އެމްއާރުޕީގެ ބަހުސް: ސަރުކާރު އޮތީ ގޮތް ދޫކުރާ ގޮތަކަށް ނޫން!

ބޭސްތަކެއް މެނޭޖްކުރަނީ: ބޭސް ވިއްކާ އަގުބޮޑުކަމުގެ ޝަކުވާ ބޮޑު

މީގެ ހަ އަހަރު ކުރިން ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް ސަރުކާރުން ދިޔައީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރުޕީ) ކަނޑައެޅުމުގެ އެކި މަސައްކަތް ކުރަމުންނެވެ.

ގާނޫނުގައި އެކަން ކަނޑައެޅުމާއެކު، އެމްއާރުޕީ ހަމަޖެއްސުމުގެ މަސައްކަތް 2018 ވަނަ އަހަރު ހަލުއި ވެގެންދިޔަ އެވެ. ނަމަވެސް އެކި ފަރާތްތަކުން ކުރިމަތިކުރި ފިއްތުންތަކުގެ ސަބަބުން ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅައި، އެއަށް އަމަލުުކުރެވޭ ހިސާބަކަށް ނުދެ އެވެ.

މި ފަހަރު ވެސް ވީ އެހެންނެވެ؛

އެމްއާރުޕީއަށް އަމަލުކުރަން ފަށާނެ ތާރީހުތަކާއެކު، އޭގެ ގަވައިދު ނޮވެމްބަރު 15، 2021 ގައި ނެރުމާއެކު ފާމަސީތަކުން ކަންބޮޑުވުންތައް އޮއްސައިލި އެވެ. އެއާއެކު، ބޭސްފިހާރަ ހިންގާ ފަރާތްތަކާއެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުންތަކަށް ފަހު ނިންމީ އެމްއާރުޕީއަށް އަމަލުކުރާ ތާރީހު ފަސްކުރާށެވެ.

އެ ގަވައިދަށް އިސްލާހު ގެނެސް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަނެއްކާ ވެސް ޖެނުއަރީ 24، 2022 ގައި އިއުލާންކުރީ އަސާސީ ބޭސްތަކުގައި ހިމެނޭ ބަޔަށް އަމަލުކުރަން ފަށާނީ މާޗު 1، 2022 އިން ފެށިގެން ކަމަށެވެ. ނަމަވެސް ދެ ވަނަ ފަހަރަށް ފަސްކޮށްގެން ވެސް އެ އުސޫލަށް އަމަލުކުރެވޭ ގޮތެއް ނުވި އެވެ.

ކުރަންޖެހޭ ކަމެއް، ބަޖެޓަށް ވެސް ލުއިވާނެ

ރާއްޖެއަކީ މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ބޭހަށް އެންމެ ބޮޑު ހަރަދެއް ކުރާ އެއް ގައުމެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހެދި ދިރާސާއިން އެނގުނީ ދެކުނު އޭޝިޔާގެ ގައުމުތަކާ އަޅާބަލާއިރު، 500،000 މީހުންގެ އާބާދީގެ މި ކުޑަކުޑަ ގައުމުގައި ބޭހަށް ކުރާ ހޭދަ 70 ގުނަ އިތުރުކަމެވެ.

އެ ބަދަލުތައް ސަރުކާރުގެ އިންޝުއަރެންސް ނިޒާމުން ވަރަށް ރަނގަޅަށް ފެނެ އެވެ.

ޑޮކްޓަރީ ބޭހަށް އާސަންދައިން ކުރާ ހޭދަ އެއް އަހަރުން އަނެއް އަހަރަށް ދަނީ މަތިވަމުންނެވެ. އެ ދޮރު ބަންދުކުރެވޭނެ ހަރުދަނާ ނިޒާމެއް އޮންނަން ޖެހޭ ކަމަށް އިންޝުއަރެންސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރު އެކަނި ވެސް 357 ފާމަސީއަކަށް އާސަންދައިން 800 މިލިއަން ރުފިޔާ ދޫކުރި ކަމަށެވެ. އެ ކުންފުނީގެ ޕޭއައުޓްގެ ގާތްގަނޑަކަށް 52 ޕަސެންޓު ހަރަދުކުރަނީ ވެސް ބޭސްފިހާރަތަކަށެވެ.

