ދަހިވެތިކަން، ނުބައި ނިޔަތް: ފާފު މަޝްރޫއު އެނބުރި އަތުވެދާނެތަ؟

ހިމިތި މަތިން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: ޖައިލަމް މަހުމޫދު/ މިހާރު

އެންމެން ވެސް އެއްބަސްވާ ކަމަކީ، ފަސް ބިލިއަން ޑޮލަރުގެ ޓޫރިޒަމް މަޝްރޫއެއް ހިންގައިފި ނަމަ ރާއްޖޭގެ އިގްތިސާދު އަނެއްފުށަށް ޖަހާލާނެ ކަމެވެ. މީގެ 10 ވަރަކަށް އަހަރު ކުރިން، ފ. ހިމިތީގައި އެވަރުގެ މަޝްރޫއެއް ހިންގަން ސައުދީގެ ޝާހީ އާއިލާ އިން ނިންމައި، އެ މަސައްކަތުގެ ބިންގާ ނާޅަނީސް ވެސް އެތައް ބަޔެއްގެ ޖީބުތައް ފުރުނެވެ.

ސައުދީ ޝާހީ އާއިލާ އިން ސަރުކާރާ މަޝްވަރާ ކުރަމުން ދިޔައީ ހިމިތި އާއި ހިމިތި ކައިރީގައި އޮތް ދެ ފަޅެއް ތަރައްގީކޮށް، ދުނިޔޭގެ ނެތް ފެންވަރުގެ، އެ ބޭފުޅުންގެ އަމިއްލަ ޗުއްޓީ މަންޒިލެއް ހަދާށެވެ. އޭގެ އިތުރުން، އެ ބޭފުޅުންގެ ޕްރައިވަސީ އަށް ބަލައި، ފ. އަތޮޅުގައި އޭރު އޮތް ދެ ރިސޯޓެއް ވެސް އެ ބޭފުޅުން ބައްލަވައިގަންނަވަން ނިންމެވި އެވެ. އެ ރިސޯޓްތައް އަގު ވެސް ކުރި ކަމަށް ވެ އެވެ.

އެކަމަކު، ވީ ކިހިނެއްކަން ނޭނގި އެ މަޝްރޫއު ހުއްޓުނީ އެވެ. ވީ ކިހިނެއް ކަން، އެނގޭ އެއްވެސް ބަޔަކު ނެތެވެ. ޚުދު ސަރުކާރަަކަށް ވެސް އެކަމެއް ނޭނގެ އެވެ. އަދި، އެ މަޝްރޫއު ދެން ކުރިއަށް ދާނެތޯ، ނުވަތަ ނޫންތޯ، އެއެއް ވެސް ނޭނގެ އެވެ. ހިމިތި އޮތީ އަރާނެ ބަޔަކު އަރަން ދޫކޮށްލައިފަ އެވެ.

ސައުދީ ޝާހީ އާއިލާ އިން ހިންގަން އުޅުނު ބިޔަ މަޝްރޫއުގެ ހަމަ އެއްވެސް ކަމެއް މިހާރު ކުރިއަކަށް ނުދެ އެވެ. ކުރިން އެކިއެކި ވަފުދުތައް އިރުއިރުކޮޅާ އަންނަމުން ދިޔަޔަސް، އެއިން އެއްވެސް ވަފުދެއް ނާންނަތާ މިހާރު ހައެއްކަ އަހަރުވީ އެވެ.

ހަގީގަތުގައި ވެސް ހިންގަން އުޅުނު މަޝްރޫއެއްތޯ ސުވާލު އުފެދޭ!

ސައުދީ ޝާހީ އާއިލާގެ ގާނޫނީ ޓީމާ ގުޅުން އޮތް، މި މަޝްރޫއުގެ ކަންކަން ވަރަށް ގާތުން އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ މިއީ ހަމަ ހިންގަން އުޅުނު މަޝްރޫއެއްތޯ އޭނާ އަށް ސުވާލު އުފެދޭ ކަމަށެވެ.

ހިންގަން އުޅުނު ނަމަ ހިންގީސް. އެކަން ނުވާން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ.

