އަޖުވަދު ވިދާޅުވަނީ ހުރީ ހުސް މައްސަލަ ކަމަށް!

އެންވަޔަރުމެންޓް މިނިސްޓްރީގެ ޕީއެސް އަޖުވަދު މިދިޔަ އަންގާރަ ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒް މޫސާ

ސަރުކާރުގައި އޭނާ މަސައްކަތް ކުރައްވާތާ 17 ވަރަކަށް އަހަރު ވީއިރު އަދިވެސް ފެންނަނީ މާ ބޮޑު ކުރިއެރުމެއް ނެތް، އަބަދު އެއް ޝަކުވާއެއް ކުރާ ސިވިލް ސާވިސްއެކެވެ. ކަންކަން ރަނގަޅު ކުރަން އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރުމުގެ ނަތީޖާއަކީ ސިޔާސާތުތައް ރާވާ ފަރާތްތަކާއި ސިވިލް ސާވިސްގައި ކަންކަން ތަންފީޒު ކުރާ މީހުންނާ މެދު ބޮޑު "ފާރެއް" ލުމެވެ. ސިވިލް ސާވަންޓުގެ ކަންކަން ބަލަހައްޓަން މިނިވަން ކޮމިޝަނެއް ގާނޫނުއަސާސީގެ ދަށުން އުފައްދާފައި އޮތަސް، އެންމެ ހަރުދަނާ ނިޒާމެއް ނެތެވެ. ސިޔާސީ މީހުންނަށް އޮތީ ސިވިލް ސާވިސްގެ ޝަކުވާ އޮއްސަމުން ދިއުމެވެ.

މިއީ، މިހާރު އެންމެ ގިނަ ދުވަސްވީ 2-3 ޕާމަންޓް ސެކްރެޓަރީ (ޕީއެސް) އިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަޖުވަދު މުސްތަފާ ކުރުކޮށް ވިދާޅުވި ވާހަކަތަކެވެ.

"އަޅުގަނޑު މަސައްކަތުގެ މާހައުލަށް ނުކުތް ދުވަހެކޭ މިއަދެކޭ ސިވިލް ސާވިސްގައި މާ ބޮޑު ތަފާތެއް ނެތް. ހަމަ އެއް މައްސަލަތަކެއް މި އުޅެނީ. އޭރު ވެސް މިއަދު ވެސް މި އިވެނީ މުވައްޒަފުންގެ މުސާރަ ކުޑަ ވާހަކަ. ސިވިލް ސާވިސްގައި އުޅެގެން ރަނގަޅު ޑީސެންޓް ދިރިއުޅުމެއް އުޅެވެން ނެތް ވާހަކަ އާއި ދެތިން ހަތަރު ވަޒީފާއެއްގައި އުޅެގެން ނޫނިއްޔާ ދިރިއުޅުމުގެ ކަންތައް ހަމަނުޖެއްސޭ ވާހަކަ،" އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ހުންނެވި އަޖުވަދު ވިދާޅުވި އެވެ.

އަޖުވަދަކީ މި ދާއިރާގެ އިސް ބޭފުޅުންގެ ވާހަކަތަކަށް ބަލާއިރު ކޮންމެ ސަރުކާރަކުން ވެސް، އަދި އެއިރެއްގައި އޭނާގެ މައްޗަށް ހުންނަވާ ވަޒީރަކު ވެސް ވަރަށް ރަނގަޅަށް ކަންތައް ކުރައްވާ ބޭފުޅެކެވެ. އޭނާއާ މެދު މިހާތަނަށް ދެރަގޮތެއް މެދުވެރިވެފައެއް ނެތެވެ. ޕީއެސްގެ ގާނޫނީ ޒިންމާ އަދާކުރުމަށް ދޭން ޖެހޭ ފުރުސަތު ކޮންމެ ވަޒީރަކު ވެސް ދެއްވި އެވެ.

"އެކަމަކު، އަޅުގަނޑުގެ ކޮލީގުންގެ ހާލަތު ވަރަށް ރަނގަޅަށް ފެނޭ. ބައެއް ޕާމަނަންޓް ސެކްރެޓަރީންނަށް ވަރަށް ދެރަ ގޮތްގޮތް ވެފައި އެބަހުރި. މުވައްޒަފުންނަށް ވަރަށް ދެރަ ގޮތްގޮތް ވެފައި އެބަހުރި،" ފެށުނީއްސުރެ ސިވިލް ސާވަންޓުންނާއި ޕީއެސްގެ ވަޒީފާ އަދާކުރައްވާ ބޭފުޅުންނާ މެދު ބައެއް މިނިސްޓްރީތަކުންނާއި އެކިއެކި ސަރުކާރުތަކުން އަމަލުކުރާ އިހާނެތި ގޮތްތައް ތިލަ ކޮށްދެއްވަމުން އަޖުވަދު ވިދާޅުވި އެވެ.

ތަޖުރިބާގެ އަލީގައި އޭނާ ވިދާޅުވީ، އެއިރެއްގެ ލީޑަޝިޕް ބަދަލުވުމުން ސިވިލް ސާވިސް އަށް ބަދަލުތަކެއް ގެންނަ ސަގާފަތް ބަދަލުވާން ޖެހޭ ކަމަށެވެ.

