22 މާޗް 2025 - 13:12
ކޮންމެ ދުވަހަކު ވެސް ރިހަ ކައްކަން ޖެހޭ އިރު، އަބަދުވެސް ތަފާތުކޮށްލާނެ ގޮތެއް ވިސްނަން ޖެހޭ ހެއްޔެވެ؟ ޑިޓިއުންބޭންޑްގެ ފާތުމަތު ފެޒްލީން (ފެޒޫ)ގެ މި ރެސިޕީއަކީ މިއަދަށް ލުޔެކެވެ.
ދިރާގާ ގުޅިގެން ގެނެސްދޭ މިހާރު ބަދިގެ މިއަދުގެ ރެސިޕީއަކީ ކެޝޫނަޓް ޗިކަން ކަރީ އެވެ.
ފެޒޫގެ މި ރެސިޕީގައި ވެސް ހަވާދު މަދުކޮށް، އެންމެ މުހިއްމު ބާވަތަކަށް ބޭނުންކޮށްފައި ވާނީ ކެޝޫނަޓެވެ. މިއީ، ރޮއްޓާއި ބަތާ އެކު ވެސް މީރު ރިހައެކެވެ.
2 ޗިކަން ބްރެސްޓް (ކޮށާފައި)
1 ޖޯޑު ކެޝޫނަޓް
2 ސަމްސާ އޮލިވް އޮއިލް
6 ކަފީރް ލައިމް ލީވްސް (ކޮށާފައި)
ލެމަންގްރާސް (ކޮށާފައި)
ފިޝް ސޯސްކޮޅެއް
ލޮނުކޮޅެއް
ރީނދޫކޮޅެއް
އިނގުރުކޮޅެއް
3 ލޮނުމެދު
1 ފިޔާ (ކޮށާލާފައި)
ހެލެނބެލި ހުތް
1/2 ޖޯޑު ކާށިކިރު
ތައްޔާރުކުރާނެ ގޮތް
ކުކުޅު ރިހަ އަށް ބޭނުންވާ ޕޭސްޓް ހަދަން ހުރިހާ އެއްޗެއް ޖެހޭނީ މިކްސަރުން ހިމުންކޮށްލާށެވެ. ޕޭސްޓް ހަދާފައި ކުކުޅާ އެކު އުނދުންމައްޗަށް އުދާށެވެ. ހަވާދުކޮޅު ރަނގަޅަށް ރޯފިލަންދެން މަޑުގިނީގައި ބައިންދާށެވެ. އޭގެތެރެއަށް ކުކުޅު އަޅާލާނީ އެވެ. ބޮކި ޖަހައި އުނދުން ނިއްވާލަން ކައިރިވުމުން ބޯކިރުކޮޅު އަޅާލާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy