ފާމަސީތަކަށް 800 މިލިއަން ރުފިޔާ، ބޭސްގުޅައަކުން އުދުހިގަންނަމާ!

އާސަންދައިގެ އަހަރެއްގެ ބަޖެޓްގެ 37 ޕަސެންޓް ނުވަތަ ގާތްގަނޑަކަށް 800 މިލިއަން ރުފިޔާ އަކީ ފާމަސީތަކަށް ކުރާ ހޭދަ އެވެ؛ އެތަންތަނުން ވިއްކި ބޭހަށެވެ.

ސުވާލަކީ މި އެވެ؛ މިއީ ރާއްޖެ ކަހަލަ ގައުމަކަށް އެކަށީގެންވާވަރުގެ ހޭދައެއް ހެއްޔެވެ؟ މިހާ ގިނަ އަދަދެއްގެ ބޭސް ދިވެހިން ހަމަ ކަނީ ހެއްޔެވެ؟ އެންމެ ހަތަރު ލައްކައެއްހާ މީހުންނަށް 800 މިލިއަން ރުފިޔާގެ ބޭސް އަހަރަކު ހޭދަވާ ނަމަ، ރާއްޖޭގައި ހަމަ އެވަރަށް ބަލިތައް ގިނައީ ހެއްޔެވެ؟ ނުވަތަ ބޭހުގެ އަގު ބޮޑީ ހެއްޔެވެ؟ މައްސަލައަކީ ކޮބައި ހެއްޔެވެ؟

ބޭހުގެ އަގުތައް ރާއްޖޭގައި ބޮޑު!

ރާއްޖޭގެ ފާމަސީތައް ތަމްސީލުކުރާ މޯލްޑިވްސް ފާމަސޫޓިކަލް އެސޯސިއޭޝަންގެ ރައީސް އަހުމަދު މައުމޫން (މާނު) ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި ބޭހުގެ އަގު ބޮޑެއް ނޫނެވެ. އެކަމަކު އޭނާ ވެސް ގަބޫލުކުރައްވާ އެއް ކަމަކީ، ބައެއް މީހުން އަގުބޮޑުކޮށް ބޭސް ވިއްކަމުން ގެންދާ މައްސަލަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ޖުމްލަ ގޮތެއްގައި ބޭހުގެ އަގުތައް ރަނގަޅެވެ.

ފާމަސީއެއްގެ ކައުންޓަރުގައި ދިވެހި ފާމަސިސްޓަކު މަޑުކޮށްލައިގެން

"އެކަމަކު އަގުބޮޑުކޮށް ލިބޭ ބޭސްތައް ވެސް ނެތެކޭ ނޫން މި ދެންނެވީ. ޖުމްލަކޮށް އަސާސީ ބޭހުގެ އަގުތައް ހަމަ ވަރަށް އެކަށީގެންވާ އަގުގައި މި ހުރީ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ބޭސް އިމްޕޯޓްކުރާ އެހެން ވިޔަފާރިވެރިއަކު މާނުގެ ވާހަކައާ މުޅިން އެއްބަހެއް ނޫނެވެ. އޭނާ ވަރަށް ކުރު ޖަވާބަކުން ފުއްދާލަމުން ވިދާޅުވީ "ބޭހުގެ އަގުތައް ހަމަ ބޮޑު" ކަމަށެވެ.

"ބައެއް އަސާސީ ބޭހުގެ އަގުތައް ވެސް ބޮޑު. އެހެން އެކަން ވާ ސަބަބުތަކެއް ވެސް އެބަހުރި. މީގައި ހަމައެކަނި ހުރީ ބޭސް ވިއްކާ މީހުންގެ މައްސަލަތައް އެކަންޏެއް ނޫން."

ރާއްޖެ އަށް ބޭސް އެތެރެކުރާ މައިގަނޑު ގައުމަކީ އިންޑިއާ އެވެ. ރާއްޖޭގައި ބޭސް ވިއްކަން ވަކި އަގުތަކެއް ކަނޑައަޅައިފައެއް ނޯވެ އެވެ. އެހެންވެ، މާކެޓްގައި ބޭސް ލިބެން މި ހުންނަނީ އެހެން ވިޔަފާރިތަކެކޭ ވެސް އެއްގޮތަށް، މާކެޓްގައި ތިބި މީހުން ކަނޑައަޅާ އަގުތަކެއްގެ ގޮތުގަ އެވެ.

