ޖިންސީ ވިޔަފާރިއަށް ރުހި، ލޯ މަރައިގެން!

ހަށިވިއްކި ކަމުގެ ތުހުމަތުގައި އޯގަސްޓް 4، 2016 ގައި ހައްޔަރުކުރި ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ. --ފޮޓޯ: އިބްރާހިމް އައްސަދު

މީގެ އަހަރުތަކެއް ކުރިއަށް ޖެހިލަމާ ހިނގާށެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ދުވަސްވަރެވެ. އެ ދުވަސްވަރު މާލޭގައި އާދަޔާ ހިލާފަށް މަސާޖު ޕާލާތައް ގިނަވެ، އެ ތަންތަނުގެ ތެރޭގައި ހަށިވިއްކުން ފުޅާ ދާއިރާއެއްގައި ހިންގާތީ އެކަމާ ކަންބޮޑުވެގެން ރައީސް މައުމޫނަށާއި އެ ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަށް ކަންބޮޑުވުންތައް ހުށަހެޅި ސިޔާސީ ޕާޓީތަކުގެ ތެރެއިން އިސް އެއްބަޔަކީ އަދާލަތު ޕާޓީ އެވެ. މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ މުހިންމު އެއް ބައިވެރިޔާ އެވެ. އެކަމަކު މިއަދުގެ ހާލަތު މުޅިން ބަދަލުވެއްޖެ އެވެ.

"މިހާރު" ގެ ނޫސްވެރިން އެއްކުރި މައުލޫމާތުތަކަށް ބަލާއިރު، މާލޭގައި ހަށި ވިއްކުމުގެ ވިޔަފާރި މިހާރު ވަނީ މިއިން ޒަމާނެއްގައި ވެސް ގޯސް ނުވާ ހިސާބަށް ގޮސްފަ އެވެ. މަސާޖުޕާލާތަކުގެ ތެރޭގައި ކުރިން ހިންގަމުން ދިޔަ ހަށިވިއްކުމުގެ ވިޔަފާރި އަތް ނުފޯރާ ހިސާބަށް ހިނގައްޖެ އެވެ.

ސޯޝަލް މީޑިއާގައި ނަމްބަރު ޖަހައި، އިޝްތިހާރު ކޮށްގެން ހަށި ވިއްކުން ވަރަށް ފުޅާކޮށް އެބަ ހިންގަ އެވެ. ބިދޭސީ އަންހެނުންގެ ފޮޓޯ އާއި ފޯނު ނަމްބަރާއި އަގުތައް ޖަހައިގެން އިޝްތިހާރުކޮށް ނަގަނީ އެވެ. ފޭސްބުކާއި އިންސްޓަގްރާމް އަދި ވައިބާ ގުރޫޕްތައް ހަދައިގެން އެ ކަން ހިންގަނީ ހީވެސް ނުކުރާހާ ފުޅާކޮށް އަދި ފާޅުކޮށެވެ. ސީދާ ހަށިވިއްކުމުގެ ވިޔަފާރި އަށް ހުސްވެގެން ބައެއް މީހުން ރާއްޖޭގައި މިހާރު ވަޒީފާ އެބަ އަދާކުރެ އެވެ.

ބިދޭސީންނާއި ދިވެހިން ލައްވައި އެ ފާހިޝް އަމަލު ހިންގަން މެދުވެރިއެއްގެ ރޯލު އަދާކޮށްދޭ ދިވެހި ގުރޫޕްތައް އެބައުޅެ އެވެ. ވަކި އަދަދަކަށް ފައިސާ ދިނުމުން އެ ކަން ނިމުނީ އެވެ.

ހަށިވިއްކުމުގެ ވިޔަފާރިކުރާ މީހުންނާއި ކުރުވާ މީހުން ހޯދަން މިހާރު އެއީ މާ ބޮޑެތި އޮޕަރޭޝަންތަކެއް ފުލުހުން ހިންގަންޖެހޭ ކަމެއް ނޫނެވެ. މި ފަހަރުގެ "މެދު ސަފުހާ" އަށް މައުލޫމާތު ހޯދަން "މިހާރު" ގެ ނޫސްވެރިން މެސެޖުކުރި ގްރޫޕްތަކުން އެ މީހުންގެ ފޯނުތަކުން އެކި އެޕްލިކޭޝަންތައް މެދުވެރިކޮށް ހުރިހާ ވާހަކައެއް ދައްކަ އެވެ. ފޮޓޯ ފޮނުވަ އެވެ. ދާންވީ ތަނާއި ގަޑި ބުނެދެ އެވެ. ބައެއް ގްރޫޕްތަކުން އެ މީހުންގެ ޓީމުގައި ހިމެނޭ އެންމެންގެ ފޮޓޯ އާއި ނަން ވަކިވަކިން ފޮނުވަ އެވެ.

ހަށިވިއްކި ކަމުގެ ތުހުމަތުގައި އޯގަސްޓް 4، 2016 ގައި ހައްޔަރުކުރި ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ. --ފޮޓޯ: އިބްރާހިމް އައްސަދު

މިހާ ޖެހިލުން ކުޑަކޮށް މިހާ ފާޅުކޮށް ކުރަމުން އެ ދަނީ ވެސް މިކަން ހުއްޓުވަން ބަޔަކު ނޫޅޭތީ ކަމަށް ގަބޫލުކުރަން ޖެހެ އެވެ. އެންމެ ކުޑަމިނުން މިކަމާ ކަންބޮޑުވެގެން އެ ވާހަކަ ދައްކާލާނެ މީހަކު ވެސް ނެތީ އެވެ.

މީގެ ކުރިން މިފަދަ ކަންކަމާ ދެކޮޅަށް ބާރަށް އަޑު އުފުލި އަދާލަތު ޕާޓީގެ އިސްވެރިންނަށް ހުރިހާ ބާރެއް ލިބިފައި އޮވެމެ، އެ ބޭފުޅުން ވެސް ހިއްސާވާ ސަރުކާރުގައި ހިމޭނުން ތިއްބަވަނީ ކީއްވެ ހެއްޔެވެ؟

މިއަދުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަކީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެމްބަރެއް އަދި އެ ޕާޓީގެ އިސް ބޭފުޅެކެވެ. އެފަދަ ފާހިޝް އަމަލުތައް ހުއްޓުވުމުގެ ޒިންމާ ކޮނޑުގައި އަޅައިގެން ވެރިއަކަށް ހުންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ އަދާލަތު ޕާޓީގެ ރައީސެވެ.

މިއަދުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަކީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެމްބަރެއް އަދި އެ ޕާޓީގެ އިސް ބޭފުޅެކެވެ. އެފަދަ ފާހިޝް އަމަލުތައް ހުއްޓުވުމުގެ ޒިންމާ ކޮނޑުގައި އަޅައިގެން ވެރިއަކަށް ހުންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ އަދާލަތު ޕާޓީގެ ރައީސެވެ.

"އަދާލަތު ޕާޓީ އަށް މިހާ ބޮޑު ބާރެއް ލިބުނު ސަރުކާރެއް މިއިން ދުވަހަކު ވެސް ނެތް. ސަރުކާރުގެ މަގާމުތަކުގެ ގޮތުން ބަލާއިރު އެ ޕާޓީ މިހާ ބާރުގަދަ ދުވަސްވަރެއް ނެތް. އެ ކަމަކު މި ފެންނަނީ އަދާލަތު ޕާޓީގެ އިސް ބައެއް ބޭފުޅުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވައިގެން ވެސް ކަމެއް ނުކޮށް ތިއްބަވާ ތަން. ހަށިވިއްކުން މިހާ އާންމުވެފައިވާ ދުވަސްވަރެއް ދިވެހި ތާރީހުގައި ވެސް ނުފެންނާނެ،" އަދާލަތު ޕާޓީގައި ކުރިން އިސްކޮށް އުޅުއްވި އަދި ކުރީގެ ބައެއް ސަރުކާރުތަކުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ބޭފުޅަކު ނަން ހާމަނުކުރަން އެދިވަޑައިގަންނަވަމުން ވިދާލުވި އެވެ.

މީގެ ކުރީގެ ސަރުކާރުތަކުގައި ނަމަވެސް މަސާޖުޕާލާތައް ފުލުހުން ރެއިޑްކޮށް، އެ މީހުން ހައްޔަރުކޮށް އަދި ބިދޭސީން ނަމަ ޑީޕޯޓް ކޮށްފައި ވެސް އެބަހުއްޓެވެ. އަދި އެކަމުގައި އުޅުނު ބައެއް ދިވެހިންނަށް ދައުވާ ވެސް ކުރި އެވެ. ނަމަވެސް ފާހިޝް އަމަލުތަކާ ދެކޮޅަށް އަޑު އުފުލި މީހުންނަށް ކުރިން ނުލިބޭހާ ބާރެއް ސަރުކާރު ތެރެއިން ލިބިފައި އޮތް މި ސަރުކާރުގައި ހާލަތު މާ ގޯހެވެ.

ހަށިވިއްކާ މީހަކާ އެކު ކޮށްފައިވާ ޗެޓްލޮގެއް ބަލަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

އެ ބޭފުޅުންގެ މި ސަރުކާރުގެ ދުވަސްވަރު ހަށިވިއްކުމާއި ފާހިޝް އަމަލުތައް ދުރުގައި ބަލަން ތިބި މީހުންނަށް ފަހުމުވާ ވަރަށް އިޝްތިހާރު ކޮށްގެން ހިންގާއިރު ވެސް ކުރީގައި އެ ކަން ހުއްޓުވުން އުޅުނު ގޮތަކަށް ނުކުރެ އެވެ. މައުމޫންގެ އަރިހަށް ފޮނުއްވި ސިޓީތަކާއި ވަފުދު ހަދައިގެން އޭރުގެ ވަޒީރުންނަށް ކަންބޮޑުވުންތައް އޮއްސާލަން ވަޑައިގެންނެވި ބޭފުޅުން މިއަދަކު ނުފެނެ އެވެ. އެއިން ބޭފުޅެއްގެ އަޑެއްބަޑެއް ވެސް ނެތީ އެވެ؛ ކަމެއް ވާހެން ހީވެސް ނުވެ އެވެ. އެކަމަކު، ސައިމޭޒު މަތީގައި އެ ވާހަކަ އެ ބޭފުޅުންނާއެކު ފަށާއިރަށް ވަރަށް ތަފުސީލުކޮށް ކިޔައި ދެއްވަ އެވެ. ހުރިހާ ކަމެއް އެނގިވަޑައިގަންނަވާކަން ސާފުވެ އެވެ.

ނަމަވެސް އެ ކަމާ ދެކޮޅަށް ފާޅުގައި ދެއްކެވި ވާހަކައެއް ނެތެވެ. ޕާޓީތަކުގެ ފެންވަރުގައި ކޮމިޓީތައް ހަދައިގެން ކުރިން އުޅުނު ގޮތަށް ސަރުކާރު ޖަވާބުދާރީ ކުރުވާނެ ހިތްވަރެއް ވެސް ނެތެވެ.

މާލެ އާއި ހުޅުމާލޭގައި ހަށިވިއްކުން މިހާ ބޮޑަށް ފުޅާވެ، ކަންކަން ބޮއްސުންލައިގެން ދާތީ "މިހާރު" ގެ "މެދުސަފުހާ" އަށް އިންޓަވިއު ހޯދުމަށް ހޯމް މިނިސްޓަރު އިމްރާން އާއި ޕޮލިސް ކޮމިޝަނަރާ މުހައްމަދު ހަމީދުގެ ބަހެއް ހޯދަން ވެސް މަސައްކަތް ކުރީމެވެ. އެކަމަކު، ޕޮލިސް ކޮމިޝަނަރު ވަކި ހިސާބަކުން "ގެއްލުނީ" އެވެ. ހޯމް މިނިސްޓަރު އިމްރާނާ "މިހާރު" ގެ ބައެއް ނޫސްވެރިންނަށް ނުރަސްމީ ސިފައެއްގައި އެއްމޭޒަކުން ފުރުސަތު ލިބުނަސް ދެއްކެވުނު ވާހަކަތަކަށް ބަލާއިރު ހަށިވިއްކުން ހުއްޓުވަން އެކަށީގެންވާ މަސައްކަތްތަކެއް މިހާތަނަށް މި ސަރުކާރުގައި ކޮށްފައި ނެތްކަން ވަރަށް ސާފެވެ. އެއީ ރަސްމީކޮށް، ލިޔާ ގޮތަށް އިމްރާނު ދެއްކެވި ވާހަކަތަކަކަށް ނުވާތީ ނުލިޔެ މި ދޫކޮށްލީ އެވެ.

ހަށިވިއްކާ މީހަކާ އެކު

ހަށިވިއްކުން ހުއްދަކޮށްފައި އޮންނަ ގައުމުތަކުގައި ވެސް އޮންނަ ދަރަޖައަށް ރާއްޖޭގައި އެކަން ހިނގައްޖެ ކަމުގެ ކަންބޮޑުވުމާ އެކު ރިޕޯޓްތަކެއް ލިޔަން އުޅޭކަން ހޯމް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރަށް ދަންނަވައި އެކި ގޮތްގޮތުން ބަހެއް ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވީ އެވެ. މި ބޮޑު ނުބައި އަމަލާ ދެކޮޅަށް ކުރަމުން އަންނަ ހަރުދަނާ ކަމެއް ނެތުމުން ނުވަތަ ދިފާއެއް ނެތުމަކީ ސަބަބެއް ކަމަށް ވެދާނެ އެވެ.

"އަދާލަތު ޕާޓީން ރައީސް މައުމޫނާ ބައްދަލުކުރީމާ އެބަހުރި ހަށިވިއްކުން ހުއްޓުވަން އެ މަނިކުފާނުގެ ސަރުކާރުގައި އެކަށީގެންވާ ގޮތަށް މަސައްކަތް ކޮށްދެއްވާފައި. ހަމަ އެ ގޮތަށް ރައީސް ޔާމީނާއި ރައީސް ވަހީދުގެ ސަރުކާރުގެ ދުވަސްވަރު ވެސް މިހާ ފާޅުކަން ބޮޑު ގޮތަކަށް އެ ކަމެއް ނުދޭ. މުޖުތަމައުގައި ނޭދެވޭ ކަންކަން އުޅޭނެ އަބަދުވެސް. އެކަމަކު މިހާ ބޮޑަށް ހުޅުވިގެން، އިޝްތިހާރު ކޮށްގެން ކުރީގެ އެއްވެސް ސަރުކާރެއްގެ ދުވަސްވަރު ހަށިވިއްކާފައެއް ނެތް،" މި ރިޕޯޓަށް ވާހަކަ ދެއްކެވި ނަން ހާމަކުރައްވަން ބޭނުން ނުވި ބޭފުޅާ ވިދާޅުވި އެވެ.

"މި ގައުމު މި ދަނީ އިޖުތިމާއީ ހަލާކެއްގެ ތެރެއަށް. މުޖުތަމައު މުޅިން ހަރާބު ވެއްޖެ."

"މި ގައުމު މި ދަނީ އިޖުތިމާއީ ހަލާކެއްގެ ތެރެއަށް. މުޖުތަމައު މުޅިން ހަރާބު ވެއްޖެ."

ސަރުކާރުގައި ތިއްބެވި ބައެއް އިސްބޭފުޅުންނާ ނޫހުގައި ނުޖަހާ ގޮތަށް ވާހަކަ ދައްކައިފި ނަމަ "ވަރަށް ހުޅުވިގެން" ވާހަކަ ދައްކަވަ އެވެ. މި ގައުމުގައި އިސްލާމް ދީނަށް ގޮންޖަހައި ފާހިޝް ހުރިހާ އަމަލެއް ފާޅުގައި ހިންގާތީ "އޮފް ދަ ރެކޯޑް" ގައި ކަންބޮޑުވެވަޑައިގެންފައި ކުޅިބަލަން ތިއްބެވުމީ ބޮޑު ލަދެކެވެ.

37 ކޮމެންޓް, 55 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 71%
icon angry icon angry 20%
icon wow icon wow 2%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕްރޭމްޗޯޕްރާ

24 September 2022

ދެ ޖިންސް އެއް ޖިންސުން ގުޅުން ހިންގުން ހައްދުންނެއްޓި ބޮޑުން އެކަންކަމުގައި ފާޅުގައި އުޅެންފެށީމަ މިހާރު މުޅިގައުމުގެ ގިނަބަޔަކު އެވެސް ފެޝަނަކަށް ހަދައިފި. އެއްޖިންސުން ގުޅުންހިންގުންވެސް ގިނަ ރައްޓެހިންބުނަނީ ކޮބާހޭ މައްސަލައަކީ.

The name is already taken The name is available. Register?

ހަހަހާރު

23 September 2022

ނޫސް ވެރީންވެސް މަސާޖު ޕާލާ ތަކަށް ވަދޭ...................... އަންހެނުން ނާއި ފިރިހެނުންވެސް ވަދޭ.................................... ނޫސްވެރީން ވަންނަނީ ތަޔަރޑް ވީމަ ހެޔޮ ނިޔަތުގައި

The name is already taken The name is available. Register?

ނަޖްވާ

22 September 2022

ކީކޭތަ މި މީހުން މި ކިޔަނީކީ އެއް! ކޮބާތަ އަހަރުމެންގެ ދައުލަތުން ލާރިގަނޑު ކައްވާލައިގެން ތިބި އެންމެން ތައް!

The name is already taken The name is available. Register?

ޙކސޖބ

23 September 2022

ހަމައެކަނި މައްސަލައަކީ ސަރުކާރުން ގެއްލުވާލި ފައިސާތަ؟ ޢެއީކީވެސް ރަނގަޅު ކަމެކޭ ބުނަނީކީއެއް ނޫން. ތި ފައިސާއަކާއ ސިޔާސީ ވާހަކަ އަބަދު ނޫހުގައި އެ އޮންނަނީ ފެންނަން. ތީނަ އެ ޚަަބަރުތައް ނުކިޔާތީ ދޯ ނުފެންނަނީ؟ ނޫސްވެރިން ދެއްކީމަ ނޫނިއްޔާ މުޖުތަމައުގައި ހިނގާ މިފަދަ ފާޙިޝް އަމަލުތައް އާންމުންނާ ހަަމައަށް ތިލަ ނުވޭ. މިއީވެސް ދައްކަންޖެހޭ ވާހަކަ ނަޖުވާ ކިތަންމެ ހިތްހަމަ ނުޖެހުނަސް. ޝުކުރިއްޔާ މިހާރުގެ ނޫސްވެރިން ތި ލިޔުއްވާ ރިޕޯޓުތަކަށް.

The name is already taken The name is available. Register?

ހާބުރި

22 September 2022

ތީކީ މައްސަލައެއް ނޫން. ތަހުޒީބު ގައުމުތަކުން ފެންނާނެ މަންޒަރު މީ. އެމީހަކު އެމީހަކަށް ފެންން ގޮތަކަށް އުޅުނީމަ ނިމުނީ.

The name is already taken The name is available. Register?

