ހަށިވިއްކާ ދިވެހިން: ފާޅުގައި ބިރެއް ނެތި!

އެ މީހަކު ބޭނުންވާ ކަމަކަށް އެ މީހަކަށް ކަމުދާ އުމުރަކުން ގަޔާވާ ސިފަޔަކުން މީހުން އިހްތިޔާރުކުރަންވީ އެވެ. އެ ހުންނަނީ އެ ހުރިހާ ތަފްސީލަކާ އެކު އިޝްތިހާރުކޮށްފަ އެވެ. ކޮންމެ ޖިންސަކުން ވިޔަސް އެ ހުރީ ލިބޭށެވެ. އެއްބަސްވާންވީ އެ ކިޔާ އަގަކަށެވެ. މިއީ ޖިންސީ ވިޔަފާރީގައި އުޅޭ ދިވެހިން ގަނެވިއްކާ ބާޒާރެކެވެ.

މިއީ މިހާރު ސިއްރުން ކުރާ ކަމެއް ނޫނެވެ. ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އަދި ހާއްސަކޮށް ޓެލެގްރާމްގައި ގްރޫޕްތައް ހަދައިގެން ދިވެހިން ހަށިވިއްކުން އާންމުވެއްޖެ އެވެ؛ ޖެހިލުމެއް ނެތެވެ.

ލިބޭ ދައުވަތަކަށް ނުވަތަ އެ ނޫން ވެސް ގޮތަކަށް މީގެ ގްރޫޕަކަށް ވަނުމުން މި ވިޔަފާރީގައި ލިބެން ހުރި ހިދުމަތްތައް ހުންނަނީ ފެންނާށެވެ. އެކަމަކު މީގެ އެންމެ ފުރަތަމަ މަރުހަލާ އަކީ ވަކި މީހެއްގެ ނަމެއް ފޮޓޯއެއް ނެތި އެހެން ތަފްސީލްތައް ދިނުމެވެ. ވަކި އުމުރެއްގެ ވަކި ޖިންސެއްގެ މީހަކު އެވެނި މިވެނި ކަމެއް ކޮށްދޭ ކަމަށް ބުނެފައި އޮވެދާނެ އެވެ. އެކަން ބޭނުންވާ މީހާ އެކަމަށް އެދި ހުށަހެޅުމާ އެކު ދެން އެ މީހަކު ދާނީ ޕްރައިވެޓް ޗެޓަކަށެވެ. ފޮޓޯ ފޮނުވައި ޑީލް ނިންމާލާނީ މި ހިސާބުންނެވެ.

ކޮންމެ މީހަކަށް ވެސް ވަދެވޭ ގޮތަށް ހުރި މީގެ ގްރޫޕްތަކާއި އިންވިޓޭޝަނަށް ނޫނީ ނުވަދެވޭ ބައެއް ގްރޫޕްތައް އަހަރެމެން ބެލީމެވެ.

ޖިންސީ ވިޔަފާރީގައި އާންމުކޮށް މި ކިޔައި އުޅޭ ހުރިހާ ކަމެއް މީގެ ތެރޭގައި ހުއްޓެވެ. ޖިންސީ އެކި އަމަލުތަކުގެ ވާހަކަ އާއި ގްރޫޕް ހަދައިގެން ކުރާ އެކި ކަންކަމުގެ ވާހަކަ އާއި އެސްކޯޓުންގެ ވާހަކަ އެވެ. ދުވަހަށް، ގަޑިއިރަށް އަގު ކިޔާފައި ހުރެ އެވެ.

މޫނު ނުފެންނަ ގޮތަށް ބައެއް މީހުންގެ ފޮޓޯތަކާ އެކު އަގުތައް ޖަހާފައި ހުއްޓެވެ. ހަށިވިއްކާ ދިވެހިން އުޅޭ އެއް ގްރޫޕެއް ބެލި އިރު އުމުރުން 18 އިން ފެށިގެން އެކި އުމުރުގެ ޒުވާން އަންހެނުން އޭގައި ވިއްކަން ޖަހާފައި ހުއްޓެވެ.

ހަށިވިއްކާ މީހަކާ އެކު ކޮށްފައިވާ ޗެޓް ލޮގެއް. -- ފޮޓޯ: ނިޝާން އަލީ / މިހާރު

އެ ގްރޫޕްތަކުން ފާހަގަވި ގޮތުގައި މިއިން މީހެއްގެ ބުކިން ފީއަށް ވެސް ފުރަތަމަ އަގު ކިޔަނީ 500ރ. އިން މަތިންނެވެ. ދެން އޭގެ ފަހުން ހިންގާ ކަންކަމަށް ހާހުން އަގުތައް ހުރެ އެވެ.

މި ފާހިޝް ވިޔަފާރީގައި ބިދޭސީންނަށް ވުރެ ދިވެހިން އުޅެނީ މާ ކުރީގަ އެވެ.

"އަހަރެމެން ހީނުކުރާ މީހުން ވެސް މި ކަމުގެ ތެރޭގައި އެބަ އުޅޭ. މަށަށް ލިބުނު ތީގެ ދައުވަތެއްގައި ބުނީ ހުޅުމާލޭގައި ހުންނަ ގެޔަކަށް ދާން. އެކަމަކު ބުނީ އެއްވެސް މައުލޫމާތެއް ނުދެވޭނެ ކަމަށް. އެ މީހުން ބުނާ ވަގުތެއްގައި، ބުނާ ތަނެއްގައި ގޮސް މަޑުކޮށްލައިގެން ހުރީމާ ކާރެއްގައި ބަލައި ދާނެ ކަމަށް،" އަހަރެމެންނާ ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

އޭނާ ކިޔައިދިން ގޮތުގައި މި ބުނި ގްރޫޕްގައި އުޅެނީ ހަމައެކަނި އަންހެނުންނެވެ. ބުނާ ތަނަކަށް ގޮސް ހަށިވިއްކާ މީހުންނާ ހިލާފަށް މިއީ އެ މީހުން އެކަމަށް ހާއްސަކޮށްފައިވާ ތަނެއްގައި އެކަން ކުރާ ބައެއް ކަމަށްވެ އެވެ.

"މީގެ ތެރޭގައި އުޅޭ ހީނުކުރާ ކަހަލަ މީހުން. މި ގްރޫޕަށް ކޮންމެ ކޮންމެ މީހަކަށް ދައުވަތެއް ވެސް ނުލިބޭނެ. ވަރަށް އިތުބާރު އުފައްދާފައި، ވަކި ފެންވަރެއްގެ މީހުންނަށް ނޫނީ މި މީހުން ކައިރިއަކަށް ނުދެވޭނެ."

"މީގެ ތެރޭގައި އުޅޭ ހީނުކުރާ ކަހަލަ މީހުން. މި ގްރޫޕަށް ކޮންމެ ކޮންމެ މީހަކަށް ދައުވަތެއް ވެސް ނުލިބޭނެ. ވަރަށް އިތުބާރު އުފައްދާފައި، ވަކި ފެންވަރެއްގެ މީހުންނަށް ނޫނީ މި މީހުން ކައިރިއަކަށް ނުދެވޭނެ،" އޭނާ ކިޔައިދިނެވެ.

އަހަރެމެންނަށް ކުރިން ގަބޫލުކުރެވިފައި އޮތީ ދިވެހިންގެ ތެރެއިން ހަށިވިއްކާ މީހުންނަކީ މަސްތުވާތަކެތީގެ ތެރޭގައި އުޅޭ މީހުން އެކަނި ކަމަށެވެ. މަސްތުވާތަކެތީގެ ތެރޭގައި އުޅޭ އަންހެނުންގެ އިތުރުން ފިރިހެނުން ވެސް ހަށި ވިއްކާކަން މީގެ ކުރިން ހާމަކޮށްފައިވާ އެކި ދިރާސާތަކުގައިވެ އެވެ. މީގެ ތެރޭގައި އެއްޖިންސުން ގުޅުން ހިންގުން ވެސް އެހާ އާންމެވެ. އަހަރެމެން މީގެ ކުރިން މަސްތުވާތަކެއްޗާ ބެހޭ ގޮތުން ހެދި "މެދު ސަފުހާ" އަށް ހޯދި ހޯދުންތަކުން މަސްތުވާތަކެތީގެ ބޭނުމުގައި އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުން އުޅޭ ސޯޝަލް މީޑިއާ ގްރޫޕެއް ވެސް ފެނިފައިވެ އެވެ.

އެކަމަކު މަސްތުވާތަކެތި ބޭނުން ނުކުރާ އަދި ވަޒީފާތަކުގައި އުޅޭ ބައެއް މީހުން ވެސް މިިކަމުގެ ތެރޭގައި އުޅެ އެވެ. އެކި ގޮތްގޮތުން މަޝްހޫރުވެފައިވާ ބައެއް މީހުން ވެސް އުޅެ އެވެ.

ރިސޯޓްތަކާއި ގެސްޓް ހައުސްތަކަށް ގޮސްގެން ހަށިވިއްކުމުގައި އުޅޭ މީހުންނާއި ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކޮށްގެން މިކަން ކުރާ މީހުން ވެސް މަދުން ނަމަވެސް އުޅެ އެވެ. ދާދި ފަހުން ވެސް މީގެ ބަޔަކު ފަޅާއަރައި ރަށަކުން ބާލުވާފައިވެ އެވެ.

ރާއްޖޭން ބޭރަށް ދާއިރު "ބައިވެރިއެއް" ގޮތަށް ދިއުމަކީ ވެސް ކުރަމުން އަންނަ ކަމެކެވެ. ބޮޑު އަގެއް ދިނުމުން މިކަން ކޮށްދޭ މީހުންނާއި ހަމަ އެކަނި ދަތުރު ހަރަދު ދިނުމުން އެކުގައި އުޅެލަން އެއްބަސްވާ މީހުން ވެސް އުޅޭ ކަމަށް އަހަރެމެންނާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ދަތުރު ހަރަދާއި ބާޒާރުކޮށްލަން ފައިސާކޮޅެއް ދިނީމާ ވެސް ކަންކަން އެބަ ހަމަޖެހޭ. އެކަމަކު މި ފަހުން މިކަން ބަދަލުވަމުން ދަނީ ހަމަ އެސްކޯޓް ސާވިސްގެ ގޮތުގައި. ފައިސާވެރިން އެބަ ގެންދޭ ވަރަށް މަޝްހޫރު މީސްމީހުން. އެ މީހުން އެކި ކަންކަމަށް ކިޔާނީ އެކި އަގު.

"ދަތުރު ހަރަދާއި ބާޒާރުކޮށްލަން ފައިސާކޮޅެއް ދިނީމާ ވެސް ކަންކަން އެބަ ހަމަޖެހޭ. އެކަމަކު މި ފަހުން މިކަން ބަދަލުވަމުން ދަނީ ހަމަ އެސްކޯޓް ސާވިސްގެ ގޮތުގައި. ފައިސާވެރިން އެބަ ގެންދޭ ވަރަށް މަޝްހޫރު މީސްމީހުން. އެ މީހުން އެކި ކަންކަމަށް ކިޔާނީ އެކި އަގު. މިއީ ކޮންމެ މީހަކަށް އޮންނަ ހިދުމަތެއް ނޫން،" އޭނާ ކިޔައިދިނެވެ.

މި އިންތިޒާމް ހަމަޖެއްސުމުގައި އެޖެންޓުން ވެސް އުޅެ އެވެ. އަދި ކުށްކުރާ ނުރައްކާތެރި ގޭންގުތަކުން ވެސް މިފަދަ ރިންގުތައް ހިންގަ އެވެ.

އެޖެންޓަށް ގުޅާލުމުން ސަފާރީތަކާއި ގެސްޓްހައުސްތަކާއި އެކި ތަންތަނަށް ޖިންސީ ވިޔަފާރީގެ މީހުންތައް ފޮނުވައިދެ އެވެ.

ޖިންސީ ވިޔަފާރީގައި އުޅެނީ ބިދޭސީންނޭ ކިޔައިގެން ތިބި ދުވަސް ނިމުނުތާ އެތައް ދުވަހެއް ވެއްޖެ އެވެ. މިކަން ހިނގާކަން އެންމެންނަށް ވެސް އެނގެ އެވެ. ކުރަނީ ކިހިނެއްކަން ވެސް އެނގެ އެވެ. އެކަމަކު ދިވެހިން މިކަމުގެ ތެރެއަށް މިހާބޮޑަށް ވަދެގެން ދިޔައިރު ވެސް މިދިޔަ ދިހަ ވަރަކަށް އަހަރު ވެސް، ހަށިވިއްކައިގެން ދައުވާ ދިވެހިންގެ އަދަދު ހުރީ އިނގިލިތަކުން ގުނާލެވޭ ވަރަށެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދިން ތަފާސް ހިސާބަށް ބަލާއިރު، މިދިޔަ ފަސް އަހަރު ތެރޭގައި، ހަށިވިއްކި މައްސަލާގައި ދައުވާކޮށްފައި ވަނީ އެންމެ ދެ ދިވެހިންނަށެވެ. އެއީ އުމުރުން 25 އަހަރުގެ އަންހެނަކާއި 57 އަހަރުގެ އަންހެނަކަށެވެ. މީގެ ތެރެއިން 57 އަހަރުގެ މީހާ އަކީ ބަންގްލާދޭޝް ފިރިހެނަކު 80ރ. ދިނުމުން ހަށިވިއްކި މީހެކެވެ. އަދި 25 އަހަރުގެ މީހާ އަކީ ވެސް ބަންގްލާދޭޝް މީހަކަށް ހަށި ވިއްކަނިކޮށް އަތުލައިގަތް މީހެކެވެ. މިއީ ދިވެހިން މި ވިޔަފާރީގައި އުޅޭ "މަތީ" ފެންވަރަށް ބަލާއިރު ވަރަށް އާދައިގެ ދެ މައްސަލަ އެވެ.

އެކަމަކު ހަށިވިއްކުމުގައި ބައިވެރިވުމާއި މީހުން ލައްވާ ހަށި ވިއްކުވި މައްސަލަތަކުގައި ބައެއް ދިވެހިންގެ މައްސަލަތައް ފުލުހުން ފޮނުވުމުން ދައުވާކޮށްފައިވެ އެވެ.

ދިވެހިން "ތަންކޮޅެއް ސިއްރުން" އުޅުނަސް ބިދޭސީން އެހެންނެއް ނޫނެވެ. ޓިކްޓޮކާއި ފޭސްބުކާއި އެކި ޕްލެޓްފޯމްތަކުގައި އެ މީހުންގެ ފޮޓޯ އާއި ފޯނު ނަންބަރާ އެކު އިޝްތިހާރުކޮށްގެން ފާޅުގައި ހަށި ވިއްކަނީ އެވެ. މި މީހުންގެ ނެޓްވޯކް ފުޅާކަން އެނގުނީ ފޭސްބުކުން ފެނުނު މިކަހަލަ އެތައް ޕޭޖަކަށް މެސެޖު ކުރުމުން، ހަމަ އެއް ބަޔަކު މިކަމުގައި އުޅޭކަން އެނގުމުންނެވެ. އެ މީހުން ދޭ "ހިދުމަތް" އަދި އެ ކަމުގައި އުޅޭ މީހުންގެ ފޮޓޯތައް ހަމަ ބުނެލާއިރަށް ފޮނުވަ އެވެ. ދާންވީ ކޮން ތާކަށްތޯ އެހުމުން ބުނަނީ ހަމަ އެއް ތަނެއްގެ ވާހަކަ އެވެ. ލިބުނީ ހަމަ އެއް ބައެއްގެ ފޮޓޯތަކެވެ. ހަމަ އެއް އަގުތަކެކެވެ.

