އަދަދު މަދުކުރުމަކީ ފޫނެތް ފަޔަކަށް ފެންފުރުން ކަހަލަ ކަމެއް!

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެއަށް ބަޔަކު ވަންނަނީ. ސިވިލް ސާވިސްގެ މުވައްޒަފުން މަދުކުރަން ދުނިޔޭގެ މާލީ އިދާރާތަކުން ރާއްޖެ އަށް އަބަދުވެސް ބާރުއަޅާ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގެ އިގުތިސާދާ އެކަށީގެންވާ ވަރަށް ވުރެ ސިވިލް ސާވިސް މުވައްޒަފުންގެ އަދަދު މާ ގިނަ ކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން އަބަދުވެސް އައީ ބުނަމުންނެވެ. އެ ވާހަކަ އެންމެ ގިނައިން ދެއްކި އެއް ތަނަކީ އިންޓަނޭޝަނަލް މަނިޓަރީ ފަަންޑް (އައިއެމްއެފް) އެވެ.

އައިއެމްއެފުން 2012 ވަނަ އަހަރު ރާއްްޖެ އަށް ފޮނުވި މިޝަންގެ ވެރިޔަކަށް ހުންނެވި ކޯޝީ މަތާއީ އޭރު ވިދާޅުވެފައި ވަނީ، ރާއްޖޭގެ ފިސްކަލް ޑެފިސިޓާއި ބެލެންސް އޮފް ޕޭމަންޓް ރަނގަޅުކުރަން ބޭނުން ނަމަ ސިވިލް ސާވިސްގެ ސައިޒް ކުޑަކޮށް، ދައުލަތުން މުސާރަ އަށް ކުރާ ހޭދަ ކުޑަކުރަން ޖެހޭ ކަމަށެވެ. އެކަން ފޫބައްދަން ކުރަންވީ ކަމެއް ކަމަށް އޭނާ ވިދާޅުވީ އަމިއްލަ ވިޔަފާރިތަކުން އުފެދޭ ވަޒީފާ އިތުރުވާނެ މާހައުލެއް އުފެއްދުމެވެ.

"ސަރުކާރުން ސިިވިލް ސާވިސް އަށް ކުރަނީ ރާއްޖެ ފަދަ ގައުމަކާ އަޅާބަލާއިރު މާ ބޮޑު ހޭދައެއް،" އޭނާ އޭރު ވިދާޅުވި އެވެ.

ސިވިލް ސާވަންޓުންތަކެއް މާލޭގެ އޮފީހެއްގެ ކައިރީގައި: ސިވިލް ސާވަންޓުންގެ އަދަދު މަދުކުރަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖެ އަށް އަބަދުވެސް ބާރުއަޅާ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އައިއެމްއެފާއި ވޯލްޑް ބޭންކްގެ ފަދަ މާލީ އިދާރާތަކުން އެ ވާހަކަ އޭގެ މާކުރިން ފެށިގެން ވެސް އައީ ދައްކަމުންނެވެ. އެކަމަށް އިޖާބަދީ، މުވައްޒަފުންް މަދުކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2009 ވަނަ އަހަރު ނިންމި އެވެ. އޭރު ނިންމީ 5،400 މުވައްޒަފުން ވަކިކުރުމަށެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމަށާއި މުވައްޒަފުންނަށް އެކަށީގެންވާ އުޖޫރައެއް ދިނުމަށް ޓަކައި މުވައްޒަފުންގެ އަދަދު މަދުކުރަން އެކި ސަރުކާރުތަކުން އެކި ދުވަސްވަރު ކޮންމެވެސް ވަރަކަށް މަސައްކަތް ކޮށްފައި ވެސް އެބަހުއްޓެވެ. އެހެން ނަމަވެސް އެކަމުގައި މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނެތެވެ.

ސިޔާސީ ގޮތުން އުނދަގޫ ކަމެއް

ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވެ، ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، މުޅި އިގުތިސާދު ހުއްޓުމަަކަށް އައި ވަގުތު ރާއްޖެ އަށް އެންމެ ފަސޭހަ އެއް ފުރުސަތަކަށް އޮތީ އައިއެމްއެފްގެ ޕެކޭޖްގައި ބައިވެރިވުމެވެ. އެ ޕެކޭޖްގައި ބައިވެރިވެގެން ރާއްްޖެ އަށް ލޯނު ނުނަގަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވި ސަބަބަކީ ވެސް މުވައްޒަފުން މަދުކުރެވެން ނެތުމެވެ.

މިދިޔަ އަހަރުގެ މާޗް 26 ގައި ބޭއްވެވި މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އަައިއެމްއެފްގެ ޕެކޭޖްގައި ބައިވެރިވެގެން ލޯނު ނަގާ ނަމަ ފުރަތަމަ ޝަރުތަކަށް ވެސް އޮންނާނީ ސަރުކާރުގެ މުވައްޒަފުން މަަދުކުރުން ކަމަށެވެ.

"މިހާރު އެތިބި 26،000 ސިވިލް ސާވަންޓުންގެ އަދަދު މަދުކުރަން އެބޭފުޅުން ކުރީފަހަރު ވެސް އެންގި. މުސާރަ ވެސް ކުޑަކުރަން އެންގި. މި ދަނޑިވަޅަކީ އެކަން ކުރަންވީ ވަގުތު ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ރައީސް

"މިހާރު އެތިބި 26،000 ސިވިލް ސާވަންޓުންގެ އަދަދު [ޖުމްލަ 26،521 މީހުން] މަދުކުރަން އެބޭފުޅުން ކުރީފަހަރު ވެސް އެންގި. މުސާރަ ވެސް ކުޑަކުރަން އެންގި. މި ދަނޑިވަޅަކީ އެކަން ކުރަންވީ ވަގުތު ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ރައީސް އޭރު ވިދާޅުވި އެވެ.

ރައީސް އޭރު ވިދާޅުވިގޮތުގައި މުވައްޒަފުންގެ އަދަދު މަދުކުރަން ސަރުކާރުން ބޭނުން ނުވަނީ އިގުތިސާދީ ހަރަކާތްތައް މަޑުޖެހުނަ ނުދިނުމަށެވެ. އޭގެ ބަދަލުގައި އިގުތިސާދުގެ ތެރެއަށް ފައިސާ ޕަމްޕްކޮށްގެން އިގުތިސާދު ހަރަކާތްތެރި ކުރުވުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެ އަށް މާލީ ގޮތުން އެހާ ނާޒުކު ދަނޑިވަޅެއްގައި ވެސް މުވައްޒަފުން މަދުކުރަން ސަރުކާރުން ބޭނުން ނުވުމުން ދޭހަކޮށްދެނީ، މުވައްޒަފުން މަދުކުރުމަކީ ސިޔާސީ ގޮތުން ކިހާ އުނދަގޫ ކަމެއް ކަމެވެ.

އައިއެމްއެފްގެ ލަޔަފާ އެއްގޮތަށް ސިވިލް ސާވިސް މުވައްޒަފުން މަދުކުރަން އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި، ރައީސް މުހައްމަދު ނަަޝީދު މަސައްކަތްކުރެއްވި އެވެ. އޭރު އޮފީހެއްގެ ޕާމަނެންޓް ސެކްރެޓަަރީއަަކަށް އުޅުއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި ނަޝީދަށް އެކަމުގައި ކުރިމަތިވެވަޑައިގަތީ، ސިޔާސީ ފިއްތުންތައް އެކަންޏެއް ނޫނެވެ. އެކަމަކު އޭރު ސަރުކާރުން އެކަން ކުރިއަށް ގެންދަން އުޅުނު ގޮތް ވެސް، އޭނާ ވިދާޅުވި ގޮތުގައި، ގޯހެވެ.

"ރައީސް ނަޝީދަށް ވެސް އެކަން ނުވި ސަބަބަކީ ކެޔޮގަނޑަކަށް ހަދާހެން، ބުޑުން ކަނޑައިލަން އުޅުއްވުން. [ހަމަ ކުއްލިއަކަށް މީހުންތަކެއް ވަކިކޮށްލައްވަން އުޅުއްވުން.] އެކަމެއް އެގޮތަކަށް ނުވާނެ،" ނަން ނުޖަހަން ޝަރުތުކުރައްވައި "މިހާރު"އާ ވާހަކަ ދެއްކެވި ކުރީގެ ޕީއެސްއެއްް ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވި ނަމަވެސް އެ ސަރުކާރުން މުވައްޒަފުންނަށް ހުށަހެޅީ ރިޓަޔާމެންޓް ޕެކޭޖެއް ނަގައިގެން ވަޒީފާ ދޫކޮށްލުމަށެވެ. އެކަމަށް އެކަށީގެންވާ ފައިސާގެ އިނާޔަތެއް ވެސް ކަނޑައެޅި އެވެ. އެކަމަކު ނުކުރެވުނު ކަމަކީ އެ ޕެކޭޖާ އެއްގޮތަށް ވަކިވި ފަރާތްތައް އަނބުރާ ސިވިލްސާވިސް އަށް ނާންނަ ކަން ކަށަވަރު ކުރުމެވެ.

"އޭގެ ތެރެއިން 70 ޕަސެންޓަށް ވުރެ ގިނަ މީހުން މިހާރު ތިބީ ސިވިލް ސާވިސް އަށް އެނބުރި އައިސްފައި،"

"އޭގެ ތެރެއިން 70 ޕަސެންޓަށް ވުރެ ގިނަ މީހުން މިހާރު ތިބީ ސިވިލް ސާވިސް އަށް އެނބުރި އައިސްފައި،" އޭނާ ވިދާޅުވި އެވެ.

"މިހާރު"އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ސިވިލް ސާވިސް ކޮމިޝަނުގެ ކުރީގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ އެގޮތަށް ކަންތައް ވުމުގެ މައިގަނޑު ސަބަބަކީ އޭރު ޕެކޭޖް ނަގައިގެން ވަކިވި ގިނަ މުވައްޒަފުންނަކީ އޭރު ތިބި އެންމެ ގާބިލު މުވައްޒަފުން ކަމަށް ވުމެވެ. އެ މުވައްޒަފުން ކުރި ކަމަކީ ޕެކޭޖް ނަގައިގެން ގޮސް އިތުރަށް ކިޔެވުމަށް ފަހު އަލުން އެނބުރި ސިވިލް ސާވިސް އަށް އައުމެވެ.

ސިވިލް ސާވިސް ބޮޑުވެގެން އުޅެނީ ކެޕޭސިޓީ ނެތިގެން!

ސިވިލް ސާވިސް ކޮމިޝަނުގެ މިހާރުގެ ރައީސް މުހައްމަދު ނާސިހު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ގާބިލުކަން އިތުރުކުރެއްވިއްޖެ ނަމަ ސިވިލް ސާވިސް މުވައްޒަފުންގެ އަދަދު މަދުކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ އަދަދު މަދުކުރަން ބޭނުން ނަމަ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރަން ހުރިހާ އިދާރާތަކަކުން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި އެގޮތަށް ގާބިލުކަން އިތުރުކޮށް، މުވައްޒަފެއްގެ މަގާމު އޮތުމުގެ ބޭނުން ކެނޑޭ ހިސާބަށް ގެންދެވިއްޖެ ނަމަ، މުވައްޒަފު ދޫކޮށްލާކަށް ސިވިލް ސާވިސް ގަވައިދު ހުރަހެއް ވެސް ނާޅަ އެވެ.

"މިހާރު ތިން މީހުން ތިބި ތަނެއްގައި އެކަކު ލައިގެން ކުރެވެންޏާ މަގާމު އޮތުމުގެ ބޭނުން ދިޔައީ. މަގާމު އޮތުމުގެ ބޭނުން ހިނގައްޖެއްޔާ މުވައްޒަފު ދޫކޮށްލެވޭ ގޮތަށް ގަވައިދު އޮތީ ވެސް."

"މިހާރު ތިން މީހުން ތިބި ތަނެއްގައި އެކަކު ލައިގެން ކުރެވެންޏާ މަގާމު އޮތުމުގެ ބޭނުން ދިޔައީ. މަގާމު އޮތުމުގެ ބޭނުން ހިނގައްޖެއްޔާ މުވައްޒަފު ދޫކޮށްލެވޭ ގޮތަށް ގަވައިދު އޮތީ ވެސް،" އޭނާ ވިދާޅުވި އެވެ.

ސީއެސްސީގެ ކުރީގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ ސިވިލް ސާވިސް އެންމެ ރަނގަޅަށް ހިނގާ ގައުމުތަކުގައި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށާއި އެހެން ނަަމަވެސް ރާއްޖޭގައި އެގޮތަށް އެކަން ނުވާ ކަމަށެވެ. މުވައްޒުންގެ ގާބިލުކަަން އިތުރުކުރަން މަސައްކަތް ގޮތުގެ މިސާލަކަށް އޭނާ ނެންގެވީ ސިންގަޕޫރެވެ.

ސިވިލްސާވިސް ކޮމިޝަނުގެ ކުރީގެ ރައީސް އަލީ ޝަމީމް: އޭނާ ވިދާޅުވީ ގާބިލުކަން އިތުރު ނުކުރެވުމަކީ މުވައްޒަފުން މަދުނުކުރެވޭ އެއް ސަބަބު ކަމަށް

"ސިންގަޕޫރުގެ ވެލްފެއާ މިނިސްޓްރީން ކޮންމެ ރައްޔިތަކަށް 500 ޑޮލަރު ދޭ ހުނަރު މަތިކުރުމާއި ތާޒާވުމުގެ ވޯކްޝޮޕްތަކާއި ސެމިނާރުތަކުގައި ބައިވެރިވާން،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ރާއްޖޭގެ ނިޒާމު އޮތީ މުވައްޒަފުން ތާޒާވާން މާބޮޑު މަސައްކަތެއް ކުރަން ޖެހޭ ގޮތަކަށް ނޫނެވެ. އެހެންވެ، ޒަމާނީ ޓެކްނޮލޮޖީ އާއި މަސަައްކަތުގެ އާ އުސޫލުތައް ބޭނުންކޮށްގެން ގާބިލުކަން އިތުރުކުރެވޭ މިންވަރު ވަރަށް ކުޑަ އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރަން، އޭނާ ސީއެސްސީގެ ރައީސަކަށް ހުންނަވައިގެން ކުރެއްވި ގިނަ މަސައްކަތްތަކަށް ސަރުކާރުތަކުގެ އެއްބާރުލުމެއް ނުލިބުނެވެ. މުވައްޒަފުންގެ ގާބިލުކަން އިތުުރުކުރުމަށް ޓަކައި ރޭވި ގިނަ ޕްރޮގްރާމްތަކަށް އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ފަންޑު ލިބުން އޮތީ ވަރަށް ދަތިކޮށެވެ.

އެކަމަކު މުވައްޒަފުން ތާޒާކުރުމަކީ އޭނާ ވިދާޅުވި ގޮތުގައި ގާބިލުކަން އިތުރުކުރުމަށް ޓަކައި ވަަރަށް މުހިއްމު ކަމެކެވެ. އެއީ މަތީ ތައުލީމު ހާސިލުކޮށްގެން ވަޒީފާ އަށް އަޔަސް، މަސައްކަތުގެ ދާއިރާ އަށް އަންނަ ކުރިއެރުމާ އަޅާބަލާއިރު، މީހުން ދަސްކޮށްފައިވާ ހުނަރުތައް ބާވާތީ އެވެ.

"މިވާ ގޮތަކީ އިނގޭތޯ ތްރީ ފޯ ޔެއާސް ޑިގްރީއެއް ނިންމާފައި އަަޔަސް، މިހާރުގެ އިލްމުވެރިން ވިދާޅުވާ ގޮތުން ތިން އަހަރުގެ ތެރޭގައި އެ މީހަކު ބާވީ. ދެން ހަމަ ތާޒާ ނުވަންޏާ ދާނީ ހަމަ ގަބުވަމުން،" -- ޝަމީމް

"މިވާ ގޮތަކީ އިނގޭތޯ ތްރީ ފޯ ޔެއާސް ޑިގްރީއެއް ނިންމާފައި އަަޔަސް، މިހާރުގެ އިލްމުވެރިން ވިދާޅުވާ ގޮތުން ތިން އަހަރުގެ ތެރޭގައި އެ މީހަކު ބާވީ. ދެން ހަމަ ތާޒާ ނުވަންޏާ ދާނީ ހަމަ ގަބުވަމުން،" އޭނާ ވިދާޅުވި އެވެ.

