9/11 އަށް 20 އަހަރު: ދުނިޔެ ބަދަލުވި ގޮތް

ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާގެ ޓްވިން ޓަވަރުގައި މަތިންދާ ބޯޓު ޖައްސައި ގޮއްވާލަނީ. --ފޮޓޯ:އޭއެފްޕީ

11 ސެޕްޓެމްބަރ 2021 - 08:21

8 comments

ދުނިޔޭގެ ތާރީޚުގައި ވެސް ދިން އެންމެ ނުރައްކާ ޓެރަރިސްޓް ހަމަލާ އަށް މިއަދު 20 އަހަރު ފުރުނީ އެވެ. އަލްގައިދާގެ ޓެރަރިސްޓުން އެމެރިކާގެ ކޮމާޝަލް ހަތަރު ފްލައިޓް ހައިޖެކްކޮށް ހަމަލާ ދިނީ ސެޕްޓެމްބަރު 11، 2001 ވަނަ ދުވަހުގެ ހެނދުނެވެ. އެމެރިކަން އެއާލައިންސްގެ ފްލައިޓް 11 ނިއު ޔޯކުގެ ވޯލްޑް ޓްރޭޑް ސެންޓަރުގެ ނޯތު ޓަވަރުގައި ޖައްސައި ގޮއްވާލީ އެ ދުވަހުގެ ހެނދުނު 8:46 ގަ އެވެ. އަދި ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓް 175 ސައުތު ޓަވަރުގައި ޖައްސައި ގޮއްވާލީ ހެނދުނު 9.03 ގަ އެވެ. ހަމަލާ އަށް ފަހު އެ ދެ ޓަވަރު އެކުގައި ވެއްޓުނެވެ. ތިން ވަނަ މަތިންދާ ބޯޓު އެމެރިކަން އެއާލައިންސްގެ ފްލައިޓް 77 ޕެންޓަގަން އަށް ވައްޓާލީ 9.37 ގަ އެވެ. ފަހު ބޯޓު ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓް 93 ޕެންސިލްވޭނިއާ އަށް ވައްޓާލީ 10.03 ގަ އެވެ.

ހޫނު މޫސުމުގެ ދުވަހެއްގެ ހެނދުނު ދޮޅުގަޑިއެއްހާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހިންގި ބިރުވެރިކަމުން ފުރިގެންވާ ނުރައްކާތެރި ހަމަލާތަކުން ދުނިޔެ ބަދަލުކޮށްލި އެވެ. އެމެރިކާ އިން އެކަނި އެއް ދުވަސްތެރޭ ގާތްގަނޑަކަށް 3،000 މީހުން މަރުވި އެވެ. އަދި އަލްގައިދާގެ 19 ޓެރަރިސްޓުން ވެސް އެ ހަމަލާގައި މަރުވި އެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ދުނިޔޭގެ ތާރީޚުގައި އެންމެ ދިގު ހަނގުރާމަ ފަށަން މަޖުބޫރުވުމެވެ. ޓެރަރިޒަމާ ދެކޮޅަށް އެމެރިކާ އިން ފެށި ހަނގުރާމަ 20 އަހަރަށް ފަހު ނިންމާލި އިރު، އަށް ޓްރިލިއަން ޑޮލަރު ވަނީ ހަރަދުކޮށްފަ އެވެ. ސެޕްޓެމްބަރު 11 އަށް 20 އަހަރު ފުރުމުގެ ކުރިން އެމެރިކާ ސިފައިން ވަނީ އަފްޣާނިސްތާނުން ފައިބައިފަ އެވެ. އެ ގައުމު އަނެއްކާ ވެސް މި ވަނީ ތާލިބާނުންގެ އަތް ދަށަށް ގޮސްފަ އެވެ.