"މި މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަށް ގާނޫނުގައި ބުނާ ދައުރު ލިބިފައި އަނެއް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަށް އެ ދައުރު ނުލިބޭ ނަމަ ސިސްޓަމްގެ މައްސަލައެއް އެބައުޅޭ. މި މިނިސްޓްރީގެ ޑިޕާޓްމަންޓެއްގައި ހުންނަ ޑައިރެކްޓަ ޖެނެރަލަށް މަސައްކަތް ކުރުމުގައި ލިބޭ އޮތޯރިޓީ ދެން ހުންނަ މިނިސްޓްރީގައި ހުންނަ ޑީޖީއަކަށް ވެސް ލިބިގެން މިކަން ކުރެވޭނީ،" އަޖުވަދު ވިދާޅުވި އެވެ.

"އެކި މިނިސްޓްރީތަކުގައި މި ތަފާތު ގެންގުޅޭ. އެ އަންނަ ވަޒީރަކު ނުވަތަ އެ އަންނަ ޕޮލިޓިކަލް ލީޑަޝިޕަކުން ބޭނުންވާ ގޮތަށް ބަދަލު ކުރާތަން އަޅުގަނޑުމެންނަށް މި ފެންނަނީ. އެކަމަކު ސިވިލް ސާވިސް ދެމިއޮންނަނީ މި ސަރުކާރަށް އެކަނި ހިދުމަތް ކުރާކަށް ނޫން. ދެން އަންނަ ސަރުކާރަކަށް ވެސް ހިދުމަތް ކުރަން ރައްޔިތުން މުސާރަ ދީފައި ތިބޭ ބައެއް އަޅުގަނޑުމެންނަކީ."

ސަރުކާރުގެ އޮފީސްތައް އެންމެ ގިނައިން ހިންގާ ވެލާނާގޭ ބިލްޑިންގަށް ސިވިލް ސާވަންޓަކު ވަންނަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

އަޖުވަދު ދެކެވަޑައިގަންނަވާ ގޮތުގައި އެކި ގޮތްގޮތަށް އެކި މިނިސްޓްރީތަކާއި ސަރުކާރުގެ އޮފީސްތަކުގައި އަމަލުކުރަނީ އެކަށީގެންވާ ހަރުދަނާ ނިޒާމެއް ނެތުމުންނެވެ. ސްޓޭންޑާޑް އޮޕަރޭޝަންސް ޕްރޮސީޖާސްތައް (އެސްއޯޕީ) ލިޔުމުން ހުންނަން ޖެހޭނެ އެވެ. އޭގެ މާނައަކީ އެ ވަގުތަކު އެ މިނިސްޓްރީއަކާ ހަވާލުވާ ވަޒީރަކު ވެސް މަސައްކަތް ކުރައްވަން ޖެހޭނީ އެ އުސޫލަށް ފައްތައިގެންނެވެ.

"މި މިނިސްޓްރީގައި މަހަކު އެއް ފަހަރު މެނޭޖުމަންޓާ މީޓް ކޮށްފައި އަނެއް މިނިސްޓްރީގައި ޑެއިލީ މީޓް ކޮށްފައި، އެހެން ވެސް ކަމަކު ނުދާނެ. އެހެންވީމާ ސްޓޭންޑާޑް އޮޕަރޭޝަންސް ޕްރޮސީޖާތަކެއް ބޭނުންވާ ކަމަށް އަޅުގަނޑަށް ފެނޭ. އެއީ އެހާ ބޭނުން ކަމަކަށް ބަލައިގެން ނޫން މިހާރު އޮފީސްތައް ހިންގަނީ. އެކި ތަންތާނގައި އެކި ގޮތްގޮތަށް އޮޕަރޭޓް ކުރާ ތަން އަޅުގަނޑުމެންނަށް ފެންނަނީ،" ހަކަތައިގެ ދާއިރާ އިން މާސްޓާސް ހައްދަވާފައިވާ އަޖުވަދު ވިދާޅުވި އެވެ.

މިނިސްޓްރީތަކާއި އޮފީސްތައް އެއް ގޮތަކަށް ނުވަތަ އެއް ނިޒާމަކުން ނުހިނގާ ކަމުގެ މިސާލެއް އޭނާ ދެއްކެވި އެންވަޔަރަމެންޓް މިނިސްޓްރީ އާއި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އެއްކޮށްލުމުން ކުރިމަތިވި ބައެއް ކަންތައްތަކަށެވެ. އެންވަޔަރަމެންޓް މިނިސްޓްރީ ހިންގަމުން އައީ ހާއްސަ ޑިޕާޓްމަންޓްތަކެއް ގާއިމުކޮށް، ކޮންމެ ޑިޕާޓްމަންޓެއްގެ އިސް ބޭފުޅަކަށް ޑިރެކްޓަ ޖެނެރަލަކު ހުންނަވާ ގޮތަށެވެ. އޭގެ ބޭނުމަކީ ސިޔާސީ ބޭފުޅުން ބަދަލުވިޔަސް މަޑުޖެހުމެއް ނެތި ޑިރެކްޓަ ޖެނެރަލުން މެދުވެރިކޮށް މިނިސްޓްރީ ހިންގުމެވެ.