އެއީ ވަރަށް ބޮޑު އަދަދެއް ކަމަށް މަރިޔަމް ވެސް ގަބޫލުކުރައްވަ އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ބޭހަށް ކުރާ ހޭދަ ބޮޑުވަނީ މައިގަނޑު ދެ ސަބަބަކާ ހެދި އެވެ. އެއީ ބޭސް ކާ މީހުން ގިނަވުމާއި ބޭހުގެ އަގުބޮޑުވުމުންނެވެ. ނަމަވެސް ކޮންމެހެން ދޭންޖެހޭ ބޭސް އެކަނި ދީގެން އެ ހަރަދު 20-30 ޕަސެންޓަށް ކުޑަކުރެވޭނެ ކަމުގެ ޔަގީންކަން އޭނާއަށް އެބަ އޮތެވެ.

ސަރުކާރުން އެންމެ ފުރަތަމަ ނިންމީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އެސެންޝަލް ލިސްޓުގައި ހިމެނޭ 357 ބޭހެއްގެ އަގު ކޮންޓްރޯލްކުރާށެވެ. އެ ބަދަލުން އެކަނި ވެސް ބޭހަށް ކުރާ ހޭދައިން 205 މިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

މަރިޔަމް ވިދާޅުވި ގޮތުގައި އެމްއާރުޕީ ކަނޑައެޅުމުން ބައެއް ބޭސްތައް އަގުބޮޑުވާއިރު، ދެން ހުރި ބޭސްތައް އަގުހެޔޮ ވުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް އެމްއާރުޕީ ކަނޑައެޅުމުން ބޭހުގެ ހުރިހާ ކަމެއް ދާނީ އެއް ސްޓޭންޑަޑަކަށެވެ.

"މިހާރުވިއްޔާ ފާމަސީއަށް ގެންނަ މީހާ ބޭނުން އަގެއްގައި ގެނެސްފައި ބުނެފާނެ ތިމަންނަ ވިއްކާނީ މިވެނި އަގެއްގައޭ. އެކަމަކު ވަކި އަގުތަކެއް ކަނޑައެޅިފައި ހުރީމަ ވާނީ ހަމަ އެ އަގުތަކުގައޭ ވިއްކާނީ،"

"މިހާރުވިއްޔާ ފާމަސީއަށް ގެންނަ މީހާ ބޭނުން އަގެއްގައި ގެނެސްފައި ބުނެފާނެ ތިމަންނަ ވިއްކާނީ މިވެނި އަގެއްގައޭ. އެކަމަކު ވަކި އަގުތަކެއް ކަނޑައެޅިފައި ހުރީމަ ވާނީ ހަމަ އެ އަގުތަކުގައޭ ވިއްކާނީ،" މަރިޔަމް ވިދާޅުވި އެވެ.

އެމްއާރްޕީ ކަނޑައަޅަން އާސަންދައިން އެހާ ބޮޑަށް ވަކާލާތުކުރަނީ ވެސް އެއް ހަމައެއްގައި ބޭސްތަކުގެ އަގު ހިފެހެއްޓުމަށެވެ. ވަރަށް އަގުބޮޑުކޮށް ވިއްކާ ބޭސްތައް އެބަހުރި ކަމަށާއި އެ ބޭސްތައް ބޮޑުވި ވަރަކަށް އާސަންދައަށް ވެސް ހަރަދު ބޮޑުވާނެ ކަމަށް މަރިޔަމް ވިދާޅުވި އެވެ.

ޑޮކްޓަރީ ބޭހަށް އާސަންދައިން މިހާރު ކަނޑައަޅާފައިވަނީ މާކެޓް އަގެކެވެ. ނަމަވެސް އެއީ ބޭހުގެ އަސްލު އަގެއް ނޫނެވެ.

"އާސަންދަ ދޭ ހުރިހާ ފާމަސީތަކެއްގެ އަގު ބަލާފައި ނެރުނު މީން ވެލިއުއަކުން ހަދާފައި ހުރި އަގުތަކެއް އެއީ. އަސްލު ބޭހުގެ އަގަށް ބަލާފައި، އެއަށް ލާންޖެހޭ ޕަސެންޓޭޖުތައް ލާފައި ހެދޭ އަގެއް އެމްއާރުޕީއަކީ،"

ހެލްތު މިނިސްޓްރީން މީގެ ކުރިން ކުރި ނެރުނު ގަވައިދުގައި ބުނީ ބޭސް ވިއްކާއިރު ފައިދާގެ ގޮތުގައި އެންމެ ގިނަވެގެން ވެސް ނެގޭނީ 100 ޕަސެންޓު ކަމަށެވެ.

އެމްއާރުޕީ ތަންފީޒުކުރިއަސް ފާމަސީތައް ނުހުއްޓި ކުރިއަށް ދާނެ

އެމްއެފްޑީއޭގެ ޑިރެކްޓާ އައިޝަތު ޖަލީލާ ވިދާޅުވީ އެމްއާރުޕީއަކީ ގާނޫނުގައި ކަނޑައަޅާފައިވާ ކަމަކަށް ވުމުން އެ އޮތޯރިޓީން މަސައްކަތްކުރަނީ އެކަން ތަންފީޒުކުރާށެވެ.

އެ ގަވައިދު ބުނާގޮތުން، ބޭހުގެ އަގު ކަނޑައަޅަން އެންމެ ފުރަތަމަ ޖެހެނީ މާކެޓުގައި ހުރި ބޭހުގެ އަގުތައް ހަމަޖައްސާށެވެ. އެ އަގު ކަނޑައަޅަން ޖެހެނީ ރާއްޖެ އެތެރެކުރާ ބޭހުގެ އެފްއޯބީ އަގުން މާކަޕެއް ލާފައި އަގުތައް ހަދާ ގޮތަށެވެ.

އެފްއޯބީ ނެގިއިރު ބޭސް އިމްޕޯޓުކުރާ މީހުންގެ ކަންބޮޑުވުންތައް ހުރި ކަމަށް ޖަލީލާ ވިދާޅުވި އެވެ. އެހެންވެ، އެމްއާރުޕީއަށް އަމަލުކުރުން ފަސްކޮށް، ފިނޭންސް މިނިސްޓްރީ އާއި އާސަންދަ އަދި ޕޮލިސީ ސެކްޝަނާ ގުޅިގެން އަންނަނީ އެކަމުގެ މަޝްވަރާތައް އަނެއްކާ ވެސް ފަށައިފަ އެވެ.

އެ އަގުތައް ރިވައިސްކުރުމަށްފަހު އެމްއާރުޕީގެ އާ އަގުތައް ކަނޑައަޅާނެ އެވެ.

"އެކަމަކު އަޅުގަނޑުމެން މި މަސައްކަތް ކުރާކަށް ބޭނުމެއް ނުވޭ ފާމަސީތަކުގެ ވިޔަފާރި ހުއްޓޭ ކަހަލަ ގޮތަކަށް. ފާމަސީތަކަށް ވެސް ފީސިބްލް ގޮތަކަށް މި މަސައްކަތް ކުރީމަ ބޭހުގެ އަގު ކޮންޓްރޯލްކުރެވި އަދި ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސޭނީ،" ޖަލީލާ ވިދާޅުވި އެވެ.

"ވިޔަފާރިއަކާ ގުޅުން ހުރި މަސައްކަތެއް ވީމަ އެއްވެސް ގޮތެއްގައި ވިޔަފާރިވެރިންނާ ދެކޮޅަށް، ކޮންމެ ގޮތެއް ވިޔަސް ތަންފީޒުކުރުމެއް ނޫން އަޅުގަނޑުމެންގެ މަގުސަދަކީ. އިފެކްޓިވްކޮށް ބޭހުގެ އަގު ކޮންޓްރޯލްކޮށް، ވިޔަފާރިވެރިންނަށް ވެސް ގެއްލުންނުވާ ފަދަ ގޮތަކަށް ރެގިއުލޭޓްކުރުން."

"ވިޔަފާރިއަކާ ގުޅުން ހުރި މަސައްކަތެއް ވީމަ އެއްވެސް ގޮތެއްގައި ވިޔަފާރިވެރިންނާ ދެކޮޅަށް، ކޮންމެ ގޮތެއް ވިޔަސް ތަންފީޒުކުރުމެއް ނޫން އަޅުގަނޑުމެންގެ މަގުސަދަކީ. އިފެކްޓިވްކޮށް ބޭހުގެ އަގު ކޮންޓްރޯލްކޮށް، ވިޔަފާރިވެރިންނަށް ވެސް ގެއްލުންނުވާ ފަދަ ގޮތަކަށް ރެގިއުލޭޓްކުރުން،"