މިކަން ހިނގާ ގޮތް ބަލަން އަހަރެމެންނާ އެކު ބައިވެރިވި އެކަކު އަދިވެސް އުޅެނީ ގްރޫޕަކުން މެސެޖުކޮށް އަންނަން އެދި އާދޭސްކުރާ ވަރުން ސަލާމަތް ނުވެވިގެންނެވެ.

34 ކޮމެންޓް, 50 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 24%
icon angry icon angry 52%
icon wow icon wow 6%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަހަހަ

23 September 2022

ބަލަ އެމީހުން އާމުދަނީ އެހޯދަނީ ގައިން ދާ އޮހޮރުވައިގެން.

The name is already taken The name is available. Register?

އަބްޑޫޅް

24 September 2022

ދާ ފިޔަވައި، ހަށިހަނޑުގަ އުފެދޭ އެހެނިނެން ދިޔަ ދިޔަ ވެސް އޮހޮރުވާ ދޯ؟

The name is already taken The name is available. Register?

ރަދީފު.

23 September 2022

ވަރަށްފާޅުކަން ބޮޑު ގޮތެއްގައި ހަށިވިއްކުމާއި ވަހުޝީކުޅި، މިޤައުމުގަ ހިންގާއިރު، ހޯމް މިނިސްޓަރ އިމްރާން، އިސްލާމިކް މިނިސްޓަރ ޒާހިރު،ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ނަޒީރު ފަދަ ސަރުކާރުގެ އިސް މަޤާމުތަކުގަތިބި އަދާލަތު ޕާޓީގެ އިސްމީހުނާއި ޑރ.އިޔާޒު، ޝައިޚް އިލްޔާސްފަދަ މީހުން މިކަންކަން ހުއްޓުވަންކުރީ ކޮންކަމެއްތޯ؟ ކުރީ ސަރުކާރުތަކުން ޕޮލިސް ރެޑް ޖަހައިގެން މީހުން ހައްޔަރުކޮށް ތަންތަން ބަންދުކުރޭ

The name is already taken The name is available. Register?

ޕްރޭމްޗޯޕްރާ

23 September 2022

މަގޭ ރައްޓެއްވެސްބުނި އެއްރޭ 3:50ހާއިރު ރައްޓެއްސަކު ކިޔާވަރުން ބޭރަށް ނިކުތީމޯ އޭނަޔަކީ ފިރިހެން ކޅލލލ އެރެޔޯ އެކަންއެގުނީ. މާނަޔަކީ މިބުނާ ރައްޓެހިމީހާވެސް އަހަރުންނަށް ނޭގުނަސް އެފަދަމީހުންނާ ގުޅުންއޮންނަކަމެވެ. މިއީ މިހާރު ޤައުމުގޮއްސަ އޮތްހިސާބު ކުރާނެކަމެއްނެތް ފާހިޝްވެ ޤައުމު ޢަރަގުވެއްޖެ.

The name is already taken The name is available. Register?

އަސް

23 September 2022

ޤާނޫނުތަށް އެބަހުރި ހޯލްތައް ހުއްޓަސް. އެންމެން ގުޅިގެން ކުރާ ކަންކަން. ދީން އިގި އެއަށް ބިރުވެތިވާ ބަޔަކު މި ޤައުމުއާ ހަވާލުވެގެން ކަމެއް ވާނީ. އުޅެނީ އަގައިން ދީން ދެކެ ލޯބިވާ މީހުން އެވެސް ސިޔާސީ ކޮށް

The name is already taken The name is available. Register?

