މިހާ އަގުބޮޑު ބިމެއްގައި ޖަލެއް ހުރުން މުހިއްމުތަ؟

މާފުށީ ޖަލު: މި ޖަލު ހުންނަ ސަރަހައްދުގައި ވެސް ގެސްޓްހައުސް ހިންގާ -- ފޮޓޯ: މިހާރު ފައިލް ފޮޓޯ

މި ރަށުގައި މީގެ 12 ވަރަކަށް އަހަރު ކުރިން ޓޫރިޒަމްގެ ވިޔަފާރި ފެށިއިރު، ރަށުގެ އެއް ފަރާތުގައި ހުރި ބޮޑު ޖަލަކީ އެކަމަށް އެޅޭނެ ހުރަހެއް ކަމަށް ބައެއް މީހުންނަށް ގަބޫލުކުރެވުނެވެ. އިންވެސްޓްމަންޓުތައް ބޭކާރުވެ، މާލީ ގެއްލުމަކާ ކުރިމަތިވާނެ ކަމަށް ދެކި، އެންމެ ފުރަތަމަ ގެސްޓް ހައުސްގެ ވިޔަފާރި ފެށި ފަރާތްތަކުން ވެސް އެކަން ކުރީ އަމިއްލަ ރިސްކެއްގަ އެވެ.

އޭގެ ތެރެއިން އެކަކަކީ، 2011 ވަނަ އަހަރު ލޯކަލް ޓޫރިޒަމްގެ ތެރެއަށް ނުކުތް އަދި މިހާރު މި ރަށުގައި އެންމެ ވަރުގަދަ އަށް މި މަސައްކަތްކުރާ ޓްރައިޓަންގެ އެއް ހިއްސާދާރު އިބްރާހިމް މުރުތަލާ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާފުށީގައި ގެސްޓް ހައުސްގެ ވިޔަފާރި ފެށިއިރު ޖަލު ހުރުން ކޮންމެ ވެސް ވަރަކަށް މައްސަލައަކަށް ވި އެވެ. ސޯޝަލް މީޑިއާގައި މާފުށީ ޖަހައި ސާޗު ކޮށްލާއިރު، ޖަލުގައި ހިނގި ހިތާމަވެރި ހާދިސާތައް ފެނުން ވެގެން ދިޔައީ އޭރު ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، މާފުށީ ޖަލު އެހެން ރަށަކަށް ބަދަލުކުރަން ގެސްޓް ހައުސްތަކަށް އޭރު އެދުނެވެ. އެކަމަކު، އެކަން ކުރިއަކަށް ނުދިޔަ އެވެ.

ނަމަވެސް މާފުށީގައި ވަރަށް ހިތްވަރު ގަދަ ބައެއްގެ މަސައްކަތުން އެކަން ބަދަލުކޮށްލައިފި އެވެ. ވަކިވަކި ޓޫރިސްޓުންނަށް އެ ޖަލުގެ ހާލަތު ކިޔައިދީގެން އެ މީހުންގެ އިތުބާރު ހޯދައިފި އެވެ. މީގެ ކުރިން ފެނުނު ޖަލުގެ ބަދަލުގައި މިހާރު ފެންނަނީ މާފުށީގެ ބޮޑެތި ގެސްޓް ހައުސްތަކާއި ރަށުގައި ޓޫރިސްޓުން ހެލިފެލިވެ އުޅޭ މަންޒަރެވެ.

"މި ވަގުތު އެއީ [ޖަލު ހުރުމަކީ] މައްސަލައެއް ނޫން،" މުރުތަލާ ވިދާޅުވި އެވެ.

ޖުމުލަ 10 ކޮޓަރިއާއެކު ގެސްޓް ހައުސްގެ ވިޔަފާރިއަށް ނުކުތް ޓްރައިޓަން އިން މިހާރު އަންނަނީ އެ ކުންފުނީގެ ހަތަރު ވަނަ ގެސްޓް ހައުސް އިމާރާތް ކުރަމުންނެވެ. ކޮޓަރީގެ އަދަދު ވެސް 80 އަށް އިތުރުވެއްޖެ އެވެ.

ނަމަވެސް މުރުތަލާގެ އެ ވިސްނުމަށް، މި ރަށުގައި ގެސްޓް ހައުސް ހިންގުމުގައި އަހަރުތަކެއް ވަންދެން އިސްކޮށް އުޅުނު މީހަކު އެއްބަހެއް ނޫނެވެ.

މާފުށީގެ މަތިން ނަގާފައިވާ ފޮޓޯއެއް.- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ގަބޫލުކުރާ ގޮތުގައި ބިމުގެ އަގު މިލިއަނުން އަރައި، ރަނަށް ބަދަލުވެގެން ގޮސްފައިވާ މާފުށީގައި ޖަލު ހުރުމަކީ މައްސަލައެކެވެ. ނުރައްކާތެރި ކުށްވެރިން ތިބި މި ޖަލު މީހުން ދިރިނޫޅޭ ރަށަކަށް ބަދަލުކުރުން މާ ބުއްދިވެރި ކަމަށް، ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި މީހާ ބުންޏެވެ.

ޖަލު ހުރި ބިމުގެ ބޮޑުމިނަކީ 99،000 ސްކެއާ މީޓަރެވެ. އެއީ، މި ރަށުގައި މިހާރު ބިން ހުރި އެވްރެޖު އަގު، އަކަފޫޓަކަށް 2،700ރ. ގެ ރޭޓުން ބަލާ ނަމަ 2.4 ބިލިއަން ރުފިޔާ އެވެ. އަދި އަލަށް ހިއްކި 25 ހެކްޓަރުގެ ބިމާއެކު، މުޅި މާފުށީގެ ބިމުގެ އަގު އެތައް ބިލިއަން ޑޮލަރަކަށް އަރާނެ އެވެ.

"ގެސްޓް ހައުސް ހުންނަން ޖެހޭ ތަނުގައި ހުރީ ޖަލު. އެ ތަނުގައި ވަރަށް ރީތި މޫދެއް އޮންނާނެ. ޖަލު ހުއްޓަސް ރަށުގެ މީހުން ބިރެއް ނުގަނޭ. އެކަމަކު، ހުރިހާ ގެސްޓް ހައުސް އެއް ޓޫރިސްޓުންނާ އެކު ފުރިފައި އޮންނައިރު ކަމެއް ދިމާވާއިރު އެތައް ބައެއްގެ ފުރާނަ ނުރައްކަލެއް އެޅިފައި އޮންނާނެ. އެންމެ ރަނގަޅު ގޮތަކީ އެ ޖަލު ބަދަލުކުރުން،" އޭނާ ބުންޏެވެ.

ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި މިހާރު މާފުށީގައި ވިޔަފާރި ކުރައްވާ އާދިލް ސަލީމް ވިދާޅުވި ގޮތުގައި، މާފުށީ ޖަލުގެ ސަބަބުން، މި ރަށުގެ ޓޫރިޒަމަށް ވަރަށް ބޮޑު ހިޔަންޏެއް އޮތީ އެޅިފަ އެވެ.

"ދުނިޔެ ގަބޫލުކުރާ ވަރުގެ ޓޫރިޒަމެއް މި ރަށުގައި އެބައޮތް. އެކަމަކު މި ރަށް އަދިވެސް މަޝްހޫރީ ޖަލުގެ ސަބަބުން. އެއީ މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.

"އަނެއް ކަމަކީ، މި ބިމުގެ އަގަށް ބަލާއިރު މި ރަށެކޭ މާލެއެކޭ މިހާރު ތަފާތެއް ނެތް. އެހާ ބޮޑު ބިމެއް ޖަލު ހަދާށޭ ކިޔައިފައި ދީފައި އޮތުމަކީ، އަޅުގަނޑަކަށް ހިޔެއް ނުވޭ ސަރުކާރުން ވިސްނައިފައި އޮތް ކަމެއްހެން ވެސް، ސަރުކާރަށް ވަރަށް ބޮޑު ފައިދާއެއް ލިބިދާނެ ކަމެއް އެއީ. އެތައް ބައިވަރު ހޮޓާތައް އެޅޭނެ ބިމެއް އެއީ،" އާދިލް ވިދާޅުވި އެވެ.

މާފުށީގެ ޓޫރިޒަމް މިހާ ފުޅާވެގެން އަންނައިރު، މި ރަށުގައި ޖަލު ހުރުން މުހިންމުތޯ ދެންނެވުމުން ކައުންސިލްގެ ރައީސް ހަސަން ސަލާހު އެންމެ ފުރަތަމަ ވެސް ވިދާޅުވީ މާފުއްޓަށް ޖަލު ބޭނުންވާ ކަމަށެވެ.

"ޖަލަކީ އަޅުގަނޑުމެންގެ އިންޖީނު ހަމަ. ވަރަށް ގިނަ މުވައްޒަފުން އެ ތަނުގައި އެބަ އުޅޭ. އަޅުގަނޑު ބައެއް ޓޫރިސްޓުންނާ ވާހަކަދައްކާލީމަ އެ މީހުން ދެކެނީ ވަރަށް ސޭފް ރަށެއްގައި ވީމަތާއޭ ޖަލު އިންނާނީ. އެގޮތަށް ވެސް މާނަ ނަގާ،" ސަލާހު ވިދާޅުވި އެވެ.

މާފުށީގައި ޓޫރިސްޓުންތަކެއް އެކްސްކާޝަން އަށް ދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި މާފުށީ ޖަލު އެ ތަނުން ބޭރުކުރަން އިންވެސްޓަރުން ޑިމާންޑެއް ނުކުރެ އެވެ. ނަމަވެސް ބައެއް ފަހަރު މާފުށީ ޖަލު ކިޔާތީ މައްސަލަ ދިމާވާކަން ފާހަގަކުރެއްވި އެވެ.

ޖަލު އޮފިސަރެއްގެ ގޮތުގައި 12 އަހަރު ވަންދެން މަސައްކަތްކުރެއްވުމަށް ފަހު، ކައުންސިލަށް ވަޑައިގެންނެވި ސަލާހު ވިދާޅުވީ އެ ތަން ފަޅާލައިގެން ނުކުތުމުގެ ފުރުސަތެއް ނެތް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެތަން ފަޅާލާފައި ނުއެއް ނިކުމެވޭނެ. އެއީ ރިސްކެއް ނޫން،" ކަރެކްޝަންސްގެ އިމަޖެންސީ ރެސްޕޮންސް ޓީމުގައި ކުރިން މަސައްކަތް ކުރެއްވި ސަލާހު ވިދާޅުވި އެވެ.

"އަނެއް ކަމަކީ އެއީ މި ރަށުގެ ވަރަށް ގިނަ މީހުން ވަޒީފާ އަދާކުރާ ތަން. އެތައް ބައިވަރު މީހުން އެތާނގައި އެބަ ވަޒީފާ އަދާކުރޭ."

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ގޮތުގައި މާފުށީގައި ޖަލު ހުންނާތީ މިހާތަނަށް އެއްވެސް ފަރާތަކުން މިނިސްޓްރީ އަށް ޝަކުވާއެއް ހުށަހަޅާފައެއް ނުވެ އެވެ. އެ މިނިސްޓްރީން މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަނީ މާލޭގައި ހުންނަ ޖަލު، ހުޅުމާލެ އަށް ބަދަލުކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

މާފުށީގެ ބިން ފުރި، ބިމުގެ އަގު ރަނަށް ވެއްޖެ އެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ދިހަވަރަކަށް އަހަރުގެ ތެރޭގައި މުޅި މާފުށި ފެންނާނީ ޓޫރިސްޓް ހޮޓާތަކުން ފުރިފައި އޮއްވަ އެވެ. އެހާ ކާމިޔާބު ޓޫރިޒަމެއް މިހާރު ވެސް އޮތް ރަށެއްގައި، ޖަލު ހުރުން މުހިންމުތޯ، މިއީ ހަމަ އިންވެސްޓަރުން އުފައްދާ ސުވާލެކެވެ.

12 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 33%
icon angry icon angry 17%
icon wow icon wow 17%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދު2525

26 November 2022

ޖަލު މިހާރުން މިހާރަށް ނަގަން ޖެހޭ ، މާފުށީގަ ޑުރަގް ގެ މައްސަލަތަށް ފެސިގެން އައީ ޖަލުގެ ސަބަބުން

The name is already taken The name is available. Register?

ގެސްޓް

26 November 2022

ތިވަރުން ދަންޏާ މިސްކިތްތައްވެސް ނަގާ ގެސްޓްހައުސްއަށް ބަދަލުކުރާނެ ، ރާއްޖޭގެ އެހެން ރަށްރަށުގަ ނުވާ ރީތިކަމެއް ނުވަތަ ހާއްސަކަމެއް މާފުއްޓަށްވަކި ލިބިގެންނުވޭ އެހެންވީމަ އަމިއްލަ އެދުމާއި ބޮޑާކަން ނުދައްކާ ކުރިއަށްދޭ.އެހެން މާކެޓެއް ހުޅުވޭ އިރަށް މާފުއްޓަށް ގެސްޓުން އަންނަންޖެހޭނެ އެއްވެސް ސަބަބެއް އަދި ހާއްސަކަމެއްވެސް ނެތް.

The name is already taken The name is available. Register?

ދޮންކެޔޮޅު

25 November 2022

ޖަލުގެ ނަމުގެ ކުރިޔަށް ރީތިނަމެއްލާންވީ އޯކޭވާނެ.

The name is already taken The name is available. Register?

ވަންމޭޏް

25 November 2022

ޖަލަކީ ވެސް ޓޫރިޒަމާ އެއްވަރުގެ ނަފާ ބަޔަކު މީހުން ހޯދާ ތަނެކެވެ. ފާޑު ފާޑުގެ ކޯލްތަކާ މަސްތުވާތަކެތީގެ ވިޔަފާރިއާއި ކޮންޓްރެކްޓް އުސޫލުން އެކި ބާވަތުގެ ކުށްކޮށްގެން އަރާމުގަ އުޅެގެން ބަޔަކު ފައިސާ ހޯދާ މުއްސަނދިވަނީ އެވެ. ކައުންސިލާ އެހެނިހެ އިދާރާތައް ނިދާފަ އެވެ.

The name is already taken The name is available. Register?

މާފުށީމީހާ

24 November 2022

ޖަލަކީ އާދިލް ސަލީމަށް ބިރަކަށްވިއަސް މިރަށު މީހުންނަށް ބިރަކަށްވާތަނެއް ނޫނެވެ. އެއީ ރަށުގެ ފަހުރެކެވެ. މާފުށި މާފުއްޓަށްވީ ޖަލާހެދިއެވެ. ރަށް ސާފުކޮށް މިއޮންނަވަރަށްވެސް މިއޮންނަނީ ޖަލުގެ މުވައްޒަފުންގެ ސަބަބުންނެވެ. ރަށުގެ މަގު ދޭތެރެ ދޭތެރެއިން ލެވެލް ކުރަން ނުކުންނަނީ ޖަލު އޮފިސަރުންނެވެ. އަހަރެމެން ކުދިންނަށް ބޭންޑު ހަރަކާތާއި ކެޑެޓު ހަރަކާތް ހިންގަދެނީ އެމީހުންނެވެ. ރަށުގެ ތިބެގެން ބޮޑު މުސާރަ މަހުން މަހަށް ހަމައަށް މިލިބެނީ އެތަނުން.

The name is already taken The name is available. Register?

ދެލޯފުޅާ މާލޭގައި ވެސް ޖަލެއް އެބަހުރި އިނގޭ!

24 November 2022

ދިވެހިރާއްޖޭގައި އޮތް އެންމެ އަގުބޮޑު އަދި އެންމެ ޑިމާންޑްބޮޑު ބިން ކަމުގައިވާ " މާލޭ" ގައި ވެސް "މާލޭޖަލު" ގެ ނަމުގައި ވަރަށްބޮޑު ބިމެއްގައި އެހައިމެ ހިތްފަސޭހަ އެންމެ ބޭރުމަގުގައި ވިލާ ހައި ސްކޫލް އާއި ދަރުމަވަންތަ ސްކޫލް ކައިރީގައި އެބަހުއްޓެވެ. އެތަން ހުސްކުރާކަށް މާލޭ މީހުން ނުގޮވައެވެ.

The name is already taken The name is available. Register?

ޖުލައި2021

24 November 2022

އެކަށީގެންވާ ފެންވަރުގެ މިޒަމާނާ ގުޅޭ ހުރިހާ ވަސީލަތެއްފުރިހަމަ 5000 މީހުންގެ ޕުރިޒަން ކޮމްޕުލެކެސް އެއް އަޅަންވީ ތިލަފުށީގެ، ދެން ހުރި ހުރިހާ ޖަލެއް ބަންދުކުރަންވީ، އެއީ އޮޕަރޭޝަނަލީ ވަރައްބޮޑަށް ކޯސްޓު ދައްކުރެވޭނެ، އަދި ޖަލުމީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ، ރިހެބިލިޓޭސަންދޭން ފަސޭހަވާނެ.

The name is already taken The name is available. Register?

ސިދުގީ

24 November 2022

ހުރިހާ ކަމެއް މާލެއަށް އެއްކުރުމުން މާލެމީހާއަށް ފައިސާ ފޮއްޗެއް އިތުރުވާނީ.

The name is already taken The name is available. Register?

hasn

24 November 2022

މިހާރު މުޅިދުނިޔެއަށް މަޝްހޫރު ވެފަ އޮންނަނީ އެގޮތަށް ، މީގެންވެސް ޓޫރިސްޓުންގެ ޝައުގު ވެރިކަން ދަމައިގަންނަ ކަމަކަށް ވާތީ ، ރަގަޅު ސޭލްސް ޕޮއިންޓެއްތާ !

The name is already taken The name is available. Register?

ވަހީދު

24 November 2022

ތިޔަ ރަށުގަ މާލެ އަތޮޅުގެ އެހެން ރައްތަކާ ހިލާފަށް ބާރު ސްޕީޑް އެއްގައި ކުރިޔަށް ދިޔަ ހަމަ އެކަނި ސަބަބަކީ ފެނާ، ނަރުދަމާ އަދި ކަރަންޓް ގެ ހިދުމަތް ރަގަޅު ފެންވަރެއްގަ ލިބެން ހުރުން. މި ހިދުމަތް ތަށް މާފުޝީގަ ލިބެންހުރި ސަބަބަކީ ތިޔަތާ އެހާ ބޮޑު ޖަލެއް ހުރުން. ހިދުމަތް ދޭފަރާތް ތަކަށް ޕްރޮޖެކްޓް ވަޔަބަލް ވަނީ ދާއިމީ އާމްދަނީ އެއް ލިބެން ހުރުން.

The name is already taken The name is available. Register?

ސިދުގީ

24 November 2022

މުޅިން ރަނގަޅު ވާހަކައެއް ނޫން. މާފުއްޓަކީ މާލެއަތޮޅު އެހެން ރަށްތަކާ ހިލާފަށް ވައްކަން ކުރުމާއި ޒާތީ ކަންކަން އިސްކޮށް މާރާމާރީ ހިންގައި ރަށު ނޫން އެހެން މީހުންނާއި ވިޔަފާރިވެރިންނަށް އިހުތިރާމް ކުރި ބައެއް. ރަށުގެ ގުދުރަތީގޮތުން އުފެދިފައިވާ ގޮތުންވެސް "ސަޅި" ކަމެއް ހުރޭ.

The name is already taken The name is available. Register?

ދުމްމ

24 November 2022

ޖަލު ހެދިއިރަކު ތިބިމަކު ނެތޭ އަގެއް. ދެން ޖަލު ބަދަލުކުރަންވީ އަނެއްކާވެސް އަގެއްނެތް ބިމަކަށް. އެބިން އަނެއްކާވެސް އަގު އެރީމަ ޖަލު އެވީ އެހެން ތަނަކަށް ބަދަލުކުރަން؟ އެއަށްވުރެ ރަނގަޅެންނު ޖަލެއް ނެތަސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454