27 މާޗް 2025 - 17:52
ކުކުޅުގެ އެކި ކެއުންތައް ހަދާ ގޮތަށް ބީފް ވެސް އެކި ގޮތްގޮތަށް ހަދައިގެން ބޭނުންކުރެ އެވެ. ދިރާގާ ގުޅިގެން ގެނެސްދޭ މިހާރު ބަދިގެ މިއަދުގެ ރެސިޕީއަކީ ބީފް ބުލްގޯގީ އެވެ.
މި ޕްރޮގްރާމް ހުށަހަޅައިދޭ، ޑިޓިއުންބޭންޑްގެ ފާތުމަތު ފެޒްލީން (ފެޒޫ) ބުނިގޮތުގައި މިއީ ކޮރެއަން ޑިޝއެކެވެ. އެކަމަކު ބީފް މީރު އެންމެންނަށް މި ރެސިޕީ ކަމުދާނެ އެވެ.
500 ގްރާމް ބީފް
2 ސަމްސާ ސޯޔާ ސޯސް
1 ސަމްސާ ބްރައުން ޝުގާ
1 ފިޔާ
3 ސަމްސާ ސެސެމީ ސީޑްސް
1 ސަމްސާ އަސޭމިރުސް
2 ސަމްސާ ސެސެމީ އޮއިލް
1 ވައިޓް އަނިއަން
2 ގްރީން އަނިއަން
1 ރެޑް އަނިއަން
2 މިރުސް އިނގުރުކޮޅެއް
ކޮށާލާފައި ހުރި ޕެއާސްކޮޅެއް
5 ލޮނުމެދު
އޮލިވް އޮއިލް
ފުރަތަމަ ބީފްގެ ތެރެއަށް ވައިޓް އަނިއަން އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ހަދަން ޖެހޭނީ ބީފަށް ބޭނުންވާ ޕޭސްޓެވެ. މި ޕޭސްޓް ހަދަން ފިޔަ އާއި ލޮނުމެދާއި މިރުހާއި އިނގުރާއި ޕެއާސްކޮޅާއި ބްރައުންޝުގާކޮޅާއި އޮލިވް އޮއިލްކޮޅާއި އަސޭމިރުހާއި ސެސެމީ އޮއިލްކޮޅު މިކްސަރުން ހިމުންކޮށްލާށެވެ.
ޕޭސްޓްގަނޑު ބީފްތެރެއަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
އޭގެ ފަހުން ތަވާގައި ރީއްޗަށް ރޯފިލުވާލާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy