32 ރަށެއްގެ ހާސްކަން ނިމެނީ!

މީހަކު މަގެއް ކުނި ކަހަނީ: ކުނި މެނޭޖުކުރުމުގެ ބިޔަ ޕްރޮޖެކްޓުގެ ދަށުން 32 ރަށެއްގެ ކުނި ތިލަފުއްޓަށް ގެންދާނެ.-- ފައިލް ފޮޓޯ / މިހާރު

ކ. ހިންމަފުށީ ކައުންސިލްގެ ރައީސް ހަސަން ފާއިޒަށް އެ ރަށުގައި އެންމެ ބޮޑު މައްސަލައަކީ ކުންޏަށް ހައްލެއް ނުހޯދުމެވެ؛ ރައްކާތެރިކޮށް ކުނި މެނޭޖްކުރެވޭނެ ގޮތެއް ފެންނަން އަދި ނެތީ އެވެ.

އެ ރަށުގެ ގޭގެއިން ދުވާލަކަށް 6-7 ޓަނުގެ ކުނި އުފައްދަ އެވެ. މި ހުރިހާ ކުންޏެއް ހުންނަނީ ރަށުގެ ވަކި ސަރަހައްދެއްގައި ފުންޏަކަށް ޖަހައިފަ އެވެ. ޕްލާސްޓިކާއި ދަގަނޑާއި ނުރައްކާތެރި ވިހައިގެ ބާވަތްތައް ވެސް ވަކިކުރެވޭނެ ގޮތެއް ނެތެވެ. ހުރިހާ އެއްޗެއް އެއްކޮށް އެންދުން ރައްޔިތުންނަށް ވަނީ ބޮޑު އުނދަގުލަކަށެވެ.

"ވައި ހުންނަ ގޮތަކުން ހުރިހާ ދުމެއް ރަށު ތެރެއަށް، މިއީ ނިމުމެއް އަދި ނެތް ޝަކުވާއެއް،" ފާއިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުސްނުކުރެވި، ޒަމާންވީ ކުނި ފުނިތައް އެ ރަށުގައި ވެސް އެބަހުއްޓެވެ. ކުނި އަންދައިގެން ޖަމާވެފައި ހުރި ކުނި ފުނި ވެސް ކުޑައެއް ނޫނެވެ.

އެކަމަކު ރަށުން މި ތަކެތި ބޭރުކުރުމަކީ ވެސް ވަރަށް ބޮޑު ހަރަދެއް ހިނގާނެ ކަމެކެވެ. ކައުންސިލަށް މިހާރު އޮތް ހިތްހަމަޖެހުމަކީ މާލެ ސަރަހައްދުގެ ކުނީގެ މައްސަލަ އަށް ހައްލު ހޯދާ ރަށްތަކުގެ ތެރޭގައި ހިންމަފުށި ހިމެނިފައި އޮތުމެވެ.

ކުނީގެ މައްސަލަ އަށް ހައްލު ހޯދަން ސަރުކާރާއި އޭޑީބީ އާއި އެހެން ވެސް ފަންޑިން އެޖެންސީތަކާ އެކު ކުރިއަށް ގެންދާ މަޝްރޫއުގައި، 32 ރަށެއްގެ ކުނީގެ މައްސަލަ އަށް ބޮޑު ހައްލެއް ލިބޭނެ އެވެ.

އިންގިލާބީ ބަދަލަކާ ދިމާލަށް

މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތުން 32 ރަށެއްގެ ކުނި ދެން ގެންދާނީ ރައްކާތެރިކަމާ އެކު ނައްތާލަން ތިލަފުއްޓަށެވެ. މި މަޝްރޫއުގެ ދަށުން އެ ރަށްތަކުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް އިމަރާތްކުރާނެ އެވެ. އެތަންތަނަށް ޖަމާކުރާ ކުނި ނައްތާލާނީ ރައްކާތެރިކަމާ އެކު ތިލަފުށީގަ އެވެ.

އޭޑީބީން ފަންޑްކުރާ މި ޕްރޮޖެކްޓުގެ މެނޭޖްމަންޓު ޔުނިޓުގެ ކޮމިއުނިކޭޝަން ސްޕެޝަލިސްޓު އިމްޖާދު ޖަލީލް ވިދާޅުވީ މި މަޝްރޫއުގައި ހިމެނޭ ހުރިހާ ރަށްތަކުގައި ވެސް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމްކުރާނެ އެވެ. މިކަމަށް މިނިސްޓްރީ އާއި ކައުންސިލްތަކުން މިހާރު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް އަޅާނެ ތަންތަނުގެ އީއައިއޭ ވެސް ވަނީ ހަދައި ނިމިފަ އެވެ. އޭޑީބީގެ ވެސް އެޕްރޫވަލް ލިބުމާ އެކު އެ ތަންތަން އެޅުމުގެ ޓެންޑަ މި އަހަރުގެ ތެރޭގައި ހުޅުވާލާނެ އެވެ.

ތިލަފުށީގެ ކުނި ފަރުބަދަ: މިތަނަށް ކުޅި އެޅުން ވަނީ ހުއްޓާލައިފައި. އަދި މިތަނުން ދުން އެރުމާއި ނުބައި ވަސް ދުވުން މިހާރު ވަނީ ހުއްޓުވައިފައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އޭނާ ވިދާޅުވި ގޮތުގައި ރަށްރަށުން ކުނި ގެންދާނީ ކޮންޓެއިނަރުތަކުގަ އެވެ. މި މަޝްރޫއުގައި ހިމެނޭ 32 ރަށުގެ އިތުރުން މި ސަރަހައްދުގެ ރިސޯޓްތަކުގެ ކުނި ވެސް ގެންދާނީ މި ނިޒާމުގެ ތެރެއިންނެވެ.

