ބިދޭސީ ލޭބަރެއްގެ އެކައުންޓުގައި 4 މިލިއަން ޑޮލަރު

ރާއްޖޭގައި މަސައްކަތްކުރާ އާދައިގެ ލޭބަރެއްގެ އެކައުންޓްގައި، ދޮޅު އަހަރުގެ ތެރޭގައި ހަތަރު މިލިއަން ޑޮލަރު ދައުރުވި ވާހަކަ ބުނެފިއްޔާ ގަބޫލު ކުރެވިދާނެ ހެއްޔެވެ؟ އެކަމަކު މިއީ ތެދެކެވެ. މޯލްޑިވްސް ޕޮލިސް ސާވިސަސްގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް އޮފް ފައިނޭޝިއަލް ކްރައިމް ޔުނިޓް، އިންސްޕެކްޓަރު ޔޫސުފް ލޫތު ވިދާޅުވި ގޮތުގައި ބްލެކް މާކެޓްގައި ޑޮލަރުގެ ވިޔަފާރިކުރާ ބިދޭސީންގެ އެކައުންޓްތަކުގައި އެތައް މިލިއަން ޑޮލަރެއް ދައުރުވެ އެވެ.

ފުލުހުން ގަބޫލުކުރާ ގޮތުގައި މާލޭގައި އޮތް ޑޮލަރުގެ ބްލެކް މާކެޓަކީ އެތައް މިލިއަން ޑޮލަރެއްގެ ނެޓްވޯކެކެވެ. އެއީ ކިހާ ބޮޑު ވިޔަފާރިއެއްތޯ ދެންނެވުމުން، ލޫތު ވިދާޅުވީ، "ވަރަށް ބޮޑު، ވަރަށް ވަރަށް ބޮޑު" ވިޔަފާރިއެއް ކަމަށެވެ.

ފުލުހުންގެ ތަހުގީގުތަކުން ދައްކާގޮތުގައި މިލިއަނުން ފައިސާ ޖަމާވާ އެކައުންޓުތަކުގެ ތެރޭގައި ރާއްޖޭގައި ހިންގާ މަނީ އެކްސްޗޭންޖުތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ އެކައުންޓުތައް ހިމެނެ އެވެ. މީގެ ތެރޭގައި ގިނައީ ލޭބަރުންގެ ގޮތުގައި ރާއްޖެ އަށް އައިސް އުޅޭ މީހުންނެވެ. މަނީ އެކްސްޗޭންޖުތަކަކީ ހުއްދަ ވިޔަފާރިއެއް ނަމަވެސް ބިދޭސީންގެ އެކައުންޓަށް ޖަމާވާ މިފަދަ ފައިސާތައް ސައްހަ ނޫން މުއާމަލާތްތަކުގައި ވެސް ބޭނުން ކުރެ އެވެ.

ފުލުހުންނަށް މިހާތަނަށް ފާހަގަވެފައިވާ ގޮތުގައި، ޑޮލަރު ގަނެ ވިއްކުމުގައި ދެ ބާވަތެއްގެ ކުށް ހިނގަ އެވެ. އެއީ ޑޮލަރު ގަނެ ވިއްކާ ވައިބާ ގްރޫޕްތަކުގައި ހިންގާ ހީލަތުގެ މުއާމަލާތްތަކާއި ބްލެކް މާކެޓްގައި ހިންގަމުން ގެންދާ މުއާމަލާތްތަކެވެ. އެ ދެ ބާވަތުގެ ތެރެއިން ވެސް އެތައް ބައިވަރު އެހެން ކުށްތައް ފެންނަމުންދާ ކަން ފުލުހުން ފާހަގަކުރެ އެވެ. ހަގީގަތަކީ، ޑޮލަރު ގަނެ ވިއްކުމުގެ ޑިމާންޑް ބޮޑުވެ، އޭގެ ތެރޭގައި ޖިނާއީ ބޮޑެތި ކުށްތަކެއް ވެސް ހިނގަމުންދާ ކަމެވެ. އަނެއްކޮޅުން، ރާއްޖެ އިން ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ޑޮލަރު ބޭރުވަމުން ދަނީ އެވެ.

ގަވައިދާހިލާފަށް ބޭރަށް ފައިސާ ފޮނުވާ

ބްލެކް މާކެޓްގައި ހިންގާ ޑޮލަރުގެ މުއާމަލާތްތަކުގެ ތެރޭގައި ލިބޭ ޑޮލަރު، ބިދޭސީން ފޮނުވަނީ ރާއްޖެ އިން ބޭރަށެވެ. މިކަމުގައި އެކި އުކުޅުތައް ބޭނުން ކުރެ އެވެ. އޭގެ ތެރެއިން އެއް ގޮތަކީ ޓީޓީ އެވެ.

"ބެންކުގެ ތްރެޝްހޯލްޑަށް ވުރެ އިތުރު ނުވާގޮތަށް 10،000 އިން 25،000 ޑޮލަރުން މުދާ ގަތުމުގެ ނަމުގައި ޓީޓީ ހެދުމަށް ފަހު ބޭރަށް ފޮނުވާކަން ފާހަގަ ކުރެވިފައިވޭ. ކަސްޓަމްސްގެ ރެކޯޑުތަކަށް ބަލާއިރު މިގޮތަށް ހަދާ ޓީޓީއާ ގުޅިގެން ރާއްޖޭން އަންނަ މުދާ ރާއްޖެ އައިސްފައި ނުވާކަން ވެސް ފާހަގަކުރެވިފައިވޭ،" ލޫތު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބެލިބެލުމުން ގިނަފަހަރު މި ޓްރާންސެކްޝަންތަކުގައި ބޭނުން ކޮށްފައި ހުންނަ ޕްރޮފޯމާ އިންވޮއިސްއަކީ އެއީ ފޯޖު ކޮށްފައި އޮންނަ އެއްޗެއްކަން ފާހަގަ ކުރެވިފައިވަނީ."

ލޫތު "މިހާރު" އަށް އިންޓަވިއު ދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަދި ތަޖުރިބާކާރު ބޭފުޅުންގެ ވާހަކަތަކުން ވެސް އެނގޭ ގޮތުގައި ޑޮލަރުގެ ބްލެކް މާކެޓް ވިޔަފާރިއަކީ މިލިއަނުން ފައިސާ ދައުރުވަމުންދާ ވިޔަފާރިއެކެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުގައި އަހަރެއްގެ ތެރޭގައި ބްލެކް މާކެޓުން އެކަނި ވެސް 1.6 ބިލިއަން ޑޮލަރު ވަރު މާރު ކުރެވެ އެވެ. މީގެ ކުރު ހުލާސާ އަކީ، 1.6 ބިލިއަން ޑޮލަރުގެ ތެރެއިން ކޮންމެ ޑޮލަރަކަށް ބައިރުފިޔާ އިތުރުކޮށްލިޔަސް އެއީ 800 މިލިއަން ރުފިޔާގެ ފައިދާއެއް ކަމެވެ.

ބްލެކް މާކެޓްގެ ކުރީ ސަފަށް ނުކުމެ ތިބީ، އަދި އޮޕަރޭޝަންގައި ތިބީ މުޅިންހެން ބަންގްލަދޭޝްގެ މަސައްކަތު މީހުން ނަމަވެސް، ތަޖުރިބާކާރު ބޭފުޅުން ވިދާޅުވާ ގޮތުގައި މީގެ އަޑީގައި ތިބީ މުޅިންހެން ވެސް ދިވެހިންނެވެ. ބައެއް ބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި މުޅި ޑޮލަރު މާކެޓް ކޮންޓްރޯލްކުރަނީ މުއްސަނދި ހައެއްކަ މީހުންނެވެ. ކުރީ ސަފަށް ނުކުމެ ތިބި ބިދޭސީންނަށް ޑޮލަރުގެ ސޯސް އަކީ އެ މީހުންނެވެ.

"އެކަމަކު ބައެއް ބިދޭސީން އެ މީހުން އަމިއްލަ އަށް ވެސް މިކަން އެބަކުރޭ. މީގައި އެންމެ ބޮޑު މައްސަލައަކީ މީގެ ތެރޭގައި ޖިނާއީ ކުށްތަކެއް ހިނގާކަން. ބްލެކް މާކެޓް އޭގެ ޒާތުގައި އެއީ ކުށަކަށް ވިޔަސް، ބޭންކްތަކުން އެބަ ބުނޭ ވިޔަފާރިވެރިން ގާތު މުދާ ގަންނަން ޑޮލަރު ހިފައިގެން އަންނަން. އެހެންވެ އެ ޑޮލަރު ކޮންމެވެސް ތާކުން ހޯދަން އެބަޖެހޭ. ދައުލަތަަކަށް އެ ފޯރުކޮށެއް ނުދެވޭ،" އިގްތިސާދީ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

ފުލުހުން ވެސް ގަބޫލުކުރާ ގޮތުގައި، ޑޮލަރުގެ ބްލެކް މާކެޓްގެ ތެރޭގައި ރާއްޖޭގެ ސިޔާސީ ވަރަށް އިސް ފަރާތްތައް ހަރަކާތްތެރިވެ އެވެ. މިކަމުގެ ތެރޭގައި ނެޓްވޯކްތައް ހަދައި އެއް ނެޓްވޯކް އަނެއް ނެޓްވޯކާ އޮންނަނީ ގުޅި ލާމެހިފަ އެވެ.

ފުލުހުންނަށް އޮތް ގޮންޖެހުން

މެޝިން ބޭނުން ކޮށްގެން ޑޮލަރުތަކެއް ގުނަނީ: ބޭރަށް ޑޮލަރު ފޮނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ފުލުހުން ބުނޭ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖޭން ބޭރަށް ޑޮލަރު ބޭރުވާ މައިގަނޑު އެއް ދިމާއަކީ ބިދޭސީ ލޭބަރުންނެވެ. އެ މީހުންނަށް ލިބޭ މުސާރަ އާ ނުބައްދަލު އަދަދަކަށް ފައިސާ ބޭރުކުރާ ނަމަ، އެކަން ހުއްޓުވަ އެވެ. އެހެންވެ ކަޅު ބާޒާރަކީ މަނީ ލޯންޑަރިންގައި ބޭނުން ކުރާ ވަސީލަތަކަށް މިއޮތީ ވެފަ އެވެ.

އެކަމަކު ސިކުނޑި އަށް ގަބޫލު ނުކުރެވޭ، ނުވަތަ އާދައިގެ ލޭބަރެއްގެ އެކައުންޓަށް މިލިއަނުން ޑޮލަރު ޖަމާވުމަކީ އެ މައްސަލަ ބަލަން ފުލުހުންނަށް ވެސް އޮތް ބޮޑު ގޮންޖެހުމެކެވެ.

"މަނީ ލޯންޑަރިންގެ ގާނޫނު ބުނާގޮތުން އަޅުގަނޑުމެން ނުވަތަ ދައުލަތުން އެބަ ޖެހޭ އެއީ ޣައިރު ގާނޫނީ ގޮތުން ހޯދައިފައިވާ ފައިސާ ކަން ޔަގީންކޮށްދޭން،" ލޫތު ވިދާޅުވި އެވެ.

"އެކަން ސާބިތުކޮށްދިނުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫން."

މިގޮތަށް ދިމާވާ ބައެއް ކަންކަމުގައި ގާނޫނީ ގޮތުން ވެސް ހުރަސްތަކެއް ހުރި ކަމަށް ވެސް ލޫތު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި އޮންނަނީ ޖިނާއީ ދައުވާ ކުރަން. ޖިނާއީ ދައުވާ ކުރާއިރު ވެސް މަނީ ލޯންޑްރިންގެ އެ ކުށް އެސްޓާބްލިޝް ކުރުމަށް ޗެެލެންޖަސް ހުރޭ. އެކަމަކު ބިދޭސީ މަސައްކަތްތެރިން އެ ކުރަނީކީ ކަނޑައެޅިގެން ގާނޫނާ ހިލާފު މަސައްކަތެއް ނޫން. އެ ފައިސާ މަނީ އެކްސްޗޭންޖާތައް މެދުވެރިކޮށް ހަވާލާ ސިސްޓަމެއްގެ ތެރެއިން ކަހަލަ ގޮތަކަށް ރާއްޖޭން ބޭރަށް ޓްރާންސްފާ ކުރެވެމުން މިދަނީ،" ލޫތު ވިދާޅުވި އެވެ.

