26 މާޗް 2025 - 15:16
ދިރާގާ ގުޅިގެން ގެނެސްދޭ މިހާރު ބަދިގެ މިއަދު އޮތީ ވަރަށް ފަސޭހަ ބިސްގަނޑެއް އަޅާނެ ގޮތެވެ. ކެރަމަލް ޕުޑިން ސްޓީމްކުރާ ގޮތަށް، މިފަހަރު ސްޓީމްކުރާނީ ބިސްގަނޑެކެވެ.
ޑިޓިއުންބޭންޑްގެ ފާތުމަތު ފެޒްލީން (ފެޒޫ)ގެ މި ރެސިޕީއަށް ނަގާނީ މަދު ވަގުތުކޮޅެކެވެ.
4 ބިސް
1/2 ޖޯޑު ޗިކަން ސްޓޮކް
ލޮނުމެދު
ސޯޔާ ސޯސް
ގްރީން އަނިއަންސް
ކުޑަ ތެޔޮކޮޅެއް
ބިސް ގިރާލާނީ ޗިކަން ސްޓޮކާ އެކުގަ އެވެ. އޭގެތެރެއަށް ލޮނުމެދުކޮޅެއް ވެސް އަޅާލެވިދާނެ އެވެ. ތައްޓަކަށް އަޅައި އާވިން ކައްކާލާށެވެ. އަވަނުގައި ނުވަތަ ތެއްޔެއްގައި ވެސް ކައްކާލެވިދާނެ އެވެ. ވިހި މިނެޓް ވާއިރު ބިސްގަނޑު އިންނާނީ ރަނގަޅަށް ކެކިފަ އެވެ.
ބިސްގަނޑު މައްޗަށް އަޅަން ތެޔޮކޮޅެއްގައި ލޮނުމެދު ފްރައިކޮށްލާށެވެ. ރަތްވެލީމަ ބިސްގަނޑު މައްޗަށް ތެޔޮކޮޅު އަޅާލާށެވެ. މައްޗަށް ސްޕްރިންގް އަނިއަންކޮޅު އަޅާލާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy