ބޮޑެތި ބާރުތަކަށް ވެސް އަފްގާނިސްތާނަކީ "ގަބުރުސްތާނެއް"

video icon

ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު، ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގައި އެމެރިކާ އިން ވަނީ އަފްގާނިސްތާނުގައި ބޮޑު އޮޕަރޭޝަނެއް ފަށައިފަ އެވެ. "އޮޕަރޭޝަން އެންޑިއުރިން ފްރީޑަމް" ގެ ނަމުގައި އޮކްޓޫބަރު 7، 2001 ގައި އެމެރިކާ ސިފައިން އަފްގާނިސްތާނަށް އެރީ އެ ގައުމަށް ދިން ޓެރަރިސްޓް ހަމަލާގެ ފަހަތުގައިވާ އަލް ގައިދާ އާއި އެ ޖަމާއަތުގެ ލީޑަރު އުސާމާ ބިން ލާދިން އަށް ތާލިބާނުން ހިމާޔަތް ދިނުމުންނެވެ. އޭރު އަފްގާނިސްތާނުގައި ވެރިކަން ކުރަމުން ދިޔައީ ތާލިބާނުންނެވެ. ތާލިބާނުން 1996 އިން ފެށިގެން އަފްގާނިސްތާނުގައި ކުރަމުން ދިޔަ ވެރިކަމަށް 2001 ގައި ވަނީ ނިމުމަކަށް ގެނެސްފަ އެވެ.

ވިހި އަހަރަށް ފަހު އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމާ އެކު ތާލިބާނުން އަނެއްކާވެސް ވަނީ އެ ގައުމުގެ ވެރިކަމަށް ވެރިވެގެންފަ އެވެ. އެ މުއްދަތުގައި އެމެރިކާގެ 2،500 ސިފައިން މަރުވެ ދެ ޓްރިލިއަން ޑޮލަރު ހޭދަކުރި އިރު އެމެރިކާ އަށް ހާސިލުވި ކަމެއް ނެތެވެ. އެެމެރިކާ ސިފައިން އަފްގާނިސްތާނުން ބޭލުމަށް ނިންމެވި ނިންމެވުމުން ދިފާއު ކުރައްވާ ރައީސް ޖޯ ބައިޑަން ވިދާޅުވެފައި ވަނީ އެކަމާ އެއްގޮތަކަށް ވެސް ހިތާމަ ނުކުރައްވާ ކަމަށެވެ. އެކަމަކު އެމެރިކާ ސިފައިން އަފްގާނިސްތާނަށް އެރި މައިގަނޑު ސަބަބު ކަމަށްވާ ޓެރަރިޒަމާ ދެކޮޅު ހަނގުރާމަ ކާމިޔާބު ކުރެވިއްޖެބާވަ އެވެ؟ އަފްގާނިސްތާނަށް ހަމަޖެހުން ގެނެވިއްޖެ ބާވަ އެވެ؟ އެމެރިކާ އިން ތަމްރީން ދިން އަފްޣާން ސިފައިންނަށް ހާސިލް ކުރެވުނީ ކޮން ކަމެއްބާވަ އެވެ؟ ތާލިބާނުންގެ ކޮންމެ ހަމަލާއަކާ އެކު ސަރުކާރު ސިފައިން ފަހަތަށް ޖެހި އެންމެ ފަހުން ވެެރިކަން ވެސް ތާލިބާނުންނަށް ލިބުނީ އެވެ.

ތާލިބާނުންގެ ހަނގުރާމަވެރިންތަކެއް އޮކްޓޯބަރު 14، 2001 ގައި ޖަލާލްއާބާދުގެ ފަރުބަދަތަކުގެ މަތީގައި. --ފޮޓޯ:އޭއެފްޕީ

އެއްވެސް ސުޕަ ޕަވަރަކަށް ހިފަހައްޓައި ނުލެވުނު

ތާރީޚުން އެނގޭ ގޮތުގައި އަފްގާނިސްތާނަކީ އެއްވެސް ބަޔަކަށް ބާރު ފޯރުވަން އުނދަގޫ ގައުމެކެވެ. ދުނިޔޭގެ ގަދަ ބާރުތަކުން އެ ގައުމަށް ވެރިވެގަންނަން ކުރި މަސައްކަތް އެންމެ ފަހުން ނިމިފައި ވަނީ ނާކާމިޔާބުވެގެންނެވެ. އިނގިރޭސިން އަފްގާނިސްތާނުގައި ގަދަވެގަނެގެން 1839-1919 އަށް ތިން ހަނގުރާމައެއް ކުރި އެވެ. ފުރަތަމަ އެންގްލޯ-އަފްގާން ހަނގުރާމައިގައި 4،500 ސިފައިންނާއި އާއްމުންގެ 12،000 މީހުން މަރުވި އެވެ. ދެ ވަނަ އެންގްލޯ-އަފްގާން ހަނގުރާމަ އިން ވެސް އަފްގާން ބަލި ކުރެވޭ ގޮތެއް ނުވި އެވެ.

