ޑޮލަރު ފަހައި ދުވުން ނިމުމަކަށް ގެނައުން: އެމްއެމްއޭގެ ބިޔަ ޓާގެޓް

އެމްއެމްއޭގެ ދިގު ތާރީހަށް ބަލާ އިރު ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް އެކި ފަހަރު އެކި ބަދަލުތައް ގެނެސްފި އެވެ. ރާއްޖޭގައި 1980 އާއި 1985 ވަނަ އަހަރު އޮތީ ޑުވެލް ރޭޓެކެވެ. އޭރު ރަސްމީކޮށް ގެންގުޅުނީ ޑޮލަރަކަށް 3.77ރ. އެވެ. އެހެން ނަމަވެސް ދެން ގެންގުޅުނު އަނެއް ރޭޓަކީ 7.55ރ. އެވެ. އެއަށް ފަހު 1987-1994 ގައި ރާއްޖޭގައި ގެންގުޅުނީ ފްލޯޓިން ރޭޓެކެވެ. އޭރު ރާއްޖޭގެ އެކްސްޗޭންޖް ރޭޓު ވަނީ 8.50ރ. އިން 11.50ރ. އަށް މައްޗަށް ޖައްސައިފަ އެވެ.

މި ގޮތަށް ޑޮލަރުގެ އަގު ކަނޑައެޅުމުގެ އުސޫލު ބަދަލުކުރީ ޑޮލަރުގެ އަގު މާކެޓްގައި އިންތިހާ އަށް އުފުލެން ފެށުމުންނެވެ. އަދި 1997-2001 އާ ހަމައަށް އަނެއްކާ ވެސް ޕެގް ރޭޓް ނިޒާމެއް ގެންގުޅުނެވެ. އެއަށް ފަހު އެކްސްޗޭންޖް ރޭޓަށް އެންމެ ފަހުން ބަދަލު ގެނައީ 2011 ވަނަ އަހަރު އެވެ. އެފަހަރު އެކްސްޗޭންޖް ރޭޓް ވަނީ 10.28ރ. އާއި 15.42ރ. އާ ދެމެދުގެ ޕެގް ރޭޓަކަށް ބަދަލުކޮށްފަ އެވެ.

ކޮވިޑްގެ ކުރިން ވެސް ޑޮލަރުގެ އަގު މަޑުމަޑުން ދިޔައީ އުފުލެމުން ދިޔަ އެވެ. ކޮވިޑާ އެކު ޑޮލަރުގެ އަގު ރަނަށްވެ، ފުރަތަމަ ފަހަރަށް ޑޮލަރެއްގެ އަގު 20ރ. އަށް މައްޗަށް ދިޔަ އެވެ. ޑޮލަރުގެ މުޅި މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށް، އެމްއެމްއޭ އިން އަތުކުރި އޮޅާލައިފައި އޮއްވާ، ކޮވިޑާ އެކު ޑޮލަރުގެ މާކެޓް އަނެއް ފުށަށް ޖެހީ އެވެ. އެކަމަކު، އެ މަސައްކަތް ހުއްޓާ ނުލައި، އަންނަނީ ކުރަމުންނެވެ.

"އެމްއެމްއޭ އިން މި ފިޔަވަޅުތައް އިރާދަކުރެއްވިއްޔާ އަންނަ އަހަރު ފަށާއިރު އަޅަން ފަށާނަން. އަޅުގަނޑުމެން މި ފިޔަވަޅުތައް މި އަޅަނީ ލަސްލަހުން، ރާއްޖޭގެ އިގްތިސާދަށާއި ވިޔަފާރިތަކަށާއި އިގްތިސާދަށް ޑޮލަރު ވަންނަ ދާއިރާތަކަށް ވެސް ވިސްނުންތެރި ކަމާ އެކު ބަލައިގެން ގެއްލުން ނުވާނެ ގޮތަށް،" އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު، "މިހާރު"ގެ މެދުސަފުހާ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

"މިއީ އެންމެ ދުވަހަކުން ރަނގަޅު ކުރެވޭނެ ކަންކަން ނޫން ކަން އަޅުގަނޑުމެން ވެސް ގަބޫލުކުރަން ޖެހޭ. މިއިން ކޮންމެ ފިޔަވަޅަކީ ވެސް ކޮންމެވެސް ބަޔަކާ ކޮންމެވެސް ގޮތަކުން ގުޅިފައިވާނެ ކަމަކަށް ވާތީ އަޅުގަނޑުމެން މި ފިޔަވަޅުތައް މި އަޅަނީ އެ ބޭފުޅުންނާ ވެސް ވާހަކަ ދައްކައިގެން އެ ބޭފުޅުންގެ ވެސް ކޮންސާންސްތައް އަޑުއަހައިގެން."

ޑޮލަރުގެ މުޅި މައްސަލަ އަށް ފޯކަސް ކުރާ 5 ކަންތައް

އިގްތިސާދުގައި ޑޮލަރު ހިފެހެއްޓުމާއި ޑޮލަރުގެ ޑިމާންޑް ދަށް ކުރުމަށް އެމްއެމްއޭ އިން މައިގަނޑު ގޮތެއްގައި ފަސް ދާއިރާ އަކުން ފިޔަވަޅުތައް އަޅަން ވަނީ ޕްލޭން ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

- ޑޮލަރަށް ނޯންނަން ޖެހޭ ޑިމާންޑް ދުއްވާލުން. އޭގެ ތެރެއިން މުހިންމު އެއް ކަމަކީ އެތެރޭގެ ފައިސާގެ މުއާމަލާތްތައް ދިވެހި ރުުފިޔާ އިން ހިންގުން.

- ރުފިޔާގެ ޑިމާންޑް އުފުލޭ ކަންކަން ތައާރަފުކުރުން. އިގްތިސާދީ ގިނަ ކަންކަމުގައި ރުފިޔާ ބޭނުންކުރުން، މިސާލަކަށް ތެރޭގައި ދިވެހި ރުފިޔާ އިން ޓެކްސް ދެއްކޭނެ ގޮތް ހެދުން.

- ޑޮލަރުގެ އެކްސްޗޭންޖް ނިޒާމް ހަރުދަނާކުރުން. އަދި ފޮރިން އެކްސްޗޭންޖްގައި އުޅޭ މީހުންނަކީ ވަކި ކޮންޑިޝަންތަކެއް ހަމަވާ ބަޔަކަށް ހެދުން.

- ރާއްޖެ އިން އާންމުކޮށް މުދާ ގަންނަ ގައުމުތަކާ އެކު ރުފިޔާ އިން ފައިސާ ދެއްކޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ބައިލެޓެރަލް އެރޭންޖްމަންޓްތަކެއް ހެދުން.

- ގިނައިން އިމްޕޯޓުކުރާ ބާވަތްތައް ދެނެގަނެ، އެކަމަށް ރާއްޖެ އިން ހައްލުތަކެއް ހޯދުން. މިސާލަކަށް ތެޔޮ ރާއްޖެއަށް އެތެރެކުރާ ވަރު މަދުކުރުމަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުން.

މި ފިޔަވަޅުތަކުގެ ތަފްސީލާއި ޑޮލަރުގެ މައްސަލަތަކުގައި، އަހުމަދު އިމާދު "މިހާރު" އާ ވަރަށް ގިނަ ވާހަކަތަކެއް ދެއްކެވި އެވެ. މިއީ އޭގެ ތެރެއިން ބައެއް ސުވާލާއި ޖަވާބެވެ.

ޑޮލަރުގެ މައްސަލަ ހައްލުކުރަން އެމްއެމްއޭ އިން އަޅަން ނިންމާފައިވާ ގިނަ ފިޔަވަޅުތަކަކީ މީގެ ކުރިން ވެސް ބައެއް ފަހަރު މަސައްކަތްކޮށް ނާކާމިޔާބު ވެފައިވާ ކަންކަން. މި ކަންކަން މިފަހަރު ފެއިލް ނުވާނެ ކަމުގެ ޔަގީން ކަމަކީ ކޮބައިތޯ؟

މަނިޓަރީ ރެގިއުލޭޝަނަށް މިހާރު މި ގެންނަ ބަދަލުތަކަކީ ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކަށް އެޑްރެސްކޮށް ސްޓޭކްހޯލްޑަރުންނާ މަޝްވަރާ ކުރެވިފައިވާ ކަންކަން. އަޅުގަނޑުމެންނަށް އަގު ކޮންޓްރޯލް ކުރެވިދާނެ. ވަރަށް ފަސޭހައިން ކުރެވިދާނެ ކަންކަން އެއީ. އެކަމަކު އެއީ މީގެ މުޅި ހައްލެއް ނޫން. މީގެ ހައްލަކީ ވަށާ ޖެހޭ ގޮތަށް މުޅި މައްސަލަ އަށް ހައްލު ގެނައުން.

އެމްއެމްއޭ: ބޮޑު ޒިންމާއެއް ފެށުމުގެ މަރުހަލާގައި -- މިހާރު ފޮޓޯ

މާކެޓަށް މާ ބޮޑު ބަދަލުތަކެއް ނުގެނެސް ސިސްޓަމަށް ގެންނަ ބަދަލުތަކުން ފަސޭހައިން މޮނިޓާ ކުރެވޭނެ ގޮތަކަށް މިކަން ރާވާފައި މިއޮތީ. މި ގެނެވޭ ބަދަލުގައި ދެ ކަމެއް ފާހަގަކޮށްލާނަން. އެއް ކަމަކީ، މި ގެންނަ ބަދަލުތަކުގައި އަޅުގަނޑުމެން އެއްވެސް ހާލެއްގައި ކެޕިޓަލް ކޮންޓްރޯލެއް ނުގެންނާނަން. އެކަން އިންވެސްޓަރުންނަށް އަޅުގަނޑުމެން ޔަގީންކޮށްދެން. ރާއްޖޭގައި އިންވެސްޓް ކުރާ ބޭރުގެ ފަރާތްތަކަށް ލިބޭ ޑޮލަރުގެ އާމްދަނީ ބޭރަށް ގެންދިއުމުގެ އެއްވެސް ހުރަހެއް ނާންނާނެ މި ފިޔަވަޅުތަކުގެ ސަބަބުން. ހަމަ އެގޮތަށް އަޅުގަނޑުމެން ބަލަން ރާއްޖެ އަށް އެންމެ ރަނގަޅު އެކަށީގެންވާ އެކްސްޗޭންޖް ރޭޓަކީ ކޮބައިތޯ ވެސް. އެހެންވީމަ އަޅުގަނޑުމެން ނުވިސްނަން މާދަމާ އިން މާދަމާ އަށް ފްލޯޓިން އެކްސްޗޭންޖް ރޭޓަކަށް ބަދަލުކުރާކަށް. މިހާރު މިއޮތް ނިޒާމުގެ ތެރެއިން މާބޮޑު ބަދަލެއް ނުގެނެސް، އެކަމަކު ކުދިކުދި ބަދަލުތަކުން ބޭންކިން ނިޒާމަށް ޑޮލަރު ފްލޯވާނެ ގޮތްތަކެއް ބަލައިގެން ފިޔަވަޅުތައް ރާވާފައި ވާނީ.

އަޅުގަނޑުމެން ނުވިސްނަން މާދަމާ އިން މާދަމާ އަށް ފްލޯޓިން އެކްސްޗޭންޖް ރޭޓަކަށް ބަދަލުކުރާކަށް. މިހާރު މިއޮތް ނިޒާމުގެ ތެރެއިން މާބޮޑު ބަދަލެއް ނުގެނެސް، އެކަމަކު ކުދިކުދި ބަދަލުތަކުން ބޭންކިން ނިޒާމަށް ޑޮލަރު ފްލޯވާނެ ގޮތްތަކެއް ބަލައިގެން ފިޔަވަޅުތައް ރާވާފައި ވާނީ.