ޖަލީލާ ވިދާޅުވާ ރަނގަޅު ގޮތުގައި އެމްއާރުޕީ ތަންފީޒުކުރި ނަމަވެސް ފާމަސީތައް ނުހުއްޓި ކުރިއަށް ދާނެ ކަމަށެވެ. އެކަމަކު މާކެޓުގައި މިހާރު ބޭސްތަކުގެ އަގުގައި ވަރަށް ބޮޑެތި ތަފާތުތައް އެބަހުރި ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ، އެއް ފާމަސީއަކުން ދެ ރުފިޔާއަށް ވިއްކާ ބޭސް ގުޅަ، އަނެއް ފާމަސީން ހަ ރުފިޔާއަށް ވިއްކުމެވެ. އަދި ބައެއް ފާމަސީތަކުގައި އޯނަރު ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކޮށް ވެސް ބޭސް ވިއްކަ އެވެ.

"އެހާ ބޮޑު އަގުގެ ތަފާތުތަކެއް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

"އެހެންވެގެން އަސްލު އަޅުގަނޑުމެން އެމްއާރުޕީއެއް ހަދަން އެހާ ވަރަށް ހިފަނީ ވެސް. އެކަމަކު ޗެލެންޖިން ހުރި ކަމެއް. ފާމަސީ ތެރޭގައި ހުރޭ އޭނާ ބޭނުން އަގެއްގައި ވިއްކާލާފައި، މީހާ ފެނުނީމަ އަގު ކަނޑައަޅަނީ. އެ މީހާއަށް އެފޯޑަބްލް އަގެއްގައި،"

"އެހެންވެގެން އަސްލު އަޅުގަނޑުމެން އެމްއާރުޕީއެއް ހަދަން އެހާ ވަރަށް ހިފަނީ ވެސް. އެކަމަކު ޗެލެންޖިން ހުރި ކަމެއް. ފާމަސީ ތެރޭގައި ހުރޭ އޭނާ ބޭނުން އަގެއްގައި ވިއްކާލާފައި، މީހާ ފެނުނީމަ އަގު ކަނޑައަޅަނީ. އެ މީހާއަށް އެފޯޑަބްލް އަގެއްގައި."

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހެދި ދިރާސާއަކާ ހަވާލަދެއްވައި ޖަލީލާ ވިދާޅުވީ މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ބޭހުގެ ހަރަދު 70 ގުނަ މަތި ކަމަށެވެ.

"އެހެންވީމަ، ބޭހުގެ އަގު ރާއްޖޭގައި ކޮމްޕްރޭޓިވްލީ އަގުބޮޑު. އަގުބޮޑުވާ ސަބަބުތައް ވެސް މިހާތަނަށް ބެލިފައި ނެތް ކީއްވެގެން ކަމެއް އަގުބޮޑުވެފައިވަނީ. އެކަމަކު ބޭހުގެ އަގުބޮޑުކަން އެނގޭ،" އޭނާ ވިދާޅުވި އެވެ.

ބޭރުގެ ގިނަ ގައުމުތަކުގައި އެމްއާރުޕީ ކަނޑައަޅާފައި ހުންނަނީ ޖެނެރިކް ކެމިކަލަށެވެ. ނަމަވެސް ރާއްޖޭގައި ކޮންމެ ބްރޭންޑަކަށް އަގު ކަނޑައަޅަންޖެހެ އެވެ. އެއީ ޖަލީލާ ވިދާޅުވި ގޮތުގައި ވަރަށް އުނދަގޫ އަދި ބުރަ މަސައްކަތެކެވެ.

"އެމްއާރުޕީގައި އާސަންދައިން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގު ވެސް އެބަހުރި. އަގު ކުޑަވާ ބޭސްތައް ވެސް އެބަހުރި. މިހާތަނަށް ރާއްޖޭގައި ބޭހުގެ އަގު ކަނޑައަޅާފައި ވަނީ އެކަށީގެންވާ ގޮތަކަށް ބެލިގެންނެއް ނޫން،" ޖަލީލާ ވިދާޅުވި އެވެ.

ފުރަތަމަ ގަވައިދު ނެރުނު އިރު، އޭގައި އޮތީ އެމްއާރުޕީ ނެރުމަށްފަހު ކޮންމެ ތިން އަހަރަކުން އެއް ފަހަރު އަގު މުރާޖާ ކުރަންވާނެ ކަމަށެވެ. ނަމަވެސް، ކަންބޮޑުވުންތަކާއެކު އެމްއެފްޑީއޭއިން މިހާރު ހުށަހަޅަނީ ދެ އަހަރުން އެއް ފަހަރު އަގުތައް ރިވިއުކުރަން ޖެހޭނެ ކަމަށެވެ.

