ސީއެސްސީ: އަޅާލާނެ ބަޔަކު ނެތި މަގުމަތިވެއްޖެ

ވެލާނާގެ ސަރަހައްދުގައި ސިވިލް ސާވެންޓުންތަކެއް މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ 13 އަހަރުން ކުރިން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އުފައްދައި ކުރަމުން ދިޔަ ޝަކުވާތައް ހަމަ އެގޮތުގަ އެވެ. ސަރުކާރާއި ކޮމިޝަނުން ޖަހަމުން ދާ ބޯޅައިގެ މެދުގައި ފިތިފައި ތިބީ 26،000 އަށްވުރެ ގިނަ މުވައްޒަފުންނެވެ. ނަމަވެސް އެއް ތަނެއްގައި އެންމެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ދާއިރާ އޮތީ މައްސަލަތަކުން ފުނިޖެހިފަ އެވެ.

އެ ކޮމިޝަނުގައި އަދި ސިވިލް ސާވިސްގެ މަސައްކަތްތައް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅުންގެ ވާހަކަތަކުން ސާފުވި އެއް މަންޒަރަކީ ސިވިލް ސާވެންޓުންގެ ކަންކަން ރަނގަޅުކުރަން ސަރުކާރުން މަސައްކަތް ނުކުރާ ކަމެވެ. ފިޔަވަޅެއް އެޅިނަމަ އަލިގަމެއް ފެނުނީހެވެ.

ސިވިލް ސާވެންޓެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި އަދި އޭގެ ފަހުން ސީއެސްސީގެ ރައީސަކަށް ހުންނެވި ޑރ. އަލީ ޝަމީމް، "މިހާރު"ގެ "މެދު ސަފުހާ" އަށް ވިދާޅުވީ މުވައްޒަފުންގެ އަދަދާ ގުޅޭގޮތުން އޮޑިޓުތަކެއް ހެދި ނަމަވެސް އެއަށް ވޭތުވެދިޔަ ދެ ސަރުކާރުން ވެސް އަމަލު ނުކުރާ ކަމަށެވެ. އެކަން ތަންފީޒު ކުރެވޭނީ ރައީސް އޮފީސް ނުވަތަ ފިނޭންސް މިނިސްޓްރީ ބައިވެރިވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އޮޑިޓުން އެނގުނު ގޮތުގައި ސަރުކާރުގެ ބައެއް އޮފީސްތަކުގައި މުވައްޒަފުން ގިނައިރު، އަނެއް ބައި އޮފީސްތަކުގައި މަސައްކަތްތައް ގެންދަން ދަތިވާ ވަރަށް މީހުން މަދެވެ. އޭގެ އިތުރުން މުވައްޒަފުންނަށް ތަމްރީނުތައް ދިނުމުގެ މުހިއްމުކަން އެނގުނުކަން އޭނާ ފާހަގަކުރެއްވި އެވެ.

ސިވިލް ސާވިސްއާ ގުޅޭގޮތުން އާއްމުންގެ އެންމެ ބޮޑު ޝަކުވާއަކީ ފޯނަށް ޖަވާބު ނުދިނުން ކަމަށް ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ ގޮތުގައި، އެކަަމުގައި ވެސް ގޮންޖެހުން ދިމާވަނީ "ގަވައިދުތައް އަބަދު ވިހާތީ" ކަމަށެވެ. ކޮރަޕްޝަން ހުއްޓުވަން ފިނޭންސް މިނިސްޓްރީން ވަރަށް ގިނަ ގަވާއިދުތައް ހަދާ ކަމަށާއި އެއާއެކު އިދާރީގޮތުން އުނދަގޫތައް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"[ބައެއް އޮފީސްތަކުގައި] މުވައްޒަފުން މަދުވެފައި ގަވައިދުތައް ހުންނަ ގޮތުން ހުއްދަ ހޯދުމާއި ކަންކަން ސާފުކުރަން މާ ގިނައިން ގުޅަން ޖެހެނީ،" ޝަމީމް ވިދާޅުވި އެވެ.

އާއްމުންގެ މީހަކު ޓްރާންސްޕޯޓް އޮތޯރިޓީން ހިދުމަތް ހޯދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސީއެސްސީގައި އުޅުއްވިއިރު ތަޖުރިބާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުތަކަށް ވެސް ޝަމީމަށް ޖެހިވަޑައިގަތީ އަމިއްލަ ޖީބުން ހަރަދުކުރައްވާށެވެ. އޭގެ އިތުރުން، ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އިންނަށް ވެސް ތަމްރީނު ދިނުމަށް މަސައްކަތްކޮށްގެން ސަރުކާރުގެ އެހީއެއް ނުލިބުނެވެ. އެހެންވެ، އަމިއްލަ އަށް ޓިކެޓު ނަންގަވައިގެން ތަމްރީނަށް ވަޑައިގަތުމަށް ވެސް އެ ބޭފުޅުން ތިއްބެވީ ތައްޔާރަށެވެ.

"އަޅުގަނޑު ފުރަތަމަ ކުރި ކަމަކީ ސިންގަޕޫރު، ލަންކާ އަށް އަމިއްލަ ހަރަދުގައި ދިޔައީ. ސްޓާފެއް ވެސް ގޮވައިގެން ދިޔައީ އެ ގައުމުތަކުގައި ސިވިލް ސާވިސް ކަންތައްތައް އޮތް ގޮތް ބެލުމަށް،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންނާއި ސިފައިން ބޭނުންވާ ތަމްރީނުތަކަށް ހަރަދުކުރާނެ ފައިސާ ދައުލަތުން ލިބޭ ކަމަށެވެ. އެކަމަކު ސަރުކާރު ހިންގާ ސިވިލް ސާވެންޓުންނަށް ތަމްރީނު ދޭ އިންސްޓިޓިއުޓުން އެހީ ހޯދަން ޖެހެނީ އެމްބަސީތަކުގައި އެދިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އެ މަސައްކަތުން އިންޑިއާއިން ވަނީ އެއް އަހަރުގެ ތެރޭގައި 1000 ސިވިލް ސާވެންޓުން ތަމްރީނުކޮށްދިނުމަށް އެއްބަސްވެފަ އެވެ.

"ބަޖެޓެއް ނުލިބޭ [މުވައްޒަފުންގެ ތަމްރީނުތަކަށް]. އެ ބޭފުޅުންނަށް ވިސްނިގެން ނޫންތޯ މިއީ ތަމްރީނު ކުރާ ތަނޭ، މި ތަނަށް ލާންޖެހޭނީ ރަނގަޅު މީހުންނޭ... އެކަމަކު ދުވަހަކު ރަނގަޅުވާ ވަރެއް ނުވޭ،" ޝަމީމް ވިދާޅުވި އެވެ.

މި ވަގުތު އެންމެ ގިނަ ދުވަސްވީ ޕީއެސްއިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަޖުވަދު މުސްތަފާ ވިދާޅުވި ގޮތުގައި ސިވިލް ސާވެންޓުންގެ މައްސަލަ ހައްލުކުރެވޭނީ ރައީސް އޮފީހާއި ސީއެސްސީ ގުޅިގެން މަސައްކަތް ކޮށްގެންނެވެ.

އެ ކޮމިޝަނުން ބޭނުންވާ ވަރަށް ސަރުކާރުން ބަޖެޓު ނުދިނުމާއި ތަމްރީނު ޕްރޮގްރާމްތައް ނުހިންގޭއިރު އެ ކޮމިޝަނަށް އެކަނި ކަންކަން ހައްލު ނުކުރެވޭނެ ކަމަށް އަޖުވަދު ވިދާޅުވި އެވެ. ސިވިލް ސާވިސްގެ މަސައްކަތްތައް ރަނގަޅަށް ހިނގާތޯ ނުވަތަ ނުހިނގާތޯ ބެލުމަށް އޮޑިޓެއް ހެދުމަށްޓަކައި އެއް ފަހަރު ބަޖެޓެއް ދިނުމަށް ކޮމިޝަނުން ސަރުކާރުގައި އެދުމުން އެ ވަރުގެ ކަމެއް ވެސް ކޮށް ނުދެވުނު ފަހަރެއް ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިވިލް ސާވެންޓަކު އޮފީހެއްގައި މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސިވިލް ސާވިސްގެ ކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކުރީގެ ޕީއެސްއަކު ވިދާޅުވީ ހިދުމަތްތައް ލަސްވުމާއި މުވައްޒަފުންގެ މައްސަލަތައް ދިމާވުމުގައި ސަރުކާރާއި ސިވިލް ސާވިސް ކޮމިޝަންގެ މައްސަލަތައް އެބަހުރި ކަމަށެވެ. ސިވިލް ސާވެންޓުންގެ މައްސަލަ ހުއްޓަސް ވަކިނުކުރެވެނީ ޕާފޯމަންސް އެޕްރައިޒަލް ނުހެދޭތީ ކަމަށާއި އެކަން ނުކޮށް ހުއްޓަސް އެއްވެސް މީހަކަށް ފިޔަވަޅެއް ނާޅާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފިޔަވަޅު ނާޅަނީ ބައިވަރު ސަބަބުތައް ހުރީމަ. އެއީ މިނިވަން ނުވާތީ،" އޭނާ ވިދާޅުވި އެވެ.

ސިވިލް ސާވެންޓުންގެ އަދަދު މަދުކޮށް މައްސަލަތަކަށް ޖުމްލަ ހައްލެއް ގެނައުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރިޓަޔަމަންޓު ޕެކޭޖެއް ވެސް ތައާރަފުކުރި އެވެ. އެކަމަކު، އެ ޕެކޭޖު ނަގައިގެން ވެސް ހިދުމަތުން ވަކިވީ ސިވިލް ސާވިސް އަށް އެންމެ މުހިއްމު މުވައްޒަފުން ކަމަށާއި ފަހުން އަނެއްކާ ވެސް އެ މީހުން ވަޒީފާއާ ގުޅުނު ކަމަށް، ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި ކުރީގެ ޕީއެސް ވިދާޅުވި އެވެ.

"އެކި ލެވެލްގައި އެ ފުރުސަތު ފަހިކޮށްދިނީމަ ރިޓަޔަމަންޓު ޕެކޭޖު ނެގި 70 ޕަސެންޓް މީހުން އަލުން ގުޅުނު،" އޭނާ ވިދާޅުވި އެވެ.

"އެކި ލެވެލްގައި އެ ފުރުސަތު ފަހިކޮށްދިނީމަ ރިޓަޔަމަންޓު ޕެކޭޖު ނެގި 70 ޕަސެންޓް މީހުން އަލުން ގުޅުނު."

އެކަމާ ހެދި އޭނާ ގަބޫލުކުރައްވަނީ ރިޓަޔަމަންޓު ޕެކޭޖު ވީ ދައުލަތަށް ބޮޑު ބުރައަކަށް ކަމަށެވެ.

ސިވިލް ސާވެންޓުންގެ އަދަދު ގިނަ ކަމަށް ސަރުކާރުން ވެސް ގަބޫލުކުރެ އެވެ. އަދި އަދަދު މަދުކުރަންޖެހޭ ކަމަށް ވެސް ގަބޫލުކުރެ އެވެ. އެކަމަކު، މުވައްޒަފުންގެ އަދަދު މަދުކުރެވިދާނެ ގޮތުގެ އެއްވެސް ދިރާސާއެއް މިހާތަނަށް ކޮށްފައެއް ނެތެވެ. އޭގެ ބަދަލުގައި ފެންނަނީ ސަރުކާރުގެ އެކި ވައުދުތަކުގެ ތެރެއިން ސިވިލް ސާވިސް ވަޒީފާތައް އިތުރަށް އުފައްދައި، މުވައްޒަފުންގެ އަދަދު މެކުހަށް ޖަހާތަން ކަމަށް، ތަޖުރިބާކާރުން ވިދާޅުވި އެވެ. އެއް ބޭފުޅަކު ދެއްކެވި މިސާލަކީ، ރަށްރަށުގައި ކަސްރަތު ޕްރޮގްރާމްތައް ފެށުމަށް، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް "ސްޕޯޓްސް ކައުންސެލާ"ގެ ނަމުގައި ސަރުކާރުން ބަޔަކަށް ވަޒީފާ ދިނުމެވެ.