"އެކަމަކު އަޅުގަނޑު ބެލިއިރު ސައިންސް އެންޑް ޓެކްނޮލޮޖީ ޑިޕާޓްމަންޓެއް އެ މިނިސްޓްރީއަކު ނެތް. ތިބީ މުޅިން ވެސް އިދާރީ މުވައްޒަފުން ނުވަތަ ޕްރޮކިއުމަންޓް މުވައްޒަފުން. ނަމަވެސް އަޅުގަނޑުމެންގެ މިނިސްޓްރީއާ މާޖު ކުރީމާ މި ޖެހުނީ ޓެކްނޮލޮޖީ ޑިޕާޓްމަންޓެއް އުފައްދަން. އެ ދާއިރާގެ ފަންނީ މީހުންނާއި އިންޖިނިއަރުން މި ޖެހެނީ އެހެންވެ ހަޔާކުރަން. މި ފެންނަނީ އެކި ގޮތަށް އަމަލުކުރާ ތަން،" އަޖުވަދު ވިދާޅުވި އެވެ.

ސިވިލް ސާވަންޓުންތަކެއް މަސައްކަތުގައި: ދައުލަތުގެ އެހެން މުއައްސަސާތަކަށް ބޭނުންވާ ބަޖެޓު ސަރުކާރުން ފަސޭހައިން ލިބުނަސް ސިވިލް ސާވަންޓުންނަށް އެ ފުރުސަތެއް ވެސް ނޯންނަ ކަމަށް މި ދާއިރާގައި ގިނަ ދުވަސްވީ އިސް ބޭފުޅުން ވިދާޅުވޭ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވީ، ބައެއް އޮފީސްތަކުގައި ސިވިލް ސާވިސްގެ ފަށަލަ ވަރަށް ނިކަމެތިވެ، ސިޔާސީ ބޭފުޅުންގެ ބާރު މާ ބާރުގަދަ ކަމަށެވެ. އޭގެ ނަތީޖާއަކީ އަޖުވަދު ވިދާޅުވިގޮތުގައި ސިޔާސީ ލީޑަޝިޕް ބަދަލުވުމާ އެކު އެ އޮފީހުގެ މަސައްކަތްތަކަށް ހުއްޓުމެއް އައުމެވެ. އޭގެ އެއް މިސާލު އޭނާ ނެންގެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ހައުސިން މިނިސްޓްރީންނެވެ.

ޔާމީންގެ ސަރުކާރުގައި އެތައް ހާސް ބަަޔަކަށް ފްލެޓް ދިނުމަށް ބިޔަ މަޝްރޫއެއް ހިންގިއިރު، އެ ސަރުކާރު ބަދަލުވެ އިންތިގާލީ މަރުހަލާގައި އޮތީ ވާނުވާ އަށް ގޮސްފަ އެވެ. ފްލެޓްތައް ދޫކުރުމާ ގުޅޭ މުހިންމު، ގިނަ މައުލޫމާތުތަކެއް އޭރުގެ ހައުސިން މިނިސްޓްރީގެ ސިވިލް ސާވަންޓުންނަށް އެނގޭ ކަމަކަށް ނުވި އެވެ. ފްލެޓްތައް ދޫކުރުމަށް ޕޮއިންޓު ދިން ގޮތެއް ސިވިލް ސާވަންޓުންނަކަށް ނޭނގުނެވެ. ހުރިހާ ކަމެއް ކުރީ އޭރުގެ ސިޔާސީ ބޭފުޅުން ކަމަށް ވުމުން ވެރިކަން ބަދަލުވިއިރު އޮތީ އޮޅުންބޮޅުން ވެފަ އެވެ.

މި މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަށް ގާނޫނުގައި ބުނާ ދައުރު ލިބިފައި އަނެއް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަށް އެ ދައުރު ނުލިބޭ ނަމަ ސިސްޓަމްގެ މައްސަލައެއް އެބައުޅޭ. މި މިނިސްޓްރީގެ ޑިޕާޓްމަންޓެއްގައި ހުންނަ ޑައިރެކްޓަ ޖެނެރަލަށް މަސައްކަތް ކުރުމުގައި ލިބޭ އޮތޯރިޓީ ދެން ހުންނަ މިނިސްޓްރީގައި ހުންނަ ޑީޖީއަކަށް ވެސް ލިބިގެން މިކަން ކުރެވޭނީ،"--- އަޖުވަދު

"އެކަމަކު އާ ސަރުކާރު އައިސްގެން އެ ކަންކަމަށް ޖަވާބުދާރީވާން މި ތިބެނީ ސިވިލް ސާވަންޓުން. ނަމަވެސް އެ މީހުން ބައިވެރި ނުކޮށް މިކަން [ފްލެޓް ދޫކުރުން] ކޮށްފައި މި އޮންނަނީ. އަޅުގަނޑުގެ ވާހަކައަކީ އެ ކަން ކުރަން ފުރުސަތު ލިބިގެން ނުވާނެއޭ. ސިސްޓަމެޓިކްކޮށް މިކަން ކޮށް، ގާނޫނީ އޮނިގަނޑުގެ ތެރެއިން ކަންކަން އެންފޯސް ކުރެވޭ ނަމަ ސަރުކާރު ބަދަލުވިޔަސް ސިވިލް ސާވިސްގެ ނިޒާމު ދެމިއޮންނާނެ،" އަޖުވަދު ވިދާޅުވި އެވެ.