އިގްތިސާދު މިއޮތީ ޓޫރިޒަމުން ލިބޭ އާމްދަނީގެ މައްޗަށް. ޑޮލަރުގެ މައްސަލަ ހައްލު ކުރުމުގައި ތިބޭފުޅުން ސަރުކާރަށް ދެއްވާ ލަފާތަކުގެ ތެރޭގައި ހިމެނޭތޯ އެހެން ގޮތްގޮތުން ޑޮލަރު ލިބޭނެ އިގްތިސާދެއް ބިނާކުރުން؟

ސަރުކާރުގެ ރީފޯމް ޕޮލިސީތަކާ ގުޅިގެން ރާއްޖޭގެ އިގްތިސާދުގައި ޑޮލަރު ހިފެހެއްޓޭނެ ނުވަތަ ޑޮލަރު ހޯދޭނެ ކަންކަން ސަރުކާރަށް އަންގަމުން ގެންދަން. ރާއްޖޭގެ އިގްތިސާދީ ކަންކަމަށް ބަލާ އިރު އިކޮނޮމިކް ޑައިވާސިފިކޭޝަނަކީ ވަރަށް ޗެލެންޖިން ކަމެއް. ހުރިހާ ދިމާލަކުން ކަމެއް ފަށާ އިރު ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރޭ.

ރާއްޖެއަށް އެންމެ ފައިދާ ހުރި ކަމެއް ކޮށްގެން އަޅުގަނޑުމެންނަށް ސްޓްރެޓެޖިކް އެޑްވާންޓޭޖެއް ހޯދޭނެތޯ ބެލިން. ޓޫރިޒަމް ދާއިރާ އަށް އިތުރު ޑައިވާސިފިކޭޝަން ގެނެވޭނެ ގޮތްތައް ވެސް އެބަހުރި. ހޯމް ސްޓޭއެއްގެ ވާހަކަ ވެސް ސަރުކާރުން އެބަ ދައްކާ. އޭގެ ސަބަބުން ވެސް އެކްސްޗޭންޖް ރޭޓަށް އިތުރު ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް.

ދެން އޮތީ ޑޮލަރުގެ ހޭދަ. އަޅުގަނޑަށް ހީވަނީ މިހާރު ވެސް ސަރުކާރުން އެބަ މަސައްކަތް ކުރައްވާހެން އެއް ކަމެއްގައި. އެއީ ބިދޭސީން ލޭބަރުން މަދުކުރުން. އަޅުގަނޑުމެންގެ އަންޒާދާތަކުން އަހަރަކު 700-800 މިލިއަން ޑޮލަރު އެބަ ބޭރުވޭ ބިދޭސީންގެ ފަރާތުން. އޯވަރޯލްކޮށް އަޅުގަނޑުމެން ސަރުކާރަށް ވެސް އަދި މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ދާ ކޮންމެ ފަހަރަކުހެން ވެސް ހުށަހަޅާ ދެ ކަމުގެ ތެރެއިން އެއް ކަންތައް އެއީ. އަނެއް ކަމަކީ އިޔާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކޮށް ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުން.

މި އަޅާ ފިޔަވަޅުތަކުގެ އަސަރު އާންމުންނަށް ކިހާ ހިސާބެއްގައި ފެންނާނެތޯ؟ އަދި މިކަމުގައި އެމްއެމްއޭ އިން ކުރިން ނުކުރާ ވަރަށް މިހާރު މި މަސައްކަތް ކުރަނީ ކީއްވެގެންތޯ؟

ރާއްޖޭގެ ކަންކަން މި އޮންނަ ގޮތުން ބައިވަރު މައްސަލަތައް ހުރި ކަމެއްގައި އެދެވޭ މަންޒިލަކަށް ދާން އޮތް ގޮންޖެހުންތަކެއް އެބަހުރި. މިއީ ހަމައެކަނި އެމްއެމްއޭގެ ރެގިއުލޭޝަނަކުން އެކަނި ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވަރަށް ތަފްސީލުކޮށް ސަރުކާރަށް ވެސް އޮންނާނީ ކިޔައިދީފައި. އަނެއްކޮޅުން، މިހާރު މި ގެންނަ ބަދަލާ އެކު ބްލެކް މާކެޓުގައި ޑޮލަރުގެ އަގު ހުންނަ ވަރަށް އެމްއެމްއޭގެ ރޭޓް ކަނޑައެޅުން އެއީ ވެސް މީގެ ހައްލު ކަމަކަށް ވެސް އަޅުގަނޑުމެން ގަބޫލެއް ނުކުރަން.

އަޅުގަނޑުމެންގެ އިގްތިސާދީ ތަފާސްހިސާބުތަކަށް ބަލާއިރު، 1983 ގައި އެކްސްޗޭންޖް ރޭޓް މިހިރީ 7.24ރ. ގައި. އޭގެ 35 އަހަރު ފަހުން މިހާރު މިހިރީ 15.42ރ. ގައި. ހަމަ ހުރިހާ އިންޑިކޭޓާސް އަށް ބަލާއިރު، މިލިއަނުން ހުރި އެއްޗެއް މިވަނީ ބިލިއަނަށް އަރައިފައި. އިގްތިސާދީ ހަރަކާތްތައް ވެސް އިތުރު އެބަވޭ އަނެއްކޮޅުން. އާމްދަނީ ވެސް އެބަ އިތުރުވޭ. އެހެންވީމަ ބެލެންސް އޮފް ޕޭމަންޓްގައި މި އުޅެނީ އެހެން މައްސަލަތަކެއް.

ަވޮލެޓަކުން ޑޮލަރު ނަގަނީ. ރާއްޖޭގައި ބޭނުން ކުރަނީ ފެގް ރޭޓެއް--ފޮޓޯ: ނިޝާން އަލީ/މިހާރު

އަޅުގަނޑުމެން ވެސް ގަބޫލުކުރަން ޓްވިން ޑެފިސިޓެއް އޮތުން މިއީ މުސްތަގްބަލުގައި ހައްލެއް ހޯދަން ޖެހޭނެ ކަމެއް. ބެލެންސް އޮފް ޕޭމެންޓްގައި އިންނަ ގެޕް ފިލް ކުރަންޖެހޭ. މިފަހަރު އަޅުގަނޑުމެންގެ ވިސްނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި އެކްސްޗޭންޖް ރޭޓް ހިފެހެއްޓޭނެ ގޮތެއް ހޯދުން.

މި ފިޔަވަޅުތައް އަޅައިގެން ނަތީޖާ ނެރެވޭނެ ކަމަށް ރައްޔިތުންނަށް ދޭނީ ކިހާވަރެއްގެ ޔަގީންކަމެއްތޯ؟ ކުރިން ވެސް ތުހުމަތު ކުރެވުނު ގޮތަށް، ޑޮލަރުގެ މައްސަލަ ހައްލު ކުރަން އުޅޭއިރަށް މަހުޖަނުންް ނުކުމެ މިކަން ނުހުއްޓުވާނެ ކަމުގެ ކިހާވަރެއްގެ ޔަގީންކަމެއްތޯ އޮތީ؟