ގެދާނޯމޮސް

22 September 2022

އަމާބުނީ ތީ ފަރައްދާ އުސޫލުން ދިމާކޮށްފަ އޮތް ހިސާބެކެވެ.

The name is already taken The name is available. Register?

ހިޔާލީ އަލީ

22 September 2022

ލަވަ އަލީމެންގެ ވެރިޔާއެއްނޫންތޯ ވިދާޅުވީ ބެންކޮކަށް ގޮއްސަ ފައިސާދީފަ ގެންގުޅޭ އަންހެންކުދިން ހަލާލުވާނެ، މިހާރު އެކުދިން ލިބެނީ ގައުމުގަ ތިއްބާ ގޭދޮށުން، އެދުވަހު އެހެން ބުނީމާ އެއްޗެއް ބުނާނެ ފަޒްލޫނެއް ނެތްއިރު މިއަދު މިވީ ކޯޗަކަށް

The name is already taken The name is available. Register?

ހަރަމް

22 September 2022

ކަލެޔަށް އަދިވެސް ފެންނީ ކޮންމެސް ލަވަ އަލީއެއްދޯ

The name is already taken The name is available. Register?

ހށނ

22 September 2022

ގައުމު ލޫޓުވާމަހުޖަނާއި ސިޔާސީމީހާއާ ވާހަކަ ކިޔައިދޭ މިޙާއަށްވުރެ ހަށިވިއްކާމީހާ ރަގަޅު. އެމީހާ ފައިސާހޯދަނީ ހަށިގަޑަށް އެގުންވާވަރު މަސައްކަތެއް ކޮށްގެން.

The name is already taken The name is available. Register?

ށާވިޔަނި345

22 September 2022

ޑިމާންޑު އޮތީޔާ ސަޕްލައިވެސް އޮންނާނެ.. ހައްލަކީ އިސްލާހް މުޖުމަތަމައުއެއް ބިނާކުރުން

The name is already taken The name is available. Register?

ދިއްދޫމީހާ

22 September 2022

ހޯމްމިނިސްޓަރާ އިސްލާމިކް މިނިސްޓަރުގެ ވާހަކަ ބަޔާންކޮއްފަ އޮތީމަ އެއްޗެއް ބުނެލާނަން ދަޅުފީނި ފުއްލާގެ ދަޅު ބުރިކޮއްލާފަ ހިޔަޅެއްގެ ބޮލުގައި ޖެހިޔަސް އެސޮރުގެ ހުންނަ މަކަރުވެރިކަމާ އިހަފޫދިކަން(މުނާފިގުކަން)ފިލާގެން ނުދާނެ

The name is already taken The name is available. Register?

ކުރޭޒީ

22 September 2022

ކަލޭ ދެން ހާދަ މަޖަލޭ.. މޮޅޭ..

The name is already taken The name is available. Register?

އަފްރާޒީ

22 September 2022

މާލޭގައި ޤްރުއާން ކްލާސްތަކަށްވުރެ މީގެ ތަންތަން ގިނަ. އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލްއިން މިތަންތަން ރަޖިސްޓްރީ ކޮށްފައިވަނީ ކާކުގެ ނަމުގައިތޯ ޗެކްކުރެވޭނެ. މާލޭގައި މޭކަޕް ކޮށްދޭން ނަން މަޝްހޫރު "ބްރޭންޑެޑް" ސެލޫންތަކުންވެސް މި ވިޔަފާރިތަކަށް އެކި ނަންނަމުގައި ވަދެއްޖެ. މިތަންތަން ހުންނަނީ ސެކިޔުރިޓީ ހައިކޮށްފަ. އަދާލަތު ޕާޓީ ސަރުކާރުގަ އޮވެ މިނިސްޓަރ އިމްރާން އަދި ޒާހިރު އަށް ފިޔަވަޅު އެޅެން އޮވެމެ ހިރުވާތަން ކަހާނުލާ ތިބުމަކީ ލަދުވެތިކަމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454