އަސްލުތަ

23 September 2022

ތީގައި އަސްލު އުޅެނީ ކޮންބަޔަކުކަން ހޯދަންވެސް ވ އުދަގޫވާނެ. މަޝްހޫރު މީހެއްގެނަމުގައި ނަމްބަރު ސޭވްކޮށް ޕެޓް ނަމެއް ބޭނުންކޮށް ފޮޓޯލުންފަދަ ކަންކަން ހިގާނެ. އެހެންވީމާ ސާބިތުނުކޮށް މިވެނިމީހެކޭ އެއީ ބުނެވޭކަން ނޯންނާނެ.

The name is already taken The name is available. Register?

އަލްގަމީރު

22 September 2022

"އެސްކޯޓް" ޚިދުމަތް މިރާއްޖެއަށް އައިތާ ކިތަންމެދުވަހެއްވެދާނެ. އެކަމަކު އެއްވެސް އިންޓެލިޖަންސަކުން އެކަން ފާހަގަކޮށްފައިއޮތްކަމަކަށް ނުބެލެވޭ. ތިކަމުގެއަޑީގައި "ބޮޑުން" ނުތިބެ، ތިކަހަލަކަމެއް ނުހިނގާނެ. ޔަގީން.

The name is already taken The name is available. Register?

ޢަރުތަ

22 September 2022

ޙަލާލެއް ޙަރާމެއް ބަލާނެ ކަމެއްނެތް، "އެމީހަކަށް ހޯދުނު ގޮތަކަށް ފައިސާ ހޯދަންވީ" މިވެސް ވެރިއަކު ބުނި ވާހަކައެއް.

The name is already taken The name is available. Register?

އިބުރާހީމާ

22 September 2022

ހަށި ވިއްކައިގެން ލިބޭ އާމްދަނީ އިން ދައުލަތަށް އެއްވެސް ޓެކްސް އެއް ނުލިބޭ ގޮތަށް މިކަން ކުރަން ދޫކޮށް ލައިގެން ތިބެންވީތަ ހަމަ؟

The name is already taken The name is available. Register?

ނުރުހުނަސް

22 September 2022

ގައުމުގެ ފިރިހެން އާބާދީގެ ބޮޑުބައި އަގުބޮޑު ސައިކަލާ ފޯނު ގެންގުޅެނީ ހަކުރު އިންޑަސްޓްރީން ޖެނެރޭޓް ކުރާ ފައިސާއިން. އަންހެނުންގެ އާބާދީ އެބައި ހަމަޖައްސަނީ މި އާޓިކަލްގަ މިބުނާ އިންޑަސްޓްރީން.

The name is already taken The name is available. Register?

ގަމާރު މީހާ

23 September 2022

ވަރަށް ރަގަޅު ކޮމެންޓެއް.

The name is already taken The name is available. Register?

ހުސެެއިންބެ

22 September 2022

ނޫސްވެރިކަމުގެ ފުރިހަމަ ރިޕޯރޓެއް. ހޯމްމިނިސްޓަރ ޒިންމާ އަދާ ނުކުރައްވާ މަޤާމްދިފާއުކުރަން ރައީސަށް ސަނާކިޔުމުގައި. އިމްރާނުގެ އިސްތިއުފާއަށް ގޮވާލަން

The name is already taken The name is available. Register?

ޢަރުތަ

22 September 2022

އިމްރާނުގެ މިނިސްޓަރު ކަމާއެކީތޯ ހޯމް މިނިސްޓްރީ އުފެދުނީ، ނޫނީ މީގެ އެތައް އަހަރެއް ކުރިންވެސް ތިޔަ މިނިސްޓްރީ ނުހުރޭތޯ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454