ސައިމަންގެ އެއް ދުވަސް: ގެއިން ހޮސްޕިޓަލަށް

ޑައިލިސިސް ހެދުމަށް ސައިމަން، އޭނާގެ އަންހެނުން އިއްފަތުއާއެކު އައިޖީއެމްއެޗަށް ދަނީ: ޑައިލިސިސް ހެދުމަށް ސައިމަން ހޮސްޕިޓަލަށް ގެންގޮސް އަދި ޑައިލިސިސް ނިންމުމަށްފަހު ގެއަށް ގެނެސް ދެނީ ވެސް އިއްފަތު.

02 ސެޕްޓެމްބަރ 2021 - 08:48

1 comments

އޭވިއޭޝަން ދާއިރާއިން ކުރިއަށް ދިއުމަށް އަޒުމް ކަނޑައަޅައިގެން، 2009 ގައި އިސްމާއިލް ސައިމަން ދިރިއުޅުން ބަދަލުކުރީ އެމެރިކާއަށެވެ. އެކަމަކު، ކުއްލިއަކަށް ބަލިވެ، ކިޔެވުން ކުރިއަށް ގެންދެވޭނެ ގޮތެއް ނުވެގެން ޑޮކްޓަރަށް ދެއްކި އެވެ. ކިޑްނީގައި ހިލަ ހުރި ކަމަށް ބުންޏަސް ބޭސް ކާކަށް ނުޖެހުނެވެ. އެކަމަކު އެ ހާލަތުގައި އާއިލާއާ ދުރުގައި ހުންނަން އުނދަގޫވާތީ ކިޔެވުން މެދުކަނޑާލުމަށް ފަހު ހަމަ އެ އަހަރު މާލެ ބަދަލުވީ އެވެ.

އޭގެ ފަހުން ވެސް ހުވަފެންތަކުގައި ހަގީގީ ކުލަ ޖެއްސުމަށް އޭނާ މަސައްކަތްކުރި އެވެ. އެކަމަކު ބަލި ހާލަތާ ގުޅިގެން 36 އަހަރުގެ ޒުވާނާ އަށް ކިޔެވުން ނިންމައެއް ނުލެވުނެވެ. އެންމެ ފަހުން، 2019 ގައި ޑޮކްޓަރަށް ދެއްކުމުން އެނގުނީ ކިޑްނީން މަސައްކަތްކުރީ އެންމެ ހަތް ޕަސެންޓް ކަމެވެ.

މިއީ، އެ ދިރިއުޅުމުގެ އެންމެ ދުވަހެކެވެ؛ "މެދުސަފުހާ"ގެ ފޮޓޯގްރާފަރު ނިޝާން އަލީގެ ލެންސަށް އެރި މުހިންމު ބައެއް މަންޒަރުތަކެވެ.

ސައިމަން، އޭނާގެ ދަރިފުޅު ވިވިއަން އަށް ކިޔަވައިދެނީ: ކޮންމެ ދުވަހަކު ހެނދުނު ސައިބޮއި ނިމިގެން އޭނާގެ މި ދަރިފުޅަށް ކިޔަވައިދީ، ސްކޫލާ ގުޅޭ ކަންކަމުގައި ވެސް ސައިމަން ފުރިހަމައަށް ބައިވެރިވޭ

ސައިމަންގެ ދެމަފިރިން، އެ މީހުންގެ ދަރިފުޅު ވިވިއަންއާއެކު ލެގޯ ކުޅެނީ: ސްކޫލުގެ ފިލާވަޅުތައް ނިންމައި ލިބޭ ހުސްވަގުތުގައި ވިވިއަންއާ އެކު ލެގޯ ކުޅުމުކީ 36 އަހަރުގެ ސައިމަން އަބަދު ވެސް ކުރާ ކަމެއް.

ސައިމަން، އޭނާގެ ބައްޕަ އަށް ކާންދިނުމަށް ތައްޓަށް ބަތް އަޅައިދެނީ: އޭނާ އުޅެމުން އަންނަނީ މަންމަ އާއި ބައްޕައާއެކު އެއް އެޕާޓްމަންޓެއްގައި. އެކަމަކު ކިޑްނީ ފެއިލްވެފައިވާކަން ބައްޕަ ކައިރީގައި ނުބުނޭ. ސައިމަން ބުނަނީ ހަ ކުދިންގެ ތެރެއިން ހަގު ދަރިފުޅު ކިޑްނީ ފެއިލްވެފައިވާކަން ބައްޕަ އަށް އެނގިއްޖެނަމަ ހާލަތު ގޯސްވާނެ ކަމަށް.

ސައިމަން، އޭނާގެ މަންމަ އާއި ބައްޕަ، އަދި އަންހެނުންނާއި ދަރިފުޅާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން. ކިޑްނީ ބައްޔާއެކު ވެސް ދިރިއުޅުން އުފާވެރި ކަމަށް ސައިމަން ބުނި.

ސައިމަން، އޭނާގެ ދަރިފުޅު ވިވިއަން ގޮވައިގެން ސްކޫލަށް ދަނީ: ދަރިފުޅު ގޮވައިގެން ސްކޫލަށް ގޮސް އަދި އަނބުރާ ގެއަށް ގެންދަނީ ސައިމަން. އޭގެ އިތުރުން އެ ގޭގައި އުޅޭ އެހެން ކުދިން ސްކޫލަށް ގެންދިއުމާއި ގެނައުމުގެ ކަންތައްތައް ވެސް އޭނާ ކުރޭ.

ވިވިއަން ގޮވައިގެން ސައިމަން ސްކޫލަށް ދަނީ. ޑައިލިސިސް ހަދަން ޖެހުން ފިޔަވައި އޭނާގެ ދިރިއުޅުމުގައި މާ ބޮޑު ތަފާތެއް ނެތް. ދުވަން ދިއުމާއި އާއިލާ އަދި ރައްޓެހިންނާ އެކު ސައިމަން ބޭރަށް ގޮސް އުޅޭ.

އަންހެނުން އިއްފަތުއާ އެކު ސައިމަން ގަސްތަކަށް ފެން ދެނީ: ގޭގެ ޓެރަސްމަތީގައި އެ ދެމަފިރިން ތަފާތު އެކި ކަހަލަ ގަސްތައް ހައްދާފައި ހުރޭ. އޭގެ ތެރޭގައި ބަށި، ސްނޭކް ޕްލާންޓު އަދި އެކި ކަހަލަ މާ ގަސް ހިމެނޭ. މިއީ ފޫހިފިލުވުމަށް ކުރާ ކަންކަން.

ސައިމަން ޑައިލިސިސް ހަދަން ހޮސްޕިޓަލަށް ގޮސް: ސައިމަން އަންނަނީ ހަފުތާގެ ތިން ދުވަހު ޑައިލިސިސް ހަދަމުން. އެ ސެޝަންތަކުގެ ދިގުމިން ހަތަރު ގަޑިއިރަށް އަރާ.

އައިޖީއެމްއެޗްގައި ޑައިލިސިސް ހެދުމަށް ސައިމަން ތައްޔާރުވަނީ: ގިނަ ވަގުތުތަކެއް ހޭދަވާތީ އޭނާ ޑައިލިސިސް ހަދަން ހޮސްޕިޓަލަށް ދަނީ އައިޕެޑެއް ކަހަލަ އެއްޗެއް ހިފައިގެން. އޭނާ ބުނަނީ އެއީ ވަގުތު ހުސްކޮށްލަން ރަނގަޅު ގޮތެއް ކަމަށް.

ޑައިލިސިސް ހެދުމަށް ނަރުހަކު ތައްޔާރުވާއިރު، ސައިމަން އޮށޯވެލައިގެން: ޑައިލިސިސް އަކީ އޭނާ އަށް މިހާރު އާންމު ފަރުވާއެއް.

ޑައިލިސިސް ހެދުމަށް ސައިމަންގެ އަތަށް ހޮޅި ގުޅުމުގެ ކުރިން ބޭސް އުނގުޅަނީ

ޑައިލިސިސް ފެށުމަށް ނަރުހަކު ސައިމަންގެ އަތަށް ހޮޅި ގުޅަނީ

ޑައިލިސިސް ހަދަމުންދާ ވަގުތު ސައިމަންގެ އައިޕެޑުން މެޗެއް ބަލަނީ: ޑައިލިސިސްގެ ވަގުތު ފުޓްބޯޅަ މެޗެއް ނޯންނަންޏާ ސައިމަން ކުރާ ކަމަކީ ނެޓްފްލިކްސް އިން ފިލްމެއް ނުވަތަ ޔޫޓިއުބުން ވީޑިއޯ ބެލުން.

ޑައިލިސިސް ކުރިއަށް ދާ ވަގުތު ސައިމަންގެ އައިޕެޑުން މެޗެއް ބަލަނީ: ރާއްޖޭގައި ހިންގާ މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓާސް ކްލަބްގެ ފައުންޑަރު އަދި ރައީސަކީ ވެސް އޭނާ. ފުޓުބޯޅަ އަކީ އޭނާ އެންމެ ގަޔާވާ ކުޅިވަރު.

ޑައިލިސިސް ސެޝަނަކަށް ފަހު ސައިމަން ގެއަށް ދަނީ: ޑައިލިސިސް ނިމޭއިރު ގިނަ ދުވަސްތަކުގައި ހުންނަނީ ދަންވަރު 3:00 ވެފައި. ގެއަށް ގޮސް ކާލައިގެން ކުޑަކޮށް ހަމަޖައްސާލުމަށް ފަހު އޭނާ ދެން ނިދަނީ. އޭނާގެ ހަޔާތުގައި ދެން އޮތީ ވެސް އާ ދުވަހެއް.

1 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 90%
icon angry icon angry 2%
icon wow icon wow 2%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިކަންކަން ނެތީ މައި......

03 September 2021

ސައި މަން ގެ ކެތްތެރި ކަ މަށާއި، ހިތްވަރަށް ސާބަސް ދެ މެވެ. އަދި ސައި މަން އަށް، ﷲގެ ޙަޟްރަތުން ފުރިހަ މަ ޝިފާއެއް މިންވަރު ކުރެއްވެވު މަށް އެދެ މެވެ! އާ މީން. މިލިއު މުގައި ކޮން މެ ދުވަހަކު ސައި މަން ކުރާ ވަރަށް ގިނަ ކަންކަން ހި މެނިފައި ވާއިރު ނަ މާދުކޮށް، ކޮން މެ ދުވަހަކު ޤުރްއާނުގެ ކުރު ސޫރަތެއް ނަ މަވެސް، ކިޔަވާނެ ކަ މަށް އުން މީދު ކުރަ މެވެ. އެވާހަކަ ލިޔު މުގައި ނުގެނައީ އިޝްތިހާރު ނުކުރު މަށް ކަ މަށްވެސް ވުން އެކަށީގެން ވެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454