"ސަރުކާރުން އަސްލު ސިވިލް ސާވިސް މި ބޮޑުކުރަނީ. ސަރުކާރުން މި ބުނަނީ ސިވިލް ސާވިސް ބޮޑުކަމަށް ވެސް. ދެން ކޮންމެހެން ސިވިލް ސާވިސް ކޮމިޝަން ބަދުނާމުކުރާނެ ކަމެއް ނެތްތާ."

6 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙުސް

07 October 2021

ވަރައް ފުރިހަމަ…..

The name is already taken The name is available. Register?

4545

07 October 2021

ނަރުހުންނާ ޓީޗަރުން ލާތީ ގިނައީ. އޮފީސްތަކުގަ އިދާރި މަސައްކަތް ކުރަން ބޭނުންވާވަރަށް ގާތަށްވެސް މީހުންނއެއް ނުތިބޭ، މިހާރު ނޫހުން އޮފީހެއްގެ ޢެޑްމިނިސްޓްރޭޓިވް އޮފިސަރަކާ ވާހަކަ ދައްކާލާފަ ރޕޯޓެއް ލިޔެބަލަ މައިތިރި ނުވެގެން ތއުޅެނި..

The name is already taken The name is available. Register?

ޟަރީރު

07 October 2021

ޓީޗަރުންނަށް އޯޓީދޭގޮތްވެސް ބައްލަވާ. ކޮން އުސޫލަކުން ތޯ އެގޮތަށް އެކަންތައް ކުރެވޭނީ. ޢެލްޓީމެން އެމީހުންގަޔާވާމީހުން މުސާރަޔަށްްވުރެބޮޑު އޯޓީ ނަގާފަ ނިކަމެތި ޓީޗަރަށް އޯޓީ ނުދީ އެސަގާފަތް ގިނަ ސްކޫލްތަކުގަ އޮތީ.މިކަންތައް ބަލާ ރެގިޔުލޭޓް ކުރާނެ ހަމައެކަކުވެސް ނެތް.

The name is already taken The name is available. Register?

ޝަމީމްްޑޮކްޓަރ

07 October 2021

ޝަމީމު ކަމަކަށް އޮތީ ފުއްޖަހައިގެން ބޭރު ކަރަތަކަށް ދަތުރުކޮށް އެމް.އޯ ޔޫ ތަކުގައި ސޮއިކުރުން. ކުރެވުނުކަމެއް ހަމަ ހަރާމް

The name is already taken The name is available. Register?

ބިލް ކުލިންޓަން

07 October 2021

ސަރުކާރާ މަޖުލީސް އުވާލައިގެންނޫންގޮތަކަށް ސިވިލް ސާވެންޓުންނަށް ހެޔޮގޮތެއް އޮންނާނެކަމަކަށްނުބެލެވޭ.

The name is already taken The name is available. Register?

ކީއްވެތަރަނގަޅު ނުކުރީ

07 October 2021

އެތަނުގަ ހުރިއިރު ތި ޑރ އަށް އެއވެސް ކަމެއް ރަނަގަޅު ނުކުރެވުނު. ދެން މިހާރު ވަރަށް ސަޅި ވާހަކަ އާއި މޮޅެތި ޚިޔާލުދެއްވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454