ރާއްޖޭގައި މީގެ ކުރިން ކަމާ ބެހޭ ފަރާތްތަކުން ކޮށްފައިވާ ބައެއް ސާވޭތައް ބުނާ ގޮތުން ރާއްޖޭގައި ބޭސް ވިއްކަނީ މި ސަރަހައްދަށް ބަލާއިރު ވެސް އެންމެ ބޮޑު އަގުގަ އެވެ. ޑަބްލިޔުއެޗްއޯގެ ދިރާސާއެއްގައި ބުނެފައިވާ ގޮތުން ބައެއް ބޭސްތަކަށް 70 ގުނަ އިތުރަށް އަގު ލައިފައި ހުރެ އެވެ.

"ބައެއް ބޭހުގެ އަގު މިހުރީ އަތްފޯރާ ވަރަށް ވުރެ މާ މަތީގައި. އަޅުގަނޑުމެން ގަބޫލުކުރަނީ އަގުތަކެއް ހަމަޖެހިއްޖެ ނަމަ އާސަންދައިގެ ވެސް ބޮޑު ބައެއް ސަލާމަތް ކުރެވިދާނެ ކަމަށް."

"އެއީ ވަރަށް ބޮޑުވަރެއް ދެއްތޯ؟،" އާސަންދައިގެ މެނެޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު ވިދާޅުވި އެވެ.

"ބައެއް ބޭހުގެ އަގު މިހުރީ އަތްފޯރާ ވަރަށް ވުރެ މާ މަތީގައި. އަޅުގަނޑުމެން ގަބޫލުކުރަނީ އަގުތަކެއް ހަމަޖެހިއްޖެ ނަމަ އާސަންދައިގެ ވެސް ބޮޑު ބައެއް ސަލާމަތް ކުރެވިދާނެ ކަމަށް. ހަމައެކަނި ފާމަސީތަކަށް 800 މިލިއަން ރުފިޔާ އަހަރަކު އެބަ އަޅުގަނޑުމެން ހޭދަކުރަން. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި އެއީ އަމިއްލަ ފާމަސީތައް."

ރާއްޖެ އެތެރެކޮށްފައި ހުރި ބޭސްތަކެއް: ބޭހުގެ އަގު ބޮޑު ކަމަށް އެންމެން ވެސް އިއްތިފާގުވޭ -- ފޮޓޯ: މިހާރު

ބޭސް އިމްޕޯޓްކުރާ ކުންފުންޏެއްގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި މައްސަލައަކަށް ވެގެން މިއުޅެނީ ބޭހުގެ އަގު ބޮޑުވުމެއް ނޫނެވެ؛ އޭގެ ބަދަލުގައި މައްސަލައަކީ، އޭނާ ވިދާޅުވި ގޮތުގައި އާސަންދަ ނިޒާމު ދައުލަތަށް ބުރަ ބޮޑުވުމެވެ.

"ސަރުކާރުން ފައިސާ ދައްކަންވީމަ ބޭހުގެ އަގު ކުއްލިއަކަށް މި ބޮޑުވީ. އެއްވެސް މީހަކު ނުދައްކާ އެހެން ވިޔަފާރިތަކަށް ފައިދާ ލައިފައި ހުންނަ ވާހަކައެއް. މިސާލަކަށް ބަލަމާ ހިނގާ ހާޑްވެއާ އަށް އެބަހުރޭ 300-400 ޕަސެންޓް ފައިދާ ވެސް ލައިފައި. އެކަމަކު ދައުލަތުން ބޭހަށް ހަރަދު ކުރަންވީމަ އަގުތައް އެ ވީ ކޮންޓްރޯލް ކުރަން،" އޭނާ ވިދާޅުވި އެވެ.

އެކަމަކު މުޅި މަންޒަރު މި ފެންނަނީ ދައުލަތުން އެ ހަރަދު ކުރަން ޖެހުމުން ބުރަ ބޮޑުވެގެން އުޅޭ މަންޒަރެއް ނޫނެވެ. ބޭސްފަރުވާގެ ނިޒާމުގައި އަގުގެ މައްސަލަ އާންމު މީހާ އަށް ވެސް އޮންނަނީ ބޮޑުވެފަ އެވެ. ބޭސްގުޅައެއް ގަންނަންދާ މީހާ ވޮލެޓް ހުޅުވާލުމަށް ފަހު ދެން ހުންނަނީ ބޯގޮވައިފަ އެވެ. އަގު މާ ބޮޑީ އެވެ. އަނެއްކޮޅުން ދައުލަތުގެ ބަޖެޓްގެ ބޮޑުބައެއް ވެސް ހަމައެކަނި ބޭހަށް ހޭދަވަނީ އެވެ!

ބޭސް ގުޅައެއް އަތަށް އަރާއިރު ހިނގަނީ ކޮން ހަރަދެއް؟

ގޭހަށް ދޭ ބޭހެއް ކަމަށްވާ ޕެންޓޭޒް އިންޑިއާގައި ރީޓެއިލް ކުރާ އަގަކީ 10 ގުޅައިގެ ކާޑެއް ހަތަރު ވަރަކަށް ރުފިޔާ އެވެ. އެކަމަކު ރާއްޖޭގައި ޕެންޓޭޒް ކާޑެއްގެ އަގު އެންމެ ކުޑަވެގެން ވެސް 25ރ. އަށް ނޫނީ ނުލިބެ އެވެ. ބައެއް ތަންތަނުން އޭގެ ބޭސް ކާޑެއްގެ އަގު ހުރީ 40ރ.ގަ އެވެ.

މިއީ ވަރަށް އާންމު ބޭހެއް ކަމަށް ވާތީ، ބޭސްފިހާރަތަކަށް އެ ބޭހުގެ އަގާ ކުޅެވޭކަށް ވެސް ނޯވެ އެވެ. ފާމަސީއެއް ހިންގާ މީހަކު ބުނި ގޮތުގައި ގިނަ ފާމަސީތަކުގައި ބޭހުގެ އަގު އޮޅުވާލައިފައި ހުންނަނީ އާންމުކޮށް ނުލިބޭ އަގުބޮޑު ބޭސްތަކުގަ އެވެ.

ރާއްޖޭގައި ވިއްކާ އެހެން ބާވަތުގެ މުދަލާ ހިލާފަށް "ބޭސް" ކަމަށް ވާތީ ވަކި އިތުރު ހަރަދެއް ކުރާކަށް ވެސް ނުޖެހެ އެވެ. އެއްވެސް ބޭހަކީ ރާއްޖޭގައި ޑިއުޓީ ދައްކަން ޖެހޭ އެއްޗެއް ނޫނެވެ. އެކަމަކު ކަސްޓަމްސް އަށް ރޯޔަލްޓީގެ ގޮތުގައި އެއް ޕަސެންޓް ދައްކަން ޖެހެ އެވެ.

ރާއްޖޭގެ އިމްޕޯޓަރުން ވިދާޅުވާ ގޮތުގައި އެހެން ބޭހާ ހިލާފަށް ބޭހުގެ އަގު ބޮޑުވާން ޖެހޭ އިތުރު އެއްވެސް ސަބަބެއް ނެތެވެ.

"އެހެން މުދަލާ ހިލާފަށް ބޭހަށް ކިރިޔާ ވެސް ކުރަން ޖެހޭ އިތުރު ހަރަދަކަށް އޮންނާނީ ތަންކޮޅެއް ފެންވަރު ރަނގަޅު ގުދަންތަކެއްގައި ބެހެއްޓުން އެކަނި. އެއީ ވެސް އެހާ ބޮޑު ހަރަދެއް ނޫން. ބޭހަކީ ފިނިކޮށްފައި ބަހައްޓަން ޖެހޭ އެއްޗެއް ވެސް ނޫން އިންޖިކްޝަންތައް ފިޔަވައި،"

"އެހެން މުދަލާ ހިލާފަށް ބޭހަށް ކިރިޔާ ވެސް ކުރަން ޖެހޭ އިތުރު ހަރަދަކަށް އޮންނާނީ ތަންކޮޅެއް ފެންވަރު ރަނގަޅު ގުދަންތަކެއްގައި ބެހެއްޓުން އެކަނި. އެއީ ވެސް އެހާ ބޮޑު ހަރަދެއް ނޫން. ބޭހަކީ ފިނިކޮށްފައި ބަހައްޓަން ޖެހޭ އެއްޗެއް ވެސް ނޫން އިންޖިކްޝަންތައް ފިޔަވައި،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ބޭސް އެތެރެކުރާ ބޮޑު ކުންފުންޏެއްގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި، ބޭހުގެ އަގު ބޮޑުވާން ޖެހޭ މައިގަނޑު ސަބަބަކީ އާސަންދަ އެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވި ގޮތުގައި ސަރުކާރުން މީގެ ތެރެއަށް ވަނުމަކީ ބޭހުގެ ވިޔަފާރީގެ އެންމެ ބޮޑު ހަލާކެވެ.

"ބައްލަވާ ކްލިނިކްތަކާއި އަމިއްލަ ހޮސްޕިޓަލްތަކަށް ދައްކަން ކުރާ ހޭދަ. ލެބޯޓަރީ ޓެސްޓްތަކުގެ އަގުތައް. އެއީ އާސަންދަ އައުމުގެ ކުރިން ހުރި އަގުތަކެއް ނޫން. ހަމަ ކުއްލިއަކަށް އަގުތައް އެރީ. ބޭހަށް ވެސް ވީ ހަމަ މިހެން،" ނަން ޖަހަން އުޒުރުވެރިވެ، އޭނާ ވިދާޅުވި އެވެ.

ރީޓެއިލް ފާމަސީތަކުން ބޭހުގެ އަގުތައް ކަނޑައަޅާއިރު އާންމުކޮށް ލަނީ 40-60 ޕަސެންޓްގެ ފައިދާއެކެވެ. ހޯލްސޭލަރުން ބުނާ ގޮތުގައި އެ މީހުން ވެސް ބޭހަށް ލަނީ ހަމަ އެވަރުގެ ފައިދާ އެކެވެ. އެ މީހުން އެހެން ބުނި ކަމަށް ވިޔަސް، ބައެއް ފާމަސީތަކުގައި އަގުތައް ހުރީ އެ ނިސްބަތުން އަގުތައް ހަދައިފައެއް ނޫނެވެ. އަސާސީ ބައެއް ބޭސްތަކުގެ އަގުތަކުގައި ދެ ގުނަ، އަދި ތިން ގުނައިގެ ފަރަގު ވެސް އެބަހުއްޓެވެ.

އެސްޓީއޯގެ ފާމަސީތަކުން ބޭސް ވިއްކަނީ އާސަންދައިން ހަދާފައިވާ އަގުތަކުގަ އެވެ. އެކަމަކު ދެން ހުރި ހުރިހާ ބޭސް ފިހާރައެއްގައި ދެ އަގެއް އޮވެ އެވެ. އެއީ އާސަންދައިގެ އަގުތަކާއި ވަގުތުން ވިއްކާ އަގުތަކެވެ. މިއީ ވަރަށް ތަފާތު ބޮޑު އަގުތަކެކެވެ.

ޝޯޓް ކަޓަކުން މުއްސަންޖަކަށް ވެވިދާނެ!

ބޭހުގެ ވިޔަފާރިއަކީ ފައިދާ ބޮޑު ވިޔަފާރިއެކެވެ. އާދައިގެ ބައެއް ފާމަސީތަކަށް މަހެއްގެ މައްޗަށް އެންމެ މަދުވެގެން ވެސް ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ ސާފު ފައިދާ ލިބެ އެވެ. މިއީ، އާދައިގެ ކަންމަތީ ފިހާރައެއްގެ ސާފު ފައިދާގެ ދިހަ ވަރަކަށް ގުނަ އެވެ.

"އަޅުގަނޑުގެ ރަށުގައި ހިންގި ބޭސްފިހާރައިން ލިބުނު އާމްދަނީން މާލޭގައި ގެއެއް ހަދައި ނިންމައި، ރަށުގައި ގެއެއް އަޅައި ދިރިއުޅުމުގެ ހުރިހާ ހަރަދެއް ހަމަޖެއްސިން. މިއީ ވަރަށް ފައިދާ ބޮޑު ވިޔަފާރިއެއް."

