ސުހައިލް: މިއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން

އެޗްޑީސީގެ އެމްޑީ ސުހައިލް މިދިޔަ މަހުގެ ކުރީކޮޅު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.--- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

"ހިޔާ" މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު ކަމަށް ވިޔަސް ފްލެޓްތަކަށް މީހުން ނުވަންނަނީސް ފެންމަތިވެފައިވާ މައްސަލަތަކާ އެކު، ކުރިމަގުގައި ހުރި ގޮންޖެހުންތައް ވަކި ކުޑަވާނެ ކަމަކަށް ނުބެލެވެ އެވެ.

ފްލެޓްތަކަށް ޖެހޭ އަގު ބޮޑުވުމާއި، މަހަކު ދައްކަން ޖެހޭ ވަރު ބޮޑުވުމުގެ ޝަކުވާތައް އޮތީ ފެންމަތިވެފަ އެވެ. އެއަށް ވުރެ ބޮޑު ކަމަކީ، އޭގެ އަސްލު އަގާ ބެހޭ ގޮތުން އުފެދިފައިވާ ބަހުސެވެ.

ތިރީގައި މިވަނީ އެ މައްސަލަތަކާއި އަދި ހިޔާ މަޝްރޫއާ ގުޅޭ ގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "މިހާރު" އަށް ދެއްވި އިންޓަވިއުގެ މުހިންމު ބައިތަކެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް މި އަންނަނީ ގާތްގަނޑަކަށް 35،000 މީހުންގެ އާބާދީއެއް. މި އެންމެން ބެލެހެއްޓުމަކީ ކިހާ ވަރެއްގެ ގޮންޖެހުމަކަށް ވާނެތޯ؟

ތެދެއް. އެއީ ހއ. އާއި ހދ. ގެ އާބާދީ އެއްކޮށްލީމަ ވާ ވަރުގެ އަދަދެެއް. މާނައަކީ އެންމެ އުތުރުގެ ދެ އަތޮޅުގެ އާބާދީއާ އެއްވަރުގެ އަދަދެކޭ މި އަންނަނީ ކުޑަ ތަންކޮޅަކަށް. އެކަމަކު ވެސް އަޅުގަނޑުމެން މި ބަލަނީ އަސާސީ ހިދުމަތްތައް ދެވޭތޯ. އެކަމަށް ބޮޑަށް ފޯކަސް ކުރަނީ. އެވަރުގެ އާބާދީއެއް ވީމާ ޝަކުވާތައް ވެސް ގިނަވާނެ. ޕާސަނަލް ލެވެލްގައި އެކި ކަންކަން ހުންނާނެ. އެކަމަށް ތައްޔާރު ވަމުން މި ދަނީ. ކަމެއް ދިމާވިޔަސް އެޓެންޑުވާނެ.

އެންމެ ޗެލެންޖިން ކަމަކަށް މި އޮންނަނީ މިތަން މެނޭޖް ކުރުމުގެ ކަންކަން. އާންމު ގޮތެއްގައި މި ކަހަލަ ތަނެއް ނިންމުމަށް ފަހު ކޮންޓްރެކްޓަރުން މެއިންޓަނަންސް ކަންކަން ބަލައިދޭނެ އެއް އަހަރު ދުވަހަށް. މިހާރު ވެސް އިން ހައުސް ޓީމެއް އުޅޭނެ ދޫކޮށްފައިވާ ހުރިހާ ފްލެޓުގެ ކަންކަން ބަލަހައްޓަން.

ދިމާވެދާނެ ކަމަށް ފާހަގަ ކުރެވިފައިވާ މައްސަލަތަކަކީ ކޮބައިތޯ؟

މި ދަންނަވާހެން މައްސަލަތައް ވީހާ ވެސް މިނިމައިޒް ކުރުމަށް މަސައްކަތް ކުރަމުން މިދަނީ. ފުރަތަމަ ކަމަކަށް ހަމަ އެހާ ބޮޑު އާބާދީއެއް އެތާނގައި އުޅޭނެ. އެހެންވީމާ އެ ތަނުން ހިދުމަތްތައް ލިބޭ ގޮތް ހެދުން މުހިންމު. އެހެން ނަމަވެސް އަދި ނުނިމޭ ކަންކަން އެބަހުރި. މިސާލަކަށް ސްކޫލެއް އަދި ފޭސް 2 ގައި ނެތް. އަދި ފޭސް 1 ގައި ވެސް މިހާރު ހުރި ސްކޫލުގެ ޖާގައަކުން ނުލިބޭނެ. ދެން ވަރަށް ބޮޑަށް ބެލި ކަމެއް އެއީ ގިނަ އާއިލާތަކެއް މޫވް ކުރާނީ މާލެ އިން. އަސްލު ވަރަށް ބޮޑު ހަރަދެއް ދާނެ ކަން ނޭނގެ މިތާނގައި ދިރިއުޅެފައި ކުދިން މާލޭގެ ސްކޫލުގައި ބޭތިއްބުމަކީ. އެކަމަކު ފޭސް 2 ސަރަހައްދުން މާލެ އަށް ދެވޭނެ ބަސްދަތުރުތައް ހަމަޖައްސާނެ.

