ޓުވިން ޓަވަރު ވެއްޓުމާއި ރާއްޖޭގައި ހަރުކަށި ފިކުރު އެރުން!

ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާގެ ހަތަރު ފްލައިޓެއް ހައިޖެކްޓުކޮށް، ގޮއްވާލައިގެން ވޯލްޑް ޓްރޭޑް ސެންޓަރު ބިމާ ހަމަކުރުމަކީ މުޅި ދުނިޔެ "ޓެރަރިޒަމް" އާ މެދު ދެކެމުން އައި ގޮތް ބަދަލުކޮށްލި ބޮޑު ހަމަލާއެކެވެ. ދުނިޔޭގެ ސުޕަ ޕަވަރެއްގެ ސެކިއުރިޓީ އޮތްތާ އޮއްވައި، ޓެރަރިސްޓު ޖަމާއަތަކުން ޓުވިން ޓަވަރު ވައްޓާލި އެ ދުވަހަކީ ސަލާމަތީ ކަންކަމާ ދުނިޔޭގެ ލީޑަރުން އަލުން ވިސްނާ، ޓެރަރިޒަމްއާ ދެކޮޅަށް "ބޮޑު ހަނގުރާމަ" ފަށަން ޖެހުނު ދުވަހެވެ.

އެ ހާދިސާއަށް މިއަދު 20 އަހަރު ފުރޭއިރު، މިހާރުގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި 9/11 ހަމަލާއާ ގުޅިގެން އެމެރިކާ އިން އަފްގާނިސްތާނާއި އިރާގަށް އަރައި ފެށި ހަނގުރާމަތަކުގެ ތެރެއިން ހިނގި ކަންކަމާއި އޭގެ ފަހުން މެދުއިރުމަތީގައި ހިނގި ހަމަނުޖެހުންތަކަކީ މިއަދު ދުނިޔެއަށް ޓެރަރިޒަމްގެ ނުރައްކާ އިތުރަށް ފެތުރި، ބޮޑުވާން މެދުވެރިވި ކަަންކަމެވެ.

އަފްގާނިސްތާނެކޭ އެއްފަދައިން ސައުތު އޭޝިއާގައި ހިމެނޭ ރާއްޖެ އަށް 9/11 އިން ސީދާ އިމްޕެކްޓެއް ނުކުރިޔަސް، އެއީ އޭގެ ފަހުން ޓެރަރިސްޓު ޖަމާއަތްތަކުން ކުރަމުން އައި ހަނގުރާމަތަކުގެ ތެރެއަށް ބައެއް ދިވެހިންނަށް ވެސް ވަދެވި، އެ ނުރައްކަލަށް ލޯ ހުޅުވެން ފެށުނު ހިސާބެވެ!

9/11 އަށް ފަހު އައި ހަނގުރާމަތަކަށް ދިވެހިން ލެނބުން

ބައިނަލްއަގުވާމީ މަސްރަހުގައި ހިނގާ ރީޖަނަލް ޓެންޝަންތަކުގެ ސަބަބުން ހައްދުފަހަނަޅައި ގޮސްފައިވާ ފަރާތްތަކާއި ރެޑިކަލް މޫވްމަންޓުތަކަށް އަންނަ ބަދަލުތަކަކީ ރާއްޖޭގެ ވެސް ކައުންޓާ ޓެރަރިޒަމްއާ ގުޅޭ ކަމާބެހޭ ފަރާތްތަކުން ވަރަށް ކައިރިން ބަލަމުން އަންނަ ކަމެކެވެ.

މިސާލަކަށް ޕާކިސްތާނުގެ އިންޓެލިޖަންސް ހެޑް ކުއާޓަރަށް ދިވެއްސަކު އަމިއްލައަށް ޖާނުން ފިދާވެގެން ދިން ހަމަލާ. އަފްގާނިސްތާން ހިމެނޭ އެ ރީޖަން ވަރަށް ބޮޑަށް އިންސްޓޭބަލްވެފައި އެ އޮތީ. އެ ރީޖަން ތެރޭގައި ދިވެހި ބަޔަކު ތިބީމަ ދެއްތޯ ދިވެއްސަކު އެގޮތަށް ނުކުންނާނީ.