ހައްލަކީ ކޮބާ؟

އެކި މިނިސްޓްރީތަކާއި އޮފީސްތަކުގައި ސިވިލް ސާވިސްގެ ނިޒާމުގައި ގެންގުޅޭ ތަފާތުތައް ބޮޑުވުމަކީ މިހާތަނަށް ދުވަހަކު ވެސް ހައްލު ނުކުރެވުނު ކަމެކެވެ. އެ މިނިސްޓްރީއެއް ނުވަތަ އެ އޮފީހެއްގައި މަސައްކަތް ކުރާ ސިވިލް ސާވިސްގެ އެންމެ އިސް ބޭފުޅުންނާ މެދު ވެސް ބައެއް ތަންތަނުން އަމަލު ކުރަނީ ހިތުހުރިހާ ގޮތަކަށެވެ. ބަވާލަން ވީމާ ބަވާލަންވީ އެވެ. ވަޒީރުގެ ރުހުން އޮތަސް ވަޒީރުގެ ދަށުން ތިއްބަވާ ބޭފުޅުންގެ ނުރުހުމާއި ރުޅިވެރިކަން ސިވިލް ސާވަންޓުންނަށް ކުރިމަތިވާ ފަހަރު ވަރަށް ގިނަ ކަމަށް ވެ އެވެ.

އަޖުވަދު ވިދާޅުވީ، މައްސަލަ އަށް އޮތް އެއް ހައްލަކީ ދުނިޔޭގެ ތަޖުރިބާ އިން ވެސް ފިލާވަޅުތަކެއް ދަސްކޮށް، އޭގެ ބޭނުން ހިފުމެވެ. މިސާލަކަށް ބައެއް ގައުމުތަކުގައި ސިވިލް ސާވިސް ކޮމިޝަންގެ އެންމެ އިސްބޭފުޅާ އަކީ ކެބިނެޓް ފެންވަރުގައި ތަމްސީލު ކުރައްވާ ބޭފުޅަކަށް ވުމުން ސަރުކާރާއި ސިވިލް ސާވިސް ގުޅިގެން މަސައްކަތް ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، ރާއްޖޭގެ ހާލަތަށް ބަލައިފި ނަމަ ސަރުކާރުގެ އެންމެ އިސް އޮފީސް ރައީސް އޮފީހުގެ ހުރިހާ މަގާމެއް ވަނީ ގާނޫނުއަސާސީން ރައީސަށް ލިބޭ ބާރުގެ ދަށުން ސިޔާސީ މަގާމަކަށް މީގެ އަހަރުތަކެއް ކުރިން ބަދަލުކޮށްފަ އެވެ. އެހެންވެ އެ ތަނުގައި ސިވިލް ސާވިސްގެ އެންމެ އިސް މަގާމު ވެސް ނެތި އެތައް ދުވަހެއް ވެއްޖެ އެވެ. ރައީސް އޮފީހާއި ސިވިލް ސާވިސްއާ ދެމެދު އޮންނަންޖެހޭ ގުޅުމަށް އޭގެ ސަބަބުން ބުރޫއަރަ އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ޕީއެސް އަޖުވަދު މިދިޔަ އަންގާރަ ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒް މޫސާ

"އެ ޑިސްކަނެކްޓް އާދޭ. ސިވިލް ސާވިސް ކޮމިޝަންގެ ރެޕްރަޒެންޓޭޝަނެއް [ރައީސް އޮފީހަކު] ނެތް. ވަޒީރެއްގެ ހައިސިއްޔަތުން ނޫނަސް ކެބިނެޓްގައި [ސިވިސް ސާވިސް ކޮމިޝަންގެ] ބޭފުޅަކު އިންނަވާ ނަމަ މިނިސްޓްރީތަކުގެ މަސައްކަތުގައި ހުރި ގޮންޖެހުންތައް އެ ބޭފުޅުންނަށް އިހުސާސް ކުރެއްވޭނެ. ކޮމިޝަންގެ ތެރެއިން ކުރައްވަން ޖެހޭ ކަންކަން ވެސް އޭރުން ބޮޑަށް އެނގިވަޑައިގަންނަވާނެ،" އަޖުވަދު ވިދާޅުވި އެވެ.

"ޕޮލިސީ މޭކިން އާއި ތަންފީޒީ އިދާރާއާ މި އޮންނަން ޖެހޭ ގުޅުމެއް ނެތް. ރައީސް އޮފީހުގައި ޕީއެސްއެއް ނެތުމާއި ސިވިލް ސާވިސް ކޮމިޝަންގެ އެއްވެސް ރެޕްރަޒެންޓޭޝަނެއް ރައީސް އޮފީހުގައި ނެތުން ފަދަ މައްސަލަަތައް އެބަހުރި ކަމަށް އަޅުގަނޑަށް ފެންނަނީ."

އަޖުވަދު ދެކެވަޑައިގަންނަވާ ގޮތުގައި މައްސަލަ ހައްލު ކުރެވެން އޮތީ ރައީސް އޮފީހާއި ސިވިލް ސާވިސް ކޮމިޝަން ގުޅިގެން މަސައްކަތް ކޮށްގެންނެވެ. ސިވިލް ސާވިސް ކޮމިޝަނުން ބޭނުންވާ ވަރަށް ސަރުކާރުން ބަޖެޓް ނުދިނުމާއި ތަމްރީނު ޕްރޮގްރާމްތައް ނުހިންގޭއިރު އެ ކޮމިޝަނަށް އެކަނި ކަންކަން ހައްލު ނުކުރެވޭނެ ކަމަށް އަޖުވަދު ވިދާޅުވި އެވެ. ސިވިލް ސާވިސްގެ މަސައްކަތްތައް ރަނގަޅަށް ހިނގާތޯ ނުވަތަ ނުހިނގާތޯ ބެލުމަށް އޮޑިޓެއް ހެދުމަށްޓަކައި އެއް ފަހަރު ބަޖެޓެއް ދިނުމަށް ކޮމިޝަނުން ސަރުކާރުގައި އެދުމުން އެ ވަރުގެ ކަމެއް ވެސް ކޮށް ނުދެވުނު ފަހަރެއް ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެލާނާގޭގައި ހިންގާ އޮފީސްތަކަށް ސިވިލް ސާވަންޓުން ވަންނަނީ.---ފޮޓޯ: ނިޝާން އަލީ /މިހާރު

"އެފަދަ ހާލަތުގައި ރައީސް އޮފީހުގެ ޒިންމާއެއް އެ ބަޖެޓް ހޯދައި ދިނުމަކީ. ކަންކަން ރަނގަޅު ކުރުމަކީ ސިވިލް ސާވިސް ކޮމިޝަންގެ ހަމައެކަނި ޒިންމާއެއް ކަމަކަށް އަޅުގަނޑަށް ބުނެވޭކަށް ނެތް. މި ތަނަށް އިތުރު މުވައްޒަފުން ބޭނުން ވެގެން ސިވިލް ސާވިސް ކޮމިޝަނުގައި އެދުނީމާ އެ ކޮމިޝަނުން އިވެލުއޭޓް ކޮށްފައި މުވައްޒަފުން ނަގަން އަޅުގަނޑަށް ހުއްދަ ދެއްވާ،" އަޖުވަދު ވިދާޅުވި އެވެ.

"އެކަމަކު ފިނޭންސް މިނިސްޓްރީން ހުއްދައެއް ނުދޭ. ސިވިލް ސާވިސް ކޮމިޝަނުން އަޅުގަނޑުމެންގެ މިނިސްޓްރީގެ އޮނިގަނޑު ފާސްކޮށްދިނަސް ފިނޭންސް މިނިސްޓްރީން ބަޖެޓް ނުދެއްވާ ނަމަ މި ކަމެއް ނުވާނެ. މި ހާލަތުގައި އެކަން ކުރެވޭނީ ރައީސް އޮފީހާ ގުޅިގެން."

ޕީއެސްގެ ދައުރު އަދާކުރަން ވެސް ފުރުސަތު ހޯދައެއް ނުދެވޭ

ގާނޫނު ގޮތުން ކޮންމެ މިނިސްޓްރީއެއްގައި ވެސް ހުންނަވާ ސިވިލް ސާވިސްގެ އެންމެ އިސްބޭފުޅާއަކީ ޕީއެސް ކަމަށް ވިޔަސް މަސްއޫލިއްޔަތު އަދާކުރުމުގައި އެކި ތަންތަނުގައި އެކި ބޭފުޅުންނަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތި ވެފައި އެވެ. އެހެންވެ، ބައެއް ޕީއެސް އިން އެންމެ 2-3 މަސް ކުރައްވާފައި ވެސް މަގާމުން ވަކިވެވަޑައިގަންނަވަން ޖެހިފައިވާ ކަަމށް އަޖުވަދު ވިދާޅުވި އެވެ. އަދި ބައެއް ވަޒީރުން ބޭނުންވެގެން އައްޔަންކުރާ ޕީއެސް އިން ވެސް ގާނޫނުގެ ތެރެއިން ވަކި މިންގަނޑެއްގައި ހިފަހައްޓަން ޖެހޭތީ ވެސް ވަޒީރަށް ގޯސްވާ ހިސާބަށް ދާ ކަމަށް ވިދާޅުވި އެވެ.

"އެ ޕީއެސް އެހެން މަގާމެއްގައި ހުންނަވާއިރު އެ ވަޒީރަށް ވަރަށް ކަމުދާނެ. އެކަމަކު ޕީއެސްއަށް ވާ ހިސާބުން ގާނޫނާއި ގަވައިދުން އޭނާ އަށް އެބަ ލާޒިމުކުރޭ ވަކި މިންގަނޑުތަކެއް ހިފަހައްޓަން. އެކަން ކުރަން ފަށާ ހިސާބުން ޕީއެސް އެ ގޯސްވީ. ބައެއް ވަޒީރުންނަށް މިކަން ރަނގަޅަށް އަންޑަސްޓޭންޑް ނުވާތީ ދެން މި ޖެހެނީ އެ ޕީއެސް ބަދަލުކުރަން. އެ ޕީއެސް ގޮވައިގެން މަސައްކަތް ނުކުރެވޭނެ ކަމަށް މި ނިންމަވަނީ،" އަޖުވަދު ވިދާޅުވި އެވެ.

"އަޅުގަނޑަކީ ސިވިލް ސާވިސްގެ އެންމެ މަތީ މީހާ. މި ރޭންކުގައި ހުރެފައި ވެސް އަޅުގަނޑަށް ވެސް ޗެލެންޖު އެބައޮތޭ ދެ ކޮޓަރީގެ އެޕާޓްމަންޓެއް ނަގަން އިތުރު މީހަކާ ނުގުޅި. އެހެންވީމާ އަޅުގަނޑަށް ވިސްނޭ ސިވިލް ސާވިސްގެ އެންމެ ޖޫނިއާ ލެވެލްގެ ކުދިން އުޅޭނެ ހާލު. އިންސާނެއް ވިއްޔާ ދިރިއުޅުމުގެ ހައްގު އޭނާ އަށް އޮންނަން ވާނެ."--- އަޖުވަދު

ގާނޫނު ބުނާ ގޮތުން ނަމަ ވަޒީރުގެ ދަށުން އެ މިނިސްޓްރީއެއް ހިންގާ އެންމެ އިސް ބޭފުޅަކީ ޕީއެސް އެވެ. އެކަމަކު، ޕީއެސްގެ ދައުރު އަދާނުކުރެވޭ މައްސަލަ ހައްލުކޮށް، އެ ފުރުސަތު ލިބޭކަން ސިވިލް ސާވިސް ކޮމިޝަނުން ވެސް ކަށަވަރު ނުކޮށްދެވޭ ކަމަށް އަޖުވަދު ވިދާޅުވި އެވެ. އެ ޒިންމާއެއް އެ ކޮމިޝަނަކުން ނުނަގަ އެވެ.

"އެ ދައުރު ޕާމަނަންޓް ސެކްރެޓަރީއަށް ނުލިބޭ މިނިސްޓްރީތަކުން އެ ލިބޭކަން ކަށަވަރު ކުރަން ޖެހޭ. ކޮމިޝަނުން އެޕޮއިންޓް ކޮށްފައި ޕީއެސް ފޮނުވީމާ އެ ހިސާބުން ކޮމިޝަންގެ ޒިންމާ ނިމުނީ ކަމަށް ބަލައިގެން ނުވާނެ. ގާނޫނު އެ ބުނާ ގޮތަށް އޮފީސް ހިންގަން ޕާމަނަންޓް ސެކްރެޓަރީ އަށް ސްޕޭސް ލިބޭތޯ އެ ބޭފުޅުން ބައްލަވަން ޖެހޭނެ. ނުލިބޭ ނަމަ ވަޒީރާ ނުވަތަ ރައީސް އޮފީހާ ވާހަކަ ދައްކައިގެން ހައްލު ކޮށްދެއްވަން ވާނެ،" އަޖުވަދު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން [ސިވިލް ސާވިސް ކޮމިޝަނުން] އެ ދައުރު އަދާކުރާ ކަމަކަށް."

ޑީސެންޓް ދިރިއުޅުމެއް އުޅެވޭނެ ވަރެއް ދުވަހަކު ވެސް ނުވޭ

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަ މައްސަލައިގައި އަޖުވަދު ވިދާޅުވީ، ޑީސެންޓް ދިރިއުޅެން އެ މީހުން ކިތަންމެ ވަރަކަށް ބޭނުންވިޔަސް އެ ފުސަތު ފަހިވާ ގޮތަށް ކަންކަން ބައްޓަން ކޮށްފައި ނެތް ކަމަށެވެ. އެހެންވެ، މަތީ ތައުލީމާ ހިސާބަށް ދެވޭ މުވައްޒަފަށް ވެސް ލިބޭ މުސާރަ އިން ރީތި ދިރިއުޅުމެއް އުޅެވޭނެ ގޮތެއް ނެތެވެ. ފުރަތަމަ ޑިގްރީ ނުވަތަ މާސްޓާސް ހަދައިގެން އަންނަ މީހާ އަށް ވެސް ސިވިލް ސާވިސްގައި ގިނަވެގެން ލިބެނީ 12،000-13،000ރ. އެވެ. ޑީޖީ އަކަށް ލިބެނީ 22،000ރ. ވަރެވެ.