ލޫތު ވިދާޅުވިގޮތުގައި ދަތިތަކެއް ހުރި ނަމަވެސް މި މައްސަލަ ހައްލު ކުރަން ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިކަމުގެ ތެރޭގައި އުޅެނީ މަދު ބަޔަކަށްވާތީ އެ މީހުންނަށް ހާއްސަކޮށްގެން އޮޕަރޭޝަންތަކެއް މިހާރު ވެސް ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިލިއަނުން ފައިސާ ޖަމާކޮށް ޓީޓީގެ ޒަރީއާއިން ބޭރަށް ފައިސާ ފޮނުވާ ބިދޭސީންގެ މައްޗަށް ދައުވާކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ލޫތު ވިދާޅުވި އެވެ.

ޓީޓީގެ ގޮތުގައި ބޭރަށް ޑޮލަރު ފޮނުވާ މީހުންނަށް ދައުވާ ކުރުމަށް ހުށަހަޅަނީ އެ މީހުން ބޭނުން ކުރާ ފޭކު ސްލިޕްތަކާއި ޕްރޮފޯމާ އިންވޮއިސްތައް ބޭނުންކޮށްގެންނެވެ.

މަކަރާއި ހީލަތުން ދެ އަހަރުގެ ތެރޭ 250،000 ޑޮލަރު ހޯދާފައިވޭ

ޑޮލަރާ ގުޅުން ހުރި ކުށްތަކުގެ ތެރެއިން ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކެވެ. ޑޮލަރު ދޭނެ ކަމަށް ބުނެ ފާއިތުވި ދެ އަހަރުގެ ތެރޭގައި ނުވަ ލައްކައަށްވުރެ ގިނަ ދިވެހި ރުފިޔާ އާއި 250،000 އަށްވުރެ ގިނަ ޑޮލަރު ވަނީ މަކަރާއި ހީލަތުން ހޯދައިފަ އެވެ.

ލޫތު ވިދާޅުވިގޮތުގައި މަކަރާއި ހީލަތުން އާންމުކޮށް ފައިސާ ހޯދަނީ ޑޮލަރު ވިއްކާ ވައިބާ ކޮމިއުނިޓީތަކުގެ ތެރެއިންނެވެ. މި ގްރޫޕްތަކުގައި ޑޮލަރު ބޭނުންވާ މީހުން ހޯދައި އެ މީހުންނަށް ޑޮލަރު ދޭނެ ކަމުގެ ޔަގީންކަން ދިނުމަށްފަހު ފައިސާ އަތުލަ އެވެ. މިގޮތަށް ފައިސާ އަތުލަނީ އެކަކު އަނެކަކާ ދިމާނުވެ ތިބެ އެވެ.

"ޑޮލަރު ހޯދަން އެޑްވަޓައިޒް ކުރުމުން އެޕްރޯޗް ކުރަނީ. ދެން އޭނާއަކީ ސައްހަ މީހެއްކަން ކަށަވަރު ކޮށްދިނުމަށް އައިޑީކާޑު ނަންބަރަކާއި އެކައުންޓު ނަންބަރެއް މި ފޮނުވަނީ. އައިޑީ ކާޑު ލިބުނީމަ ގިނަ ފަހަރު ވެރިފައިއެއް ނުކޮށް ފައިސާ ފޮނުވާލަނީ. ފައިސާ ޖަމާވީމަ ނަންބަރު ބްލޮކްކޮށްލަނީ،"