އަޅުގަނޑުމެންނަށް ފާހަގަ ކުރެވެނީ ހުޅުމާލެއަކީ ވަރަށް ޕީސްފުލް ތަނެއްގެ ގޮތުގައި. އެހާ ބައިވަރު މީހުން ކުއްލިއަކަށް މިހެން ބަދަލުވީމާ އެ ހިމޭންކަން ނުގެއްލޭނެތޯ؟

އެކަން މިނިމައިޒް ކުރަން ވެގެން އަޅުގަނޑުމެން ޕްލޭނެއް ވެސް މި ހަދަނީ. މިހާތަނަށް އެއްފަހަރާ މީހުން މޫވް ކުރީ 1،000 ފްލެޓަށް. އެހެން ނަމަވެސް އޭރު އަޅުގަނޑުމެން ހީކުރި ވަރުގެ އިމްޕެކްޓެއް ނާދޭ. އޭރު އުފެދުނު އެންމެ ބޮޑު މޫވްމަންޓް އެއީ. އަސްލު އޭރު ހީކުރި ކަހަލަ ކަންތައްތަކެއް ކުރިމައްޗެއް ނުވޭ. އޭގެ ތަޖުރިބާގައި އަޅުގަނޑުމެން ބަލާނީ ކުރިއަށް އޮތްތާގައި ވެސް އެގޮތަށް ގެންދެވޭތޯ. އެހެންނަމަވެސް މިވަރުގެ އާބާދީއެއް އެއްތަނަށް އަންނައިރު ހުންނަ ޗެލެންޖެސްތަކަށް އަދި އަޅުގަނޑުމެން އާ ވެސް ވާނެ.

video icon

މިހާ ތޮއްޖެހިގެން، އަދި ލިފްޓްގެ މައްސަލަ ވެސް ބޮޑުވާނެ ކަމަށް ބެލެވޭއިރު މިތާނގައި މީހުން ދިރިއުޅެފާނެ ކަމަށް ގަބޫލު ކުރައްވަންތޯ؟

ބައެއް މީހުންނަށް މިތަން ކުޑަ، އަނެއްބައި މީހުންނަށް ރަނގަޅު. އަޅުގަނޑަށް ހީވަނީ މާލޭގައި ދަތި ހާލަތްތަކުގައި ދިރިއުޅޭ މީހުންނަށް ވެސް ފްލެޓް ލިބިފައި ހުރި ހެން. އަޅުގަނޑުމެންނަކަށް ނޭނގޭނެ ފްލެޓް ލިބުނު ހުރިހާ މީހުންނަކީ މިހާރު ވެސް އެ އަށް ވުރެ ދަތި ހާލަތުގައި އުޅޭ ފަރާތްތައް ނޫން ކަމެއް. އެ މީހަކު ކަންނޭނގެ ރަނގަޅު، ގޯސް ޑިސައިޑް ކުރާނީ. އެ މީހަކު އުޅޭ ތަނެއްގެ ސައިޒް ނުވަތަ އެހެނިހެން ކަންކަން އިހުސާސް ކޮށްލެވޭނީ އެ މީހަކަށް. އުޅެން ފެށީމާ އިތުރު ކަންކަން ފެންނާނެ. ދަތިތަކާއި އޭގެ ފަސޭހަތައް ފެންނާނީ. ވަރަށް ބޮޑަށް ޕާސަނަލް ޗޮއިސް އެ އަންނަނީ.

ފްލެޓްތަކުގެ ކުލި ބޮޑުކަމުގެ ޝަކުވާ ބޮޑު. މިދިޔަ ސަރުކާރާއި މި ސަރުކާރާ އަގުގެ ހިޔާލު ތަފާތުވުންތައް އެބަހުރި. މީގައި ހަގީގަތަކީ ކޮބައިތޯ؟