ސެޕްޓެމްބަރު 11 ގެ ހަމަލާއާ ގުޅިގެން ރާއްޖޭގައި އެވަރުގެ ދިރާސާތަކެއް ހަދައި ޓެރަރިޒަމްއާ ދެކޮޅަށް މަސައްކަތްތަކެއް ނުކުރިޔަސް، އޭރު ވެސް ރާއްޖޭގައި އެފަދަ ހަނގުރާމަތަކަށް "ދަމާ ބާރުތަކެއް" އުޅުނު ކަން މިހާރު އެނގެ އެވެ.

މި ރިޕޯޓަށް ވާހަކަ ދެއްކެވި ސަލާމަތީ ބާރުތަކުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އަފްގާނިސްތާނާއި އިރާގުގައި ކުރި ހަނގުރާމަތަކުގެ ތެރެއިން އުފެދުނު ޓެރަރިސްޓު ޖަމާއަތްތަކަށް ގިނަ ދިވެހިންތަކެއް އެހާ އަވަހަށް ލެނބިގެން ދިޔުމަކީ، އޭގެ ކުރިން ވެސް ރާއްޖޭގައި ސިއްރުން ނުވަތަ އަވަށްޓެރި ގައުމުތަކަށް ފޮނުވައިގެން ވިޔަސް ބަޔަކު ތަމްރީންކޮށް، ފިކުރު އަނބުރަން މަސައްކަތް ކުރި ކަމުގެ ހެއްކެކެވެ.

"ދުނިޔޭގެ އެއް ގައުމުގައި ހާއްސަކޮށް ބޮޑެތި ބާރުތަކުގެ ތެރޭގައި ހިންގާ ކަންކަމުގެ ސަބަބުން އެހެން ގައުމުތަކަށް ވަރަށް ބޮޑަށް އޭގެ އަސަރު ކުރާނެ. ރެޑިކަލް މޫވްމަންޓުތަކުގެ ޓްރެންޑުތަކަށް ވެސް ބަދަލު އަންނާނެ،" އެހެން އެނަލިސްޓަކު ވިދާޅުވި އެވެ.

"އެ އިމްޕެކްޓު މިހާރު އަދި ކުރިޔަށް ވުރެ ވެސް ބޮޑު ވާނެ،" އޭނާ ވިދާޅުވި އެވެ.

ގައުމެއް ހާލުގައި ޖެހުމާއި ގައުމެއްގައި ހިންގާ ލާއިންސާނީ އަމަލުތަކާއި އެކަންކަމާ ނަސްލާއި ދީނާއި އަދި އެހެން މައްސަލަތައް ވައްދައި ގުޅުވުން ފަދަ ކަންތައް ކުރުމަކީ އެފަދަ ހަމަނުޖެހުންތަކުގައި ބައިވެރިވުމަށް މީހުންނަށް ހިތްވަރު ލިބޭ "ޕުލް ފެކްޓާޒް"ތަކެކެވެ.

ސީރިއާގައި ހަނގުރާމަ ކުރަމުން އަންނަ ދިވެހިން: ބައެއް ދިވެހިން ވަނީ މަރުވެފައި.

ދެހާސް ހަތަރު ވަނަ އަހަރު ސުނާމީ އަރައި ރާއްޖެ ހާލުގައި ޖެހުމުން އެހީވުމަށް އައި ބަޔަކު އެފަދަ ތަމްރީންތަކެއްގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވައި އަދި ބައެއް މީހުން ބޭރަށް ފޮނުވައިގެން ތަމްރީނު ކުރި ކަމަށް ތުހުމަތު ކުރެވުނު ކަމަށް ކަމާބެހޭ އޮފިޝަލަކު ވިދާޅުވި އެވެ. އަދި ސީރިޔާގައި ހިނގި ހަނގުރާމަތަކުގައި މުސްލިމުންނަށް ދެމުން ގެންދިޔަ ލާއިންސާނީ އަނިޔާތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ވަރަށް ބޮޑަށް ދައުރު ކުރުމުގެ ނަތީޖާއަކީ "ޖިހާދުވާން އަންނަން" ގޮވައިލި ގޮވާލުމަށް ރާއްޖެއިން ވެސް އެތައް ބަޔަކު އިޖާބަ ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ޕާކިސްތާނުގެ އިންޓެލިޖަންސް ހެޑް ކުއާޓަރަށް ދިވެއްސަކު އަމިއްލައަށް ޖާނުން ފިދާވެގެން ދިން ހަމަލާ. އަފްގާނިސްތާން ހިމެނޭ އެ ރީޖަން ވަރަށް ބޮޑަށް އިންސްޓޭބަލްވެފައި އެ އޮތީ. އެ ރީޖަން ތެރޭގައި ދިވެހި ބަޔަކު ތިބީމަ ދެއްތޯ ދިވެއްސަކު އެގޮތަށް ނުކުންނާނީ."