އަދި 1919 ވަނަ އަހަރު ތިން ވަނަ އަފްޣާން-އެންގްލޯ ހަނގުރާމަ އިން އަފްގާނިސްތާނަށް މިނިވަންކަން ލިބުނެވެ. ސޯވިއެޓް ޔޫނިއަން އިން 1979-1989 އަށް ކުރި ސޯވިއެޓް-އަފްގާން ހަނގުރާމަ ވެސް ނިމުނީ އަފްޣާންގެ މައްޗަށް ކުރިއެއް ނުހޯދި އެވެ. ސޯވިއެޓް ޔޫނިއަން އިން އަފްގާނިސްތާނަށް އެރީ ފިނި ހަނގުރާމައިގައި ސޯވިއެޓް ޔޫނިއަންގެ އެންމެ ބާރުގަދަ ދުވަސްވަރު އެވެ. އެކަމަކު އެ ހަނގުރާމައިގައި 14،453 ސިފައިން މަރުވެ 53،7543 މީހުން ޒަހަމްވި އެވެ. ސޯވިއެޓް ހަނގުރާމައިގެ ދުވަސްވަރު އެމެރިކާ އިން އަފްގާން މުޖާހިދީންނަށް ހަތިޔާރާއި އެ ނޫންވެސް ގޮތް ގޮތުން އެހީވެދެމުން ދިޔަ ކަމަށްވެ އެވެ. އެންމެ ފަހުން 2001 އިން 2021 އަށް އެމެރިކާ އަށް ވެސް ޖެހުނީ އެއް ހާލެވެ. އެމެރިކާ ސިފައިންގެ 2،348 މީހުންނާއި ނޭޓޯ ލަޝްކަރުގެ 1،147 މީހުން ވަނީ މަރުވެފަ އެވެ.

ތާލިބާނުންގެ ތަރުޖަމާން ޒަބިހުﷲ މުޖާހިދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

އެމެރިކާ އިން އޮކްޓޯބަރު 2001 ގައި އަފްގާނިސްތަނަށް އެރި އިރު ތާލިބާނުންގެ ލީޑަރު މުއްލާ އުމަރު ދީފައި ވަނީ ބްރިޓިޝް އެމްޕަޔާ އާއި ސޯވިއެޓް ޔޫނިއަން އަށް ވީ ގޮތް އެމެރިކާ އަށް ވެސް ވާނެ ކަމުގެ އިންޒާރެވެ. އެހެންވެ ވަނަމަކަށް ވެސް އަފްގާނިސްތާނަށް ބޭނުން ކުރަނީ "ބޮޑެތި ބާރުތަކުގެ ގަބުރުސްތާން" އެވެ.

އަފްގާނިސްތާނުގައި ކާމިޔާބު ހޯދަން އުނދަގުލީ ކީއްވެ؟

ތަޖްރިބާކާރުން ބުނަނީ އަފްގާނިސްތާނުގައި ބޭރުގެ ބާރުތަކަށް ކާމިޔާބު ހޯދަން އުނދަގޫވާ ސަބަބުތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ އަފްޣާނިސްތާން އޮތް ތަނެވެ. އެއީ އީރާނާއި ސެންޓްރަލް އޭޝިއާގެ އަދި އިންޑިއާގެ މެދުގައި އޮތް ގަބީލާތަކުގެ ބާރު ގަދަ ގައުމެކެވެ. އެ ގައުމުގައި ހުރި ފަރުބަދަތަކާއި ހޮހަޅަތަކުގެ ސަބަބުން އެކި ގަބީލާތަކުން ހިމާޔަތް ހޯދަން ފަސޭހަ އެވެ. ބޮޑު ބާރަކުން އަފްގާނިސްތާނަށް އަރައި ގަންނަ ކޮންމެ ފަހަރަކު އެހެން ކޮންމެވެސް "ގައުމުތަކަކުން" އެކަމާ ދެކޮޅަށް ތެދުވުމުގެ ހަރަކާތްތައް ހިންގަ އެވެ. މިއަދު ވެސް ހަގީގަތަކީ އެއީ އެވެ. އެމެރިކާ އިން ސިއްރިއްޔާތުގައި އަފްޣާން މުޖާހިދީންނަށް ހަތިޔާރު ފޯރުކޮށްދިން އިރު އަފްޣާން ތާލިބާނުންނަށް އީރާނުން ހަތިޔާރު ދޭ ކަމަށް ނޭޓޯ އިން ތުހުމަތު ކުރެ އެވެ.

ތާލިބާނުންގެ ހަނގުރާމަވެރިން ކާބުލްގައި ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

އަފްޣާނިސްތާން އުފެދިފައި ވަނީ އީސްޓާން ޕާސިއަން އިންނެވެ. އަފްގާނިސްތާނަކީ ކުރިން އިންޑިއަން ކިންގްޑަމް އޮފް ގަންދަރާ އެވެ. އެއީ މިހާރުގެ ގޮތުން ބަލާ ނަމަ ޕާކިސްތާނުގެ ހުޅަނގު އުތުރާއި އިރުމަތީ އަފްގާނިސްތާނެވެ. ދެކުނު އަދި އިރުމަތީ އަފްގާނިސްތާނުގައި ބާރު ގަދައީ ޕުޝްތުން ދަރިކޮޅުގެ މީހުންނެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުޑަކޮށް ބޯ ހަމަޖެހޭ ގޮލާ

19 August 2021

ފުރިހަމަ ލިޔުމެއް. އެހެނަސް ފުރަތަމަ ޖުމުލައިގެ ތަންކޮޅެއް އިސްލާހު ކޮށްލާނަން. ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު، 'ޓެރަރިޒަމާ ދެކޮޅު ހަނގުރާމައެއް ކަމަށް ބުނެ' އެމެރިކާ އިން ވަނީ އަފުގާނިސްތާނުގައި ބޮޑު އޮޕަރޭޝަނެއް ފަށައިފަ އެވެ. "އޮޕަރޭޝަން އެންޑިއުރިން ފްރީޑަމް" ގެ ނަމުގައި އޮކްޓޫބަރު 7، 2001 ގައި އެމެރިކާ ސިފައިން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454