކުރުމުގެ ބޭނުމުގައި ހަމަޖައްސައިފައިވާ ގޮތެއް ކަމަށް ވެ އެވެ.

ކޮންމެ އެޕާޓްމެންޓެއްގައި ވެސް ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ބަދިގެ ހުރެ އެވެ. ބޮޑު ސިޓިންރޫމެއް ހުރި އިރު، ނަމޫނާ ފްލެޓުން ފެންނަ ގޮތުގައި ސިޓިން ރޫމުގެ ކުރިމަތިން ދެ ފަރާތަށް ހަނި ގޯޅިއެއް ލައި، ދެ ކޮޓަރި އަދި ކުރިމަތިން މާސްޓަ ރޫމް ފެނެ އެވެ. ސިޓިން ރޫމްގެ އެއްބައިގައި ބަދިގެ ހުރި އިރު ހަ މީހުންނަށް އިށީނދެވޭ ވަރުގެ ބޮޑު ކާމޭޒެއް ހުއްެޓެވެ. އެއީ އާއިލާއަކަށް އެންމެ ހެޔޮވަރުގެ ސިޓިން ރޫމެކެވެ.

ސިފައިންގެ ފްލެޓެއްގެ ބަދިގެ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސިފައިންގެ ފްލެޓްތައް ވެސް ހަދާފައި ހުރީ، ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރި އައިލެންޑް އެކްސްޕާޓް ކުންފުނިން ކަމަށް ވާތީ ނަމޫނާ އެޕާޓްމެންޓުން ފެނުނީ ހަމަ ދާދި އެއް މަންޒަރެކެވެ. ސިފްކޯގެ ފްްލެޓްތައް ވެސް ސިފައިންނާ ހަވާލުކުރަން ނިންމައިފައި އޮތީ ސެމީ ފާނިޝްކޮށެވެ. ވަންނަ އިރު، އެ ބައެއްގެ އަމިއްލަ ދިރިއުޅުމުގައި ބޭނުންކުރާ ސާމާނު ފިޔަވައި، އެ އެޕާޓްމެންޓަށް އިތުރަށް ހަރަދު ކުރަން ނުޖެހޭ ގޮތަށެވެ.

ފުލުހުންގެ އެޕާޓްމެންޓްތަކާއި ސިފައިންގެ އެޕާޓްމެންޓްތަކާ ވަރަށް ބޮޑު ތަފާތުތަކެއް އެބަހުއްޓެވެ. ކޮންމެ އެޕާޓްމެންޓެއް ވެސް ހަދާފައި ހުރީ 932 އަކަފޫޓުގެ ތަނެއްގަ އެވެ. ދޮންނަ މެޝިނަށް ވަކި ތަންކޮޅެއް ހުރި އިރު ކޮންމެ އެޕާޓްމެންޓެއްގައި ވެސް ހެޔޮވަރުގެ ބެލްކަންޏެއް ހިމެނެ އެވެ. އަދި އެ ބެލްކަންޏަކީ، ވަރަށް ޕްރައިވަސީ ބޮޑު، އަދި ޑިޒައިން ކޮށްފައިވާ ގޮތުން އެހެން އެއްވެސް އެޕާޓްމެންޓެއްގައި އުޅޭ މީހަކަށް ނުފެންނަ ގޮތަށް ޑިޒައިންކޮށްފައިވާ ބެލްކަންޏެކެވެ.

ސިފައިންގެ ނަމޫނާ ފްލެޓްގެ ފާހާނާ

ސިފައިންގެ ޓަވަރުތައް ހަދާފައި ހުރީ އެލް ޝޭޕްއަށެވެ. ކުރިން ރާވާފައި އޮތީ ދެވަނަ ފްލޯގައި ބޮޑު ސްވިމިން ޕޫލަކާއި ޖިމްއެއް ހަދާ ގޮތަށެވެ. އެހެން ނަމަވެސް، އެ ޕްލޭން މިހާރު އޮތީ ބަދަލުވެފައި ކަމަށް ވެ އެވެ. ސާދަ ބުރީގެ ތިން ޓަވަރުގައި ޖުމްލަ 15 ޕެންޓް ހައުސް ހިމެނެ އެވެ. ކޮންމެ ޓަވަރެއްގައި ވެސް ހަތަރު ލިފްޓް ހިމެނެ އެވެ.