"ޑޮލަރު ހޯދަން އެޑްވަޓައިޒް ކުރުމުން އެޕްރޯޗް ކުރަނީ. ދެން އޭނާއަކީ ސައްހަ މީހެއްކަން ކަށަވަރު ކޮށްދިނުމަށް އައިޑީކާޑު ނަންބަރަކާއި އެކައުންޓު ނަންބަރެއް މި ފޮނުވަނީ. އައިޑީ ކާޑު ލިބުނީމަ ގިނަ ފަހަރު ވެރިފައިއެއް ނުކޮށް ފައިސާ ފޮނުވާލަނީ. ފައިސާ ޖަމާވީމަ ނަންބަރު ބްލޮކްކޮށްލަނީ،" ލޫތު ވިދާޅުވި އެވެ.

މިގޮތަށް ފައިސާ ޖަމާ ކުރަން ފޮނުވާ އެކައުންޓުތަކުން އަސްލު އެ ކުށް ކުރާ މީހާއާ ހަމައަށް ފައިސާ ދަނީ އެތައް ޓްރާންސެކްޝަކަށް ފަހު އެވެ. އެހެންވެ މި ފައިސާ އަނބުރާ ހޯދަން ފުލުހުންނަށް ދަތިވެ އެވެ. ލޫތު ވިދާޅުވި ގޮތުގައި ގިނަ ކޭސްތަކުގައި މިގޮތަށް ފައިސާ ޖަމާ ކުރަން ދޭ އެކައުންޓަކީ ޖަލު ބަންދުގައި ހުންނަ މީހެއްގެ އެކައުންޓެވެ. އެ އެކައުންޓަށް ފައިސާ ޖަމާވުމުން އެ ފައިސާ އެކައުންޓުތަކަށް ޖަމާވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބްލެކް މާކެޓްގައި އިއްޔެ ޑޮލަރު ވިއްކަނީ: ބިދޭސީންގެ ވަރަށް ބޮޑު ވިޔަފާރިއެއް، މި މީހުންގެ ސޯސް އަކީ ޓޫރިޒަމްގެ ވިޔަފާރިވެރިން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާއްމުކޮށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގައި އެ ކުށް ކުރާ މީހުން ބަލަނީ ހާއްސަ ވަގުތުތަކަކަށެވެ. މީގެ ތެރޭގައި ހައްޖު ދުވަސްވަރާއި ވިޔަފާރިވެރިން މުދާ ގެންނަ ދުވަސްވަރާއި ޗުއްޓީއަށް މީހުން ބޭރަށްދާ ދުވަސްވަރު ހިމެނެ އެވެ. މަކަރާއި ހީލަތުން ފައިސާ ހޯދާ ކަމުގެ މައްސަލަތައް އެންމެ ގިނައިން ފުލުހުންނަށް ލިބެނީ ވެސް މި ދުވަސްވަރު ކަަމަށް ލޫތު ވިދާޅުވި އެވެ.

ޑޮލަރުގެ ޑިމާންޑް އުފުލޭ ކޮންމެ ފަހަރަކުހެން ޑޮލަރާ ގުޅޭ ކުށްތައް އިތުރުވެ އެވެ. ބްލެކް މާކެޓް އޮންނަ ސަރަހައްދު ހަލަބޮލިވެ އެވެ. މީގައި ހައްލަކީ، އެމްއެމްއޭ އިން ވެސް ބުނި ގޮތުގައި ބްލެކް މާކެޓްގައި އުޅޭ މީހުން ހައްޔަރުކޮށް ޖަލަށް ލުމެއް ނޫނެވެ. ހައްލަކީ، ޑޮލަރުގެ މުޅި ކޮންޓްރޯލް ދައުލަތުގެ މުށުތެރެ އަށް ގެނައުމެވެ. ޑޮލަރަށް މި ގޮތަށް ސަލާން ޖަހަން ނުޖެހޭ އިގްތިސާދެއް ބިނާ ކުރުމެވެ.

47 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 6%
icon angry icon angry 85%
icon wow icon wow 3%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖަމީ

05 December 2021

އަންނަ ރޯދަ މަހު އޮންނަ ކުރު ވާހަކަ މުބާރާތުގައި މި ޕޮލިސް ކުދިން ބައިވެރި ކުރަންވީ.

The name is already taken The name is available. Register?

ކޯޑިނޭޓަރ

05 December 2021

މަގޭ ހިތަށް އަރަނީ މި ފުލުހުންގެ ލަދު ޙަޔާތް ކޮބާ ބާވައޭ . އަދި ކަމެއް ނުވަތާ މޮޅެތި އިންޓަވިއު ތައް އެބަދޭ.. މި ވާ ގޮތް ނޭނގި ގެންނެއް ނޫނޭ އަހަރެމެން ރައްޔިތުން މި އުޅެނީ.. އަޖާއިބު އަންތަރީސްލޭ..

The name is already taken The name is available. Register?

ސަންޑޭ

05 December 2021

ދިވެގި ފުލުހުންނަށް ކުރިމަތިވާ ގޮންޖެހުމޭ ބަގާޅި އޭ ކިޔާނެ ކަމެއް ، ޒިއްމާ ނުނެގޭނަމަ ރައްޔިތުންގެ ފައިސާ އިން ޔުނިފޯމް ފައްސާ ލައްވާ ނިދާނެ ތަން ދީ ކާންދީ އަދި ނުވިތާކަށް ބޮޑު މުސާރަ ދީފައި ތިއްތި ކޮށްފައި ކަލޭމެން ބޭތިއްބުމުގެ ބޭނުމަކީ ކޮބާހެ.. ފުލުހުންގެ މުއައްސަސާ މިހާރުން މިހާރަށް އުވާލާ.. ކިހާ ބޮޑު *** އެއްތަ މީ.

The name is already taken The name is available. Register?

ހާމިދު ޝާޙިދު

30 November 2021

މާލޭގައި ދިރިއުޅޭ ބިދޭސީ ބަންގްލަދޭޝް އެންމެންގެ ވިޔަފާރިތައް ހުއްޓުވާ، އެމީހުންނަށް ކާން ދޭން ހަދާފައި ހުރި ސައިހޮޓާތައްވެސް ހުއްޓުވަން އެބަޖެހޭ. މިކަން ކުރެވޭނީ، ރައީސް އަބްދުﷲ ޔާމީން ފަދަ ލީޑަރަކަށް އެނަކި. ކެތް މަދުވެގެން މިދަނީ އެމަނިކުފާނު މިނިވަންވާނޭ ދުވަހަކަށް، ވަގުތަކަށް. ޔާ ﷲ އެމަނިކުފާނު މިނިވަން ކޮށްދެއްވާށިއެވެ. އޭރުން، މިގައުމުގައި އުފަންވެ ފައްކާވަމުންދާ މިބާވަތުގެ ބޮޑެތި އެތައް މައްސަލައެއް ގެ ހައްލު އެއްފަހަރާ ފެނިގެން ދާނީ...!

The name is already taken The name is available. Register?

ހަދަން

30 October 2021

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ބޭނުންވާ ދިވެހިފައިސާ އެފަރާތްތަކުގެ ޑޮލަރު އެކައުންޓުން ބޭންކުތަކުން ގަނެވޭނެއެވެ. ބޭންކުތަކުން ޑޮލަރު ގަނެ ވިއްކަންވާނީ ކުޑަ ފައިދާއެއް ލިބޭގޮތަށެވެ. މުދާ ގަންނަން ނުވަތަ ވިޔަފާރި އެއްގެ ހިއްސާ ނުވަތަ ޚިދުމަތެއްގެ އަގު ނުވަތަ ޕާރމިޓް ލިބިގެން މަސައްކަތް ކުރާ ބިދޭސީންގެ މުސާރައިން ޚަރަދު ކަޑާ ބާކީވާ ފައިސާ އާއި ކިޔަވާކުދިންގެ ޚަރަދު ނޫނިއްޔާ ބޭރުކުރެވިގެން ނުވާނެއެވެ. އެއިރުން ބިދޭސީން ވެސް މަދުކުރެވޭނެ.

The name is already taken The name is available. Register?

އެކަމާކީއްތޯކުރީ

30 October 2021

ތި ހުރިހާ ކަމެއް ދެނެތިބެމެ އެކަންކަން ނުހުއްޓުވާ އެވާހަކަ މީޑިއާގަ ދައްކަން ލަދެއް ނުގަނޭދޯ ފުލހުން. ރޯ މާ ދުވާލު އެންމެންެގެ ކުރިަތީ ފާޅުގަ ބޭބެޑޮލަރ ގަންނަނީ ވިއްކަނީ އޭ ގޮވަމުން މަގުހިނގާ މީހުން ފަހަތުންދުވާއިރު އެކަން ނުހުއްޓުވަނީ ކީއްވެބާ.

The name is already taken The name is available. Register?

ބަންގާޅު އަޒީޒު

29 October 2021

ހައްލަކީ ޑޮލަރު ވަންނަ ގޮތަށް އެމާރު ކުރެވިގެން ނޫން ގޮތަކަށް ރާއްޖޭގެ އެއްވެސް ތާކު ބޭނުން ނުކުރެވޭގޮތް ހެދުން. ކީއްވެއެހެން ނުހެދެންވީ.ރިސޯޓްތަކަށް ވަންނަ ޑޮލަރުވެސް އެރިސޯޓެއްގެ މަނީޗޭންޖަރ އެއް ބަހައްޓާ މާރު ކުރީމަ ވީ. މާރު ކުރެވޭ ޑޮލަރު ވަންނަން ޖެހޭނީ އެމްއެމްއޭ އަށް.ރިސޯޓް އޯނަރުންނާ ވިޔަފާރި ވެރިން އަތަށް ރާއްޖެ ވަންނަ ޑޮލަރު އަރާހާ ހިނދަކު ތިޑޮލަރު ވަގު ބާޒާރެއް ނުހުއްޓުވޭނެ. މިހާރު ރިޕޯރޓަރުން ވެސް ހެންވޭރުކޮޅު ޑޮލަރު ވަގު ވިޔަފާރި ޗެކް

The name is already taken The name is available. Register?

ޜުސްތުމް

29 October 2021

ބިދޭސީން ކުރާ ވިޔފާރި ތަކުގެ އަޑީގަ ގިނައިން ތިބޭނީ ފުލުހުންނާ ސިފައިން. ރަނގަޅަށް ބައްލަވާ

The name is already taken The name is available. Register?

މަޒް

29 October 2021

ދިވެއްސަކު ނަމަ އުލު ބައިންދާނެ.. ބިދޭސީންނަށް ވަރަށް މިނިވަން ގައުމެއް މީ..

The name is already taken The name is available. Register?

ސަޖޯ

30 October 2021

ރާއްޖެއަށް އުފަން ނުވިނަމައޭ ހިތައްއަރާ ދޯ

The name is already taken The name is available. Register?

ޙަބީބު

29 October 2021

ދުނިޔޭގެ އެއްވެސްގައުމަކު ރާއްޖޭގަ މިކުރާހެން ތިޔަފަދަ ޖަރީމާ ހިންގާކައް ފުރުސަތެއް ނުދޭނެ ފުލުހުން މިހާރުވެސް ބަލާބަލަ ބިދޭސީން އުޅޭތަންތަނައްވަދެ އެމީހުން އަތުގަ ސައްހަ ވޯރކްޕާމިޓެއް އޮތްތޯ އެމީހުންވެސް ޖޯކުޖަހާ ރާއްޖެޔައް މިތާ ތިމަންމެން ބޭނުން އެްޗެކޭބުނޭހަދަނީ ސަރުކާރު ހިންގަން ރައްޔިތުންވޯޓުދެނީ ވަރައް ރަނގަލައް ސަރުކާރު ތަރުތީބުކޮއް ފޫގޮއްސަހުންނަ ދިމާލުގަ ެެެެެެެެެެެެެެެެެެެެެ ޕެޗުއަލާ ބައްދަން ނަމަވެސް ރެޔާދުވާލު ޝަކުވާ ކުރުމުގަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454