ޑޮލަރު ރޭޓަށް އަންނަ ބަދަލުތައް މުދަލާއި ހިދުމަތުގެ އަގުތަކަށް ވަގުތުން ވަގުތަށް އެބަ ބަދަލުވެގެންދޭ. މި ކަމަކީ ރައްޔިތުންނާއި މުޅި އިގްތިސާދުގެ ހުރިހާ ކަމަކާ ގުޅިފައިވާ ކަމެއް. މިފަހަރު އަމާޒަކީ އެމްއެމްއޭ އިން ބްލެކް މާކެޓްގެ ރޭޓާ އަރާ ހަމަކުރާނީތޯ ނުވަތަ އެމްއެމްއޭ އިން މުޅި އިޝޫ އަށް އެޑްރެސްކޮށް ހައްލެއް ގެންނައުމުގެ ކަންކަން ކުރާނީތޯ. ފާއިތުވެދިޔަ 40 އަހަރުގެ ތެރޭގައި ބްލެކް މާކެޓާ އަރާ ހަމަކުރަން އަބަދުވެސް އެޖަސްޓްމަންޓްތަކެއް ގެނެސްފައިވާނެ. އެހެންވީމަ މިދެންނެވި އިިސްލާހީ ބަދަލުތައް ގެންނަން މިހާރުގެ ސަރުކާރުން އެހީތެރިކަން ދެއްވާނެ ކަމަށް ވަރަށް ބޮޑު ޔަގީން ކަމެއް އޮތީ ދީފައި. އަދި ރައްޔިތުންގެ މަޖިލީހުން ވެސް އެ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައިވޭ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް މިދިޔަ ދުވަސްތަކުގައި ވަރަށް ބޮޑު ބަދަލެއް ވަނީ އައިސްފައި. ރާއްޖޭގެ އޮޕަރޭޓަރުންނާއި ފޮރިން އޮޕަރޭޓަރުންގެ ވެސް ތަފާތުތަކެއް އެބަހުރި. ދިވެހި ރުފިޔާއިން ހުރިހާ މުއާމަލާތްތައް ހިންގަން ކުރިން ވެސް އެމްއެމްއޭ އިން ފިޔަވަޅުތައް އަޅަން އުޅުނު. އޭރު ވަރަށް ހަރު އަޑުން ޓޫރިޒަމް ދާއިރާގެ ބައެއް ފަރާތްތަކުން ވިދާޅުވީ ދިވެހި ރުފިޔާއިން މުސާރަ ދެންޏާ ވަޒީފާ އަށް ބޭރު މީހުން ނާންނާނެއޭ.

ރާއްޖޭގެ އެއްވެސް ހިދުމަތެއް ހޯދަން ޑޮލަރު ބޭނުންވާނެ އެއްވެސް ސަބަބެއް އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ރާއްޖޭގެ އެތެރޭގެ ވިޔަފާރިތަކަށް ޑޮލަރު ދޭން ބުނާ ބުނުން ބަދަލުކުރަން ޖެހޭ.

މީގެ ސަބަބުން އެއްވެސް ޕާޓީއަކަށް، ކުންފުންޏަކަށް މާ ބޮޑެތި ބަދަލުތަކެއް އަދި ގެއްލުންތަކެއް ވެސް ނާންނާނެކަން ޔަގީންކޮށްދެން. އަނެއްކޮޅުން ރާއްޖެ އަށް ލިބޭ ފޮރިން ކަރަންސީން ރައްޔިތުންނަށް އޭގެ ފައިދާ ކުރަން ވެސް އެބަޖެހޭ ކަމަށް ގަބޫލުކުރަން ޖެހޭ.

24 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 0%
icon angry icon angry 82%
icon wow icon wow 0%
icon inlove icon inlove 9%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލުތުފީ

30 October 2021

ސްޓޭކް ހޯލްޑަރުންނަކީ ތި ވިޔަފާރިން އެންމެބޮޑު މަންފާއެއް ލިބޭމީހުން. އެމީހުން އެއްބަސްވާގޮތަކަށް ތިކަން ކުރާލަމަށްވާނަމަ، ކިހިނެތް ތިކަން ހައްލުކުރާނީ. މިހާރު ރާއްޖޭގެ ކަންކަންހުރިގޮތުން އެއްވެސް ސަރުކާރަކަށް ހުރަން ފަސޭހަކަމަކަށް ނުވާނެ ތިކަން ހުއްޓުވުމަކީ. އެންމެންގެ ލޯމަތީގަ މިހާފާޅުކަންބޮޑުކޮށް ޑޮަލަރުގެ ކަޅުބާޒާރެއް ހިންގަމުން އަންނަ އެއްވެސް ގައުމެއް ދިވެހިރާއްޖެ ނޫނިއްޔާ ނެތް.

The name is already taken The name is available. Register?

މަޒް

29 October 2021

ޑޮލަރޭ ފައިސާއޭ ކިޔާ އިރު އެބައޮތް ސަރުކާރަށް މިލިއަނުން ޑޮލަރު ވެއްދެން.. ޓޫރިޒަމަށްވުރެ މާ ފައިދާވާނެ.. ރަނގަޅު ހައެއްކަ ސްޓޮކަށް އިނވެސްޓް ކޮއްލަންވީ.. އަހަރު ދުވަހު ހިފައްޓާލާފަ ފައިދާ ނެގީމާ ހުންނާނީ ރަނގަޅަށް..

The name is already taken The name is available. Register?

މައުލޫމާތު

29 October 2021

އެމް އެމް އޭ އިން މިބުނާ ސްޓޭކް ހޯޑަރުންނޭ މި ބުނާ މީހުންނަކީ ކޮބައިތޯ އެވެ؟؟ މި ފެންނަނީ ސަރުކާރު ބޮޑެތި ވިޔަފާރިވެރިންގެ ދަށުވުމުން ދިމާވާ ކަންކަން ނޫން ކޮންކަމެއްތޯއެވެ؟ ރިޕޯޓެއް ހަދަންކެރޭނަމަ ދިވެހި ދައުލަދުން ޑޮލަރު ބޭނުން ކުރާ އަދަދާއި ބޭނުން ކުރަމުން ދާ ގޮތްބަލާ ރިޕޯޓެއް ލިޔެލަބަލާށެވެ.

The name is already taken The name is available. Register?

މައުލޫމާތު

29 October 2021

ގައުމުން ގިނަ އަދަދަކައް ބޭރުކުރެވޭ ފައިސާ ބޭރުކުރެވެނީ ސަރުކާރު ތަކުން ފައިސާ ބޭރު ވާކަންކަން ދެނެގަނެ އެކަންކަމައް ހައްލު ހޯދަން މަސައްކަތް ނުކުރާތީއެވެ. މި ގައުމުން އެންމެ ގިނަ ބޭރުފައިސާ ބޭރުވަނީ ތެލައްކަމީ ފޮރުވިފަ އޮތް ކަމެއް ނޫނެވެ. އަތްފޯރާ ފަށުގަ މޫދާއި ކަނޑުއޮތް އިރު އޭގެ ބޭނުން ނުކުރަނީ ކީއްވެ ތޯއެވެ. ސޯލާ ޕެނަލް އައް ސަރުކާރުބަޖެޓުން ހަރަދު ކުރަން ޖެހޭނެ ފަދައިން ހަރަދުކުރަން ނުޖެހިދާނެތީ ތޯއެވެ.

The name is already taken The name is available. Register?

މައުލޫމާތު

29 October 2021

ދިވެހި ރާއްޖޭގަ ސިއްހީ ދާއިރާ އޮތީ ކޮރުވެފައެވެ. ހުމެއްއަޔަސް ޖެހެނީ މިގައުމުގަ ފަރުވާނުދެވިގެން ގައުމުން ބޭރައް ބޭސް ފަރުވާއައް ދާށެވެ. އާދައިގެ ރައްޔިތެއްނަމަ ބޭންކުން ލިބެނީ 500 ޑޮލަރެވެ. 500 ޑޮލަރުން ގައުމުން ބޭރުގަ ކުރާ ބޭސްފަރުވާއެއް ކުރާނީ ކިހިނެއްހެއްޔެވެ. ދެން މިޖެހެނީ ކަޅު ބާޒާރުން ޑޮލަރު ގަންނާށެވެ. މިއައް ރައްޔިތުންނައް މަޖުބޫރު ކުރުން ނޫން ކިޔާނީ ކީކޭތޯއެވެ. އަދައިގެ މީހަކައް ޑޮލަރެއް ލިބޭ ގޮތެއް އޮތްނަމަ އެގޮތް ބަންދު ކުރެއެވެ