"ހިންގަން އުޅުނު ނަމަ ހިންގީސް. އެކަން ނުވާން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގިފައި އޮތް ގޮތުން މިކަހަލަ ވަރަށް ގިނަ މަޝްރޫއުތައް ހިފައިގެން ސައުދީގެ ޝާހީ އާއިލާގެ އެކި ބޭފުޅުން ދުނިޔޭގެ އެކި ތަންތަނަށް ވަޑައިގަންނަވާނެ. އެ ބޭފުޅުން ހައްދަވާ ގޮތަކީ މިސާލަކަށް ޕްރޮޖެކްޓެއް ހިންގަން 300 ވަރަކަށް މިލިއަން ޑޮލަރު ސަރުކާރުން ނަގައިފައި އޭގެ ފީސިބިލިޓީ ހަދާނީ. އެ ފީސިބިލިޓީ އަށް ހޭދަވާނެ 100 ވަރަކަށް މިލިއަން ޑޮލަރު. ދެން ފީސިބަލް ނުވާ ކަމަށް ނިންމާނީ. އޭރު ބާކީ ވާނެ 200 މިލިއަން ޑޮލަރު. އެ ހޭދަކުރާނެ އެ ބޭފުޅުންގެ މުނިފޫހިފިލުވުމަށް."

ފ. އަތޮޅުގެ މަޝްރޫއަކީ ވެސް އެކަހަލަ މަޝްރޫއަކަށް ވުން ގާތް ކަމަށް އޭނާ ވިދާޅުވި އެވެ. ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއުގެ ފީސިބިލިޓީ އަށް ވެސް 100 ވަރަކަށް މިލިއަން ޑޮލަރު ހޭދަކޮށްފައި އޮވެދާނެ ކަމަށް އޭނާ ލަފާ ކުރައްވަ އެވެ.

އެންމެ ފުރަތަމަ ހިމިތި ހަދަން ވެގެން އުޅުނު އިރު އަޅުގަނޑަށް އޭގެ ތެރޭގައި އުޅެވުނު ކޮންމެވެސް ވަރަކަށް. އޭރު އެ ބޭފުޅުން އެ ރަށް ކުއްޔަށް ނަންގަވައިފައި މައްސަލަ ޖެއްސެވި ޓެކްސް އާއި އެހެން ބައެއް ޓެކްސްތަކާ ދޭތެރޭ ވެސް. އެއީ ކީއްވެގެން ދައްކަން ޖެހޭ އެއްޗެއްތޯ އަހައި އެއާ ދޭތެރޭ ވެސް ޝަކުވާ ކުރެއްވި.

"އަޅުގަނޑު މިހެން މި ދެންނެވީ ސަބަބުތަކެއް އޮވެގެން. އެންމެ ފުރަތަމަ ހިމިތި ހަދަން ވެގެން އުޅުނު އިރު އަޅުގަނޑަށް އޭގެ ތެރޭގައި އުޅެވުނު ކޮންމެވެސް ވަރަކަށް. އޭރު އެ ބޭފުޅުން އެ ރަށް ކުއްޔަށް ނަންގަވައިފައި މައްސަލަ ޖެއްސެވި ޓެކްސް އާއި އެހެން ބައެއް ޓެކްސްތަކާ ދޭތެރޭ ވެސް. އެއީ ކީއްވެގެން ދައްކަން ޖެހޭ އެއްޗެއްތޯ އަހައި އެއާ ދޭތެރޭ ވެސް ޝަކުވާ ކުރެއްވި،" އޭނާ ވިދާޅުވި އެވެ.

"އެކަން ވެސް އޭރު ހުއްޓުނީ. އޭގެ ފަހުން އަނެއްކާ ވެސް ބިޔަ މަޝްރޫއެއްގެ ގޮތުގައި ހިމިތި އައީ. އެކަމަކު އެކަން ހުއްޓާލަން ޖެހޭ ސަބަބެއް ނެތް ހަގީގަތުގައި. އޮތް ކަމަށް އޮންނާނީ ރާއްޖޭގެ ސިޔާސީ ކަންކަން. އެކަމަކު އެހެން އޮއްވާ ގާނޫނުއަސާސީގެ ވޯޓު ވެސް ނެގީ."

އޭނާ ވިދާޅުވި ގޮތުގައި އޭނާ އަށް ލިބިވަޑައިގެންފައިވާ މައުލޫމާތަށް ބަލާއިރު، ފ. އަތޮޅުގެ މަޝްރޫއު ހުއްޓާލި މައިގަނޑު ސަބަބަކީ ފީސިބަލް ނުވުމެވެ. އެކަމަކު، އެހެން ވިދާޅުވެފައި އޭނާ ވިދާޅުވީ އަމިއްލަ މަންޒިލެއްގެ ގޮތުގައި ތަރައްގީކުރާ ތަނެއް ފީސިބަލްތޯ ބަލަން ވެސް ނުޖެހޭ ކަމަށެވެ.

"އެ ބޭފުޅުން އަމިއްލަ އަށް ދެއްތޯ ކޮންސެޕްޓް ހަދާނީ ވެސް،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ އެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ނިޔަތެއް ނެތް ހެން."

ދަހިވެތިކަން ބޮޑު، ނިޔަތް ނުބައި، ބޮޑެތި މަޝްރޫއުތައް ގެންނާކަށް ނޭނގެ

މި މަޝްރޫއު ހިންގުމުގެ ނިޔަތް ސައުދީގެ އޮތް ކަމަށާއި އަދި އެކަން އަވަސް ކުރަން ވެސް ސައުދީން ވަރަށް ބޮޑަށް ބާރު އެޅި ކަމަށް އޭރު ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވިދާޅުވި އެވެ. އެ ބޭފުޅުން ވިދާޅުވީ، މަޝްރޫއު އޮތީ ފަށާ ހިސާބުގައި ކަމަށާއި ނުނިމި އޮތް ކަމެއް ނަމަ އެއީ ސަރުކާރުން ކުރަން ޖެހޭ ކަންކަން ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

އެކަމަކު، މަޝްރޫއުގެ މަސައްކަތް ނުފެށި އުޅެނިކޮށް 2015 ގައި ހުއްޓުނީ އެވެ. އޭރު ރާއްޖޭގެ ސިޔާސީ މާހައުލު ވެސް އޮތީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން "ފިނިފެންމާ" ލޯންޗުގައި ބޮމެއް ގޮއްވާލިކަމުގެ ތުހުމަތުގައި އަދީބު ނައިބު ރައީސް ކަމުން ވަކިކުރި އެވެ. އަދީބަކީ ސަރުކާރުގެ ފަރާތުން މި މަޝްރޫއުގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅާ އެވެ. އެކަމަކު، މި މަޝްރޫއުގެ ކަންކަން ދެނެވަޑައިގަންނަވާ ބައެއް ބޭފުޅުން ވިދާޅުވިގޮތުގައި އަދީބު މަގާމުން ވަކިކުރުމުގެ މަސްތަކެއް ކުރިން މަޝްރޫއު އޮތީ މަޑުޖެހިފަ އެވެ.

"ފަސް ބިލިއަން ޑޮލަރުގެ މަޝްރޫއެކޭ ބުނީމަ ސަރުކާރަކަށް ދެން ނޭނގެ ވީ ގޮތެއް،" އެއް ބޭފުޅަކު ވިދާޅުވި އެވެ.

"މި މަޝްރޫއަކީ ސަރުކާރަށް ވެސް ނޭނގި ތިއްބާ އައި މަޝްރޫއެއް. ރައީސް ވަހީދުގެ ދައުރުން ފެށިގެން އައިސް ރައީސް ޔާމީނާ ހަމައަށް އައިސް ދެން ހިނގައިގަތީ. އެކަމަކު ޔާމީންގެ ސަރުކާރަށް މިވަރުގެ ޕްރޮޖެކްޓެއް ހޭންޑްލް ކުރަން ނޭނގިގެން ގޮސް، އެޑްވާންސްކޮށް އެކިފަހަރުމަތިން ފައިސާ ނަގައި ފޫހިކޮށްލުވީ."

އޭނާ ވިދާޅުވި ގޮތުގައި މި މަޝްރޫއު ނުފެށެނީސް އެކި ކަންކަމަށް ސައުދީގެ ޝާހީ އާއިލާ އެކިވަރަށް އެކި އަދަދުތަކުން މީގައި އުޅޭ މީހުންނަށް ފައިސާ ދިނެވެ. އަދި ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، މަޝްރޫއުގައި ސޮއިކުރާ ދުވަހު ސައުދީ ޝާހީ އާއިލާ އިން 300 މިލިއަން ޑޮލަރު ދޭން އެއްބަސްވި އެވެ. އޭގެ ތެރެއިން ސަރުކާރަށް ނުވަތަ މީރާ އަށް 150 މިލިއަން ޑޮލަރު ލިބެ އެވެ.

އަނެއް 150 މިލިއަން ޑޮލަރު މި ލިބެނީ މީގެ ތެރޭގައި މިކަމުގައި އުޅުނު ދިވެހިންނަށް. އެކަމަކު އެއީ ދެތިން މީހެއް އެންމެ ގިނަވެގެން.

"އަނެއް 150 މިލިއަން ޑޮލަރު މި ލިބެނީ މީގެ ތެރޭގައި މިކަމުގައި އުޅުނު ދިވެހިންނަށް. އެކަމަކު އެއީ ދެތިން މީހެއް އެންމެ ގިނަވެގެން،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގިފައި އޮތީ ސައުދީން ސީދާ ބްރީފްކޭސްތަކުގައި ވެސް ފައިސާ ފޮނުވާކަން. ކޮން ކަމަކަށް ކީއްކުރަން ކަމެއް ނޭނގެ."

ހިމިތީގައި ޓޫރިސްޓުންތަކެއް ޕިކްނިކް ހަދަނީ -- ފޮޓޯ: މިހާރު

އޭނާ ވިދާޅުވީ މިކަހަލަ މަޝްރޫއުތަކުގައި ސަރުކާރުގެ ވެރިންގެ ދަހިވެތިކަން ހައްދުފަހަނައަޅައިފި ނަމަ ދެން ފެންނާނެ ނަތީޖާ ހިމިތި މަޝްރޫއުން މިއޮތީ ފެންނަން ކަމަށެވެ.

"އޭރު ކޮންމެ ކަމަކަށް ފައިސާ. މިކަމާ ގުޅުން ހުރި ވޯޓެއް ނެގިޔަސް އެ މީހުންނަށް ފައިސާ ދީގެން ނޫން ގޮތަކަށް އެކަމެއް ނުކުރެވޭ. އެހެންވީމަ ފުރަތަމަ ކަމަކީ ސައުދީ އަކީ ފައިސާ ހުރި ބަޔަކަށް ވާތީ މިކަމުގައި އަހަރެމެންގެ ނިޔަތް ވަރަށް ނުބައި،" އޭނާ ވިދާޅުވި އެވެ.

"އެހާ ދަހިވެގެން މިކަމެއް ނުވެއް ކުރެވޭނެ. ބޮޑެތި އިންވެސްޓްމަންޓްތަކަކީ ވަރަށް ބޮޑަށް ޕްލޭންކުރެވިގެން، އެ މީހުންނަކީ ބައެއް ކަމަށް ބަލައިގެން އުޅުނީމަ އަންނާނެ އެއްޗެއް."

ފ. އަތޮޅަށް ދެން މި މަޝްރޫއު އަތުވެދާނެތަ؟

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ހިމިތި ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ނުދާނެއޭ ވިދާޅުވެވެން ނެތް ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް އުންމީދުކުރާ މަޝްރޫއެއް އެއީ. އެކަން ނުވާނެއެކޭ ނުދެންނެވޭނެ،" އޭނާ ވިދާޅުވި އެވެ.

ހިމިތި މަތިން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: ޖައިލަމް މަހުމޫދު/ މިހާރު

މައުސޫމް ވިދާޅުވީ އޭނާ މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ މަޝްރޫއަށް ވީ ގޮތެއް ބެއްލެވި ކަމަށެވެ.

"އެއްވެސް ލިޔުމެއްގައި އެއްވެސް ގޮތަކަށް އެ މަޝްރޫއު ހުއްޓާލި ވާހަކައެއް ނެތް."

އެކަމަކު މިނިސްޓްރީން އުންމީދު ކުރަނީ އެ މަޝްރޫއު އަލުން ފެށެން އޮތް ހުރިހާ ގޮތެއް ބަލައި އެކަން ފެށުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހާއްސަކޮށް ސައުދީގެ އެއާލައިނެއް މިހާރު އޮޕަރޭޓް ވެސް ކުރަމުން ދާއިރު މުސްތަގުބަލުގައި އެންމެ ބޮޑު ރީޖަނަލް ކަނެކްޓިވިޓީ އެންމެ ބޮޑަށް ލިބޭނެ އެއް ގައުމު ސައުދީ އަކީ. ސައުދީގެ އިންވެސްޓްމަންޓް އަޅުގަނޑުމެންނަށް ވަރަށް މުހިންމު. ސައުދީ އިންވެސްޓްމެންޓެއް ގައުމަށް އައުމަކީ ގައުމުގެ ތޫރިޒަމް އިތުރަށް ސްޓޭބަލް ވާނެ ކަމެއް،" މައުސޫމް ވިދާޅުވި އެވެ.

ހިމިތި މަތިން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: ޖައިލަމް މަހުމޫދު/ މިހާރު

އޭނާ ވިދާޅުވީ މަޝްރޫއެއްގައި އޮންނަނީ ޝައުގު ކަމަށެވެ. އަދި އެއީ، ދެ މީހަކު ރައްޓެހިވެގެން އުޅުން ކަހަލަ ކަމެއް ކަމަށް މިސާލު ޖައްސަވަމުން ވިދާޅުވީ، އޭގެ ތެރެއިން އެކަކު ރުޅިވާން ބޭނުންވިޔަސް، އެ ގުޅުން ދެން ކުރިއަށް ނުދާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މާޒީގައި އެބަހުރި ގައުމެއްގެ ގޮތުގައި ސުވާލުކޮށްފާނެ ކަންކަން މި މަޝްރޫއުގެ ތެރޭގައި ހިނގައިފައި،" ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވި އެވެ.

އެއްގޮތަކީ ވަރަށް ހިތި ތަޖުރިބާތަކެއް އެ ބޭފުޅުން އޭރު އެ ކުރެއްވީ. އަނެއް ގޮތަކީ ހަމަ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ރާއްޖޭގައި އެކަން ކުރަން އުޅޭކަން ދެއްކީ.

އެކަމަކު، ސައުދީ ޝާހީ އާއިލާ އިން ދެން ފ. އަތޮޅުގެ މަޝްރޫއު ކުރިއަށް ގެންދިއުމަކީ ވަރަށް ނާދިރު ކަމެކެވެ. އޭގެ ސަބަބުތައް ވެސް ވަރަށް ބައިވަރެވެ. ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި، ރެޑްސީގައި މިހާރު ސައުދީން މިހާރު އެ ހިންގަނީ އެ ބޭފުޅުން ރާއްޖޭގައި އޭރު ހިންގަން ބޭނުންވި ކަހަލަ މަޝްރޫއުތަކެވެ. ދެން އެކަހަލަ އިންވެސްޓްމަންޓްތަކެއް ކުރާކަށް އެ ބޭފުޅުން ބޭނުމެއް ނުވާނެ އެވެ.

"އެއްގޮތަކީ ވަރަށް ހިތި ތަޖުރިބާތަކެއް އެ ބޭފުޅުން އޭރު އެ ކުރެއްވީ. އަނެއް ގޮތަކީ ހަމަ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ރާއްޖޭގައި އެކަން ކުރަން އުޅޭކަން ދެއްކީ،" މި ރިޕޯޓަށް ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

19 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 15%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަފަރުކަތްދަ

16 March 2023

އިސްތަށި ނުފަޅާ ކުޑަކުދިން ނުދައްކާނެ މިކަހަލަވާހަކަ މިވާހަކަގަބޫލުކުރާނީވެސް ދުނިޔޭން މޮޔަވެފަތިބިބަޔަކު ހޭބަލިވަންދެން ރެޔާދުވާލު މަގުތަކައް ނުކުގެ ސައުދީއައް ފާފު ވިއްކާލައި ނިމިއްޖެކަމައްބުނެ ރެޔާދުވަލު މުޒާހަރާކޮށް ނުވިތާކައް ރަސްގެފާންގެ ދަތުރުފުޅައް ހުރަސްއަޅައި އުޅުނުއިރު ތިބޭފުޅާ އުޅުއްވީ ކޮންތަނެއްގަ ކޮންހިސާބެއްގަބާވައެވެ ދޮގު ކިތައްމެވަރަކައް ތެދެއްކަމައް ހަދަން އުޅުނަސް އެވަނީ ދިގަކަށެވެ

The name is already taken The name is available. Register?

ބޮކަރުސީދީބޭ

16 March 2023

ދޮގުނުކުރެވޭނެ ހަޤީޤަތަކީ ޓުއަރިޒަމް ހަލާކުކޮށް އެތަން ބަދުނާމުކޮށް ބޮއިކޮޓް ކުރަން ގޮވިމީހުންގެ ދުއްޕާން ސައޫދީ ސަރުކާރަށްވެސް ފޯރުވީ. މުޅި ސޯސަލް މީޑިޔާގއި އެތަން ވިއްކާލަނީކަމަށް ގޮވައި ރައްޔިތުންނަށް ދޮގު މަޢުލުމާތުދީގެން މުޅި ޤައުމު ބަތާނަފުށަށް ޖަހަން މަސައްކަތްކުރީ މިހާރު ސަރުކާރު އަތުއަޅުވައިގެން ތިބި ދޮގުވެރިންގެ ވިހަ ދޫތަކުންކަން. ކަމުގެ ޙަޤީޤަތް ދަންނަ މީހަކު ދިން މަޢުލޫމާތެއްނަމަ ތިވަރުގެ ތެދުވެރިއެއްނަމަ ފޮރުވިގެން ނުހުރެ ނުކުމެބަލަ

The name is already taken The name is available. Register?

ވާނުވާ.

16 March 2023

ޚިޔާލީ ވާހަކަ

The name is already taken The name is available. Register?

ހުސެން 803

16 March 2023

ދެން ފާފުއަތޮޅު ހިފަހައްޓައިގެން ތިބޭ.. ލައްކަ ބޮނޑިވަރު ލިބިއްޖެއެއްނު.. ރިޒޯޓްއޯނަރުންނަށް ހީވީ އެމީހުންށް ރިޒޯޓްތައް ހުއްޓިދާނޭ،.. މާލޭގެ ބޮޑުންނަށް ހީވީ މާލެއަށް ބަރޯސާނުވެ އެހެން އަތޮޅެއް މާބޮޑަށް ކުރިއަރައިގެން ގޮސްދާނޭ ހިތައް އަރާ އެންޑި މުޒާހަރާތައް ޖެއްސީ.. ރާއްޖޭގެ ހަމަޖެހުން މުޅިން ގެއްލުވާލީ..

The name is already taken The name is available. Register?

ހަސަނު

16 March 2023

މުޅިން ވައްކަން.. ސައުދީ ޝާހީއާއިލާ އަތުން ފަސާ ބޮނޑިވަރު ނަގައިގެން މަޖުލިސްތެރޭ އެ ބަހައިގެން ސައިދީ އަށް ރާއްޖޭވިއްކާލަން އުޅުނި . އެވެސް އޮޅުވާލައިގެން މިކުރާން އުޅެނީ ކޮން ކަމެއްކަން ވެސް ނާންގާ..

The name is already taken The name is available. Register?

ބޮޑުމީހާ

16 March 2023

މިއަދުގެ ސަރުކާރުގަ މިތިބީ މިގައުމަށް ޓޫރިސްޓުން ނައުމަށް ފާޅުގައިގޮވާލާ މުޅި ބޭރު ދުނިޔޭގައި މިގައުމުގެ އަގު ވައްޓާލި މީހުން. މިމީހުންގެ ވެރިކަމުގަ ޕްރޮޖެކްޓެއް ގެނެވުނީކީ ނޫން. ކުރެވުނުހާވެސް ކަމަކީ އިންޑިއާއިން ދަރަނި ނެގުން. މިރިޕޯޓް ލިޔާ ނޫސްވެރިޔާއަށްވެސް ހަގީގަތުގައި އިގޭނެ މިވެރިން އިދިކޮޅުގަ ތިބިއިރު އުޅުނު ވައްތަރު

The name is already taken The name is available. Register?

ސަލްމީ

16 March 2023

މިއަދު ތިލަފުށިން އިންޑިޔާ 99 އަހަރަޢް ވިއްކަން އުޅޭ ބޮޑު މާސިންގާ ދެބިމެއްގެ މަސްރޫއަށްވެސް ރިޕޯޓެއް ހަދާލަބަލަ.

