ޑައިޓީޝަނުންނަށް ހާސްކަން ބޮޑު މައްސަލައެއް

ރާއްޖޭގައި މި ހައްދާ ކާބޯތަކެތި ކާން ރައްކާތެރިތޯ އެހުމުން، އައިޖީއެމްއެޗްގެ ޑައިޓީޝަން އާސިޔާ އަބްދުއްރަހީމް ޖަވާބު ދެއްވި އެވެ؛

"މިހާރު އެކަމާ ދޭތެރޭ ކޮންމެވެސް ވަރަކަށް ޝައްކު،" އޭނާ ވިދާޅުވި އެވެ.

"އެތައް ބައިވަރު ބަޔަކު ކެމިކަލްގެ ވާހަކަ ދައްކާނީ ކޮންމެވެސް ސަބަބެއް އޮވެގެން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އެހެންވީމަ އެއީ ބަލަން ޖެހޭ މައްސަލައެއް."

އާސިޔާ އަކީ ރާއްޖޭގައި ޑައިޓީޝަނުންގެ ތެރެއިން އެންމެ އާންމު މޫނެވެ. އަދި އޭނާ އަކީ، ކެއިންބުއިމުގެ އާދަތަކާ ބެހޭ ގޮތުން އަމިއްލަ ގޮތުން ވެސް އާންމުން ހޭލުންތެރިކުރުވުމަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

"އަޅުގަނޑު ވެސް އެކި ރަށްރަށަށް ދިޔައިން, ގޮސް މި ކެމިކަލްގެ ވާހަކަތައް ބަލާލިން. މިސާލަކަށް ދަނޑުވެރި ރަށްރަށުގައި އެ ހައްދާ މީހުން އެ ކައި އުޅޭތޯ ވެސް އެބަ ބަލާލަން ޖެހޭ. އެއީ ރައްކާތެރި އެއްޗެހި ނަމަ އެ ރަށްރަށުގެ މީހުން ވެސް އެ ކާނެ،" އޭނާ ވިދާޅުވި އެވެ.

އެ ރަށްރަށުގެ މީހުން އެ ތަކެތި ނުކަނީތޯ އެހުމުން އާސިޔާ ސީދާ އެއަށް ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ "ހިއެއް ނުވޭ" ކަމަށެވެ.

ކެމިކަލް ގިނަ ކަމަށް އެންމެ ގިނައިން ޝަކުވާ މި އުފެދެނީ ތަރުކާރީ އާއި މޭވާގެ ބާވަތްތަކަށް. އޭގެ ތެރެއިން ކަރާ, ބަށި, ކޮޕީ ފަތް، ކިއުކަންބާ ކަހަލަ އެއްޗިއްސަށް ވެސް ކްލައިންޓުން ޝައްކުކުރޭ.

އެކަމަކު އޭނާ ކައިރިން ކެއުމަށް ލަފާ ހޯދާ ވަރަށް ގިނަ މީހުންގެ އެއް ޝަކުވާ އަކަށް ވެފައި އޮންނަނީ ޑައިޓީޝަނުން ދެއްވާ ލިސްޓުގައި ހިމަނާ ބައެއް ތަކެއްޗާ ދޭތެރޭ އެވެ. އެކި މީހުންނަށް އިވިފައި ހުންނަ އަޑުތަކަށް ބަލައި، ބައެއް މީހުން އެ އެއްޗެހި ރައްކާތެރިތޯ އަހަ އެވެ.

ރާއްޖޭގައި ހައްދާ ބައެއް ބާވަތުގެ މޭވާ އާއި ތަރުކާރީ އާއި ފަތްޕިލާވެލީގެ ބާވަތްތަކަށް މާ ގިނައިން ކެމިކަލް އަޅާ ކަމަށް މާ ކުރިން ވެސް އަޑު އޮތީ ފެތުރިފަ އެވެ. އެ ބާވަތުގެ އެއްޗެހި ކެޔަސް، އެ ކަނީ އެއީ ރައްކާތެރި އެއްޗެއްތޯ ނުވަތަ ނޫންތޯ ޔަގީން ނުވެ ތިބެ އެވެ. އާންމުން އެ ސުވާލު ކުރިޔަސް އާސިޔާ އަށް ވެސް ޖަވާބު ދެއްވަން އެއީ ފަސޭހަ ސުވާލެއް ނޫނެވެ.

"ސީދާ އެކަން ބެލިފައި ނެތީމަ ކެމިކަލް ގިނަތޯ ނުވަތަ ނޫންތޯ ނުވަތަ ރައްކާތެރިތޯ ނޫންތޯ ނުވަތަ ނޫންތޯ އެއެއް ނޭނގެ. އަޅުގަނޑުގެ ލަފައަކީ ނުކައި ތިބުމަށް ވުރެ ކެއުމޭ ރަނގަޅީ،" އާސިޔާ ވިދާޅުވި އެވެ.

އޭގެ ސަަބަބުތައް ވެސް އޭނާ ވިދާޅުވެދެއްވި އެވެ.

ތޮއްޑޫގައި ހައްދާފައިވާ ލެޓިއުސްތަކެއް މާލެ ގެންނަން ތައްޔާރު ކޮށްފައި -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"ކެއުމުގައި ފުރަތަމަ ސަމާލުކަން ދޭންވީ ފަސް ގްރޫޕް ހިމަނަން. ޑައިޓީޝަނުން، ހަމަ ގައިމު ވެސް އަޅުގަނޑު މަނާކުރާ ކެމިކަލް ޔަގީނުން ވެސް ހުންނަ ބާވަތްތަކެއް ހުރޭ. އެއީ އަލްޓްރަޕްރޮސެސް ކޮށްފައި ހުންނަ ބާވަތްތައް. އޭގެ ތެރޭގައި ހިމެނޭ ސޮސެޖާއި ލަންޗަން މީޓާއި ކޯން ބީފް. އެއީ, ސީދާ އެ ބުނާ މިންގަނޑަށް އެއްޗެހި އަޅައިފައި ހުރި ކަމަށް ބުނެފައި އޮތަސް، މީގައި ހިމެނޭ ނައިޓްރޯސޯ ކޮމްޕައުންޑަކީ ސިދާ ކެންސަރު ޖައްސާ މާއްދާއެއް ކަމަށް ޑަބްލިޔުއެޗްއޯގެ ލިސްޓްގައި ހިމެނޭ މާއްދާއެއް.

"އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުން ގަސް ހައްދާއިރު ކޮންމެވެސް ވަރަކަށް ކެމިކަލް އާއި ޕެސްޓިސައިޑްސް ބޭނުންކުރާނެ. އެކަމަކު އޭގެ މިންގަނޑުގައި އެ ބޭނުންކޮށްފިއްޔާ އެ ކާނާ ދޮވެލީމަ އެ ދާނެ. އެކަމަކު އިތުރަށް އެ ބޭނުންކޮށްފިއްޔާ ކެންސަރަށް ފުރުސަތު އެބައޮތް.

"މީގައި ސުވާލަކީ މިންގަނޑަށް ވުރެ ގިނައިން ބޭނުން ކުރޭ ހެއްޔޭ. އެހެން ވެއްޖިއްޔާ އެއީ ވަރަށް ބޮޑު ގޯހެއް އަދި ނުރައްކަލެއް. އަނެއްކޮޅުން، ދެން އޮތް ކަމަކީ އެ މިންވަރަށް ހުންނަ އެއްޗެހިން ކެންސަރު ޖެހުމުގެ ފުރުސަތަށް ވުރެ ބޮޑަށް މިންހެޔޮ ކެއުމެއް ނުކެވުނީމަ ނުވަތަ ކެއުމުގައި ހިމަނަން ޖެހޭ ބާވަތްތައް ނުހިމެނުނީމަ, ނުވަތަ ކެއުމުގައި ހިމަނަން ނުޖެހޭ އެންމެ ނުރައްކާތެރި ދެ ބާވަތް ހިމެނުނީމަ ކެންސަރު ޖެހުމުގެ ފުރުސަތު އުޅެނީ 30 ޕަސެންޓަށް ވުރެ ވެސް މަތީގައި. ނުކެއީމަ ކެންސަރު އެކަންޏެއް ނޫން، އެހެން ބަލިތައް ވެސް އެބަ ޖެހޭ."

ތޮއްޑޫގައި ދަނޑު ހައްދަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެ ސަބަބުތަކާ ހެދި އާސިޔާ ލަފާ ދެއްވަނީ، ވީ އެންމެ ރައްކާތެރި ގޮތެއްގައި މޭވާ އާއި ތަރުކާރީ އާއި ފަތްޕިލާވެލި ކެއުމަށެވެ.

"ކެމިކަލް ގިނަ ކަމަށް އެންމެ ގިނައިން ޝަކުވާ މި އުފެދެނީ ތަރުކާރީ އާއި މޭވާގެ ބާވަތްތަކަށް. އޭގެ ތެރެއިން ކަރާ, ބަށި, ކޮޕީ ފަތް، ކިއުކަންބާ ކަހަލަ އެއްޗިއްސަށް ވެސް ކްލައިންޓުން ޝައްކުކުރޭ،" އޭނާ ވިދާޅުވި އެވެ.

"އެ ޝައްކު އޮތް ނަމަ, ދެން އޮތް ގޮތަކީ ފްރޯޒަން ވެޖިޓަބަލްސް ނުވަތަ ފްރޯޒަމް މޭވާ ވިޔަސް ކެއުން. ޑައިޓީޝަނެއް ގޮތުގައި ލަފާ ދެވޭނީ ކެމިކަލް ހުންނަހެން ހީނުވާ ބާވަތްތައް ވިޔަސް ކެއުން. މިސާލަކަށް ދޮންކޭލާއި މުރަނގަފަތާއި ބޯއްޓާއި މުރަނގަތޮޅި މިކަހަލަ އެއްޗިއްސަށް ހިޔެއްނުވޭ ކެމިކަލް އަޅައިގެން ހައްދާނެހެން. އެކަމަކު ބޯއްޓާ ދޭތެރޭ ކޮންމެވެސް ވަރަކަށް ޝައްކު ވެސް އެބަ ވޭ. ބައެއް މީހުން އެބަ ބުނޭ ދޮންކޭލުގެ ދަޅިއަށް ވެސް އެބަ ކެމިކަލް އަޅައޭ. އެހެންވެ, އޭގެ ބޯއްޓަށް ވެސް އޭގެ އަސަރު ކުރާނެއޭ."

އާސިޔާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ހައްދާ ބާވަތްތަކަށް އާންމުން "ޝައްކު"ގެ ނަޒަރަކުން ބަލާނަމަ އެއީ ވަރަށް "ހާސްކަން ބޮޑު މައްސަލައެއް" ކަމަށެވެ.

ޑައިޓީޝަން އާސިޔާ

"ފަރުދީ ލެވެލްގައި ވެސް އަދި ސަރުކާރުން ވެސް މިކަމަށް ވަރަށް ބޮޑަށް ސަމާލުކަމެއް ދެއްވަން އެބަ ޖެހޭ. ޝަކުވާ އަންނާނީ ކޮންމެވެސް ކަމެއް އުޅޭތީ. އާންމު ފަރުދުންނަށް ވެސް އެ ކެވޭ އެއްޗަކީ ރައްކާތެރި އެއްޗެއްކަން އެނގޭނެ ނިޒާމެއް އެބަ ބޭނުންވޭ. ގާނޫނު ހައްދަވާ ބޭފުޅުން ވެސް، މިކަމަށް ރިއާޔަތްކޮށް، ކެމިކަލް އާއި ޕެސްޓިސައިޑްސް މިންގަނޑުން ބޭރުން ބޭނުންކުރާ މީހުންނަށް ފިޔަވަޅު އެޅޭނެ ގާނޫނުތަކެއް އެބަ ހައްދަވަން ޖެހޭ،" އާސިޔާ ވިދާޅުވި އެވެ.

