ތާލިބާނުންގެ އެނބުރި އައުން: އެމެރިކާގެ ރޭވުމެއް ނޫންތަ؟

ތާލިބާނުންނާ އެކު އެމެރިކާ އިން މިދިޔަ އަހަރު އެއްބަސްވުމުން ހަދަނީ -- ފައިލް ފޮޓޯ: އޭއެފްޕީ

އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި 20 އަހަރު ތިބުމަށް ފަހު އެ ގައުމުން ފޭބުމާ އެކު ތާލިބާނުންގެ ބާރު ވަނީ ދައްކާލައިފަ އެވެ. ފަހަރަކު ސިޓީއެއް ހިފަމުން ގޮސް އެންމެ ފަހުން ރިޔާސީ ގަނޑުވަރު ހިފައި އަފްޣާނިސްތާނުގެ މަދަނީ ވެރިކަން ވަނީ ވައްޓާލައިފަ އެވެ.

ތާލިބާނުންގެ ކުއްލި އެނބުރި އައުން އެހާ އަވަސްވުމުން ވަރަށް ގިނަ ބައެއްގެ ހިތުގައި ސުވާލުތައް އުފެދެ އެވެ. އެމެރިކާ ސިފައިން 20 އަހަރު އަފްޣާނިސްތާނުގައި ކުރީ ކޮން ކަމެއްތޯ ބައެއް ފަރާތްތަކުން ސުވާލު ކުރެ އެވެ. އަފްޣާން ސިފައިންނަށް ދިނީ ކޮން ތަމްރީނެއްތޯ ޝައްކު އުފައްދަ އެވެ. ވިހި އަހަރު ތެރޭ އެމެރިކާ އިން ވަނީ ދެ ޓްރިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ.

އޮކްޓޯބަރު 7، 2001 ގައި އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އެރީ ޓެރަރިޒަމާ ދެކޮޅު ހަނގުރާމަ ކާމިޔާބު ކުރުމަށެވެ. އަފްޣާނިސްތާނަށް ހަމަޖެހުން ގެނެސް އިގްތިސާދީ ގޮތުން އެ ގައުމު ހަމައަކަށް އެޅުވުމަށެވެ. އެކަމަކު ވޭތުވެދިޔަ 20 އަހަރުގެ މަސައްކަތުން މިއިން އެއްވެސް ކަމެއް ހާސިލް ކުރެވިއްޖެ ހެއްޔެވެ؟ އަފްޣާނިސްތާނަކީ ފަގީރު ގައުމެއް ނޫނެވެ. ރަން އެކްސްޕޯޓް ކުރުމުގައި ދުނިޔޭގައި ފާހަގަކޮށްލެވޭ ގައުމެކެވެ. މޭވާގެ ބާވަތްތައް މެދުއިރުމައްޗަށް އެންމެ ގިނައިން އެކްސްޕޯޓްކުރާ އެއް ގައުމަކީ އަފްޣާނިސްތާނެވެ. އަފްޣާނިސްތާނުގެ މަރުކަޒީ ބޭންކުން ބުނި ގޮތުގައި ރިޒާވްގައި ނުވަ ބިލިއަން ޑޮލަރު މިހާރުވެސް އެބަހުއްޓެވެ.

އަފްގާނިސްތާނުގެ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިިވި،، ތާލިބާން ޖަމާއަތުގެ މަންދޫބުން ދޯހާގައި މިދިޔަ އަހަރު ބައްދަލުކުރައްވަނީ --އޭއެފްޕީ

އެމެރިކާ ސިފައިން އަފްޣާނިސްތާނުން މުޅިން ފައިބައި ނުނިމެނީސް ތާލިބާނުންގެ ބާރު ހިންގާލުމުން އެކަމުގެ ތުހުމަތު އިނގިލި އެމެރިކާ އަށް ބައެއް ފަރާތްތަކުން ދިއްކުރެ އެވެ. އެ ހުރިހާ ތުހުމަތެއްގެ ދިފާއުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ވާހަކަ ދައްކަވައިފަ އެވެ.