ފުލުހުންނާ ހިލާފަށް، ފްލެޓް ލިބޭނެ މީހުން ކަނޑައަޅާފައި ވިޔަސް ލިބޭނީ ކޮން ފްލެޓެއްކަން ސިފްކޯ އިން އަދި ވަނީ ނުނިންމަ އެވެ. އޭގެ ގުރުއަތެއް އަދި ނުލަ އެވެ. އެހެން ވިޔަސް، ކޮންމެ ފްލޯއަކުން ލިބުނަސް، އެއްވެސް ތަފާތެއް ނުހުންނާނެ އެވެ.

ސިފްކޯ އިން ވެސް އެ ކުންފުނީގެ ތިން ޓަވަރުގެ ތިރީ ދެ ފްލޯ ބޭނުންކުރާނީ ވިޔަފާރިއަށެވެ. ފިހާރަތަކާއި ކެފޭ/ ރެސްޓޯރަންޓް އެ ދެ ފްލޯގައި ހުންނާނެ އެވެ.

29 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 43%
icon angry icon angry 7%
icon wow icon wow 14%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިތްހަމަނުޖެހޭމީހާ

06 January 2022

ވަކި ބަޔަކަށް ވީމަ ބޮލުގަ އަޅަންޖެހޭ ފުނާވެސް ގަންނާކަށް ނުޖެހޭ..އެމީހުންވެސް ކުރަނީ އުޖޫރައަށްމަސައްކަތް..އަހަރުމެން ސިވިލް ސާރވަންޓުންނޭމިކިޔާމީހުންވެސް މިކުރަނީ ހަމަ ގައުމީ މަސައްކަތް..އަނެއްކާ ކޮންމެ ދުވަހަކު މިބުރަ އުފުލަމުން މިދަނީ ފުލުހަކުގައިމު މަގެއްގެމަތިންވެސް ނުފެނޭ މިމާލޭތެރޭ މިހާ ނުލަފާ މީހުން އުޅޭއިރު...ތަފާތުކުރިއަސް މީފުކެއް ބޮޑުވަރު..

The name is already taken The name is available. Register?

އަފްރާސިޔާބު

31 December 2021

ޔާމީނު ދެއްވި ޖަލު ގޮޅި (ކޮތަރު ކޮށި) ލިބުނު ފަރާތްތަކަށްވެސް އެތަން ވަރަށް ހިތްގައިމު. އަމިއްލަ ޚަރަދުގައި ވަރަށް ނަލަކޮށް އެބަހަދާލާ. ދެތިން ދަރިއަކު ލިބުނީމާ ނޫނީ ޢާއިލާގައި ދެތިން ކުދިން ތިބިމީހުން ފަހުން ހަޅޭލަވާ ތަން އަހަންނަށް ފެންނާނެނަމަ. އެހެރީ އިންސާނީ ޢާއިލާއެއް އުމުދުވަހަށް އުޅެން ދީފައިވާ ތަނުގެ ޙާލަތު. އާ އެވަރުވެސް ނުވެތިބީމާ އުފަލުން ރޮވޭނެތާ ފުރިހަމަ ކަމުން.

The name is already taken The name is available. Register?

ހުވަފެން

31 December 2021

5 ތަރީގެ ފަހާނަތަށި ސިފައިންނަށް. ވ.ފުރިހަމަ. އަވަހަށް ހުވަފެނުން ހޭލެވެތޯބަލާ. މީހާރު ތިޔަ ހުވަފެން ބަލާތާ 10އަހަރުވަނީ

The name is already taken The name is available. Register?

ކިލަންބާ

31 December 2021

މިއީ ޔާމީނު ފެށިކަމެއް ނޫން. ނަޝީދު ވެރިކަމުގަ ފެށި އަމަލީ މަސައްކަތް ވަހީދާ ލައްވާލީ ބަގާވާތުން

The name is already taken The name is available. Register?