ބޭރުގެ ހަނގުރާމަ ޓްރެންޑުތަކުން ރާއްޖެއަށް ނުރައްކާ ކުރި ގޮތް!

ދިވެހިން ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވުމުގެ އިތުރުން ދުނިޔޭގެ އެހެން ހިސާބުތަކުގައި ދޭ ޓެރަރިސްޓު ހަމަލާތަކުގެ ޓްރެންޑުތައް ރާއްޖެއިން ވެސް ފެންނަމުންދާ ކަމަށް ސަލާމަތީ ބާރުތަކަށް ވަނީ ފާހަގަވެފަ އެވެ.

މިސާލަކަށް އިސްލާމިކް ސްޓޭޓް (އައިސިސް)ގެ ހަނގުރާމަތައް އެންމެ ގަދައަށް ކުރަމުން ދިޔަ ދުވަސްވަރު ރާއްޖޭގައި ވެސް ހަމަލާއެއް ދިނުމުގެ ބަދަލުގައި ބޮޑަށް ޓްރެންޑުތައް ހުރީ "ޖިހާދަށް ދިޔުމުގެ މާތް ކަމާއި"، "ހިޖުރަ ކުރުމުގެ މުހިންމު ކަމުގެ" މައްޗަށެވެ.

ސޯޝަލް މީޑިއާ އާއި އެކި ވެބްސައިޓުތައް މެދުވެރިކޮށް އަދި ފޮތްތަކާއި ލިޔުންތައް ޗާޕުކޮށްގެން ރާއްޖެއަކީ "ކުފުރުގެ ބިމެއް" ކަމާއި އިސްލާމީ ބިމަކީ އެހެން ގައުމެއް ކަމަށް ފަތުރާ ދައްކާ ވާހަކަތައް އެ ދުވަސްވަރު ވަަރަށް ގިނަ އެވެ.

ނަމަވެސް ބޭރުގެ ހަނގުރާމަތައް ކުޑަކޮށް ދަށް ވެލާއިރަށް ހަނގުރާމައަށް ދިޔަ މީހުން އެނބުރި ގައުމަށް އައިސް ސައިލެންޓުކޮށް ތިބެ މަސައްކަތް ކުރާ ކަމަށް ސަލާމަތީ ބާރުތަކަށް އޮތީ ފާހަގަވެފަ އެވެ.

"އޭގެ މާނައަކީ ސަސްޓެއިން ކުރަން އެބަ މަސައްކަތް ކުރެއޭ. ހަނގުރާމައަށް ގޮސް ހަމައެކަނި ނިމިގެން ދާކަށް ނޫން. އޭގެ ބަދަލުގައި އެކޮޅަށް މީހުން ގެންގޮސް ޓްރެންޑުތައް ގެންނަން ވަރަށް މަސައްކަތް ކުރޭ،" އެނަލިސްޓަކު ވިދާޅުވި އެވެ.

މިކަހަލަ ވަރަށް ގިނަ ޕެޓާންތައް ދިމާވޭ. ގިނަ ކަންކަން އާންމުންނާ ހަމަޔަށް ތިލަ ނުވިޔަސް ކަމާބެހޭ ފަރާތްތަކުން ހުއްޓުވާފައި ވެސް ހުންނާނެ. ބޭރުގެ ޓްރެންޑުތަކާ ގުޅޭ ގޮތަށް ހަމަލާތައް ވެސް ރާވައި ދެމުން ދޭ.

ލަންކާގައި 2019 ވަނަ އަހަރު "އީސްޓާ ސަންޑޭ ބޮމިން" ހާދިސާގައި އައިއީޑީ ވަރަށް ބޮޑަށް ބޭނުން ކުރި އެވެ. އޭގެ ފަހުން ރާއްޖޭގައި ވެސް އައިއީޑީ ހަދައި، ބޭނުން ކުރާނެ ގޮތުގެ ގައިޑްލައިންތައް ހުންނަ ލިޔުންތައް ދައުރު ކުރުމާއި ތ. އަތޮޅު ސްކޫލް ގޮއްވާލަން އުޅުން ފަދަ ކަންކަން ހިނގި އެވެ. އަދި އައިއީޑީ ހަދަން މަސައްކަތް ކުރަނިކޮށް ވެސް ބައެއް މީހުން އަތުލައިގެންފައި އެބަ ހުއްޓެވެ. އެންމެ ފަހުން މި އަހަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިނަ ހަމަލާގައި ވެސް ބޭނުން ކޮށްފައި ވަނީ އައިއީޑީ އެވެ.