The name is already taken The name is available. Register?

ރިޒޯޓު އޯނަރުން ގެ ހަރުމުދާ

29 October 2021

ދިވެހި ރުފިޔާގެ އަގެއްނެތް. ހަގީގަތަކީ ރުފިޔާ ހިފައިގެން ގޮސް އެއްކަމެއްވެސް ނުވާނެ. މިސާލަކައް އެންމެ ކައިރި ގައުމު ލަންކާގަ ސަލާން ޖަހާމީހާވެސް ރުފިޔާ އެއް ދިއްކޮއްލީމަ މޫނުމައްޗައް ޗޮކެއް ކަނޑަނީ! ދެންކޮބާ އެހެންމީހުން ދެކޭނެ ގޮތަކީ!! ގައުމުގެ ފައިސާ އަކީ ޑޮލަރައް ހެދުމައް ވާހަކަ ދައްކަމާ؟ އެމެރިކާ ގާތު އާދޭސް ކޮއްބަލަ!

The name is already taken The name is available. Register?

ކޮރަލް

28 October 2021

މިފަހަރު ފެއިލް އެއް ނުވާނެ އެވެ. މިއުޅެނީ ސަރުކާރަށް ޑޮލަރު ހޯދަން މަޖްބޫރު ވެގެންނެވެ. ބޭރުގެ ދަރަނި ވ ބޮޑެވެ. އެދައްކަން ވެސް ޑޮލަރު ބޭނުން ވެ އެވެ. ބޭނުން ވަރަކަށް ބިދޭސީންނަށް ޑޮލަރު ލިބެ އެވެ. ޑޮލަރު ނުލިބެނީ ދިވެހީންނަށެވެ.

The name is already taken The name is available. Register?

ޝޯމޭން

28 October 2021

ރިސޯޓު ހޮޓެލްތަކުގެ ބުކިންގް އަދި އެހެނިހެން ޗާޖުތައްވެސް ދިވެހި ރުފިޔާއިން ނޫނީ ނުކެރެވޭ ކަހަލަ ގޮތެއް ހެދީމަ ވާނެގޮތެއް ހިމަނާލިނަމަހީ ތިހަބަރު ވަރަށްފުރިހަމަވީސް. އޭރުން ޓޫރިސްޓުންގެ އޮންލައިން ބުކިންތަކުގަ އަދި ރާއްޖެއައިސް ހަދާ ޕޭމަންޓުތަކަށް ފައިސާމާރުކުރަން އެމީހުންނަށް މަޖުބޫރުވާނެ އަދި ބޭންކުތަކަށް ޑޮލަރުވަދެ ޑޮލަރު ތިޔާގިވާނެ. އަދި ދިވެހިފައިސާވެސް ބާރުގަދަ އެއްޗަކަށްވާނެ. ޕޮލިޓިކަލް ވިލްނެތީމަ އަސްލު ކަންކަން ނުވަނީ.

The name is already taken The name is available. Register?

މަރީޔާ

28 October 2021

ވަރަށް ބޭކާރު ވަަހަކަތަކެއް! ހުސް އަނގަ!

The name is already taken The name is available. Register?

ނުވާނެ

28 October 2021

މީނަ ހޯމް ސްޓޭއިން ބދަލެއް އައިސްދާނެވާހަކަ ބުނި ހިސާބުން ކިޔުން ހުއްޓާލައިފިން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454