The name is already taken The name is available. Register?

މޮހޮދް އަލީ

16 March 2023

ޕްރޮޖެކްޓްތައް ގެންނަން ނޭނގޭ ބަޔަކަށް ނުވަތަ ފައިނޭންސް ހޯދަން ނޭނގޭ ބަޔަކަށް ކިހިނެތްބާ 7000+3000 ފްލެޓް އަޅައި ބްރިޖެއް އަޅައި ބޮޑު ހޮސްޕިޓަލަކާއި ވެލާނާ އެއާޕޯޓް އަޕްގްރޭޑް ކުރެވޭނީ؟ ކްރޮސް ރޯޑްސްއަކީ ފ އަތޮޅުގަ ހިންގަން އުޅުނު ޕްރޮޖެކްޓްގެ ކުޑަ މިސާލެއް. ޕްރޮޖެކްޓްތައް ގެނައުމަކީ މާ އުނދަގޫ ކަމެއް ނޫން ކަނެކްޝަން ރަނގަޅުވަނިކޮށް، ދެން ކުރަން ޖެހޭ ކަންތައް ކުރަން ހަޔާ ކުރަނީ ކޮންސަލްޓެންޓުން.

The name is already taken The name is available. Register?

ހަޑިގިއްލާ

16 March 2023

މާތްކަލާކޯ! މިހާރު ދުނިޔޭ މިއޮތީ ފޮރިންއިންވެސްޓްމަންޓަކަށް އިންވެސްޓަރުން ފަސްޖެހޭ ހާލަތެއްގަ! ރައީސް އިބޫގެ މުޅިދައުރު މިދިޔައީ އެ ނާންމާންކަމުގަ މުޅިދުނިޔެ ގޮތްހުސްވެފަ ވަނިކޮށް! ނަމަވެސް ހުރިހާއެއްޗެއް އިމްޕޯޓުކުރާ މިކުޑަކުޑަޤައުމު ބަނޑަށްނުޖެހި އެތެރެއާ ބޭރުގެ ޕްރެޝަރު މެނޭޖްކުރަމުން އަމާން އައްސޭރިޔަކަށް އެގެންދެވީ ހަމަމޮޅުކަމުން! މިއައްވުރެ ބޮޑު އިންވެސްޓްމަންޓެއް ދުނިޔޭގެ އެއްވެސް ވެރިޔަކަށް ނެތް ކުރެވިފައެއް. ޔާމީނަށް ލިބުނީ ރަންޒަމާނެއް

The name is already taken The name is available. Register?

ހަހަ

16 March 2023

ޔާމީނަށް ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ނޭނގިގެން ވީ ގޮތެކޭ ލިއުނީމަ ހަމަ އަންނަނީ ހިނި. މިގައުމުގަ ބިލިއަނުން ޓްރިލިއަނުންވެސް ކަމެއް ހިންގަން އެނގޭނެ ހަމައެކަނި މީހަކީ އެއީ. އެކަންކަން ހިންގާ ގޮތް ނޭނގޭ މީހުންނަށް ކިޔަން އެނގޭނެހާވެސް އެއްޗަކީ ޔާމީނު ކާ ވާހަކަ. އެއްފޮޅުވަތުގަ ވީ ގޮތެއް ހަމަ ނޭނގުނޭ ކިޔާފަ އޭގެ ފަހުން އަނެއްކާ ކުރަން ނޭނގުނީއޭ ތި ކިޔަނީ. ޔާމީނަކީ ކަންކަން ބިލިއަނުން ހިންގާލަން އެނގޭނެ މީހެއް. އެކަން ދައްކާފަ އޮތީ.

The name is already taken The name is available. Register?

98989

16 March 2023

މިމަޝްރޫއުގެ ފައިނަލް ސްޓޭޖަކީ ސައުދީ ކިންގް ރާއްޖެއަށް ކުރައްވަން އޮތް ދަތުރު. އެކަން ނުވީ އޭރު އިދިކޮޅުގައި އޮތް ޕާޓީގެ ނުބައިކަމުންކަން ދިވެހިންގެ ގިނަ މީހުނަށް ނޭނގުނަސް ފ.އަތޮޅު މީހުންނަށް އެނގޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454