ބޭސްތަކެއް މެނޭޖްކުރަނީ: އެމްއާރުޕީ ކަނޑައެޅުމަކީ ބޭހުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް މުހިންމު ކަމެއ

އެކަމަކު އަގުތައް ރިވިއުކުރުމުގެ މުއްދަތާ މެދު ވިޔަފާރިވެރިންގެ ބަހެއް އޮންނަން ޖެހޭތީ، މަޝްވަރާތަކަށް ފަހު އެ މުއްދަތަށް ބަދަލެއް އަތުވެދާނެ އެވެ.

ޖަލީލާ ވިދާޅުވީ އެޕީލް ޕްރޮސީޖާގައި، އިންޑިވިޖުއަލް ބޭހެއް ގެނައުމުގެ އަގާ ގުޅޭ ގޮތުން އެއްވެސް މައްސަލައެއް އުޅޭނަމަ ބޭސް އިމްޕޯޓުކުރާ ފަރާތުން އެކަން ހުށަހެޅޭނެ އެވެ. އޭރުން އެކަންތައް ބަލައި ބަދަލެއް ގެންނަ ނަމަ އެކަމެއް ގެންނާނެ އެވެ.

ފާމަސީތަކުގެ ކިތައްމެ ގޮންޖެހުންތައް ހުރި ނަމަވެސް އެމްއެފްޑީއޭ އަދި އެމްއާރުޕީއާއެކު ބަޖެޓަށް އެންމެ ބޮޑު ލުއެއް ލިބޭ އާސަންދައިން ހުރީ ކިތައްމެ ދަތިތަކެއް ކުރިމަތިވިނަމަސް އެމްއާރުޕީއަށް އަމަލުކުރުން މަޑުޖައްސާލާ ގޮތަކަށް ނޫނެވެ.

4 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޓެކްހައްލު

11 March 2022

ޓެކްނޮލޮޖީ އެދެވޭގޮތެއްގައި ބޭނުންކޮށްގެން ތިކަމަށް ހައްލު ގެނެވޭނެ. ބޭސް ވިއްކުން އެއްޕްލެޓް ފޯމެއްގެ ތެރެއަށް ލާންވީ. އާސަންދަ ހުއްދަ ދީފައި ނެތަސް އާސަންދައިގެ ތެރެއިން ބޭސް ވިއްކަންވީ. ކޭޝްކޮށް ވިއްކިޔަސް ސިސްޓަމްތެރެއިން ވިއްކަންވީ. ބޭސްއެތެރެ ކުރާ ހިސާބުން އާސަންދައިގެ ޕޯރޓަލްއަކަށް ބޭސް އެޅެމުންދާންވީ، މިދައްކަނީ ހުރިހާ މުދަލެއްގެ ވާހަކައެއް ނޫން. އެތެރެވާއިރު ސިސްޓަމަށް އެންޓަރ ވެގެން އެތެރެވާނަމަ، މިކަމަށް އަންނަ ހައްލު ބޮޑުވާނެ.

The name is already taken The name is available. Register?

ްިބޫގެވެރިން

11 March 2022

ރައީސްއޮފީހުން އެތަން ދޯދިޔާވެ ސުޓާފުން ވަކިކުރަނީކަމަށް އިތުބާރުހިފޭ

The name is already taken The name is available. Register?

ޓެކްސް

11 March 2022

ޓެކްސީ ޑްރައިވަރުންނެކޭ ތަފާތެއްނެތް، ދިވެހިން ތަފާތުވާނެ

The name is already taken The name is available. Register?

ސަބީލި

11 March 2022

ކޮންމެ ވިޔަފާރިއެއްކުރިޔަސް ވައްކަން ނުކޮށް ދިވެހިންނަކަށް ނުކުރެވޭ. ބޭހުގެ ވިޔަފާރި ރެގިއުލޭޓް ނުކޮށް ވާކަށްނެތް. ނުކުރުމުން މައްސަލަޖައްސާ. ކުރަންހިފާއިރަށް 'ކަންބޮޑުވުން'ތަށް ބަންޑުންވެ މަޑުޖައްސަންޖެހޭ. ގާނޫނުގައި އޮންނަނީ ހަދަންޖެހޭ އެއްޗެކޭ. ރަށްމެދަށްވިހާފައޮންނަ އެއްޗެއްތާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454