9/11 އަށް ފަހު ދުނިޔޭގެ ސެކިއުރިޓީ

ސެޕްޓެމްބަރު 11 ގެ ހަމަލާ އަށް ފަހު ބަދަލުވެގެން ދިޔައީ ޓެރަރިޒަމާ ދެކޮޅަށް ދުނިޔެ އިން އަޅަން ފެށި ފިޔަވަޅުތައް އެކަންޏެއް ނޫނެވެ. ޓެރަރިޒަމާ ދެކޮޅަށް ދުނިޔެ އެކަތިގަނޑަށްވި އެވެ. ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމާއި ޕްރައިވެސީއާ ގުޅޭ އެތައް ސުވާލެއް އުފައްދަން ޖެހުނެވެ. ވައިގެ ދަތުރު ފަތުރަށް އުނދަގޫ އެތައް ބަދަލުތަކެއް ގެންނަން ޖެހުނެވެ. ގައުމުތަކުގެ އިމިގްރޭޝަން ސިޔާސަތު ހަރުކަށިކޮށް ބަޔޯމެޓްރިކް ޑޭޓާގެ ބޭނުން ބޮޑުކުރި އެވެ. ބިރު އޮތް މިންވަރު ދެނެގަތުމަށް މިލިޓަރީ އާއި ގާނޫނު ތަންފީޒް ކުރާ ފަރާތްތައް އަދި އިންޓަލިޖެންސް ޚިދުމަތް ގުޅިގެން ޑޭޓާބޭހެއް އުފައްދާ މައުލޫމާތު ބަދަލު ކުރަން ފެށި އެވެ. މި ހުރިހާ ކަމެއްގެ އިސް ނެގުމުގެ ރޯލު އަދާކޮށްފައި ވަނީ އެމެރިކާއިންނެވެ.

9/11 ގެ ކައުންޓަޓެރަރިޒަމްގެ ހަތަރު ރާޅު

ސެޕްޓެމްބަރު 11 ގެ ހަމަލާ އަށް ފަހު އެމެރިކާ އިން އެންމެ ފުރަތަމަ ވެސް ކުރިކަމަކީ އަފްޣާނިސްތާނަށް އަރައި އަލްގައިދާ އާއި ތާލިބާނުން ނެތިކޮށްލުމުގެ މަސައްކަތް ފެށުމެވެ. ސެޕްޓެމްބަރު 11 ގެ ހަމަލާގެ އޮޕަރޭޝަނަލް އިސް މޭސްތިރިޔާ ޚާލިދު ޝެއިޚް މުހައްމަދު 2003 ގައި އަތުލައިގަތެވެ. ހަމަލާގެ މާސްޓަމައިންޑް އުސާމާ ބިން ލާދިން 2011 ގައި މަރާލި އެވެ. ބިން ލާދިން ހޯދަން ސީއައިއޭ އަށް 10 އަހަރު ހޭދަވި އެވެ.

ދެ ވަނަ ކަމަކީ އެމެރިކާ އިން އިރާގަށް މާޗް 2003 ގައި އެރުމެވެ. އެކަމަކު އެއީ ހެދި ބޮޑު ގޯހެކެވެ. އިރާގުގެ އަސްކަރިއްޔާގެ ބާރު ކުޑަކޮށް ވެރިކަން ވައްޓާލުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އިރާގުގައި މަދަނީ ހަނގުރާމައެއްގެ ހުޅު ފަޅައިގެން ގޮސް އެ ގައުމުގައި އަލްގައިދާ އަލުން ދިރިގެން ދިއުމެވެ. އޭގެ ފަހުން އިރާގާއި ސީރިއާގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ޚިލާފަތެއް އުފެދި އެ ޖަމާއަތުގެ ބާރު ގަދަވެގެން ދިއުމެވެ.

އެމެރިކާ ސިފައިން އިރާގުގައި ހަތިޔާރާ އެކު ހަރަކާތްތެރި ވަނީ. --ފޮޓޯ:ފެއާއޮބްޒާވާ

ފާހަގަކޮށްލެވޭ ތިން ވަނަ ކަމަކީ އެމެރިކާ އިން ހޯމް ލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓެއް އުފައްދައި ޑޮމެސްޓިކް އިންޓަލިޖެންސާއި ލޯ އެންފޯސްމެންޓް އެޖެންސީތައް އެއް ކުޑައެއްގެ ދަށަށް ގެނައުމެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާއާ ދެކޮޅަށް ރޭވި އެތައް ހަމަލާއެއް ވަނީ ހުއްޓުވައިފަ އެވެ.

ފަހު ކަމެއްގެ ގޮތުން އެމެރިކާ އިން ވަނީ ދުނިޔޭގެ އެތައް ގައުމެއްގައި ކައުންޓަޓެރަރިޒަމް ޕްރޮގްރާމްތައް ހިންގައި ޑޮމެސްޓިކް އަދި ސަރަހައްދީ ގޮތުން ކުރިމަތިވާ ބިރުތައް ހުއްޓުވުމަށް އެހީވެދީފަ އެވެ. އަދި ޓެރަރިސްޓް ނެޓްވޯކްތަކާއި ސެލްތައް ދެނެގަނެ އެ މީހުންގެ އޮޕަރޭޝަންތައް ނާކާމިޔާބުކޮށް ޓެރަރިޒަމާ ދެކޮޅު ހަނގުރާމަ ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ވެސް ވަނީ އެހީތެރިވެދީފަ އެވެ.

ޓެރަރިޒަމާ ދެކޮޅަށް ކުރި 20 އަހަރުގެ ހަނގުރާމަ، ބޮޑު ފެއިލްވުމެއް

މީގެ 20 އަހަރު ކުރިން ޓެރަރިޒަމާ ދެކޮޅު ހަނގުރާމަ އެމެރިކާގެ އޭރުގެ ރައީސް ޖޯޖް ޑަބްލިއު. ބުޝް އިއުލާން ކުރެއްވީ ސެޕްޓެމްބަރު 11، 2001 ގެ ހަމަލާއާ ގުޅިގެންނެވެ. އެކަމަކު އެ ހަނގުރާމަ ނާކާމިޔާބުވެފައިވާކަން މާބޮޑަށް ވެސް މިއަދު ހާމަވެ އެވެ. ޖިހާދީ ގްރޫޕްތައް އިތުރުވެ ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާން ވަނީ ފަށައިފަ އެވެ.

އެމެރިކާގެ ކުރީގެ ރައީސް އަފްޣާނިސްތާނަށް ޑިސެމްބަރު 2018 ގައި ކުރެއްވި ކުއްލި ޒިޔާރަތެއްގައި ސިފައިންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:ވައިޓް ހައުސް

ބުޝްގެ ސަރުކާރުން އަފްޣާނިސްތާނަށް އެރީ އެ ދުވަސްވަރު އެ ގައުމުގެ ވެރިކަމުގައި އޮތް ތާލިބާނުންގެ ފަރާތުން ބިން ލާދިން އަށް ހިމާޔަތް ދޭތީ އެވެ. ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގައި ތާލިބާނުންގެ ވެރިކަން ވައްޓާލި އެވެ. އަލްގައިދާގެ ގާބިލްކަން ކުޑަކުރި އެވެ. ބިން ލާދިން މަރާލި އެވެ. އެކަމަކު ޓެރަރިޒަމެއް ނުހުއްޓުވުނެވެ. އެމެރިކާގެ ސެންޓަ ފޯ ސްޓްރެޓިޖިކް އެންޑް އިންޓަނޭޝަން ސްޓަޑީޒް އިން ލަފާކޮށްފައިވާ ގޮތުގައި، އެކްޓިވް 67 ޓެރަރިސްޓް ޖަމާއަތް 2018 ގައި ދުނިޔޭގައި ހަރަކާތްތެރިވި އެވެ. މިއީ 1980 ވަނަ އަހަރުން ފެށިގެން ޓެރަރިސްޓް ޖަމާއަތްތަކުގެ އަދަދު އެންމެ އިތުރުވި އަހަރެވެ. ޓެރަރިސްޓް ހަނގުރާމަވެރިންގެ އަދަދު ކަމަށް ލަފާކޮށްފައި ވަނީ 100،000 އާއި 230،000 އާ ދެމެދުގެ އަދަދެކެވެ. މިއީ 2001 ވަނަ އަހަރުގެ އެސްޓިމޭޓާ ބަލާއިރު 270 ޕަސެންޓުގެ އިތުރުވުމެކެވެ.

8 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 30%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތައްކާން

11 September 2021

ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ހަމަލާއަކީ ދުނިޔެ ދުށް އެންމެ ބިރުވެރި ހަމަލާއެއް ނޫން. އެއާ ކައިރިވެސް ނުކުރޭ. ދެވަނަ ބޮޑު ހަނގުރާމައިގާ އެމެރިކާއިން ޖަޕާނަށް ވައްޓާލި ދެ އެޓަމިކް ބޮމުގެ ހަމަލާއަށް ތި ލަގަބު ދިނުން މާ އައުލާކަން ބޮޑު.

The name is already taken The name is available. Register?

ސަލްމާން

11 September 2021

ހަނގުރާމަކުރަނީ ބޮންއަޅާކަށްނޫންތަ؟ މިތާމިދެކެވެނީ ހަނގުރާމަނޫން ހާލަތުގެ ވާހަކަ.

The name is already taken The name is available. Register?

އަދުރު

11 September 2021

ބަލަ ސަލްމާން އެމެރިކާ އެހެން ގައުމުތަކައް ނުހައްގުން ބޮން އަލާ މީހުން މަރާލުމަކީ ޓރަރިޒަމް އެއްފަދަ ކަމެއް ނޫންތޯ.ނޫނީ އެމެރިކާ ވީމާ ޓެރަރިސްޓު ހަމަލާ ނުވަނީދޯ

The name is already taken The name is available. Register?

ޕިރްލޯ

11 September 2021

ޖަފާނުން ފުރަތަމަ އެމެރިކާ އަށް ހަމަލާ ދިނީ. ތި ބޮން ނޭޅި ނަމަ ކަލޭމެން ލޯބިވާ ޗައިނާއެއް ނޯންނާނެ.

The name is already taken The name is available. Register?

ތައްކާން

11 September 2021

ހިރޮޝިމާ އަދި ނަގަސާކީގެ އާއްމު ރައްޔިތު މީހާ ހަނގުރާމައިގަ ބައިވެރިއެއްނުވޭ. އަދި އެއްފަހަރު ވިސްނާލާ ދައްކާ ވާހަކައަށް.

The name is already taken The name is available. Register?

ޕިރްލޯ

11 September 2021

ޖަޕާނުން ޕާރލް ހާބަރަށް ހަމަލާ ދިނި އިރު ބެލިތަ އާމުން އެތާ އުޅޭތޯ

The name is already taken The name is available. Register?

ޢިއްޒުއްދީން

11 September 2021

ތިއީ އިންޑިޔާ އިޒްރޭލު އެއްވެގެން މި ރީޖަން އަށް އެމީހުންގެ އައިޑިއޮލޮޖީ ނުފޫޒް ފޯރުވަން ދައްކާ ބަހަނާ! ޙަރުކަށި ފިކުރޭ ކިޔާފަ މިކުރެވެނީ ކީއްކަން ނޭންގި ގައުމު ހަލާކެއްގެ ތެރެޔައް ވައްަޓާލުމަކީ އެމިހުންގެ އަމާޒް. ޢިއްލުމިނާޓީ ނަޝީދުމެން އުޅެނީ މިސްކިތައް ދާ މީހުނަށް ޕާޒޮނަލް ގްރަޑޖް ވެސް ލައިގެން މިހާރު.

The name is already taken The name is available. Register?

ސަލީމު އިދުރީސް

11 September 2021

އޭތް ޢިއްޒުއްދީން! ތިމާ ނުރުހޭމީހުން މަގުމަތިން މަރާފަ ތިމާ ނުރުހޭކަމެއް ކުރާނަމަ އަފުގަނީތާނު ޕާކިސްތާނުގޮތައް ބޮންގޮއްވުމަކީ ގައުމު ހަލާކުގެ ތެރެޔައް ވެއްޓުންކަމައް ގަބޫލު ނުކޮއް އެހެންބަޔެއްގެ ބޮލައް ކަނޑާލައިގެން ތިބެންވީތޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454