އަބްޑޫޅް

31 December 2021

އެއް ފާހާނާ ހުރީ ފުލަސް ނުކޮށް، ނަޖިހުން ފުރިފަ.

The name is already taken The name is available. Register?

ސަފީ

30 December 2021

ތީ ސޯސަލް ހައުޒިންނައް ވުރެ ލަގްޒަރީ އެޕާޓްމަންޓު ހުންނަގޮތް. ސޯސަލް ހައުޒިން ފުލެޓް ހުންނަ ގޮތަ އެގެން ބޭނުންނަމަ މެލޭޝިޔާ ތަންތާގަ އަޅާ ސޯސަލް ހައުޒިން ޔުނިޓްތައް ބަލަން ޒިޔާރަތްކުރޭ. އަދި ސިންގަޕޫރުގަ ހުންނަ ސޯސަލް ހައުޒިން އަށް ޒިޔާރަތް ކުރޭ.

The name is already taken The name is available. Register?

ޙަސަން އަޙްމަދު

31 December 2021

މޮޅު ވާހަކަ ނުދައްކާ. ސިންގަޕޫރާ މެލޭޝިޔާ ނޫނީ ގައުމެއް ނޯންނަނީތަ މި ދުނިޔޭގަ؟ ޔޫރަޕުގައި ވެސް އެހެރީ ގައުމުތައް. މިޑްލްއީސްޓު ވެސް އެއޮތީ. ދުށިންތަ؟ ސޯޝަލް ހައުސިންނޭ ކިޔަން ޖެހެނީ ފިނިޝް ނުކޮށް އަރައިފޭބޭނެ ގޮތެއް އަމުދުން ނުވެސް ހައްދަވާ ކޮތަރު ކޮއްޓަށްތަ؟. ސިންގަޕޫރޭ މެލޭޝިޔާއޭ އެބަ ކިޔައެއްނު އަދި އެބަ!

The name is already taken The name is available. Register?

އެޑަމް

30 December 2021

ތިޔަފުލެޓުތައްނިމޭއިރުއޮންނާނީ ގެރެންޓިހަމަވެގެން ވެއްޓެންވެފާ އަދިވެސް ނިމޭނެޒަމާނެއް ނޭގެ!

The name is already taken The name is available. Register?

ޙަބީބު

30 December 2021

ޔާމިނުއައް ހެދުނު އެންމެބޮޑުގޯސް 25 ބުރިގެ ކޮތަރުކޮސިތަކެއް އެޅުން ގައިމު 3 ކޮޓަރިޔާ ބޮޑުސިތިންރޫމަކާ ލަފަ ބޮޑު ބެލަކަންޏެއްގަ އުނދޮއްޔެއް އެލުވޭ ވަރައް އެކަން ކުރެވެން އޮތް ވޯޓާ ދިމާކޮއްފަ ތެޅިފޮޅިގެން މިކަން ނުކޮއް ދެންވެސް ކުރަންވީ ކަމަކި ކޮންމެ ދެފުލެޓެއް އެއްފުލެޓަކައް ބަދަލުކޮއް އިތުރު ގޮތެއް މިސަރުކާރުން ހޯދައި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ދެއްވަންވި

The name is already taken The name is available. Register?

އަނެއްރާއްޖެ

30 December 2021

ރަގަޅު ވާހަކައެއް. ސިފައިންނާއި ފުލުހުން ތިބެންޖެހެނީ... އެއްޗެކޭ ނުބުނެވޭނެ. އެކަމަކު އެމީހުންގެ ޙައްޤުތައް ކޮބައިތޯ. އެމީހުންގެ އާއިލާތަކުގެ ޙައްޤުތައް ކޮބައިތޯ. ސިފައިންނަކަސް ފުލުހަކަސް އެމީހުންގެ ތެރޭގައިވެސް ހާލުގައި އުޅޭ މީހުން އުޅޭ. މީ ވަރަށް ދެރަވަރުގެ ކަންތައްތައް.

The name is already taken The name is available. Register?

ސަންގުބެ

30 December 2021

ތިކަން ފެށިގެން އައީވެސް މަކާޜާއި ހީލަތުން ....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454