އަޅުގަނޑުމެންނަށް ފެންނަން ހުރި ރިކޯޑުތަކުން ފްލެޓްތައް ހަދަން ހަރަދުވި އަދަދުތަކެއް [އަބްދުﷲ ޔާމީންގެ ސަރުކާރުގައި] އެޗްޑީސީން ދީފައި އެބަހުރި. ހަރަދުވި ވަރު މި ބަލަނީ ފްލެޓަކަށް ކޮންޓްރެކްޓަރު ކިޔާފައިވާ އަގަށް. އޭގެ އިތުރަށް ކޮންޓްރެކްޓަރު މަސައްކަތް ކުރަމުން ދާއިރު ލޯނު ދައްކަން ފެށުމުގެ ކުރިން ވެސް އެބައޮވޭ އިންޓަރެސްޓް އަރާފައި. އެހެންވީމާ ޕްރޮޖެކްޓުގެ އަގު ކަނޑައަޅަނީ ޕްރޮޖެކްޓް ހިންގާ މުއްދަތުގައި ހިނގާ އިންޓަރެސްޓް ވެސް ލައިގެން. ލިސްޓުގައި އެބަހުރި އިތުރަށް މި ޕްރޮޖެކްޓު މެނޭޖް ކުރުމުގެ ފީ. އަދި އެ ލިސްޓުގައި އެބަ ހުރި ޕްރޮޖެކްޓް މާކެޓް ކުރުމުގެ ފީ. އަލަށް ކަން ނޭނގޭ ސޯޝަލް ހައުސިން ޕްރޮޖެކްޓެއް މާކެޓް ކުރަން އެ ވަރުގެ އަދަދެއް އޮންނަން ޖެހޭ ކަމަށް މި ކަނޑައެޅީ. އެކަމަކު މާކެޓް ކުރުމުގައި މައްސަލަތަކެއް ހުރި. ދެން އެ ކަހަލަ ފީތަކެއް ލާފައި އޭރު އެޗްޑީސީން ހައުސިން މިނިސްޓްރީ އަށް ފޮނުވާފައި އޮތް ލިސްޓުގައި ތިރީގައި އެބަ ބުނޭ ފައިނޭންސް ޕްރޮޖެކްޓެއް ވީމާ އަގު ނިންމަން ވާނީ އެ ލޯނު ދައްކަން ބޭނުންވާ އެއްޗެއް ލައިގެންނޭ. މި ތަނުން ދީފައި އިންނާނީ ޕްރޮޖެކްޓް ކޮސްޓެއް. އެކަމަކު އެ އަށް ބަދަލު އައީ އެ ލޯނު އަނބުރާ ދައްކާއިރު ލޯނަށް އިންޓަރެސްޓާ އެކު ދައްކަން ޖެހޭތީ. މި ދެންނެވި ސަބަބަށް ބަލާއިރު ގާތްގަނޑަކަށް 1.2 މިލިއަން [ރުފިޔާ] ފްލެޓަކަށް ދައްކަން ޖެހޭ. އެވަރު އެޗްޑީސީން ޖަހާފައި އޮންނަނީ މިއީ ލޯނު ޕްރޮޖެކްޓެއް ވީމަ.

ހިޔާ މަޝްރޫއާ ގުޅިގެން ކިތައް ލޯނުތޯ ދައްކަން ޖެހެނީ؟

ދެ ލޯނެއް އޮތީ. މައިގަނޑު ގޮތެއްގައި މި ހިމެނެނީ އެ ކޮންޓްރެކްޓަރު 80 ޕަސެންޓަށް އައި ދެ ބައި. އެއްބައި އެއީ ޗައިނާ. އަނެއް ބައި އެއީ ލޯނެއް ނަގާފައި. ކޮންމެ ގޮތެއް ވިއަސް ލޯނު ދައްކަން ޖެހޭ. އެ ދެ ލޯނުގެ ތަފްސީލު ހުރޭ ދެއްވާފައި. އެހެން ނަމަވެސް ހައުސިން މިނިސްޓްރީން އެ ކަލްކިއުލޭޓް ކުރެއްވި އިރު އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި އެ ލޯނު އަނބުރާ ދައްކާއިރު އިންޓަރެސްޓް ކަލްކިއުލޭޓް ކުރާ ގޮތަކަށް ނޫން ކަލްކިއުލޭޓްކުރީ. އަޅުގަނޑުމެން އަބަދުވެސް ކަލްކިއުލޭޓް ކުރަނީ ބާކީ ނުދެއްކި އޮތް ވަރަށް އިންޓަރެސްޓް ނަގާ ގޮތަށް. ފްލެޓް ގަތީމާ ގަންނަ އަގުގެ ދެ ގުނަ ވަރަށް ގިނަ ފަހަރަށް އެބަ ދައްކަން ޖެހޭ. އެހެން ނަމަވެސް ސަރުކާރުން، ހައުސިން މިނިސްޓްރީ އަދި ރައީސް އޮފީހުން ހަދާފައިވާ ހިސާބުގައި މި އިންނަނީ އެއްކަލަ 1.2 މިލިއަން މަހަކަށް ދައްކަން ޖެހޭ ވަރު ބައިކޮށްލާފައި އެއަށް އަށް ޕަސެންޓް ލާފައި. ލީމަ އެ އަންނަނީކީ އަސްލު ބެންކަށް އަނބުރާ ދައްކަން ޖެހޭ އަދަދެއް ނޫން. އެ އަދަދަށް ނަގައިގެން ލޯނެއް ނުއެއް ދެއްކޭނެ.

އެކަމަކު، ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވެއެއް ނޫންތޯ، މި ސަރުކާރުން ކަނޑައެޅި އަގަށް ވުރެ ކުޑަ އަގެއްގައި މި ފްލެޓްތައް ދެވޭނެ ކަމަށް؟

މުއިއްޒު އެ ވިދާޅުވާ 5،600ރ. ގެ ވާހަކަ ނެތް ހަގީގަތުގައި މިތަނަކާ [އެޗްޑީސީ] ކޮމިއުނިކޭޓް ކޮށްފައެއް ވެސް. މި ތަނުން ހައުސިން މިނިސްޓްރީ އަށް ދިން ހިސާބު ލިބުނީމާ އެ މިނިސްޓްރީން އޮންނަނީ ރައީސް އޮފީހަށް ލިޔެފައި. ދެން ރައީސް އޮފީހުން އޮވޭ ހައުސިން މިނިސްޓްރީ އަށް ސިޓީ ފޮނުވާފައި. އެކަން ހިނގާފައި ވަނީ މި ދެންނެވިހެން 2018ގެ އިލެކްޝަނަށް ފަހު ސަރުކާރު ބަދަލުވުމުގެ އެ ޕީރިއަޑްގެ ތެރޭގައި. މިކޮޅަށް [އެ ކޮމިއުނިކޭޝަން] ފޮނުވާފައެއް ނެތް. ފުރަތަމަ އަޅުގަނޑުމެންނަށް އެ ފެނުނީ ވެސް މިހާރުގެ މޭޔަރު [މުއިއްޒު] ސޯޝަލް މީޑިއާގައި އެ ސިޓީ ޖަހާފައި އޮތީމާ. އަޅުގަނޑަށް ހީވަނީ މިހާރު ވެސް ތިޔަބޭފުޅުންގެ ފޯނުގައި އިންނަ އެޕުން ބަލައިލިޔަސް އެނގޭނެހެން އެ ވިދާޅުވާ އަގަށް އެ ވަރުގެ ލޯނެއް ނުދެއްކޭނެކަން.

މިހާރު މި ސަރުކާރުން އޮތީ ކުރިން މި ދެންނެވިހެން ޕްރޮޖެކްޓް މެނޭޖްމަންޓް ފީ އާއި މާކެޓިން ފީ އާއި ބިމުގެ އަގާ މި ހުރިހާ އެއްޗެއް ކަނޑާލާފައި. ކަނޑާލީމަ ފްލެޓަކަށް މި ޖެހެނީ ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާ. ކުރިން ހިސާބުތައް އޮތް ގޮތުން ގާތްގަނޑަކަށް 1.2 މިލިއަން. އެހެންވީމާ 25 އަހަރަށް ބަހާލައިގެން ލޯނު ދެއްކީމާ ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާ ޖެހޭ. އަދި ހަމަ އެއާ އެއްކޮށް ލޯނު ލިބިފައި މި އިންނަނީ 15 އަހަރަށް. [ފްލެޓްތައް ނިންމަން] އިންނަނީ ދެ އަހަރު ދުވަސް ދީފައި. ބާކީ 13 އަހަރު ދުވަހުގެ ތެރޭގައި ޖެހޭ ލޯނު ދައްކައި ނިންމަން. އެކަމަކު އަޅުގަނޑުމެން [ފްލެޓްތައް ކުއްޔަށް] މި ދެނީ 25 އަހަރަށް. އެހެން ހަދާތީ ވެސް އެބަ ޖެހޭ އަނެއްކާ މީތި ރީފައިނޭންސް ކުރަން. އަދި ލޯނެއް ނަގަން ވެސް. މީގެ ބޭސްލައިނަކީ 62،000 ޑޮލަރަށް ފްލެޓެއް އިންކަން. އަދި ދެ ކޮޓަރި ފްލެޓެއް އިންކަން. އެއީ ކުރީގައި ރައީސް އޮފީހުން ކުރެއްވި ކަމެއް. އަޅުގަނޑަކަށް ނޭނގެ ކީއްވެގެން ކަމެއް އަގުހެޔޮކޮށް އޮއްވައި އަގު ބޮޑުކޮށް ހެދީ.

ތި ވިދާޅުވަނީ ހިސާބުތައް ނުބައި ކަމަށްތޯ؟

ހިސާބެއް ނޫން [މައްސަލައަކީ]. ފުރަތަމަ މި ޕްރޮޖެކްޓް ކުރިއަށް ގެންދަން ވެގެން ސަރުކާރުން އިއުލާނު ކުރީމާ އެބަހުއްޓޭ ޕްރޮޕޯސަލް ލިބިފައި 62،000 ޑޮލަރަށް ވުރެ ކުޑަކޮށް. އެހެން ހުއްޓާ 62،000 ޑޮލަރަށް ހުށަހެޅި ފަރާތާ [ހަވާލުކުރީ] އަޅުގަނޑުމެންގެ ލިޔެކިޔުންތަކަށް ފެންނަ ގޮތުގައި 25 ބުރިއަށް އިމާރާތްކުރާ ގޮތަށް އޮތީމާ ކަމަށް. އިއުލާނު ކުރިއިރު 25 ބުރިއަކަށް ނޫން ހަދަން ޖެހެނީ. އެހެންވީމާ 25 ބުރިއަށް ހަދާ ފަރާތަކަށް އެ ފަރާތް އޮތީމާ އެ ފަރާތާ ހަވާލު ކުރީ ކަމަށް ބަލަނީ.

video icon

25 ބުރިއަށް މިފަދަ ފްލެޓްތައް އެޅުމަކީ ކޮން ކަހަލަ ކަމެއްތޯ؟

ފަންސަވީސް ބުރި އަށް ފްލެޓް އެޅުން އެއީ ރަނގަޅު ކަމެއް. އެކަމަކު "ސޯޝަލް ހައުސިން" އަކަށް އެއީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން. އެނގިލައްވާނެ މިހާރު ހުޅުމާލޭގައި ފްލެޓް ހަދައިގެން އަޅުގަނޑުމެން ކުރިއަށް ދާތާ އެތައް އަހަރެއް ވީ އިރު އެތާނގައި ނުހުންނާނެ އެންމެ ސެންޓްރަލް ހައުސިންއެއް ވެސް ހަދައިފައެއް. ސަބަބެއް އޮވެގެން އެއީ. މާލޭގެ ތަޖުރިބާ ކުރަމުން އެ ދަނީ މި ތަނުން.

އެކި މީހުންގެ ޝަކުވާތަކަށް، މައްސަލަތަކަށް ކޭޓަ ކުރެވޭ ވަރަށް ތައްޔާރުވެފައި ވޭތޯ؟ މުވައްޒަފުންނާއި ރިސޯސް އެބަހުރިތޯ؟

އަޅުގަނޑުމެން ހުޅުމާލޭގައި ހެދި ތަންތަނުގެ ފަހުން [މާލޭގައި] ޓާޓާ، ގާކޮށްޓާއި އަރަބިއްޔާ ވެސް އަޅުގަނޑުމެން މެނޭޖު ކުރަމުން މިދަނީ. ދެން މިއީ އެންމެ މީހުން ރުހޭ ގޮތަށް ކުރެވޭނެ ކަމެއް ނޫން. އެއީ އެކި މީހުންގެ އެޓިޓިއުޑް ވެސް ހުންނާނީ އެކި ގޮތަށް. ފްލެޓަކަށް ކަމެއް ދިމާވެގެން ގޮސް ކަންތައް ހައްލު ކުރާއިރު އެބަޖެހޭ ގަސްމުށިތައް ވެސް ހިއްލައިލަން. އެއިން އެއްޗަކަށް ގެއްލުމެއް ވެސް ވެގެން ނުވޭ. ގިނަ މީހުންގެ ހިތްހަމަނުޖެހުން ހުރޭ. އެހެންވީމާ އެދެވޭ ގޮތަކަށް އެކަމެއް [ފްލެޓްތައް މެނޭޖުކުރުން] ނުކުރެވޭ. ދެން ވަރަށް ބޮޑަށް އަޅުގަނޑުމެން މި ވަކާލާތު ކުރަނީ ހަމަ އިމާރާތުގެ ގާނޫނު. ދެން އެ ބިލު ގާނޫނަކަށް ވެގެން ދިޔައިމާ ވަރަށް ގިނަ ކަންތައްތައް އިމާރާތުގައި އުޅެ ފަރާތަކަށް ލާޒިމު ވެގެންދާނެ. ކޮންމެ ގޮތެއް ވިއޔަސް ގާތްގަނޑަކަށް ރަށެއްގެ އާބާދީ ބްލޮކެއްގައި މި އުޅެނީ. އެހާ އޯޕަންކޮށް އުޅުނު ބައެއް އެހާ ކޮންފާން ތަނަކަށް ލީމާ ހަމަ އެކިއެކި މައްސަލަތައް އާދޭ. އެ ކަހަލަ މައްސަލަތައް ޖެހޭނެ. އަޅުގަނޑުމެން ރެޑީގައި މި ތިބީ.

މިހާރު ދިމާވެދާނެ ކަމަށް ފާހަގަ ކުރެވިފައިވާ މައްސަލަތަކަކީ ކޮބާތޯ؟

މައްސަލަތައް މި ދަންނަވާހެން އަޅުގަނޑުމެން ވީހާ ވެސް މިނިމައިޒް ކުރުމަށް މަސައްކަތް ކުރަމުން މިދަނީ. ފުރަތަމަ ކަމަކަށް ހަމަ އެހާ ބޮޑު އާބާދީއެއް އެތާގަނއި އުޅޭނެ. އެހެންވީމާ އެ ތަނުން ހިދުމަތް ލިބޭ ގޮތް ހެދުން. އެހެން ނަމަވެސް ހަމަ އަދި ނުނިމޭ ކަންކަން އެބަހުރި. މިސާލަކަށް ސްކޫލެއް އަދި ފޭސް 2 ގައި ނެތް. އަދި ފޭސް 1 ގައި ވެސް މިހާރު ހުރި ސްކޫލުގެ ޖާގައަކުން ނުއެއް ވާނެ. ދެން ވަރަށް ބޮޑަށް ބެލި ކަމެއް އެއީ ގިނަ އާއިލާތަކެއް މޫވް ކުރާނީ މާލެ އިން. އަސްލު ވަރަށް ގިނަ ހަރަދު ދާނެ ކަން ނޭނގެ ކުދިން މާލޭގެ ސްކޫލުގައި ބޭތިއްބުން. ދެން އެ އަށް ބަލާފައޮ އަޅުގަނޑުމެން މިހާރު ވެސް ފޭސް 2 ސަރަހައްދުން މާލެ އަށް ދެވޭނެ ބަސްދަތުރުތައް ހަމަޖައްސާނެ.

އަޅުގަނޑުމެންނަށް ފާހަގަ ކުރެވެނީ ހުޅުމާލެއަކީ ވަރަށް ޕީސްފުލް ތަނެއްގެ ގޮތުގައި. އެހާ ބައިވަރު މީހުން ކުއްލިއަކަށް މިހެން ބަދަލުވީމާ އެއަށް ބަދަލު އަތުވެދާނެތޯ؟

އެކަން މިނިމައިޒް ކުރަން ވެގެން އަޅުގަނޑުމެން ޕްލޭނެއް ވެސް މި ހަދަނީ. މިހާތަނަށް އެއްފަހަރާ މީހުން މޫވް ކުރީ 1،000 ފްލެޓަށް. އެހެން ނަމަވެސް އޭރު އަޅުގަނޑުމެން ހީކުރި ވަރުގެ އިމްޕެކްޓެއް ނާދޭ. އޭރަށް ހެދުނު އެންމެ ބޮޑު މޫވްމަންޓެއް އެއީ. އަސްލު އޭރު ހީކުރި ކަހަލަ ކަންތައްތަކެއް ނާދޭ. ދެން އޭގެ ތަޖުރިބާގައި ވެސް އަޅުގަނޑުމެން ހަމަ ބަލާނީ ކުރިއަށް އޮތްތާގައި ވެސް އެގޮތަށް ގެންދެވޭތޯ. އެހެން ނަމަވެސް މިވަރުގެ އާބާދީއެއް އެއްތަނަށް އަންނައިރުގައި ހުންނަ ޗެލެންޖެސްތަކަށް އަދި އަޅުގަނޑުމެން އާ ވެސް ވާނެ. ދެން އަޅުގަނޑުމެން ވެސް ބަލާނަން ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތައް މެދުވެރިކޮށްގެން އެކި ކަންކަމަށް އެޓެންޑް ކުރުމަށް.

މިތާނގައި މީހުން ދިރިއުޅެފާނެ ކަމަށް ގަބޫލު ކުރެވޭތޯ ހުރި ޝަކުވާތަކަށް ބަލާފައި؟

ބައެއް މީހުންނަށް މިތަން ކުޑަ، އަނެއްބައި މީހުންނަށް ރަނގަޅު. ދެން އަޅުގަނޑަށް ހީވަނީ މާލޭގައި ދަތި ހާލަތްތަކުގައި ދިރިއުޅޭ މީހުނަށް ވެސް ފްލެޓް ލިބިފައި ހުރި ހެން. އެކަމަކު އަޅުގަނޑުމެންނަކަށް ނޭނގޭނެ ފްލެޓު ލިބުނު ހުރިހާ މީހުންނަކީ މިހާރު ވެސް އެ އަށް ވުރެ ދަތި ހާލަތުގައި އުޅޭ ފަރާތްތައް ކަމެއް. އެ މީހަކު ކަންނޭނގޭ ރަނގަޅު، ގޯސް ޑިސައިޑް ކުރާނީ. އިންޑިވިޖުއަލް ލެވެލެއްގައި އެ މީހަކު އުޅޭ ތަނެއްގެ ސައިޒް ނުވަތަ އެހެނިހެން ކަންކަން އިހުސާސް ކޮށްލެވޭނީ. އުޅެން ފެށީމާ އިތުރު ކަންކަން ފެންނާނެ. ދަތިތަކާއި އޭގެ ފަސޭހަތައް ފެންނާނީ. ވަރަށް ބޮޑަށް ޕާސަނަލް ޗޮއިސް އެ އަންނަނީ.

ކުލަ ނުލައި، ދޮރުފަތް ހަރުނުކޮށް، މުށިނުޖަހައި ދިނުމަކީ ކިހާވަރެއްގެ ކަމެއްތޯ؟

ދެ ގޮތަކަށް ބެލިދާނެ. ބައެއް ބޭފުޅުންނަށް އޮންނާނީ އަގު ކުޑަވެފައި، އެ ބޭފުޅުން ބޭނުންވާ ފެންވަރެއްގެ ފިނިޝިންއެއް ލާން. ޕްރައިވެޓްކޮށް ހަދާ ތަންތާނގައި ބެއާ ފިނިޝިންއެއް ދޭން ވެސް އެދޭ، އެ ބޭފުޅުން އަމިއްލަ އަށް ކުލަލައި ޓައިލްސް ޖަހަން. އެހެންވީމާ ޓައިލްސް ޖަހާފައި ހުރި ތަނެއް ތަޅާލާފައި ޖެހުމަށް ވުރެ ހަރަދު ކުޑަވާނެ. ކުރިއަށް އޮތްތާނގައި ވަރަށް އާންމު ކަމަކަށް ވެދާނެ ބޭސިކް ފިނިޝިންއެއް ދިނުން. ދެން އަނެއްކޮޅުން ވިސްނިއިރު، ފިނިޝިން މަސައްކަތް ކުރަން އިތުރަށް 45 މިލިއަން ޑޮލަރު އެބައަރާ. އަނެއްކާވެސް ލޯނެއް ނަގައިގެން އެކަން ކުރަން މި ޖެހެނީ. އެހެންވީމާ ސަރުކާރުން ނިންމީ މިހާރު ހުރި އަގުގައި ދޭން. އެހެން ނޫނީ އިންޓަރެސްޓާ އެކު ދައްކަން ޖެހޭ ވަރު ވެސް ބޮޑުވެގެން ދާނެ.

36 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 5%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަސްލުމައްސަލަ2

08 August 2021

ޔާމީނު ގެންގުޅުނު ޕޮލިސީއަކީ ވިޔަފާރިވެރީންނަށް މާކެޓްބޮޑުކޮށް ކަސްޓަމަރުން މާލެސަރަހައްދަށް އިތުރުކުރުމެވެ. މިފުލެޓްތަކުންއެކަން ހާސިލުކުރެވޭނެއެވެ. އިޖުތިމާއީމައްސަލަތައްހަމަދާނީ އިތުރުވަމުންނެވެ. މާރާމަރީއާއި ސިއްހީމައްސަލަތަކާއި ޖިސްމާނީއަދި މެންޓަލްސިއްހަތުދާނީދަށަށެވެ. ހައްލަކީ ކޮންމެރަށެއްގައި އެއްމެގިނަވެގެން ދިރިއުޅެވޭނެ ބުއްދިއަށް ގަބޫލުކުރެވޭ ފޯމިއުލައެއްބޭނުންކޮށްގެން މިންވަރެއްކަޑައެޅުމެވެ. އަދިމާލެސަރަހައްދުންމީހުންމަދުކުރުމެވެ

The name is already taken The name is available. Register?

އަސްލު މައްސަލަ

08 August 2021

ފުލެޓްުމުއެޅުުމުގައިޖެހޭ އަސްލު މައްސަލައަށް އެއްވެސްސަރުކާރަކުން ސީރިއްސްކޮށްނުނަގާ. ހަގީގީމައްސަލައަކީ ދިރިއުޅެން ފުލެޓްނެތުމެއްނޫނެވެ. މައްސަލައަކީ މާލެއާއި ހުޅުމާލެކުޑައިރު ބިމާއިހަމަނޫންވަރަށް މީހުންގިނަވުމެވެ. ދެން މިމަޝްރޫއުއިން ވާނެގޮތަކީ ތި35000މީހުންނަކީ އަލަށް ރާއްޖެތެރެއިންނާއި ބޭރުގައުމުތަކުން ހިޖުރަކުރާމީހުންނެވެ. ފުލެޓްތަކުގެ އަސްލުވެރީންވެސްއުޅޭނީ ހަމަމިމާލޭގައެވެ. ވީމާވާނެގޮތަކީ އެއްކަލަކުޑަބިމަށް 35000މީހުން އިތުރުވުމެވެ.

The name is already taken The name is available. Register?

ހޮޅިބެ

07 August 2021

އެހާ އޯޕަންކޮށް އުޅުނު ބަޔަކު ކޮންފައިންޑް ތަނަކަށް ދަނިއްޔޯ. ތިތަން ދައްކަން ނަގާފަ ތިހިރަ ކޮންމެ ފޮޓޯއެއްގަ ވަށައިގެން ބޭރު ނުވަތަ ނޭވާލެވޭނެ ސްޕޭސް ފެންނައިރު ވަރަށް ކޮންފައިންޑް ކަމަށް ތިކިޔަނީ. އެހާ ޗާލު ލޮނު ވައި ލިބޭ ހިސާބުގަ އުހަށް އަޅާފަ ހުރި އިމާރާތެއްގައި ކިތަންމެ ޖާގަ ދަތިވިއަސް ހަމަނޭވާލެވޭނެ ގޮތް އެބަ އޮތް. ތާޒާ ނޭވާ ލިބޭނެ. އެހެންތަ މާލޭގަ ހުންނަ ކުދި ފޮށިތަކުގަ އުޅެނީ؟

The name is already taken The name is available. Register?

ތަންފާ

07 August 2021

ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ މާލެއިން އެތައް ބަޔަކު ކުއްޔަށް ހިފައިގެން އުޅޭ ތަންތަންކޮޅު އެއްފަހަރާ ދޫކޮށްލާފަ ދާނެތީ މާލެ ކުލީ ވިޔަފާރި ހިންގާ ބޭފުޅުންނަށް ލިބޭނެ ބޮޑު ގެއްލުން. ހުރިހާ ހާސަރެއް ދަމަނީ ހަމަ އެންމެ ކަމަކާ ބިރުން. މާލޭގެ ކުލިތައް ވެއްޓޭނެތީ. އެކަމާ ހެދި ތިޔަ ޓަވަރުތައް އެއީ އުޅެން ހެޔޮނުވާވަރުގެ ތަންތަން ކަމަށް ދައްކަން އުޅެނީ. އޭރުން އަނެއްކާވެސް މާލޭގަ އެންމެން ތޮއްޖެހިގެން ބޮޑު ކުލި ދައްކަން ތިބޭނީ.

The name is already taken The name is available. Register?

ޙަބީބު.

06 August 2021

ތިތާއުޅޭމީހުންގެ އަދަދާބަލާފަ ތަންކޮޅު މާކުޑަ މިޒަމާނުގަ ކޮޓަރިތަކައް ވަސްނުދުވާނެހެން ޓީވީބަލަންތިބޭއިރު މުޅިލިވިންރޫމުގަ ފިޔާވަސް ނުދުވާނެހެން ތަންފަރުމާކުރެވެންޖެހޭ ތިޔައީ ދެއެޕާރޓުމަންޓު އެއްކޮލައްލާފަ މުސްތަގުބަލުގަ ބަދަލު ގެނެސް 3 ރޫމައް ބަދަލު ކުރަންޖެހޭތަނެއް

The name is already taken The name is available. Register?

ނިންމާފައި

06 August 2021

ތި ތަން ތަނަކީ ޔާމީނު ސަރުކާރުން އެއްކޮށް ނިންމާފައި ހުރި ތަންތަން. ދޮގު ހަދަން މުއްދަތެއް ދޭކަށް ނުޖެހޭ. ތި ތަންތަނަކީ ވަރަށް ފުރިހަމަޔަށް ކުރީ ސަރުކާރުން ނިންމާފައި ހުރި ތަންތަން. ތަޅުދަނޑި ހަވލުކުރަން އުޅެނިކޮށް ސަރުކާރު ބަދަލުވީ. އަވަހަށް ހަވާލުކުރޭ. ކުލި ހިނގަންޖެހޭނީ ފުރަތަމަ ދުވަހުން.

The name is already taken The name is available. Register?

މަޒް

06 August 2021

އެތަން ނިންމާފަ ހަވާލު ނުކޮށް ދިޔަ އީ ކީ އްވެތަ؟ ނިމިފަ ހުރި ބޮޑުކަމުންދޯ

The name is already taken The name is available. Register?

ސަރުދާރުު

06 August 2021

ސުހެއިލް މެނަށް އެނގެނީ މޮޅެތި ވާހަކަ ދައްކަން،، ހުޅުމާލެ ވެރިކޮއްލައިގެން އުޅޭބައެއް އެޗްޑީސީ އަކީ އޭރަކު އޮންނަ ސަރުކާރެއްގެ ވެރިންނަށް ގަނެވޭ ގޮތަށް ބިންތަށް ހުސްކޮއްލަނީ، ލާރި އޮތީޔާ ކިތަންމެ ބައިވަރު ފުލެޓާއި ބިން ގަނެވޭ. މިތަން އެބަޖެހޭ ކައުންސިލްގެ ދަށަށް ގެންދަން، ކޮންމެ ބަޔަކު ތިއްބަސް އެއީ ރައްޔިތުން ހޮވާބައެއް. އެހެންވީމަ ރައްޔިތުން ހޮވާބައެއްގެ ބާރު ހުޅުމާލެއަށް ނުހިނގުމަކީ ޖޯކެއް

The name is already taken The name is available. Register?

ޑޮންކޭ

06 August 2021

ކަލޭމެން ކިތައްމެ ވަރަކަށް ޔާމީނު ކޮށްފަ ހުރި މަސައްކަތަށް ހަޖޫ ޖެހިޔަސް އޭނަ ކުރި ފެންވަރަށް ކަމެއް ނުކުރެވޭނެ. ޔާމީން ހުރިނަމަ ފުލީ ފާނިޝްޑް ކޮށްފަ މިހާރު މީހުން ވަދެ ތިބޭނެ ތި ތަންތަނަށް. ކަން ކުރަން ނޭނގޭ މީހުން ކްރެޕް އެކްސްކިއުޒެސް ދައްކަދައްކާ ތިބޭނީ

The name is already taken The name is available. Register?

ފޭކުސުހޭލު

06 August 2021

ސުހޭލުގެ ޖަވާބުތަށް ވަރަށް ވޭގު. ޕާސަނަލް ޗޮއިސް އެކޭ ބުނާއިރު، ފުރަތަމަ ސޯޝިއަލް ހައުސިންގ އަކީ ޕަސަނަލް ޗައިސް އާ ޕްރިފްރެންސް ހަދަން ބޭނުންވާ މީހުންނަށް އޮތް އެއްޗެއްނޫން. އެނގިހުރެ އޮޅުވާލުން ސުހޭލުގެ ކަމަކީ. ސޯޝިއަލް ހައުސިންގ އަކީ ދިރިއުޅުން ނިކަމެތި މީހުންނަށް ސަރުކާރުން ދޭ އަސާސީ ބޯހިޔާވަޖިކަމެއް. ދެން ކޮން ޕްރިފަރެނެންސް އެކޭ، އިންޓީރިއާ އެކޭ މިކިޔަނީ. މެނެޖުކުރަން ނޭގުމުން ސޯޝިއަލް ހައުސިން އެވެސް ނުނިންމާ އަގުބޮޑުކޮށް ދޭން ތި އުޅެނީ.

The name is already taken The name is available. Register?

ޔާމިން

06 August 2021

ޢެއްވެސްމައްސަލައެއްނެއްތިކަމުގާ މިހާރުވެސް ރ.ޔާމިންއާވެރިކަންހަވާލްކުރުމުން ރައްޔިތުންއުފާވެރިވާނެ އަދިފުލެޓްކަންތައްނިމޭނެ

The name is already taken The name is available. Register?

ބިރުވެރިޔާ

08 August 2021

ނޫނޭ އޭރު ފުލެޓް ލިބޭނީ ކޮމިއުނިސްްޓް ވިޔަފާރިވެރީންގެ ޕާޓީއަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454