އޭނާގެ އަނެއް ކަންބޮޑުވުމަކީ، ބަލިމަޑުކަމެއްގައި، ނުވަތަ ހަނގުރާމައެއްގައި ދެން މި ހާސްކަން ބޮޑުވާނެ ވަރެއްގެ މައްޗަށެވެ. ރާއްޖެ އަކީ މުޅި ރާއްޖެ އަށް ވާވަރަށް ދަނޑުވެރިކަން ކުރާ ގައުމަކަށް ނުވާ އިރު، އަދި ދަނޑުތަކުން އުފައްދާ މަދު ބާވަތްތަކަށް އިތުބާރު ގެއްލެމުން ދިއުމަކީ މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

"ޑައިޓީޝަނެއްގެ ހައިސިއްޔަތުން މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް،" އޭނާ ވިދާޅުވި އެވެ.

6 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވޯލް

05 April 2023

ދިވެހި ދައުލަތަކި ވަރަށް ބޭކާރު ބައެއް. ކަންކަންމުގައި އިސްކަންދޭންޖެހެނީ ކޮންކަމެއްކަން ވަކިކުރާރަށް ނޭންގޭ. އާއްމު ސިއްހަތަށް ނުރައްކާވަނިއޭ ކިޔާފާ ވަހަކަ ދައްކާއިރު އެ ނުރައްކާ މެދުވެރިވާ ސަބަބަކީ ކޮބައިތޯ ބަލާ އެކަން ހައްލުކުރުން އެއީ ޕްލޭންގައި ހިމެނޭ ކަމަކަށް ނުވޭ.

The name is already taken The name is available. Register?

ަސަމިޔާ

31 March 2023

ކަނޑޫދޫ މީހުން ގޭގައި ކާން ބޭނުންކުރާނީ އެމީހުން އަމިއްލައށް ގޭގަ ހައްދާ މިރުސް. ދަނޑުތަކަށް ބޭސް ޖަހައިގެން ހއްދާ މިރުސް އެމީހުން ބޭނުމެއްނުކުރޭ.

The name is already taken The name is available. Register?

ޖުލައި

03 April 2023

ކަނޑައެޅިގެން ދޮގެއް

The name is already taken The name is available. Register?

ވޯޓް ވިއްކި ގަމާރު

30 March 2023

ރާއްޖެ މީހުން އެންމެ ގިނައިން ބޭނުން ކުރާ ހަޑުލުގެ ހަގީގަތް އެގޭބާ؟؟؟؟ ޜާއްޖޭގަ ބޭނުން ކުރާ ގިނަ ކެމިކަލްތައް 14 ދުވަސް ވުމުން ބަޔޯޑިގްރޭޑަބަލް ވޭ..،.

The name is already taken The name is available. Register?

ފެޝަން

30 March 2023

ޝައްކެއް ނޫން ޔަގީން. ރާއްޖޭގައި މި ވިޔަފާރީގައި ވަރަށް ގިނައިން އުޅެނީ ބަންގްލަދޭޝް މީހުން. އެމީހުން ތަނެއް ދޮރެއް ނުބަލާ އަޅާއިރު އެއީ އެމީހުންނަކަށް ތަނެއް ދޮރެއް ނޭގޭ. އެއްވެސް ވަރަކަށް ރެގިއުލޭޓުކޮށް ކޮންޓްރޯލެއް ކުރެވިފަ އޮންނަ ގައުމެއް ނޫން މީކީ.

The name is already taken The name is available. Register?

ހުމެއިޝާ

30 March 2023

ކުރީ ދުވަހު ދަނޑު ހައްދާ ބޭބެއަކު ބުނީ ދަނޑު ހައްދާތާ 20 އަހަރު ވަނިއްނޭ މިފަހަރު ޖެހި ވެޔޮތަކުން މާ ވެއްޓެނިއްޔޭ، ބޭބެ އަބަދުވެސް މި ބޭނުންކުރަނި ރިހާކުރު ބޭހޭ. އިންދީންސުރެ ކަރާ ކަނޑަންދެން. މަދިޔައީ ސިއްސައިގެން. އޭގެ ފަހުން މަށެއް ކަރައެއް ނުކަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454