30 މާޗް 2025 - 08:32
ރޯދަ މަހު އެކި ވައްތަރުގެ ކެއުންތަކަށް ފަހު، އީދަކީ ގިނަ ބަޔަކު ބިރިޔާނީ ހަދާ ދުވަހެވެ. މިއަދު އޮތީ އާއްމުކޮށް ކައްކާ ބިރިޔާނީއާ ތަފާތު، ދިވެހި ބިރިޔާނީއެކެވެ.
ދިރާގާ ގުޅިގެން ގެނެސްދޭ މިހާރު ބަދިގެ މިއަދުގެ އެޕިސޯޑުގައި ޑިޓިއުންބޭންޑްގެ ފާތުމަތު ފެޒްލީން (ފެޒޫ) ކިޔައިދެނީ މީރުކޮށް ވަޅޯ މަސް ބިރިޔާނީ ހަދާނެ ގޮތެވެ.
2 ވަޅޯ މަސް
3 ފިޔާ
1 ތަށި ގްރީކް ޔޯގަޓް
5 ލޮނުމެދު
1 ސަމްސާ އިނގުރު
ބިރިޔާނީ މަސާލާ
ހިކިމިރުސް
2 ސަމްސާ ރީނދޫ
2 ޓޮމާޓޯ
5 ގްރީންޗިލީ
ކޮރިއެންޑާ
އޮލިވްއޮއިލް
ބަތްކައްކަން ބޭނުންވާނީ:
1 ޕެކެޓް ބާސްމަތީ ހަނޑޫ
1 ސަމްސާ ކޮރިއެންޑާ ސީޑްސް
1 ސަމްސާ ދިރި
3 ބޭލީވްސް
1 ލުނބޯ
ފޮނިތޮށި
ކާފޫރުތޮޅި
ކަރަންފޫ
ޗިކަންސްޓޮކް
މިންޓް ލީފް ކޮޅެއް
ފުރަތަމަ ބަތް ކައްކަން އަޅަން ޖެހޭ ބާވަތްތަކާ އެކު ބަތް ކައްކާލާށެވެ. ބޮޑު ތިން ފިޔާ މީރުކޮށްލާށެވެ. އެއްބައި ބިރިޔާނީ މައްޗަށް އަޅަން ނަގާފައި ބާކީ ބައިގެ ތެރެއަށް ވަޅޯ މަސް އަޅާލާށެވެ. ވަޅޯ މަސް މެރިނޭޓްކުރާނީ ގްރީކް ޔޯގަޓާއި ބިރިޔާނީ މަސާލާ އެކުގަ އެވެ.
ބިރިޔާނީގެ މަސްގަނޑު ކައްކައި ނިމުމުން ތެއްޔެއްގައި ފަތުރާލާފައި މައްޗަށް ބަތް އަޅާލާށެވެ. މައްޗަށް މީރުކޮށްލާފައި ހުރި ފިޔާކޮޅާއި ކޮރިއެންޑާކޮޅު އަޅާލާށެވެ. މިގޮތަށް ދެ ފަހަރު ބަތާއި މަސް ފަތުރާލާށެވެ. މައްޗަށް ލުނބޯކޮޅު އަޅާލާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާކުންބެ2
31 March 2025
ފެޒޫ އަޅެ ކައްކާފަ ގުޅާލަބަލަ . ދާނަން ކާން
ގޮގޯ
30 March 2025
މި ދެން ކޯޗެއް؟ ތަންކޮޅެއް ޕްރޮފެޝަނަލް މީހެއް ލާބަލަ