އެންމެން ވެސް ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި މިހާރު އޮތް ސިވިލް ސާވިސް އަކީ ދައުލަތުގައި އޮތް ނިޒާމަށް ވުރެ މާ ބޮޑު ސިވިލް ސާވިސް އެކެވެ. މިއީ ރާއްޖޭގައި ދިރާސާތަކެއް ހެދިފައި ނެތަސް، އިގްތިސާދަށް ބަލާއިރު ފެންނަން އޮތް ހަގީގަތެކެވެ. އެވަރުގެ ބޮޑު ފޯސް އަކަށް މުސާރަ ދިނުމަކީ ދައުލަތަށް ބުރައަަކަށް ވެފައި އޮތް ކަމެކެވެ. އަދި މާލީ އިދާރާތަކުން ސީރިއަސްކޮށް ފާހަގަކުރާ މައްސަލައެއް ވެސް މެ އެވެ.

4 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާހައުލު

07 October 2021

ހަމަ އެކަނި މީހުންނެއްނޫން ތަމްރީނު ކުރަންވީ. ޢެކަށީގެންވާ ގޮތަށް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމު ކުރަންވީ. ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފަންވީ. ޥެރިން ފަހަތުން ސޮއެ ކުރަން ދުވުމާ، ފޮޓަޯކޮޕީ ހަދަން ދުވުމާ، ސައިބޯން ގަޑި ދެގަޑިއިރު ބޭރުގަ އުޅުމާ، މިކަހަލަ ކަންކަމަށް ސަމާލުވެ، ރަނގަޅު މަސައްކަތުގެ މާހައުލެއް ގާއިމު ކުރަންވީ.

The name is already taken The name is available. Register?

ގެންބިކޮމިޝަން

07 October 2021

މައްސަލައަކީ ސިވިލްސާވިސް އޮތީ ގަބުވެފައި، އޮފީސްތަކުގެ ވެރިން ތިބީ ގަބުވެފައި. އެމީހިން އެތަނުން ބޭރު ކުރެވެން އޮތީއެއްނޫން. ބޮޑު ޑިގުރީތަކަކަށް ކިޔަވާފަ ތިބި ޑަކުޓަރުން. އެކަމު ކިރަންޖެހޭ މަސައްކަތާއިމެދު އެއްޗެއް އެގެނީއެއްނޫން. ކަމަކީ މީޓިންތަކަށް ވަދެ ސަޅިބައިސާ ކެޑުން.

The name is already taken The name is available. Register?

2021

07 October 2021

ރަށްރަށުގަ ވެރިން ގާތްތިމާގެ މީހުނަށް އެޕޭކޭޖު ހޯދައިދިން. އެ އެންމެން ދެލައްކަ ރުފިޔާ ނަގައިގެން ގެދޮރާ އެއްޗިސް ހެދީ، ދެން 3 އަހަރު މަޑުކޮށްލާފަ އަލުން ވަޒީފާއަށް އައީ. ޤާޒީ ސްކޫލްގަވެސް ރަށުން އެހެން ވަކިވި އެއްވެސް ކޮލިޓީއެއް ނެތް ޓީޗަރެއް ސެންގަ އުޅޭ. އަނެއް ބަޔަކު ޕެކޭޖް ހަމަޖައްސާނުދީ، ހުސް އަތާ ވަކި ކުރީ. އަޅުގަޑު ދަންނަ އެއްކުއްޖަކު ކިޔަވާ ހިތުން ޕެކޭޖުން ވަކިވާން އާދޭސްކޮށް ހަމަޖައްސާ ނުދިން. ޥަޒީފާއިން ހުސްއަތާ ވަކިވެ އަމިއްލަ ކިޔެވީ

The name is already taken The name is available. Register?

ސަސޖ

07 October 2021

އާދައިގެ ސިވިލް ސާވިސް 15 މުވައްޒަފުންނަށް ދެވޭ އަދަދަށް އެންމެ މަޖިލިސް މެންބަރަކަށް މުސާރަ އެބަދެވޭ. ސަރުކާރަށް ބަލަދުއަރާ 100 އަށް ވުރެ ގިނަ ބޭކާރު ސިޔާސީ މަގާމު އެބަހުރި، މި މީހުންްނަށް ކުރާ ހަރަދުތައްވެސް ލިޔެލާތި އެހެން ފަހަރަކުންް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454