"މި މަޝްރޫއާ އެކު ރަށްރަށުގައި ކުނި ފުނި ޖެހުމާއި އެންދުން މުޅިން ހުއްޓިގެންދާނެ،" އިމްޖާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަށްރަށުގައި ވެސް ހުރިހާ ބާވާތެއްގެ ކުނި ނަގާނެ އެވެ. އެއްވެސް ބާވަތެއް ރަށުގައި ގިނަވެފައެއް ނުހުންނާނެ އެވެ.

"ޓޫރިޒަމަށް ބަލާ ނަމަ ވެސް ރާއްޖޭގެ 70 ޕަސެންޓް ރިސޯޓްތަކާއި ގެސްޓް ހައުސް ހުންނަ ސަރަހައްދުތަކުން ހުރިހާ ކުނިތަކެއް ބޭލި މައްސަލަ ހައްލުވީ. ރަށުން ނައްތާލަން މި ޖެހެނީ އޯގެނިކް ވޭސްޓް،" އިމްޖާދު

"ޓޫރިޒަމަށް ބަލާ ނަމަ ވެސް ރާއްޖޭގެ 70 ޕަސެންޓް ރިސޯޓްތަކާއި ގެސްޓް ހައުސް ހުންނަ ސަރަހައްދުތަކުން ހުރިހާ ކުނިތަކެއް ބޭލި މައްސަލަ ހައްލުވީ. ރަށުން ނައްތާލަން މި ޖެހެނީ އޯގެނިކް ވޭސްޓް،" އިމްޖާދު ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރަށުގައި ކުނި ފުނި ނުޖެހުމާއި ރަށުގައި އަންދާލަން ނުޖެހުމަކީ މި މަޝްރޫއާ އެކު ރަށްތަކުގެ ކުނީގެ މައްސަލަ އަށް އަންނާނެ އިންގިލާބީ ބަދަލެކެވެ.

ތިމާވެއްޓަށް ރައްކާތެރި ބަދަލެއް

މި ޕްރޮޖެކްޓަކީ ތިލަފުށީގައި ހުރި ތިމާވެށީގެ ތަފާތު މައްސަލަތަކަށް އޮތް ދާއިމީ ހައްލު ކަމަށް މި ޕްރޮޖެކްޓުގެ ސޭފް ގާޑް ސްޕެޝަލިސްޓް އަހްމަދު އާސިފް ވިދާޅުވި އެވެ.

ތިލަފަޅެއްގެ ގޮތުގައި ކުރިން އޮތް ތިލަފުށި އެންމެ ފުރަތަމަ ހިއްކީ ކުނި އަޅައިގެންނެވެ. އޭގެ ސަބަބުން އެތަނުގެ ތިމާވެއްޓަށް ވަނީ ވަރަށް ގިނަ ގެއްލުންތައް ވެފަ އެވެ. ކުނި އަޅައިގެން ހިއްކާފައި ހުރުމުގެ ސަބަބުން އެ ރަށުގެ ފެން ފަށަލަ ވަނީ އެއްކޮށް ތަގައްޔަރުވެފަ އެވެ. ވައި ނުސާފުވަމަކީ ވެސް ބޮޑު މައްސަލައެކެވެ. އަދި މޫދަށް ފައިބަގެންދާ ކުނީގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ވެސް ގެއްލުން ވެފައިވެ އެވެ.

"ވައި ނުސާފުވުމުގެ ސަބަބުން މިތަނުގައި އުޅޭ މަސައްކަތްތެރިންގެ ސިއްހީ މައްސަލަ ދިމާވާނެ ކަމަކަށް ވާއިރު، މިހާރު މިތަނުން ދުން އެރުން ހުއްޓާލެވިފައި އޮތުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ދެކެން،" އާސިފް

"ވައި ނުސާފުވުމުގެ ސަބަބުން މިތަނުގައި އުޅޭ މަސައްކަތްތެރިންގެ ސިއްހީ މައްސަލަ ދިމާވާނެ ކަމަކަށް ވާއިރު، މިހާރު މިތަނުން ދުން އެރުން ހުއްޓާލެވިފައި އޮތުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ދެކެން،" އާސިފް ވިދާޅުވި އެވެ.

ކުނި މެނޭޖުކުރުމުގެ ބިޔަ ޕްރޮޖެކްޓުގެ ދަށުން، އީއައިއޭ ހެދުމަށް ފަހު ތިލަފުށީގެ ބިން ހިއްކާފައި.--

"ކޮންމެ ރަށެއްގައި ވެސް އަޅުގަނޑުމެން މި ބަލަނީ ތިމާވެއްޓާ ކުރާ އަސަރު އެންމެ ކުޑަ ގޮތަކަށް ކުނި މެނޭޖުކުރަން."

މާލެ އާއި ހުރިހާ ރަށެއްގައި ވެސް މި ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރަަން ފަށަނީ ތިމާވެއްޓާ ކުރާ އަސަރު ދެނެގަތުމަށްޓަކައި ހަދަން ޖެހޭ އީއައިއޭ ވެސް ހެދުމަށް ފަހު އެވެ. އާސިފް ވިދާޅުވީ އީއައިއޭގެ ފަހުން ވެސް މިތަން ތަރައްގީކުރެވެމުން އަންނައިރާއި އޭގެ ފަހުން އެ ސަރަހައްދުގެ ތިމާވެއްޓަށް އަންނަ ބަދަލުތައް މޮނީޓާކުރާނެ ކަމަށެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454