ބޭހުގެ ވިޔަފާރީގައި އުޅޭތާ ވަރަށް ގިނަ ދުވަސްވީ މީހަކު، އޭނާގެ ތަޖުރިބާ ހިއްސާ ކުރަމުން ކިޔައިދިނެވެ:

"އަޅުގަނޑުގެ ރަށުގައި ހިންގި ބޭސްފިހާރައިން ލިބުނު އާމްދަނީން މާލޭގައި ގެއެއް ހަދައި ނިންމައި، ރަށުގައި ގެއެއް އަޅައި ދިރިއުޅުމުގެ ހުރިހާ ހަރަދެއް ހަމަޖެއްސިން. މިއީ ވަރަށް ފައިދާ ބޮޑު ވިޔަފާރިއެއް."

އޭނާ މިހާރު ވަނީ ހުޅުމާލޭގައި ވެސް ބޭހުގެ ވިޔަފާރި ފަށައިފަ އެވެ. އޭނާ ބުނި ގޮތުގައި ގާތްގަނޑަކަށް ހަ ލައްކަ ރުފިޔާގެ އިންވެސްޓްމަންޓެއްގައި ބޭހުގެ ވިޔަފާރި ފެށެ އެވެ.

"ދުވާލަކު މަދުވެގެން ގާތްގަނޑަކަށް 5،000ރ. ލިބޭނެ ކަމަށް މި ބަލަނީ ހުޅުމާލޭގެ ތަނުން،" އޭނާ ބުންޏެވެ.

އެއީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް ދޮޅު ލައްކަ ރުފިޔާގެ ސޭލްސް އެވެ. އޭނާ ބުނާ ގޮތުން 60 ޕަސެންޓްގެ ފައިދާއެއް ބޭހަށް ލިޔަސް އެއީ 90،000ރ. ގެ ފައިދާ އެވެ.

އެހެން ހުރިހާ ވިޔަފާރިއާ ހިލާފަށް އާސަންދަ އޮތުމަކީ ބޭހުގެ ވިޔަފާރި އެހާ ބޮޑަށް ފުޅާވާ އެއް ސަބަބެވެ. ފާމަސީތަކުގެ ގާތްގަނޑަކަށް 70-80 ޕަސެންޓަކީ އާސަންދަ އިން ލިބޭ އާމްދަނީ އެވެ. އާސަންދައިގެ އަގުތައް މި ހުރިހާ ދުވަހަކު ހުރީ ވެސް ވަރަށް ބޮޑު އަގެއްގަ އެވެ. ބައެއް ބޭސްތަކަށް 300-400 ޕަސެންޓްގެ ފައިދާ ވެސް ލައިފައި އެބަހުއްޓެވެ. އެހެންވެ، ފާމަސީ ހިންގާ މީހުންނަށް އޭރު އޮތީ ޝޯޓްކަޓަކުން މުއްސަނދިވެވޭ ގޮތަށެވެ.!

"ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު އެއީ ރަން ދުވަސްވަރު. ބައެއް ބޭސްފިހާރަތަކުން މަހަކު މިލިއަނުން ފައިދާ ނެގި. އެކަމަކު މި ސަރުކާރުން އައި ފަހުން އާސަންދައިގެ އަގުތަކަށް ބަދަލު ގެނައި ހިސާބުން ކުރިން ލިބުނު ފައިދާއެއް ނުލިބޭނެ."

"ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު އެއީ ރަން ދުވަސްވަރު. ބައެއް ބޭސްފިހާރަތަކުން މަހަކު މިލިއަނުން ފައިދާ ނެގި. އެކަމަކު މި ސަރުކާރުން އައި ފަހުން އާސަންދައިގެ އަގުތަކަށް ބަދަލު ގެނައި ހިސާބުން ކުރިން ލިބުނު ފައިދާއެއް ނުލިބޭނެ. ބައެއް ބޭސްތަކުން ހަގީގަތުގައި ގެއްލުން ވުން ވެސް އެކަށީގެންވޭ. އެކަމަކު އަދިވެސް އެބަހުރި ބޭހުގައި ބޮޑެތި އަގުތަކެއް ހުރި ބޭސްތައް."

މި ކެވެނީ އަގާ އެއްވަރުގެ ބޭސްތަ؟

ރާއްޖެ އަށް އެތެރެކުރެވޭ ބޭހުގެ ކޮލިޓީ އާ މެދު ސުވާލެއް ނެތެވެ! އެކަމަކު ސުވާލު އުފެދެނީ އެންމެ ކަމަކާ ދޭތެރެ އެވެ. އެއީ ބޭހުގެ އަގާ އޭގެ ކޮލިޓީއާ ދިމާވޭ ހެއްޔޭ އެވެ؟

އާސަންދައިން ބުނާ ގޮތުގައި ރާއްޖޭގައި ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ތެރެއިން ވަރަށް ގިނަ މީހުންގެ ލިމިޓް ލައްކަ އަކަށް ވުރެ މައްޗަށް އަރަ އެވެ. އޭގެ ތެރޭގައި ބޭހަށް ކުރެވޭ ހޭދަ ވަރަށް ބޮޑެވެ.

ލައްކައެއްހާ ރުފިޔާ ހޭދަކޮށްގެން ބޭސް ކާ މީހާ މަހަކު އެތައް ސަތޭކަ ބޭހެއް ކައެވެ. ބައެއް ޑޮކްޓަރުން ވިދާޅުވާ ގޮތުގައި އެއް ބައްޔަކަށް ރާއްޖޭގައި އެހާ ގިނަ ބޭސް ކާން ޖެހެނީ ބޭނުންވާ ވައްތަރުގެ ބޭސް ރާއްޖެއިން ލިބެން ނުހުންނާތީ އެވެ. ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި އެއް ބައްޔަކަށް އެއް ބޭސް ދީގެން ރަނގަޅުކުރާއިރު، ރާއްޖޭގައި ހަމަ އެބަލި ރަނގަޅުކުރަން އެތައް ބޭހެއް ދޭން ޖެހެ އެވެ. އޭގެ ހައްލަކީ، ކޮލިޓީ ރަނގަޅު ބޭސް ގެނައުން ކަމަށް ބައެއް ޑޮކްޓަރުން ވިދާޅުވެ އެވެ. އެކަމަކު، ރާއްޖޭގައި އެ ފުރުސަތު ވަރަށް ހަންޏެވެ. ހުރަސްތައް ވެސް ގިނަ އެވެ.

"ރާއްޖެ އަށް ޔޫރަޕުން ބޭސް އެތެރެކުރެވިދާނެ. އެކަމަކު މައްސަލަ އަކީ އާބާދީ ކުޑަވުން. ތިން ހަތަރު ހާސް ގުޅަ މެނުފެކްޗަރާގެ އަތުން ހޯދުމަކީ އެއްވެސް ބަޔަކަށް ކުރެވޭނެ ކަމެއް ނޫން. އަނެއްކޮޅުން ބޭހެއްގެ ހުއްދަ ހޯދާއިރު ސަރުކާރަށް އެބަ ބޭނުންވޭ ސީދާ އުފައްދާ ފަރާތުގެ ސިޓީ. އެއީ ވާނެ ކަމެއް ނޫން،" މާނު ވިދާޅުވި އެވެ.

"ރާއްޖެ އިން ބޭސް މި އެތެރެކުރަނީ ތާޑް ޕާޓީ މެދުވެރިކޮށް. އަޅުގަނޑުމެން އެތައް ފަހަރަކު ދަންނަވައިފިން ރާއްޖޭގެ އާބާދީ ކުޑަވެފައި ބޭސް އުފައްދާ ގައުމަކަށް ނުވާތީ އެބަޖެހެއޭ ހުއްދަ ދިނުމުގެ އުސޫލުތައް ބަދަލުވާން."

"ރާއްޖެ އިން ބޭސް މި އެތެރެކުރަނީ ތާޑް ޕާޓީ މެދުވެރިކޮށް. އަޅުގަނޑުމެން އެތައް ފަހަރަކު ދަންނަވައިފިން ރާއްޖޭގެ އާބާދީ ކުޑަވެފައި ބޭސް އުފައްދާ ގައުމަކަށް ނުވާތީ އެބަޖެހެއޭ ހުއްދަ ދިނުމުގެ އުސޫލުތައް ބަދަލުވާން."

ރާއްޖެ އެތެރެކުރާ ބޭހުގެ ކޮލިޓީގައި މައްސަލަތަކެއް ދިމާވަނީ ވަރަށް މަދުފަހަރަކު އެވެ. އެކަމަކު މި ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވަނީ ބައެއް ބޭސްތަކުގެ ކޮލިޓީ ރަނގަޅު ކުރެވި، އަގު ވެސް ހެޔޮކުރެވިދާނެ ގޮތްތައް އެބަހުރި ކަމަށެވެ! މީގައި ބޭނުން ވަނީ ގުޅިގެން މަސައްކަތް ކުރުމެވެ. އަދި، ބޭސް އެއީ ބަލީގެ ދެވަނަ އެއްޗަކަށް ހެދުމެވެ.

"ރާއްޖޭގައި އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ބޭސް ކާލެއް މިހާ ގިނަވެގެން މި އުޅެނީ އޭގެ ކުރިން މީހާގެ ސިއްހަތު ދުޅަހެޔޮކޮށް ބަހައްޓަން ބޭނުންވާ ވިޓަމިންސް ކަހަލަ ސަޕްލިމެންޓްތައް ފަސޭހައިން ނުލިބޭތީހެން. އެ ފަސޭހައިން އެތެރެކޮށް ފާމަސީތަކުގައި ވިއްކޭ ގޮތް ހަދަންވީ،" ފާމަސީއެއްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

އެކަމަކު ރާއްޖޭގައި ވިޓަމިން އާއި މިނެރަލްތަކާއި ސަޕްލިމެންޓްތައް ވެސް ހުރީ އަތްފޯރާ ވަރެއްގައެއް ނޫނެވެ. އާދައިގެ ޕެނެޑޯލް ގުޅައެއް ރުފިޔާ އަކަށް ވިއްކާއިރު، ދެން ހުރި ބޭހާއި އެހެން އެއްޗެހީގެ އަގުތައް ހުންނާނެ ވަރެއް މިއޮތީ ތަސައްވުރު ނުކުރެވޭ ހާލަތުގަ އެވެ.

މިވީ ހުރިހާ ދުވަހަކު، މި ސަރުކާރު އައުމާ ހަމައަށް އާސަންދަ އޮތީ ހިތަކަށް ދޫކޮށްލައިފަ އެވެ. އާސަންދަ އިން ވެސް ބުނާ ގޮތުގައި މިވީ ހުރިހާ ދުވަހަކު އެ ނިޒާމު އޮތީ މުއްސަނދި ވާން ބޭނުންވާ މީހަކަށް ވަރަަށް ބޮޑު ފުރުސަތެއް ހުޅުވިފަ އެވެ.

19 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 13%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހެލްތް އިޒް ވެލްތް

14 March 2022

ތިޔައީ ވަރަށް ފައިދާޙުރިކަމެއް. ހެލްތް މިނިސްޓޤރީގެ ސިޔާށާީ މަގަމާުތަކުގައި ތިބި ގިނަ މީހުންގެ އަމއިްލަ ޞޭސްފިހާރަ ހުންނާޏާނެ. މިކަން އެންބޮޑި ޔާޟީނު ސަރުކާރުގަ.

The name is already taken The name is available. Register?

ސުއިތާން

12 March 2022

ދިވެހިންގެ އިސްރާފު ބޮޑުކަން

The name is already taken The name is available. Register?

77؟؟؟

11 March 2022

ފެމިލީ ކެއަރ އާސަންދަ އިންވެސްޓިގޭޓް ކޮއްލައްވާ. ރަނގަޅަށް އެކަން ކުރަން އިގިއްޖެޔާ ޖަރީމާތަށް ބައިވަރު ފެންނާނެ. ޢިނގިހުރެ މިބުނީ.

The name is already taken The name is available. Register?

666ގގގ

11 March 2022

ޢާސްންދަ ބައްޓަން ކޮއްފައި އެ އޮތީ ވަގު ނުހިފޭ ގޮތަށް. ޢެކަން ކުރަނީ ބޮޑުން ގުލިގެން ބައި އަޅައިގެން.

The name is already taken The name is available. Register?

ފާފު6666

11 March 2022

ޢަހަރެމެންގެ ހައްގު ކައިފައި ފަސްއަޅަން ނޫހުގެ އެހީ ހޯދަނީ ދޯ؟ 8 މިލިޔަން ރުފިޔާގެ ބޭސް ނުކެވޭނެ އެންމެން ބޭސްކެޔަސް. މަވެސް ޑޮކްޓަރަށް ނުދައްކާތާ 2 އަހަރުވަނީ. ބޮލުގައި ރިއްސާލީމައި ޕެނެޑޯލް ގުޅައެށް މިހަކު ކައިފަނެ އެކަމު އެވެސް ގަންނަނީ ކަންމަތީ ފިހާރައިން، އާސަންދައަކުން ނުން.

The name is already taken The name is available. Register?

ޢެޑްމުންޑޯ

10 March 2022

މޫވްފުޅިއަކީ އާސަންދަ ކަވަރ ކުރާބޭހެއްނޫން ، ތިމާއަށް ތަނެއްދޮރެއް ނޭގުނަސް ކޮމެންޓް ކުރާތި

The name is already taken The name is available. Register?

ޢަދުރޭޗޗ

10 March 2022

ދިވެހިން ބޭސްކަނީކީ ނޫން. ޢަސަންދައިގައި ބާކީ ހުންނަ ލާރިކޮޅު ބޭހުގެ ނަމުގައި އައިޑީ ކާޑު ޖަހައިގެން ކާ ބަޔަކު ކަނީ. ޢެކަން ބޭލޭނެ ގޮތެށް ބަލާނެ ބަޔަކު ނުހުންނާނެ.

The name is already taken The name is available. Register?

ހަސަންފުޅުބެ

10 March 2022

ތިޔާ ކުޑަތަންކޮޅެއް ހާވާލީމަ ފެންނަހުރި ތަކެތި.ތަންކޮޅެއް އަޑިއަށް ފީނައިފިތަ ކަރުނައަޅާރޯނެ. ގުރޫޕު ހަދައިގެން ގައުމު ކައިހުސްކުރާތަން. ހިލޭބޭސްވެރިކަން އޮންނަންޖެހޭ އެކަމަކު އުސޫލުތަކެއްގެ ދަށުން. މާލޭގެ ޕްރައިވެޓު ހޮސްޕިޓަލަކަށް ވަދެފިތަ. އާސަންދަޔަށް ޗާޖު ޕްރައިވެޓުކަމަށް ޗާޖު. ރައްޔިތުމީހާޔާއި ސަރުކާރުވެސް އޮބިއަޅަނީ. ތަންހިންގަނީ ކޮންބައެއްގެ ބިމުގައިތޯ ބަލާއިރު ރަޔިތުންގެ ބިމުގަ. ކުއްޔަށްތޯ ބަލާއިރު ބިޑަކާއި ނުލައި ރަމްޒީ ކުއްޔަކަށް.

The name is already taken The name is available. Register?

ރޮބަރީ އިން ޑޭ ޓައިމް

10 March 2022

ބޭހަށްކުރާ ހޭދާ ބޮޑުވާސަބަބާ އަދި ރާއްޖޭގައި ބޭހުގެ އަގުބޮޑުކަން އަޅުގަނޑަށް ކުރެވިފައިވާ ތަޖްރިބާގެ ކުޑަކުޑަމިސާލަކުން ހާމަކޮށްލާނަން. އަޅުގަނޑުގެ މަންމް އަކީ އިނސިއުލިން ބޭނުންކުރާ މީހެއް. 03 މަހަށް ބޭނުންވާ އިންސިއުލިން ގާތްގަނޑަކަށް -/3000ރ އަށް ބޭރަށްގޮސް ގެނެސްގެން އަމިއްލައަށް ފަރުވާގެ ޚަރަދު ބަލަހައްޓަނިކޮށް ކޮވިޑާގުޅިގެން ރާއްޖޭގެ ޑޮކްޓަރަށް ދައްކައިގެން 90 ދުވަހަށް ނެގި އިންސިއުލިން އަށް އާސަންދައަށް ބިލް ކޮށްފައިއޮތީ -/11،000ރ.

The name is already taken The name is available. Register?

ބޮޑުމީހާ

10 March 2022

ކޮރަޕްޝަނާއި ފަސާދަ އާއްމުވެއްޖެ ތަނެއްގައި، ތިކަހަލަ އެތައް ޖަރީމާއެއް ހިންގާނެ. މިހާރު އެންމެ ފައިދާ ބޮޑު ވިޔަފާރިއަކީ ކޮރަޕްޝަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454