"މިކަހަލަ ވަރަށް ގިނަ ޕެޓާންތައް ދިމާވޭ. ގިނަ ކަންކަން އާންމުންނާ ހަމަޔަށް ތިލަ ނުވިޔަސް ކަމާބެހޭ ފަރާތްތަކުން ހުއްޓުވާފައި ވެސް ހުންނާނެ. ބޭރުގެ ޓްރެންޑުތަކާ ގުޅޭ ގޮތަށް ހަމަލާތައް ވެސް ރާވައި ދެމުން ދޭ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކާރުކޮޅަށް އަރުއްވަނިކޮށް އެ މަނިކުފާނަށް އަމާޒުކޮށް، އެއްޗެއް ގޮއްވައިލުމުގެ ސަބަބުން ނަޝީދަށް އަނިޔާވުމާ ގުޅިގެން ފުލުހުންގެ އެލާޓް ލެވެލް ތިނަކަށް މަތިކޮށް މާލޭގެ އެކި ސަރަހައްދުތަކުގައި ސިފައިން ހަތިޔާރާއެކު ފޯރިމަރަނީ. -- ފޮޓޯތައް: ނިޝާން އަލީ /މިހާރު

ސެޕްޓެމްބަރު 11 ވަނަ ދުވަހު ދުނިޔެ ސިއްސުވާލި ޓެރަރިސްޓު ހަމަލާގައި ދިވެހިންނަށް އެހާ ބޮޑު ފިލާވަޅެއް ނުލިބުނު ނަމަވެސް އޭގެ ފަހުން މިދިޔަ 20 އަހަރު ތެރޭ ޓެރަރިޒަމް ވެފައި މިއޮތީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަށެވެ.

ރާއްޖޭގައި މި ވަގުތު މީހުން މަރާލަން ފަސް ނުޖެހޭ 1،000 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ފުލުހުން ބުނާއިރު އެމެރިކާ އަށް ވެސް ހަމަލާ ދިން އަލްގައިދާ އާއި އޭގެ ފަހުން އުފެދުނު އައިސިސް ޖަމާއަތްތަކާ ގުޅިގެން އޮޕަރޭޓު ކުރާ ދިވެހިން އެބަތިއްބެވެ.

އެ ނުރައްކާތެރިކަމުގެ ތެރޭ ދިވެހިން މިއަދު ތިބީ ލޯ ހުޅުވިފަ އެވެ. ކުރިޔާ ހިލާފަށް މިފަހަރު 20 އަހަރުގެ ހަނގުރާމައެއް ނިންމުމަށް ފަހު ތާލިބާނުން އަނެއްކާ އަފްގާނިސްތާނުގެ ވެރިކަން ކުރަން ފެށުމާ ގުޅުމާއި އެ ނޫންވެސް ދުނިޔޭގައި ހިންގާ ކަންކަމާ ހެދި އަތުވެދާނެ ބަދަލުތަކަށް ސަލާމަތީ ބާރުތަކުން ތިބީ ފާރަލައިގެންނެވެ.

14 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 53%
icon sad icon sad 0%
icon angry icon angry 47%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރިޔާޒު ރަށީދު

12 September 2021

ކޮބާ ނޫސްތަކުގައި ޓެރަރިސްޓުންނަށް ވާގިވެރިވެ ލިޔުނު ލިޔުންތައް. އަފްގާން ހަނގުރާމައިގެ ދުވަސްވަރު ދިވެހިންގެ ލޭކެއްކުވީ ނޫސްވެރިން.

The name is already taken The name is available. Register?

ދަކްތޫރު

12 September 2021

އެމެރިކާ، ސައުދީ، އިސްރާއީލު ވެސް އެންމެން ބައިވެރިވެގެން ކުރި ކަމެއްތީ. ތިޔަ ފާޑުފާޑުގެ ރިޕޯޓުތައް ހަދަނީ އެމެރިކާ މީހުން. އަހަރެން ހަދާ ރިޕޯޓުގައި އަހަރެންގެ ގޯސް ވާހަކަ ނުލިޔާނެ. ވަރަށް ސިމްޕަލް ފެކްޓެއް. 2 ޓަވަރު ވައްޓާލާ، ޕެންޑަގެން ކައިރިއަށް ބޯޓެއް ވައްޓާލާއިރު އެތެރޭގެ އެހީ ތެރިކަން ނެތް ކަމަށް ޤަބޫލު ކުރާނީ މޮޔައެއް. އަހަރުންގެ ބޯ ކާން ނޫޅޭ. ތިޔަ ޓެރަރިޒަމް ދުނިޔޭގަ އޮންނަތާ އެތައް ޒަމާނެއް. މިއަދު އިއްޔެކަމެއް ނޫންތިއީ

The name is already taken The name is available. Register?

އަހުމަދު3ު

11 September 2021

އިންސައިޑު ޖޮބެއް

The name is already taken The name is available. Register?

ޖަލީލީ

11 September 2021

ސެޕްޓެމްބަރ 11 ގެ ހާދިސާ އަކީ ސީދާ އެމެރިކާގެ އިންސައިޑް ޖޮބެއް ކަން ހެކި ލިބޭނެ އެތަށް ކަމެއް އެބަހުރި. މިއީ އެމެރިކާ އިރާޤް އަދި އަފްޤާނިސްތާނަށް އަރައިގަތުމަށް ޓަކާ އެސްކިއުސް އަކަށް ކުރިއޭޓް ކުރި ހާދިސާއެއް. އަލްގައިދާ އަކީ އޭރު 3 މަތިންދާބޯޓް ހައިޖެކު ކޮށް އެފަދަ ބޮޑު ހަމަލާއެއް ދިނުމުގެ ގާބިލްކަން ލިބިފައިވާ ބައެއް ނޫން. އެކަމަކީ އެހާ ފަސޭހަ ކަމެއް ނަމަ މިއަދު އައިއެސް ތަންތަނުން ކޮންމެ ދުވަހަކު އެކަން ކުރީސް

The name is already taken The name is available. Register?

Coronavirus

11 September 2021

ސެޕްޓެމްބަރ 11 ގެ އަޑީގައި ތިބީ ސައުދީ ސަރުކާރު، އެކަން މިހާރު ނެރެން އެއުޅޭ ކުލަސިފައިޑު ރިޕޯޓުން ފެންނާނެ. މަޑުކޮއްލާ. ބުޝް އާއިލާކީ ސައުދީއާ ވިޔަފާރީގެ ގޮތުން ވަރަށް ބޮޑަށް ގުޅިފައިވާ ބަޔެއް. ތާލިބާނުން ބޮލަށް އެމެރިކާ އެޅި ބޮމަކީ ސައޫދީ އަޑީގައި އޮވެގެން މަތިޖަހަން ކުރި ކަމެއް. ތާލިބާނުން ނޫނީ އަލްގައިދާ އަކީ މިކަމާ ބެހޭ ބަޔެއް ނޫން. އަލްގައިދާ ކުރިކަމެއް ކުރީ ސައުދީ އެޖެންޓުން ބުނެގެން.

The name is already taken The name is available. Register?

ސައުދީ

11 September 2021

ސުނާމީ އާ ގުޅިގެން ޗެރިޓީ ގްރޫޕުތަކަށް ހުޅުވިފަ އޮތް އިރު ރަނގަޅު މީހުން ވެސް އައި އެހީވެ ކިޔަވާ ދޭން. އަމިއްލަ އެޖެންޑާ ހިފައިގެން އުޅުނީ ވަރަށް މަދު ބަޔަކު

The name is already taken The name is available. Register?

ޡަވާބު

11 September 2021

ވަރަށް ފުރިހަމަ ލިޔުމެއް. ރަނގަޅަށް ދިރާސާކޮށްފަ ލިޔާ ލިޔުންތައް ގިނަ ކުރަންވީ.

The name is already taken The name is available. Register?