"އަޅުގަނޑު މިހާރު މި ހުންނަނީ ސިވިލް ސާވިސްގެ ޖޫނިއާ ރޭންކުން ފެށިގެން އައިސް މިހާރު ޕީއެސްއަކަށް. މިއަދު އަޅުގަނޑަށް 35،000ރ. ލިބޭއިރު ދެ ކޮޓަރީގެ އެޕާޓްމަންޓެއް ނަގަން ބޭންކަށް ދިޔައީމާ މި ބުނަނީ ލޯނަކަށް އަޅުގަނޑު ޝަރުތު ހަމައެއް ނުވެއޭ. ދެ މިލިއަނަށް ވުރެ ބޮޑު ލޯނެއް ނަގާ ނަމަ 40،000 ވަރަކަށް ހާސް ރުފިޔާ ކޮންމެ މަހަކު މުސާރައިގެ ގޮތުގައި ލިބެން ޖެހޭ،" އަޖުވަދު ވިދާޅުވި އެވެ.

"އަޅުގަނޑަކީ ސިވިލް ސާވިސްގެ އެންމެ މަތީ މީހާ. މި ރޭންކުގައި ހުރެފައި ވެސް އަޅުގަނޑަށް ވެސް ޗެލެންޖު އެބައޮތޭ ދެ ކޮޓަރީގެ އެޕާޓްމަންޓެއް ނަގަން އިތުރު މީހަކާ ނުގުޅި. އެހެންވީމާ އަޅުގަނޑަށް ވިސްނޭ ސިވިލް ސާވިސްގެ އެންމެ ޖޫނިއާ ލެވެލްގެ ކުދިން އުޅޭނެ ހާލު. އިންސާނެއް ވިއްޔާ ދިރިއުޅުމުގެ ހައްގު އޭނާ އަށް އޮންނަން ވާނެ."

19 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 58%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލުތުފީ

08 October 2021

މިލިޔުމަކީ ހަމަ ހަގީގަތުގަވެސް ވަރަށް ރަގަޅު ލިޔުމެއް. މުސާރަކުޑަ ވެފަ އަސާސީ ޚިދުމަތްތަކުގެ އަގުބޮޑުވުން މައްސަލަޔަކީ. ދައުލަތުގެ ފައިސާ ނަހަމަގޮތުގަ ބޭނުންކުރުމުގައި ސިވިލްސާވަންޓުންގެ ދައުރުވެސް ކުޑައެއްނޫން. އެހެންވަނީ ސިސްޓަމުގެ މައްސަލަހުރީމަ. ސިންގަޕޫރުގައި ދައުލަތުގެ ސިޔާސަތު ތަންފީޒުކުރަނީ ސިވިލްސާވިސް ގެ މުވައްޒަފުން. ސަރުކާރުން ސިޔާސަތު ކަނޑައަޅާފައި ކަމާބެހޭ އޮފީހަށް ޓާސްކް ދެނީ. ތަންފީޒުކޮށް ހިންގާނީ ސިވިލްސާވިސް މުވައްޒަފުން.

The name is already taken The name is available. Register?

ޕީއެމްޔޫ

08 October 2021

މި މިނިސްޓްރީގައި އުމުރަށް މިިއުޅޭ ޕީއެމްޔޫ މަސައްކަތް ނުކުރާއިރު ތިބޭފުޅާ ކީއްތޯ ކުރީ؟ ކަން ނުވީމަ އެހެންމީހުން މަތި ކުރަމުނުް ދިޔައިރު ކީއްތޯ ކުރެއްވީ

The name is already taken The name is available. Register?

ޢެޑުމުންޑޯ

08 October 2021

މިލއުން ސަރުކާރުގެ އެންމެ އިސްފަރާތްތަކާއި ސިވިލްސަރވިސް ކޮމިޝަންގެ އިސްފަރާތްތަކަށް ވެސް ފެނި ކިޔާނެކަމަށް އުންމީދުކުރެެނީ ،

The name is already taken The name is available. Register?

ޙަސަނާ

07 October 2021

އަޖުވަދަކީ ނަމޫނާ ޕީ.އެސް އެއް. މިކަމަށް ހެކިވާނެ ބައިވަރު މުވައްޒަފުން އަދި ވެރިންވެސް އެބަތިބި. މިތާ ނެގެޓިވް ކޮމެންޓު ކުރަނީ ކޮންމެވެސް ޒާތީ ސަބަބުތަކަކާއިހެދިކަން ޔަޤީން. ސިވިލް ސަރވިސްގަ އަދި މިމުޖުތަމަޢުގަވެސް ޕްރޮފެޝިނަލް ވުމަށްވުރެ ޒާތީ ކަންކަން މާވެސް ބޮޑީ.

The name is already taken The name is available. Register?

ގަދަ މުވައްޒަފުން

07 October 2021

މި މިނިސްޓްރީގައި ކޮންމެ ދެވަހަކު ހެދުނު ވަދެ 7.00 ގައި އިގިލިޖަހަލއިފައި ދެން އޮފީހަށް ނުފެނި ބައެއް މުވައްޒަފުން އުޅެމުން ދިޔަ އިރު އަޖުވަދު އެޅުއްވީ ކޮން ފިޔަވަޅެއްތޯ. އެކަމަށް ދިނީ ކަނު ލޮލެއް. ކަންކަން ރަގަޅު ނުވުމުގެ ބައިވެރި ވެފަނޫންތޯ ތިވަނީ.

