ހަށިވިއްކުން މަސާޖް ޕާލާތަކުން ލަގްޒަރީ އެޕާޓްމަންޓަށް

22 ސެޕްޓެމްބަރ 2022 - 11:26

36 comments

ފޭސްބުކްގައި ސްޕޮންސާކޮށްފައި އޮތް، މާލޭގައި ހިންގާ މަސާޖު ޕާލާއެއްގެ އެޑަކަށް ފިތާލުމާ އެކު ވަޓްސްއެޕަށް ޑައިވާޓުވެ، ނަމްބަރަކަށް މެސެޖެއް ފޮނުވިއްޖެ އެވެ. އޭގެ ކުޑަ އިރުކޮޅެއް ތެރޭގައި ބިދޭސީ އަންހެނަކު އެ ނަމްބަރުން ވާހަކަ ދައްކަން ފަށައިފި އެވެ. މާ ދުރުދުރުން ނޫޅެ އޭނާ ފުރަތަމަ ވެސް ބުނީ މިހެންނެވެ؛

"ހާލު ކިހިނެއް؟"

"އަންހެން ކުދިން އެބަތިބި. ފިހާރަ އަށް 400ރ. އަންހެން މީހާ އަށް އިތުރަށް 500ރ. ދަންވަރު 3:00 އަށް ހުޅުވާފަ ހުންނާނެ,"

" .... ކުރެވޭނެ. އަދި އެހެން އަންހެން ކުދިންތަކެއް ވެސް ލިބޭނެ،" ތަކުރާރުކޮށް ފޯނަށް މެސެޖުތައް އަންނަން ފެށި އެވެ.

މިއީ މާލޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރިކުރަމުން އަންނަ އެއް ބައެކެވެ.

އެ ކަންތައް ފުޅާވެފައި އޮތް ވަރު ބެލުމަށް "މިހާރު" ގެ ނޫސްވެރިން ވަނީ ތަފާތު ނަން ނަމުގައި ހަދާފައިވާ މަސާޖު ޕާލާތަކާއި ސްޕާތަކުގެ ފޭސްބުކް ޕޭޖުތަކަށް މެސެޖުކޮށްފަ އެވެ. ގިނަ ޕޭޖުތަކުން ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ވާހަކަ ދައްކަން ޖެހެނީ ބިދޭސީ އަންހެނަކާ އެވެ. ނަމުގައި މަސާޖު ނުވަތަ ސްޕާ އޭ ލިޔެފައި އޮތަސް ހުރިހާ ދިމާލަކުން ވެސް ހުޅުވާލަނީ ހަށިވިއްކުމުގެ ބޮޑު ވިޔަފާރިއެއް ތެރެއަށެވެ!

ވަރަށް ގިނަ ދިވެހިން ބޭނުން ކުރާ ޓިކްޓޮކްގައި ވެސް މަސާޖު ޕާލާތައް އިސްތިހާރު ކުރުމުގެ ނަމުގައި ޓިކްޓޮކުގައި ދައުރު ކުރަނީ ތައިލެންޑާއި ފިލިޕީންސް އަންހެނުންގެ ވީޑިއޯތަކެވެ. އެ މީހުން މޮޑެލްކޮށްފައި ހުންނަ ފޮޓޯތަކާއި ވީޑިއޯތަކުގައި އެ އަންހެނުން ގަންނަން ލިބޭ އަގުތަކާއި އެވައިލަބުލް ދުވަސްތަކާއި ވަގުތުތައް ޖަހާފައި ހުރެ އެވެ.

އެއްވެސް ބިރެއް ފިކުރެއް ނެތި ފާޅުކަން ބޮޑު ގޮތެއްގައި މުޅި ސޯޝަލް މީޑިއާ ބޭނުން ކޮށްގެން ހަށިވިއްކުން އިސްތިހާރު ކުރަނީ އެވެ. ބެންކޮކް ދަރަޖަ އަށް ރާއްޖޭގައި އެ ވިޔަފާރި ފުޅާ ކުރަނީ އެވެ!

ގެސްޓު ހައުސްތަކާއި ލަގްޒަރީ އެޕާޓްމަންޓުތަކަށް!

މި މައްސަލައިގެ ތެރެއަށް އިތުރަށް ފީނުމަށް "މިހާރު" ގެ ނޫސްވެރިން ވަނީ މަސާޖު ޕާލާތައް ރަޖިސްޓާ ކޮށްފައި ހުރި މާލެ އާއި ހުޅުމާލޭގެ ބައެއް ގެތަކާއި ޕޭޖުގައި އެތަންތަނުގެ އެޑްރެސް ގޮތުގައި ޖަހާފައި ހުރި ލޮކޭޝަންތައް ހޯދައިފަ އެވެ.

މި ހަނި ގޯޅިގަނޑުގެ ކޮޅުގައި ވެސް "މަސާޖު ޕާލާ" އެއް ހިންގާ.

އެތަން ތަނަށް ގޮސް ބެލި އިރު ވަރަށް ގިނަ އެޑްރެސްތައް ގޮސް ނިމެނީ މާލެ ނުވަތަ ހުޅުމާލޭގައި ހުންނަ ދުވަހު ކުއްޔަށް ދޫ ކުރާ ކޮޓަރިތަކަކަށެވެ. އަނެއްބައި ތަންތަނަކީ ހުޅުމާލޭގައި ހުންނަ ބައެއް ގެސްޓްހައުސްތަކެކެވެ.

ބައެއް ތަންތަނުގެ ބޭރުގައި މަސާޖު ކޮށްދޭ ކަމަށް ބުނެ ބޯޑެއް ބަހައްޓާފައި ހުރެ އެވެ. އަނެއްބައި ތަންތަނުގައި އެކަހަލަ ނިޝާނެއް ވެސް ނެތެވެ. އަދި ބައެއް ތަންތަނަކީ މަސާޖުކުރާ ސެންޓަރުތައް ގޮތަށް ހަދައި ކައުންޓަރު ވެސް ބަހައްޓައިގެން ވިޔަފާރިކުރާ ތަންތަނެވެ.

ނަމަވެސް މި ވިޔަފާރީގައި އުޅޭ ބައެއް މީހުންނާ ވާހަކަ ދައްކާލުމުން އެނގުނު ގޮތުގައި މިއީ ހަމައެކަނި ކުދި ކުދި ކޮޓަރިތަކާއި މަސާޖު ޕާލާތަކުގައި ހިނގާ ކަމެއް ނޫނެވެ.

ވަރަށް ފަހަކާ ޖެހެންދެން، ހުޅުމާލޭ ބީޗް ފްރަންޓުގައި ހިންގާ މަޝްހޫރު ބޮޑު ގެސްޓްހައުސެއްގެ ދެ ފްލޯ އެއްކޮށް ހިފާލައިގެން ތައިލެންޑު އަންހެނުން ބައިތިއްބައިގެން ހަށިވިއްކުމުގެ ވިޔަފާރި ހިންގި އެވެ. އެކަމުގެ ފަހަތުގައި ތިބީ ދިވެހިންތަކެކެވެ.

އެކަމުގައި އުޅުނު ބިދޭސީއެއް ބުނި ގޮތުގައި އެ މީހުން ރާއްޖެ ގެނައީ މަސާޖު ކުރުމަށެވެ. ނަމަވެސް ކަސްޓަމަރުންނަށް އިތުރަށް ފައިސާ ދޭނަމަ އޭނަ އެ މީހުންނާއެއްކޮށް ބަދުއަހުލާގީ އަމަލު ހިންގިޔަސް މައްސަލައެއް ނެތް ކަމަށް އެ މީހުންގެ "ބޮސް" އޮތީ އަންގައިފަ އެވެ. ނަމަވެސް ކޮންމެ ބޮލަކަށް 500ރ. އެ ދިވެހިންނަށް ދޭން ޖެހޭ ކަމަށް އެ މީހުން ބުންޏެވެ.

އޭގެ އިތުރުން ހުޅުމާލޭގެ ލަގްޒަރީ އެޕާޓްމަންޓެއްގައި ވެސް ތައިލެންޑް އަންހެނުންތަކެއް ގެނެސްގެން ހަށިވިއްކުމުގެ ވިޔަފާރިތަކެއް ހިންގާފައިވެ އެވެ. އެ މައްސަލަ ބަޔަކު ރިޕޯޓު ކުރުމާއެކު ކޯޓު އަމުރެއް ހިފައިގެން ގޮސް ފުލުހުން އެ ތަން ރެއިޑު ވެސް ކުރި އެވެ. އެ މައްސަލާގައި ހައްޔަރު ކުރި ބިދޭސީ އަންހެނުން ވަނީ އެ މީހުން ވެސް މަސާޖު ކުރަން ގެނެސް އެ މީހުން ލައްވާ ދިވެހިންތަކެއް ހަށިވިއްކުވި ކަމަށް އެ މީހުން ވަނީ އިއުތިރާފްވެފަ އެވެ.

ކޮންމެ ދުވަހަކު ވެސް 10-12 ބޭރު އަންހެނުން އެ އެޕާޓްމަންޓުތަކަށް އަރައި ހަދާނެ. ކޮންމެ ދުވަހަކު ވެސް އާ ބަޔަކު ގެންނާނެ. ރޭގަނޑު ކިތަންމެ ދަންވިޔަސް އެ މީހުންގެ ހަރަކާތް ނުހުއްޓޭ.

"ކޮންމެ ދުވަހަކު ވެސް 10-12 ބޭރު އަންހެނުން އެ އެޕާޓްމަންޓުތަކަށް އަރައި ހަދާނެ. ކޮންމެ ދުވަހަކު ވެސް އާ ބަޔަކު ގެންނާނެ. ރޭގަނޑު ކިތަންމެ ދަންވިޔަސް އެ މީހުންގެ ހަރަކާތް ނުހުއްޓޭ," ހުޅުމާލޭގެ އެހެން ލަގްޒަރީ އެޕާޓްމަންޓެއްގައި ދިރިއުޅެމުން އަންނަ މީހަކަށް ފެނުން މަންޒަރުތަކެއް ހިއްސާ ކުރި އެވެ.

މަސާޖުކުރުމުގެ ނަމުގައި ގެނެސް ހަށިވިއްކަނީ ކަމަށް މި ބިދޭސީން ބުންޏަސް މީގައި އެހެން ހަގީގަތެއް ވެސް އެބަ އޮތެވެ. މަސާޖުކުރާ ތަނެއް ހިންގާ މީހަކު ބުނި ގޮތުގައި ރަނގަޅު ގޮތުގައި މަސާޖުކުރާ ތަނެއްގައި ގެންގުޅެން ވެސް ތައިލެންޑުން އަދި އެހެން ބައެއް ގައުމުތަކުން މިހާރު މީހަކު ލިބެނީ "އެކްސްޓްރާ މަނީ މޭކް ކުރަން" އެ މީހުންނަށް ފުރުސަތު ދޭން ޝަރުތުކޮށްފައި ކަމަށެވެ. ހަށިވިއްކުމުގެ ބޭނުމަށް ދިވެހިން ރާއްޖޭން ބޭރުން މީހުން ގެންނަ ގޮތަށް، ބޭރު މީހުން އަމިއްލަ އަށް ބޭނުންވެގެން ވެސް އެކި ގޮތްގޮތަށް ރާއްޖެ އަށް އެތެރެވެގެން މިކަން ކުރާކަން އެބަ އެނގެ އެވެ.

މަސާޖު ޕާލާތައް އިތުރު ވަނީ، މާކެޓު ފުޅާކުރަނީ!

"މިހާރު" އާ ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި ގޮތުގައި ރާއްޖެ މިހާރު އޮތީ ހަށިވިއްކުމުގެ ވިޔަފާރި އަށް ވަރަށް ބޮޑަށް ހުޅުވިފަ އެވެ. ބޮޑު ޑިމާންޑެއް އޮވެފައި ވަރަށް ފަސޭހައިން އެ ވިޔަފާރީގެ ތެރެއަށް ވަދެވެ އެވެ.

ހަށިވިއްކާ މީހަކާ އެކު

އެހެންވެ ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީގައި މަސާޖު ޕާލާތައް ނުވަތަ އޯލްޓަނޭޓިވް މެޑިސިންގެ ހިދުމަތް ދޭ ތަންތަން ހިންގުމުގެ ހުއްދަ ހޯދަން ވަރަށް ގިނަ އެޕްލިކޭޝަންތައް އަންނަނީ ފުނި ޖެހެމުންނެވެ. ކޮންމެ ދުވަހަކު އެތައް ހުށަހެޅުމެއް ލިބޭ ކަމަށްވެ އެވެ.

"ތައިލެންޑުން އެތައް ބަޔަކު އެބަ ރާއްޖެ ގެނޭ. ޓޫރިސްޓު ވިސާގައި ވެސް ރާއްޖެ ގެނެސް އެތައް ހާސް ރުފިޔާ ހަދާލާފައި އެ ގެންދަނީ. މީހުން ގެންނަން ކޯޓާތައް ވެސް އެބަ ހޯދާ. އެ ހުރިހާ އެއްޗެއް ގޮސް ގުޅެނީ ހަށިވިއްކުމުގެ ވިޔަފާރި އާ," އޭނާ ވިދާޅުވި އެވެ.

ތައިލެންޑުން އެތައް ބަޔަކު އެބަ ރާއްޖެ ގެނޭ. ޓޫރިސްޓު ވިސާގައި ވެސް ރާއްޖެ ގެނެސް އެތައް ހާސް ރުފިޔާ ހަދާލާފައި އެ ގެންދަނީ. މީހުން ގެންނަން ކޯޓާތައް ވެސް އެބަ ހޯދާ. އެ ހުރިހާ އެއްޗެއް ގޮސް ގުޅެނީ ހަށިވިއްކުމުގެ ވިޔަފާރިއާ.

އެ ވާހަކަތަކަށް ބާރު ދޭ ބައެއް ލިޔުންތަކެއް ވެސް "މިހާރު" އަށް ވަނީ ލިބިފަ އެވެ. އެއިން އެނގޭ ގޮތުގައި ވޭތުވެދިޔަ އަހަރުތަކު ތެރޭގައި މާލޭގައި ހަށިވިއްކުމުގެ ވިޔަފާރީގެ ތެރެއަށް ވަންނަމުން އައި ހަމައެކަނި ދިވެހިންނެއް ނޫނެވެ. މާލޭގައި އޮތް ބިދޭސީންގެ ބޮޑު އާބާދީ އަށް ޓާގެޓުކޮށް ބައެއް ބަންގްލަދޭޝްގެ ރައްޔިތުން ވެސް ހަށި ވިއްކުމުގެ ވިޔަފާރީގެ ތެރެއަށް ވަދެފައި އެބަހުއްޓެވެ.

މާލޭގެ ކުލީ ކޮޓަރިތަކާއި ހުޅުމާލޭގެ ބައެއް ގެސްޓަހައުސް އާއި ހޮޓާތައް ހިފައިގެން ބަންގްލަދޭޝްގެ އަންހެނުން ގެނެސްގެން އެ ގައުމުގެ މީހުންނަށް ހަށި ވިއްކުމުގެ ކަންކަން ކުރަމުން ގެންދެ އެވެ. ބަންގްލަދޭޝްގެ ފިރިހެނުންނާއި އަންހެނުން ވެސް މި ވިޔަފާރީގައި ބައިވެރިވެ އެވެ.

އޭގެ އިތުރުން ދާދި ފަހުން ބަންގްލަދޭޝް މީހެއް އޭނާގެ އަމިއްލަ އަނބި މީހާ މާލޭގެ ކޮޓަރިއެއްގައި ބަންދުކޮށްގެން އޭނާ ލައްވާ ގަދަކަމުން ހަށި ވިއްކުވި މައްސަލަތަކެއް ވެސް ހިނގި އެވެ.

އެ ވިޔަފާރި ފުޅާކޮށް ބައެއް ބިދޭސީން ހުޅުމާލޭގެ ހޮޓަލްތަކާއި ގެސްޓްހައުސްތަކުގައި ވެސް ބަންގްލަދޭޝްގެ މީހުންނަށް ހަށި ވިއްކުމުގެ ކަންކަން ކުރަމުން އެބަގެންދެ އެވެ.

ސޯޝަލް މީޑިއާގެ ތެރޭގައި ހަށި ވިއްކާ މީހުން އިސްތިހާރުވެ އެ މީހުންގެ ވިޔަފާރި ފުޅާ ކުރަން އޮތީ ދޫކޮށްލައިފަ އެވެ. ކުދިކުދި ކުލީ ކޮޓަރިތަކުގައި ހިނގަމުން އައި ކަންކަން ލަގްޒަރީ އެޕާޓްމަންޓުތަކާ ހަމަޔަށް ފުޅާ ވެއްޖެ އެވެ. އަދި އެންމެ ބިދޭސީންނާ ހަމަޔަށް ވެސް ގޮސް ގޭގެއަށް އަންހެނުން ގެންގޮސްދޭ ހިސާބަށް މި ވިޔަފާރި ފުޅާ ކޮށްފި އެވެ. އެކަމަކު އެނގޭ ކަމަށް ވެސް ނަހަދާ މުއައްސަސާތަށް ތިބީ ނިދައިފަ އެވެ!

36 ކޮމެންޓް, 44 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 9%
icon angry icon angry 77%
icon wow icon wow 2%
icon inlove icon inlove 9%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަސަންތަކުރުބޭ

23 September 2022

މުއައްސަސާތައް ތިބޭނީ ނިދާފަތާ ދައުލަތަށް ލާރިލިބޭ! ޓޫރިސްޓުންގެ ގޮތުގައި އަޔަސް. ގެސްޓްހައުސްތައް ހުންނަނީ ފުލުްކޮށް. ޖީއެސްޓީ ގެ ފައިސާ އުނިވުމެއްނެތް. މަސާޖުޕާލާ ރެޖިސްޓްރީ ކުރެވޭ! ނަމުގައި ދެނީ ތެރަޕީ. ބެންކޮކްގަ ރަސްމީހުއްދަ ދެނީ މަސާޖުކުރަން. ތެރަޕިސްޓު އިތުރު ޚިދުމަތެއް ބޭނުންތޯ އަހާފަ ބޭނުމޭ ބުނީމަ ދެން އެއޮންނަނީ އަގުބޮޑުމަސާޖު ކަމަށްވަނީ. އެކި ސްޓައިލަށޯ އެމަސާޖް އިންނަނީ ފުލްބޮޑީ ވެއްޖެއްޔާ 1 ގަޑި އިރަކަށް 1500 ރުފިޔާ ކަމަށް.

The name is already taken The name is available. Register?

ރަދީފު.

23 September 2022

ވަރަށްފާޅުކަން ބޮޑު ގޮތެއްގައި ހަށިވިއްކުމާއި ވަހުޝީކުޅި، މިޤައުމުގަ ހިންގާއިރު، ހޯމް މިނިސްޓަރ އިމްރާން، އިސްލާމިކް މިނިސްޓަރ ޒާހިރު، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ނަޒީރު ފަދަ ސަރުކާރުގެ އިސްމަޤާމުތަކުގަތިބި އަދާލަތު ޕާޓީގެ އިސްމީހުނާއި ޑރ.އިޔާޒު، ޝައިޚް އިލްޔާސްފަދަ މީހުން މިކަންކަން ހުއްޓުވަންކުރީ ކޮންކަމެއްތޯ؟ ކުރީ ސަރުކާރުތަކުން ޕޮލިސް ރެޑް ޖަހައިގެން މީހުން ހައްޔަރުކޮށް ތަންތަން ބަންދުކުރޭ

The name is already taken The name is available. Register?

ޓެރް

23 September 2022

ބޮޑުމީހާއަށް ކަޓެއް ދިނީމަ ތީ ނުވާކަމަކަށް ނިންމާލާނެ

The name is already taken The name is available. Register?

ފިކުރާ

23 September 2022

މިކަން މިވެގެން އުޅޭ ގޮތަކީ ކޮވިޑް ލޯނުތަށް ދައްކަން ޖެހުން . ވަރަށް ބޮޑު އެއްޗެއް ދޭން ޖެހޭ ބޭންކަށް

The name is already taken The name is available. Register?

ޕެރެޑައިސް

23 September 2022

އަހަރުތަކެއް ކުރިން ފެށިގެން ހުއްޓުމެއްނެތި ހަށިވިއްކުން މެކުހުގައި ދައުލަތުގެ ފައިސާއާއި ޚަޒާނާ ދަވާލުންވެސް މެކުހުގައި. ނުހުއްޓުވެންޏާ އަހަރުން އަހަރަށް ފުޅާވެ އިތުރުވަމުންދާނީ.. ދުނިޔޭގެ ރިކޯޑް މުގުރާލެވޭނެކަން ޔަޤީން.

The name is already taken The name is available. Register?

ހާމިދު ޝާހިދު

22 September 2022

މިތަން ދެވަނަ ބެންގް ކޮކަށް ވެ ނިމިއްޖެ. އަނދިރިފަރާތް އަދި ކިރިއާ ތިޔަ ފެންނަނީ. ތިކަހަލަ ކިތަންމެ ކަމެއް ހިނގާ ރާއްޖޭގައި. އެކަމަކު ރަނގަޅަށް އުޅޭ ބަޔަކު މިސްކިތައްއަރާ ނަމާދު ކޮށްލައިގެން ރަނގަޅަށް އުޅުނީމާ ނިމުނީ.

The name is already taken The name is available. Register?

ހަންންނާން

22 September 2022

އަހަރެން ފަތިސްނަމާދު ނިމިގެން ޓެކްސީކުރަން ކާރަށް އަރަން. ފަތިހު 5 އާއި 6 ދެމެދު ހިޔާ ފްލެޓްތަކުން ތައިލެންޑް އަންހެކުދިން ގެންދަން ބުނާނެ ރަށްދެބައި މަގު ޗަންޕާ ސެންޓްރަލްއަށް. ވަރަށް ރީތިވޭލާގެން ބޮލުން ތެތްކަންވެސް ނުކެނޑި ވަރަށް އަވަސްއަރުވާލާފަ ތިބޭނީ. ބައެއް ފަހަރު އެމީހުން ބަލާ ދިވެހި ފިރިހެނަކު ހަވާލުވާން ހުރޭ. އެކުދިން ގެންދަން ކާރަށް އަވަސް ރައިޑު މެދުވެރިކޮށް ގުޅަނީ ދިވެހި ފިރިހެނުން.

The name is already taken The name is available. Register?

ހިޔާލީ އަލީ

22 September 2022

މިވަރަށް ދީން ދެކެ ލޯބިވާމީހުން އުޅޭ ގައުމެއް ނަމަ އަމިއްލައަށްވެސް ތި ކަހަލަ ތަންތަނަށް ނުގޮސް ހުއްޓާލާނެ، އެހެން ވިޔަސް ވަގުވަގަށް ތި ކަހަލަ ކަންތައްތައް ކުރަމުން ސޯސަލް މީޑިއާގަ މާ މާތް މީހެއް ސިފަވާ ޕޯސްޓުތައް ކުރަމުން އުޅޭނީ، އެއީ އަސްލު ދިވެހިންގެ ސިފަ

The name is already taken The name is available. Register?

ޓ ޒރ ޓ ތރ

22 September 2022

ބިރެއްނެތި މަނާކުރަން ބޭނުންވާ މީހުންގެ ހިތް ރުއްސަން ކޮންމެ ކަމެއްވެސް ކޮށްފާނެއެވެ. ފިޔަވަޅު އަޅާނެ ބަޔަކު، މުއައްސަސާއެއް ނެތެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

The name is already taken The name is available. Register?

ފަސްމަނ

22 September 2022

އަލަމްގީރު ކަންތަކުގަ ވެސް ނޫކުލައިގެ ޔުނިފޯމް އެޅި ކުއްޖަކު އެއްމެ ކުރީގަ އުޅެނީ. ތިޔަތަންތަނުގެ ކިއުގަވެސް ގިނަވާނީ އެސޮރުމެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454