ސީނީނު

11 September 2021

މިގައުމު ހަރުކަށި ފިކުރުގެ އައްޑާއަކަށްވެ ނިމެނީ. ސިކުނޑި ލެއްޕިފަތިބި ދީނޭ ކިޔައިގެން އަންހެނުންނަށް އުދަގޫކުރާލެއް އެހާ ބޮޑު. ހެދުން އަޅަންވީގޮތާ ތިބެންވީ ތަންތަނާ އުޅެންވީގޮތްތައް ތުބުޅިތަކުން ކިޔާދީ މަޖުބޫރުކުރަނީ. ހިޔާލީ މުސްތަގުބަލެއްގެ ޝިކާރުގަ ހަގުރާމަކުރަނީ. އެމީހުނާ އިދިކޮޅަށް އެއްޗެއްބުނާ މީހަކު ދީނާ ދެކޮޅޭކިޔާފަ މަރާލަނީ!. ތުބުޅިތައް އުޅޭލެ ވަކި ރަގަޅޭއްނޫން. އެމީހުންނަށް ކުރެވުނު ގޯސްތައް ބެލެންސުކުރަން އަންހެނުން ފިއްތަނީ!

The name is already taken The name is available. Register?

ޖަޒީރާ އައްޔަ

11 September 2021

ހިޔާލީ މުސްތަޤްބަލެއް ނޫން ބުރޯ އެއީ. ގިޔާމަތް ދުވަހާއި، ހިސާބު ބެއްލެވުމާއި އަދި ސުވަރުގެ އާއި ނަރަކަ އެއީ ހަމަ ހައްގުތެދު. ތިމާގެ އީމާނެއް ނެތް ކަމުން އެކަންކަން ގަބޫލު ނުކުރެވުން އެއީ އަމިއްލަ ނަފުސުގެ ނިކަމެތިކަން. ކާއިނާތު ހަލުގު ކުރައްވާ، ހުރިހާ މަހުލޫގުން އުފައްދަވާ ރޭދުވާ ތަކުރާރު ކުރައްވާ ދުނިޔެ ހިންގެވުމަށް ކޮންމެސް ފަރާތެއް ވާން ޖެހޭ. އެއީ ﷲ ސ.ވ ކަން ޝައްކެތް ނެތް

The name is already taken The name is available. Register?

ސަތަނުކަރޭ

11 September 2021

އޭ ޖަޒީރާ އައްޔާ. ވިސްނަބަލަ. ހިޔާލު ތަފާތުވެދާނެ. އެހެންމީހުންގެ މައްޗައް ތިމާގެ ތެދު މަޖުބޫރު ނުކުރޭ. އެކި ތުބުޅި އެކި އެއްޗެތި އެކި ކަންކަމުގަ ކިޔަނީ. ސީދާ ސީދާ އެކައްޗެއް ކިޔާ ބައެއް މަދު. އަންހެނުންނަށް އަނިޔާ ނުކުރޭ! ދޫކޮއްލާ!

The name is already taken The name is available. Register?

ސަލީމު އިދުރީސް

11 September 2021

ސީނީނު ތިބުނީރަގަޅައް! ދެވަނަ ބޮޑު ހަނގުރާމާގަ ވެސް ސިފައިނައް މަރުވާން ބިރުނުގަންނަ ކަހަލަ ބޭސްދީގެން ހަގުރާމަކުރި! އުދުހޭ އަސްދުވި ޒަމާނުގަ އެގޮތައް ދޭބޭހެއްނެއް އެކަމަކު ސިކުނޑިއައް ދޭބޭހެހަކުން ފެނަނީ މަރުވިއަސް ދުނިއެމާތީ އެންމެ ބޭނުންވާ އެއްޗެތި ލިބޭނެ ކަމުގެ ހުވަފެން

The name is already taken The name is available. Register?

ކިނބޫ

14 September 2021

ސިކުނޑި ލެއްޕިފަ ތިބީ ތިކަހަލަ ޣާފިލުން! ދުއާ އަކީ ތިހެން އުޅޭ މަގު ގެއްލިފަ ތިބި މީހުންނަށް ހިދާޔަތު ދެއްކެވުން.

The name is already taken The name is available. Register?

މަކަރުވެރި

11 September 2021

މޫސާރަސީދު ކަލެއައް މާބޮޑައް އެގެނީ. ރައްޖެއަ މިއޮތީ އިންޑިޔާ އަރާފަ

The name is already taken The name is available. Register?

ހަސަނު1

11 September 2021

ތިމާއަށް ވަކި މައުލޫއަކަށް ވާހަކަ ދައްކަން ނޭންގެންޏާ އެންމެ މޮޅުގޮތަކީ އެއްޗެއް ބުނާ މީހާއާއި ދިމާކޮށްލުން. އެހެންނު؟ މޫސާ ރަސީދަށް އެނގޭތީ ދޯ އޭނަ ލިޔާނީ. އިންޑިއާ އެރުމާ ޓެރަރިޒާމާ މީ ދެކަމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454