24 މާޗް 2025 - 12:46
ދިރާގާ ގުޅިގެން ގެނެސްދޭ މިހާރު ބަދިގޭގެ މިއަދުގެ ރެސިޕީއަކީ ސްޓަފްޑް ކެޕްސިކަމް އެވެ.
ޑިޓިއުންބޭންޑްގެ ފާތުމަތު ފެޒްލީން (ފެޒޫ)ގެ މި ރެސިޕީއަކީ ރޯދަ ވީއްލާގަޑިއަށް ވެސް މީރު ކުޑަކުދިންނަށް ވެސް ވަރަށް ކަމުދާނެ ރެސިޕީއެކެެވެ.
ކެޕްސިކަމް (ބޭނުންވާ ވަރަކަށް)
500 ގްރާމް ކުކުޅު
10 ކެޕްސިކަމަށް ބޭނުންވާނީ 20 ބޭކަން
ޗިކީ ފްލޭކްސް (ބޭނުންވަރަކަށް)
އަސޭމިރުސް
ކްރީމް ޗީޒް
ކެޕްސިކަމް މެދުން ފަޅާފައި އޮށްތައް ނަގާލާށެވެ. ކުކުޅު ފެނު ކައްކާފައި މުގުރާލާނީ އެވެ. ކްރީމް ޗީޒާއި ކުކުޅާއި އަސޭމިރުހާއި މިރުސްކޮޅު އަޅައި އެއްކޮށްލާށެވެ. މި ޗީޒްކޮޅު ލާނީ ކެޕްސިކަމްގެ ތެރެއަށެވެ. ދެން ޖެހޭނީ ބޭކަން އޭގައި އޮޅާލާށެވެ. އޭގެ ފަހުން ފިހަންލާނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy