9/11 ގެ ކުރިން އަލް ގައިދާ

އަލްގައިދާގެ ލީޑަރު އުސާމާ ބިން ލާދިން

11 ސެޕްޓެމްބަރ 2021 - 08:23

11 comments

އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ވޯލްޑް ޓްރޭޑް ސެންޓަރުގެ ޓުވިން ޓަވަރަށް ދިން ޓެރަރިސްޓް ހަމާލާ ރާވައި އެ އިމާރާތް ގޮއްވާލީ މަޝްހުރޫ އަލްގައިދާ ޖަމާއަތުގެ މޭސްތިރި ކަމުގެ ދަށުންނެވެ. އެ ޖަމާއަތުގެ ވާހަކަ އާއި ނުރައްކާ އޮތްވަރު އެމެރިކާއިން ވަނީ މީގެ 20 އަހަރު ކުރިން އެ ގައުމަށް ދިން ޓެރަރިސްޓް ހަމަލާގެ ކުރިން ވެސް އަޑު އަހައި ތަޖުރިބާކޮށްފަ އެވެ.

އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން ބޭނުން ނަމަ އަލްގައިދާ އާއި އެ ޖަމާއަތުގެ ލީޑަރު އުސާމާ ބިން ލާދިންއާ ދެކޮޅަށް ފިޔަވަޅުތައް ވެސް އެޅުނީހެވެ. އެ ބިރުވެރި ހަމަލާގެ ކުރިން ވެސް އެމެރިކާގެ އެންމެ ބޮޑު ދުޝްމަނަކީ އަލްގައިދާ އެވެ. އެ ޖަމާއަތާއި އެ ޖާމައަތުގެ ލީޑަރު ބިން ލާދީން ވެސް އޭރު ވެސް ވަޒަންވެރިވެގެން އުޅުނީ އަފްގާނިސްތާންގަ އެވެ.

ސެޕްޓެމްބަރު 11 ގެ ހަމަލާގެ އަހަރުތަކެއް ކުރިން ވެސް ބިން ލާދިން ފާހަގަ ކުރެވިފައި ވަނީ އެމެރިކާއާ ދެކޮޅަށް ހަނގުރާމަ ކުރި މީހެއްގެ ގޮތުގަ އެވެ. ވީޑިއޯ މެދުވެރިކޮށް އެކި އިންޓަވިއުތަކުގައި އޭނާ ވަނީ އެކަން ހާމަ ވެސް ކޮށްފަ އެވެ. އެމެރިކާއާ ދެކޮޅު ހަނގުރާމަ އަށް އުސާމާ ނުކުތީ 1957 ހިސާބުގަ އެވެ.

ކާނާތް ފަރާތުން ދެ ވަނަ އަށް އުސާމާ ބިން ލާދިން. އޭނާގެ އުމުރުން 16 އަހަރުގައި އާއިލާއާ އެކު ސްވިޑެން އަށް 1971 ގައި ކުރި ދަތުރެއްގެ ތެރެއިން ---ފޮޓޯ: ސްކޭން ފިކްސް ކެމެރާ ޕްރެސް

ބިލިއަނަރުން ހިމެނޭ އާއިލާގައި އުސާމާއަކީ އާއިލާގެ 17 ވަނަ މެންބަރެވެ. އުސާމާގެ ބޭބެއިންނަކީ އެހެން ގައުމުތަކުން ކިޔަވައިގެން ތިބި މީހުންނެވެ. އޭރު ވެސް އޭނާ އިސްކަން ދިނީ ދީނީ ކަންކަމަށާއި އިޖުތިމާއީ ހަރަކާތްތަކަށެވެ.

ކުރީގެ ސޯވިއަޓް ޔޫނިއަންއިން އަފްގާނިސްތާނަށް ވެރިވެގަތުމުން، އުސާމާގެ ސަމާލުކަން އަފްގާނިސްތާނަށް ބަދަލު ކުރި އެވެ. މުސްލިމުންގެ އެއްވެސް ގައުމެއް ހުޅަނގުގެ އަސްކަރީ ބާރެއްގެ ދަށުގައި ވާކަށް އޭނާ ބޭނުމެއް ނުވި އެވެ. އޭނާގެ އާއިލާ އަކީ މިހާރު ވެސް ސައުދީ އަރަބިއާގައި އެންމެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި ނިސްބަތާވާ އާއިލާ އެވެ. ސޯވިއެޓުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ބިން ލާދީން އެންމެ ފުރަތަމަ އެއް ކުރީ ފައިސާ އެވެ. ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތަކުގައި އޭނާ ބައިވެރިވި އެވެ. ފައިސާ އެއްކުރި އެވެ. އަފްގާނިސްތާނުގެ މުޖާހިދުން ސޯވިއެޓުންނާ ދެކޮޅަށް ކުރަމުން ދިޔަ ހަނގުރާމައިގައި ބައިވެރިވުމަށް ސައުދީ އަރަބިއާއިން އާ ޒުވާނެއް އަފްގާނިސްތާނަށް ދަތުރު ކުރި އެވެ.

އަލްގައިދާ ޖަމާއަތުގެ އިސް މޭސްތިރިޔާ އުސާމާ ބިން ލާދިން: ސެޕްޓެމްބަރު 11 ގެ ހަމަލާގެ ތުހުމަތު އަޅުވާފައިވާ ބިން ލާދިން އެމެރިކާ އިން މަރާލާފައި ވަނީ 2011 ވަނަ އަހަރު. --ފައިލް ފޮޓޯ

ހަނގުރާމައިގައި ހާލުގައި ޖެހުނު ރެފިއުޖީންނަށާއި ފަގީރުންނަށް ބިން ލާދިން އެހީތެރިކަން ފޯރުކޮށްދިނެވެ. ހަނގުރާމައިން ޒަހަމްވާ މީހުންނަށް ފަރުވާދީ ސަލާމަތްތެރިކަން ފޯރުކޮށް ދިނެވެ.

އޭނާ އަހަރެމެން ކައިރީގައި އެގޮތަށް ހުރި އިރު އެއްވެސް މައްސަލައެއް ދިމަލެއް ނުވޭ. އަހަރެމެންނަށް އެހީވި ފަގީރުންނާއި ރެފިއުޖީންނަށް އޭނާގެ ފައިސާއިން އެހީތެރިކަން ފޯރުކޮށްދިން

"އޭނާ އަހަރެމެން ކައިރީގައި އެގޮތަށް ހުރި އިރު އެއްވެސް މައްސަލައެއް ދިމަލެއް ނުވޭ. އަހަރެމެންނަށް އެހީވި ފަގީރުންނާއި ރެފިއުޖީންނަށް އޭނާގެ ފައިސާއިން އެހީތެރިކަން ފޯރުކޮށްދިން،" ސޯވިއެޓް ޔޫނިއަންއާ ދެކޮޅަށް ހަނގުރާމަ ކުރި އަފްގާނިސްތާންގެ އާންމުންގެ މީހަކު ނެޓް ޖިއޯގެ ޑޮކިޔުމެންޓްރީއަކަށް ދީފައިވާ އިންޓަވިއުގައި ބުނެފައިވެ އެވެ.

އެމެރިކާ އާއި ޕާކިސްތާން އަދި ސައުދީ އަރަބިއާގެ މަދަދު ލިބިގެން ސޯވިއެޓް ޔޫނިއަންއާ ދެކޮޅަށް ކުރި ހަނގުރާމައިގެ މުޖާހިދުންގެ މެދުގައި ބިން ލާދިންގެ ހިތްވަރުގަދަ ކަމާއި މުރާލިކަން މަޝްހޫރުވި އެވެ. އޭނާ އަފްގާނިސްތާނަށް ދަތުރު ކުރީ ފައިސާ އާއި ކޮންސްޓްރަކްޝަނަށް ބޭނުންވާ ސާމާނު ހިފައިގެންނެވެ. އެއީ އަފްގާނިސްތާންގެ މުޖާހިދުންނަށް ލިބުނު ބޮޑު އެހީއަކަށްވި އެވެ. ބިމު އަޑީގައި ބިންގަރާސް ހަދައި ހަނގުރާމަވެރިން ފިލަން ވަންނަ ތަންތަން ހެދި އެވެ. ސޯވިއެޓުންނާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އޭނާ މަގުބޫލު މީހަކަށްވި އެވެ. ސައުދީ އަރަބިއާގެ ސަރުކާރުގެ މެންބަރުންގެ މެދުގައި ވެސް ސައުދީގެ މި ޒުވާނާގެ މަގބޫލުކަން ބޮޑުވި އެވެ. ސޯވިއެޓުން ބަލިކޮށް އަފްގާނިސްތާނަށް މިނިވަންކަން ލިބުނެވެ. ސޯވިއެޓް ޔޫނިއަށް ރޫޅި ކުދިކުދި ގައުތަމުތަކެއް އުފެދިގެން ދިޔައީ އޭގެ ފަހުންނެވެ.

ބިން ލާދީން

ސޯވިއެޓުންގެ ހަނގުރާމައިގެ ތެރޭގައި ބިން ލާދީންގެ ވާހަކަ އެމެރިކާއިން އަޑު އެހި އެވެ. އެކަމަކު އޭނާ އަކީ އެމެރިކާ އަށް ހުރި ނުރައްކަލެއް ކަމަށް އޭރު ނުބަލަ އެވެ.

"އަހަރެމެން އެންމެ ފުރަތަމަ އުސާމާ ބިން ލާދީންގެ ވާހަކަ އަޑު އެހީ މިގޮތަށް. އޭނާ ރެފިއުޖީންނަށް އެހީވުމުގައި އުޅޭ. އަދި އޭނާގެ ބެލުމުގެ ދަށުން މަސައްކަތް ކުރާ އަރަބިންގެ ހަނގުރާމަވެރި ގުރޫޕެއް އަފްގާނިސްތާނުގައި އޮވޭ. އެ މީހުން ދިޔައީ ސޯވިއެޓުންނާ ހަނގުރާމަކޮށް ސޯވިއެޓުންގެ ސިފައިން މަރަމުން. އެހެންވީމަ އަހަރެމެން އޭނާ އަށް މާބޮޑު ސަމާލުކަމެއް ނުދެން،" އެމެރިކާގެ ޖާސޫސީ އޮފިޝަލެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި މައިކަލް ޝޯޔާ ބުނެފައިވެ އެވެ.

އެމެރިކާއާ މެދު ބިން ލާދިންގެ ރުޅިވެރިކަން ފާޅުވީ 1990 ގަ އެވެ. އެ އަހަރު އިރާގުގެ އޭރުގެ ރައީސް ސައްދާމް ހުސައިންގެ އަމުރަށް އިރާގު ސިފައިން ކުވައިތަށް ހަމަލާދީ އެ ގައުމުގެ ވެރިރަށުގެ ބާރު ކޮންޓްރޯލް ކުރި އެވެ. ކުވައިތު މަގުން ސައުދީ އަށް ސައްދާމްގެ އަސްކާރިއްޔާ ހަމަލާ ދީފާނެ ކަމުގެ ބިރު އުފެދުނެވެ. އެ ވަގުތު ބިން ލާދީން ވަނީ މައްކާ އާއި މާދީނާ އަދި ސައުދީގެ އެހެން ސަރަހައްދުތައް ހިމާޔަތްކޮށްދޭން ސައުދީގެ ޝާހީ އާއިލާ އަށް ހުށަހަޅައިފަ އެވެ. ނަމަވެސް ބިން ލާދީންގެ އެދުން ގަބޫލުނުކޮށް ސައުދީގެ ޝާހީ އާއިލާއިން އިސްކުރީ އެމެރިކާގެ އަސްކަރީ އެހީތެރިކަން ހޯދުމަށެވެ. ސައުދީން އިސްވެ އެމެރިކާގެ އަސްކަރިއްޔާއަށް ދައުވަތު ދިނެވެ.

ޓްވިންޓަވަރަށް ދިން ހަމަލާ

ސައުދީގެ ފަސްގަނޑުގައި އެމެރިކާގެ ސިފައިންގެ ފައި ޖެހުމާ އެކު ބިން ލާދިން ސައުދީން ބޭރުކޮށްލައިފި އެވެ. އޭނާ ހިޖުރަ ކުރީ ސޫދާނަށެވެ. އެ ގައުމުގައި ޓްރޭނިން ކޭމްޕްތައް ހަދައި ހަނގުރާމަވެރިން ތަމްރީން ކުރަމުން ދިޔަ އެވެ. އެއީ އަލް ގައިދާ ރަސްމީކޮށް ފެށުމެވެ. އޭގެ ކުރިން ވެސް އަފްގާނިސްތާނުގައި ބިން ލާދީންގެ ދަށުން ހަނގުރާމަ ކުރި އަރަބި ހަނގުރާމަވެރިންގެ ގުރޫޕަށް ވެސް އަލް ގައިދާގެ ނަން ދިނެވެ. ސޫދާނުން އޭނާ ބޭރުކޮށްލުމުން އޭނާ ތަމްރީން ކުރި ހަނގުރާމަވެރިންނާ އެކު އޭނާ އަލުން އަފާގާނިސްތާނަށް ހިޖުރަ ކުރި އެވެ. ސައުދީ އަރަބިއާ އިން އެމެރިކާ ސިފައިން ނުފައިބާ ހިނދަކު އެމެރިކާއާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ދެމިހުންނާނެ ކަމަށް އުސާމާ ބުންޏެވެ.

ސީއެންއެން އަށް 1997 ގައި ބިން ލާދިން ދީފައިވާ އިންޓަވިއުގައި އޭނާ ބުނެފައި ވަނީ އެންމެ މާތް ދެ ހަރަމް ނިސްބަވާ ގައުމުން އެމެރިކާ ނުފައިބައިހާ ހިނދަކު އެމެރިކާއާ ދެކޮޅަށް ހަނގުރާމަ ކުރާނެ ކަމަށެވެ. ޖެހިގެން އައި އަހަރު އެމެރިކާއާ ދެކޮޅަށް ރަސްމީކޮށް ހަނގުރާމަ އިއުލާން ކުރި އެވެ. އޭގެ ހަފުތާތަކެއް ފަހުން ކެންޔާ އާއި ޓެންޒޭނިއާގައި ހުންނަ އެމެރިކާގެ އެމެބަސީތަކަށް ޖާނުން ފިދާވެގެން ބޮމުގެ ހަމަލާތަކެއް ދިނެވެ.

"އަހަރެމެން އެންމެ ފުރަތަމަ އުސާމާ ބިން ލާދީންގެ ވާހަކަ އަޑު އެހީ މިގޮތަށް. އޭނާ ރެފިއުޖީންނަށް އެހީވުމުގައި އުޅޭ. އަދި އޭނާގެ ބެލުމުގެ ދަށުން މަސައްކަތް ކުރާ އަރަބިންގެ ހަނގުރާމަވެރި ގުރޫޕެއް އަފްގާނިސްތާނުގައި އޮވޭ. އެ މީހުން ދިޔައީ ސޯވިއެޓުންނާ ހަނގުރާމަކޮށް ސޯވިއެޓުންގެ ސިފައިން މަރަމުން. އެހެންވީމަ އަހަރެމެން އޭނާ އަށް މާބޮޑު ސަމާލުކަމެއް ނުދެން،"

ހަމަލާތަކުގެ ޒިންމާ އަލް ގައިދާއިން ނެގި އެވެ. އުސާމާ ބިން ލާދިން ހަިފައި ހައްޔަރު ކުރަން އެމެރިކާގެ އޭރުގެ ރައީސް ބިލް ކްލިންޓަން ބޭނުވި އެވެ. އެކަމަކު ހަމަ ހިލާ އޭނާ އަތުޖެހޭގޮތެއް ނުވި އެވެ. އަދި އަލްގައިދާގެ ބާރު ކަނޑުވާލެވޭނެ ގޮތެއް ވެސް ކްލިޓަނަކަށް ނުހޯއްދެވުނެވެ. ކްލިޓަންގެ ވެރިކަމުގެ އެންމެ ފަހު ދުވަސްވަރު އެމެރިކާގެ ކަނޑުގެ އަސްކަރީ ބޯޓަކަށް ހަމަލާދީ އެތައް ބައިވަރު ސިފައިންނެއް އަލް ގައިދާއިން މަރާލި އެވެ. އަލް ގައިދާ ނުހުއްޓުވުނެވެ. އެ ޖަމާއަތް ބާރުލާފައި ދިޔައީ ކުރިއަށެވެ. ކްލިންޓަންގެ ވެރިކަން ނިންމި ޖޯޖް ޑަބްލިއު. ބުޝްގެ ވެރިކަމުގެ ކުރީ ކޮޅު މުޅި ދުނިޔެ މިހާތަނަށް ދެކެފައިވާ އެންމެ ނުރައްކާތެރި ހަމަލާ އަލްގައިދާއިން އެމެރިކާގެ ނިއު ޔޯކުގެ ޓުވިން ޓަވަރަށް ދިނެވެ. މުޅި ދުނިޔެ ސިއްސުވާލި ހަމަލާގައި 2،977 މީހުން މަރުވި އެވެ.

11 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 18%
icon wow icon wow 18%
icon inlove icon inlove 64%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލިޔާ މީހާވެސް ބަލައިލާ

11 September 2021

"މުޅި ދުނިޔެ މިހާތަނަށް ދެކެފައިވާ އެންމެ ނުރައްކާތެރި ހަމަލާ އަލްގައިދާއިން އެމެރިކާގެ ނިއު ޔޯކުގެ ޓުވިން ޓަވަރަށް ދިނެވެ" ޖަޕާނު ތަންތަނަށް ނިއުކްލިއަރ ބޮން އެޅުމަށްވުރެ ނުރައްކާ މި ހަމަލާ؟

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

11 September 2021

އެންމެމަތީގާ އިން އުސާމާގެ ފޮޓޯއާ އަހަރެމެންގެ އަޚް އަލީ ރަމީޒާ ހާދަ ވައްތަރޭ.

The name is already taken The name is available. Register?

ހުސައިން ފަސީހު

11 September 2021

ތީ ދެން ހެދި ބުހުތާނެއްތާ ދޯ.

The name is already taken The name is available. Register?

އަލީ

11 September 2021

އުސާމާ އަކީ ދީނީ މީހަކަށް ހެދިގެން އުޅޭމީހެއްކަމަށް ބެލެވެނީ.އެމެރިކާގެ ސިފައިން އުސާމާ މަރާލީ ޕާކިސްތާނުގެ ގެއެއްގެ ތެރޭގަ ދިރިއުޅެމުން ދަނިކޮށް އެގެއަށް އެމީހުން ވަދެގަނެ އޭނަ މަރާލީ.އެމެރިކާ ސިފައިންނަށް އުސާމާ ދިރިއުޅުނު ކޮޓަރިން އޮރިޔާން ފުލުން ފެނުނުކަމަށް ބުނޭ.

The name is already taken The name is available. Register?

ބޮކުރީ

11 September 2021

ނާހަމަތެދެއް؟؟ތިޔަ އެމެރިކާއިން ބުނި އިރާޤުގަ ކްލަސްޓަރ ބޮން ހުރީމައޭ އިރާޤާށް އެރީ. އެ ބޮންތައް ނައްތާލަން..މުޅި އިރާޤު ހިމުން ކޮށްލި އިރުވެސް އެބުނާޒާތުގެ ބޮމެއް ކީއްކުރަން އޭގެ އެްްޗެއް ޖެހުނުތާ ލަކުނުވެސް ނުފެނުނު..

The name is already taken The name is available. Register?

ތައްކާން

11 September 2021

އެމެރިކާއިން އަލްގައިދާއަށް ސޮވިއެޓުންނާ ދެކޮޅަށް ހަނގުރާމަކުރުމަށް ފައިސާއާއި ހަތިޔާރުގެ އެހީ ދިން ވާހަކަ ހިމަނާލުންވެސް ރަނގަޅު މި ލިޔުމުގައި

The name is already taken The name is available. Register?

ބުރުހާނުއްދީން ރައްބާނީ

11 September 2021

އުސާމާބިން ލާދިނަކީ އަސްލު އުޅޭމީހެއްބާ؟ ނޫނީ އެމެރިކާމީހުން ޚިޔާލީގޮތުން އެމީހުންގެ ސިނކުޑިތަކުގާ ގެންގުޅުނުމީހެއްބާ؟

The name is already taken The name is available. Register?

ދިރާސާ 2

11 September 2021

(ދިރާސާ 1 އާ ގުޅޭ) މަތިންދާ ބޯޓްގެ އެއްވެސް ބައެއް ވޯލްޑް ޓްރޭޑް ސެންޓަރުން އަދި މަންދާބޯޓުން ގޮއްވާލިކަމަށް ބުނާ ޕެންޓަގަން ސަރަހައްދުއިންވެސް ނުފެނުމާއި އެ ބޯޓްތައް ހައިޖެކް ކުރި ކަމަށް އެމެރިކާއިން ބުނާ އަރަބި ޓެރަރިސްޓުންގެ ބައެއް މީހުން އޭރުވެސް މަރުނުވެ ދުނިޔޭގައި ތިބުމާއި އަނެއް ބަޔަކު ހަމަލާގެ މާކުރިން ދުނިޔެ ދޫކޮށްފައިވުން ލިޔުންތެރިޔާ ދިރާސާކުރި އިރު ނުބެލީ ކީއްވެބާ؟

The name is already taken The name is available. Register?

އަލީލު

11 September 2021

އަދިވެސް ނޭނގެނީތޯ ތިޔައީ އެމެރިކާއިން ރާވައިގެން ހިންގި ޖަރީމާއެއްކަން؟؟؟ ޤަބޫލު ތިކުރަނީ މުޅިން ބބސ، ސނނ ގެ ދޮގު ވާހަކަތައް ދޯ؟

The name is already taken The name is available. Register?

ދިރާސާ 1

11 September 2021

1-2 9/11 ހާދިސާއަކީ ޔަހޫދީން އަޑީގައި ތިބެގެން މުސްލިމް ގައުމުތައް ފުނޑާލުމަށް ބަހަނާއަކަށް ހަދަން ކުޅުނު ޑްރާމާއެއް. ސްޓީލާއި ކޮންކްރީޓުން ހަދާފައިވާ އިމާރާތެއް ފޫއަޅުވާލާ މަންޒަރާއި، ޓްރޭޑް ސެންޓަރ ޑައިނަމައިޓް އިން އިމާރާއް ގޮއްވާލާގޮތަށް ގޮވުމާއި، (ނުނިމޭ)

The name is already taken The name is available. Register?

ސަމަދު

11 September 2021

ދުނިޔޭގެ ހުރިހާ ގައުމު ތަކެއްގެ އެނަލިސްޓުން ވެސް ބުނަނީ ޓްވިން ޓަވަރު ގޮށްވާލީ އަލްގައިދާ އިން ނޫންކަމަށް. އިންސައިޑް ޖޮބެއްކަމަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454