The name is already taken The name is available. Register?

ހަސަން ލަތީފް

07 October 2021

ޒަމާނީ މެނޭޖްމަންޓް ދަންނަ ގޮތަކީ ޑެލިވަރަބަލް ބޭސްކޮށް މަސައްކަތް ކުރުން. އަފީހަށް އަންނަ ގަޑިއާއި އޮފީހުން ބޭރަށްދާ ގަޑިއާއި ކޮފީ ބޯ ގަޑި ގުނައި މުވައްޒަފުންނަށް ފިޔަވަޅު އެޅި ޒަމާން މާޒީވެ ހިގައްޖެ. ތިޔަ ބުނާ ކޮޕީ ބޯ ކުދިން ހަވާލުކުރާ މަސައްކަތް ނުކުރާނަމަ އެއީ މައްސަލައެއް. ކޮފީ ބޮއެފަ މަސައްކަތްވެސް ކުރާނަމަ އެއީ މައްސަލައެއް ނޫން.

The name is already taken The name is available. Register?

ވޯލް

07 October 2021

ހަމަ އެކަނި އޮތް ހައްލަކީ، މުޅި ސިވިލް ސާރވިސް އޯވަރހޯލް ކުރުން. މަސައްކަތި ގަޑި އިތުރު ކޮށްފަ މިސާރަ އިތުރު ކުރަންވީ. މިހާރު މަސައްކަތް ކުރާ ބަގުތާ ބަލާފަ މުސަރަ ކުޑައެއް ނޫން. އެކަމަކު މިސާރައާއި ބަލަފަ މިސައްކަތުގެ ފެންވަރު ދަށް.

The name is already taken The name is available. Register?

ހުސޭނުބެ2021

07 October 2021

އަޖްވަދުވެސް އަގައިން ހިފައްޓާމީހެއް މުވައްޒަފުންނަށް ރަގަޅުމީހެއްނޫން ވެރިންނައް ރަގަޅު ގޮތް ހޯދަދެވޭތޯ އުޅެނީ އަބަދު. މުވައްޒަފުންނަށް ޤާނޫނުއަސާސީއިން ލިބިދޭ ހައްޤުތައްވެސް ހިފަހައްޓައިގެން އުޅޭމީހެއް.

The name is already taken The name is available. Register?

އަލީ އުސްމާން

07 October 2021

ޝުކުރިއްޔާ ޕީ.އެސް އަޖުވަދު. މަނިކުފާނު ތިޔަ ދެއްކެވީ ވަރަށް ރަނގަޅު ވާހަކަފުޅެއް. މި ރާއްޖެއަށް ދިމާވި ސިޔާސީ ހަލަބޮލިކަމުގައި ދެގޮތެއްނުވެ ޚިދުމަތް ދިނުމުގައި ސާބިތުކަންމަތީ ތިބީ ސިވިލް ސަރވެންޓުން. ބަސް އަހައިގެން މަޑުން ޚިދުމަތުގައި ދެމިތިބީމަ މާބޮޑަށް ގްރާންޓެޑްކޮށް ސަރުކާރުން ސިވިލްސަރވެންޓުން ނަގާފަ މިއޮތީ. ހުރި މައްސަލަތަކުގެ ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރެވޭނީ. ކޮންސަޓްރަކްޓިވް ކްރިޓިސިޒަމް އިޒް އޯލްވޭސް ގުޑު.

The name is already taken The name is available. Register?

ދިސްވޭއިން

07 October 2021

ސިވިލް ސާރވެންޓުންގެ އަދަދު 40 ހާސް ފަހަނައަޅާ ބައިލައްކަ އަށް އަރަނީއޭ މީ ވަރަށް ގިނަ މުވައްޒަފުން މީމާބޮޑަށް ވެސް ގިނަ އަދަދެކޭ ދެން 200 މީހުން އުޅޭ ރަށެއްގައި ވެސް ރަށުއޮފީސް ސްކޫލް ހުންނަން ނުޖެހޭނެއޭ އެކަން ބަދަލު ކުރުމަށް ޓަކައި މާލެ ސަރަހައްދުގައި ފްލެޓްސް ތައް އިމާރާތް ކުރަންވީ މަހަކު 5 ހާސް ފްލެޓްސް މަހަކު 2 ހާސް ރުފިޔާ އަށް ކުއްޔަށް ދޭ ގޮތަށް ދެން 2 ހާސް އަކަފޫޓްގެ 10 ހާސް ބިން މަހަކު ދޫކުރަމުންދާންވީ 2030 އާއި ހަމައަށް އެއިރުން މުސާރަ

The name is already taken The name is available. Register?

ްޕްރޮފެސަރ

07 October 2021

2019 ވަނަ އަހަރުގެ ބަޖެޓު ފޮތުގައި އޮތް ސިވިލް ސަރވިސް އިދާރާތަކުގެ ހިއުމަން ރިސޯސް އޮޑިޓްކުރުން. އެކަން ކޮށްފިބާ؟ ރިޕޯޓް ފެންނާނީ ކޮންތާކުންބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454