ބައިޑަން ވިދާޅުވި ގޮތުގައި އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމަކީ ކުރީގެ ސަރުކާރުން އެމަނިކުފާނާ ހަމައަށް ވާރުތަވެފައިވާ މަސައްކަތެކެވެ. ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި ވަނީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމަށް މަޝްވަރާ ފަށާފައި ކަމަށް ބައިޑަން ވިދާޅުވި އެވެ. ތާލިބާނުންނާ އެކު އެމެރިކާ ސަރުކާރުން އެއްބަސްވެފައިވާ ގޮތުން މި އަހަރުގެ މެއި 1 ވަނަ ދުވަހުގެ ކުރިން އެމެރިކާ ސިފައިން އެ ގައުމުން ފައިބަން ޖެހެ އެވެ.

"އަޅުގަނޑު މިހުރީ އަޅުގަނޑުގެ ނިންމުން ދިފާއު ކުރުމުގައި،" ވައިޓް ހައުސްގައި ދެއްވި ބަޔާނުގައި ބައިޑަން ވިދާޅުވި އެވެ. "20 އަހަރުގެ ތަޖްރިބާ އިން އަޅުގަނޑަށް އެނގުނީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމަށް ވަކި ރަނގަޅު ވަގުތެއް ނެތްކަން."

އޭގެ ފަހުން އެމަނިކުފާން ވަޑައިގެންނެވީ ކޭމްޕް ޑޭވިޑަށް ހަފުތާ ބަންދުގެ ޗުއްޓީއަށެވެ.

ތާލިބާނުގެ ވެރިން އަފްގާނިސްތާނުގެ ވެރިކަން ވައްޓާލުމަށް ފަހު އުފާފާޅުކުރަނީ -- ފޮޓޯ: އޭއެފްޕީ

ބައިޑަން ވިދާޅުވީ އެމެރިކާ ސިފައިން ފޭބި ނަމަވެސް ތާލިބާނުން އެހާ އަވަހަށް އެނބުރި އަތުވެދާނެ ކަމަށް އުއްމީދު ނުކުރައްވާ ކަމަށެވެ. ނަމަވެސް ތާލިބާނުން އެހާ އަވަހަށް ގަދަވެ ގަތުމުގެ ފަހަތުގައި ވަނީ އަފްޣާނިސްތާނުގެ ސިޔާސީ ލީޑަރުންނާއި އަސްކަރިއްޔާގެ ނުކުޅެދުންތެރިކަން ކަމަށް ބައިޑަން ފާހަގަ ކުރެއްވި އެވެ. ހަފުތާއެއްހާ ދުވަސް ތެރޭ ތާލިބާނުން ގައުމު ހިފި އިރު ދިފާއުގައި އަފްޣާނިސްތާނުގެ އަސްކަރިއްޔާ ފެއިލްވެފައިވާކަން ބައިޑަން ވިދާޅުވި އެވެ.

އެމެރިކާގެ އިދިކޮޅު ފަރާތްތަކުން ބުނަނީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމުން ދެން ވާނެ ގޮތެއް ބައިޑަންގެ ސަރުކާރަށް އަންދާޒާ ކުރެވިފައި ނުވާ ކަމަށެވެ. އަދި އެކަމުގެ ހިތި ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް ބުނެފައިވެ އެވެ.

ތާލިބާނުން މިހާރު ވަނީ އެ މީހުން 1996 -2001 އަށް ވެރިކަން ކުރި އިރު ގެންގުޅުނު ހަރުކަށި އުސޫލުތައް ބަދަލު ކުރާނެ ކަމަށް ބުނެފަ އެވެ. އަންހެނުން ވަޒީފާ އަދާކުރުމުގެ ހުއްދަދީ، އަންހެން ކުދިން ސްކޫލަށް ދާން ހުއްދަ އޮންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި ކުރީ ސަރުކާރުގައި މަސައްކަތް ކުރި މީހުންނަށް އަމާންކަން އޮންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އިސްލާމީ އޮނިގަނޑުގެ ތެރޭގައި އަންހެނުންނަށް މުޖްތަމައުގައި ހަރަކާތްތެރިވާނެ ކަމަށް ތާލިބާނުން ވަނީ ބުނެފަ އެވެ.

ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ އެކު އެ ވެރިކަން ބަލައިގަތުމުގައި އެމެރިކާ އިން ވަނީ ޝަރުތުތަކެއް ކަނޑައަޅައިފަ އެވެ. އިންސާނީ ހައްގުތަކަށް ރައްކާތެރިވުމެވެ. ޓެރަރިސްޓުންނަށް ހިތްވަރު ނުދިނުމެވެ. ޝަރުތުތަކާ އެކު ނަމަވެސް ތާލިބާނުންގެ ސަރުކާރު ބަލައިގަންނާނެކަމުގެ އިޝާރާތެއް އެމެރިކާ އިން ދިނުމުން ލިބާނުން ވެރިކަމަށް އައުމުގައި އެމެރިކާގެ ރޯލާ މެދު ޝައްކު އުފެއްދުމުގެ ޖާގަ ވަނީ ލިބިފަ އެވެ.

4 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޞާފުހާ

20 August 2021

މުސްލިމުން ހަގުރާމައެއްގައި ކުރި ހޯދާނަމަ އެމެރިކާ އިޒްރާއީލް އެހީ ބަލިވާނަމަ އެމެރިކާއާ ކިހހިނެއްކުޅޭނީ އެމެރިކާ ބޮންއަޅާ ހާހުން މީހުންމަރާ މުޅި ގައުމު ސުއްނާފަތި ކުރާނަމަ ޑިިމޮރަސީ ގެންނަނީ

The name is already taken The name is available. Register?

120687

19 August 2021

އަފްޣާން އަސްކަރިއްޔާ ފެއިލްވި ކަމަށް އެމެރިކާނުން ދައުވާކުރާއިރު، މިވީ 20 އަހަރު އެގައުމުގައި އެމެރިކާނުން ކަބައްޑީ ކުޅުނީތޯ ސުވާލު ނުއުފެދޭބާ؟

The name is already taken The name is available. Register?

ނެތްސަފްހާ

19 August 2021

އަފްޣާނިސްތާނަކީ ދީނީ ގޮތުން ފަހު ޒަމާނުގައި ކިހާ މުހިއްމު ދައުރެއް އަދާކުރާނެ ގައުމެއްކަން ދިރާސާކޮށް ބަލައިފިއްޔާ ސާފުވެދާނެ. މަޒްހަބީ ތަފާތުތަކާ ހެދި ބައެއް ހަގީގަތްތަކަކީ އެކަންކަން ވެދާނެ ކަމަށް އެއްބަޔަކު ގަބޫލުކުރަން ބޭނުންވާ އެއްޗެއް ނޫން ކަމަށް ބެލެވޭތީ އެކަންކަން ފަސްއެޅި ފޮރުވިފައި އޮވެދާނެ. ކުރިއަށް ވާން އޮތް ކިތަންމެ ކަމެއް އެއްއިރެއްގައި ސާފުކޮށް ފާޅުވެ އެނގެން އޮވެފައި މީހުންގެ އަމަލުތަކާހެދި ގެއްލިފައި ހުރެދާނެ.

The name is already taken The name is available. Register?

އިންކް

19 August 2021

ތާލިބާނުންނަށް އެހާ އަވަހަށް ކާމިޔާބު ލިބުމުގެ ފަހަތުގައިވާ އަސްލު ސިއްރުތައް އެންމެ ރަގަޅަށް އެނގޭނީ މީގެ އަހަރުތަކެއް ފަހުން ހޮލީވުޑުން ނެރޭ ފިލްމަކުންހެން ހީވަނީ. މިހާތަނަށްވެސް އެމެރިކާ މީހުންގެ ކަންކަމުގެ އަސްލު ސިއްރުތައް ފޭދިގެން އަންނަނީ ކަމެއް ހިނގާތާ އެތައް އަހަރެއް ފަހުން އެކަހަލަ ނުސީދާ ގޮތަކަށް. ގިނަ ކަންކަން ކޮންސްޕިރަސީ ތިއަރީއަކަށްވެގެން މާބޮޑު ސީރިއަސްކަމެއް ނުލިބި ހިނގައިދޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454