ސާފް ޗެމްޕިއަންޝިޕް 2021

މޮޅަށް ކުޅެ ބަންގްލަދޭޝް ބަލިކޮށް ރާއްޖެ އުއްމީދު އާކޮށްފި

ރާއްޖެއިން ޖެހި ބޯޅައެއް ބަންގްލަދޭޝްގެ ކީޕަރު ދިފާއުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

07 އޮކްޓޯބަރ 22:57

ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝްއާ ދެކޮޅަށް މިރޭ ރާއްޖޭ މޮޅަށް ކުޅެ 2-0 އިން މޮޅުވެއްޖެ. ރާއްޖޭގެ ގައުމީ ދުވަހު ހޯދި މި ފުރިހަމަ މޮޅާ އެކު ރާއްޖެ އަށް ވަނީ މުބާރާތުގައި ކުރިއަށް ދިއުމަށް އުއްމީދު އާވެފައި.

07 އޮކްޓޯބަރ 22:49

މެޗުގެ ކުޅުން ނިމިއްޖެ

07 އޮކްޓޯބަރ 22:48

ބަންގްލަދޭޝްއާ ދެކޮޅަށް ގޯލު ޖެހުމަށްފަހު އަޝްފާގު އުފާފާޅުކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

07 އޮކްޓޯބަރ 22:47

ބަންގްލަދޭޝްއާ ދެކޮޅަށް ގޯލު ޖެހުމަށްފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

07 އޮކްޓޯބަރ 22:47

ރާއްޖެއާ ބަންގްލަދޭޝްއާ މިރޭ ކުޅޭ މެޗުގައި ދިވެހި ކުޅުންތެރިންތަކެއް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

07 އޮކްޓޯބަރ 22:46

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިއްޖެ. އިތުރު ވަގުތުގެ ގޮތުގައި ތިން މިނިޓް ދައްކައިފި

07 އޮކްޓޯބަރ 22:43

މެޗުގައި ބާކީ އޮތީ ފަސް މިނިޓުގެ ކުޅުން. ބަންގްލަދޭޝްގެ ކުޅުންތެރިން ވަނީ 29 ފައުލްކޮށްފައި. ރާއްޖޭން ކޮށްފައި ވަނީ ހަތް ފައުލް

07 އޮކްޓޯބަރ 22:40

ރާއްޖެއާ ބަންގްލަދޭޝްއާ މިރޭ ކުޅޭ މެޗުގައި، ދިވެހި ޓީމަށް ސަޕޯޓުކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

07 އޮކްޓޯބަރ 22:40

ރާއްޖޭން ލަނޑު ޖެހި ހަމްޒާ (ހަމްޕު) ގެ ބަދަލުގައި އަސަދުﷲ ކުޅެން އަރުވައިފި

07 އޮކްޓޯބަރ 22:38

އަޝްފާގަށް ފަހަތުން ޓެކްލް ކުރުމުން ބަންގްލަދޭޝްގެ ކެޕްޓަނަށް ރީނދޫ ކާޑު

07 އޮކްޓޯބަރ 22:35

ރާއްޖޭގެ ހަމްޕު ވަރަށް ހުސްކޮށް އަރައި ގޯލަށް ޖަހަން އުޅެނިކޮށް ކީޕަރު ދިފާއުކޮށްފި

07 އޮކްޓޯބަރ 22:34

ރާއްޖެއާ ބަންގްލަދޭޝްއާ މިރޭ ކުޅޭ މެޗުގައި ދިވެހި ސަޕޯޓަރަކު.-- ފޮޓޯ: ފަޔާޒު/ މޫސާ

07 އޮކްޓޯބަރ 22:32

އަޝްފާގު ޕެނަލްޓީ އޭރިއާ ތެރެއަށް ފޮނުވާލި ބޯޅަ ރާއްޖޭ ކުޅުންތެރިއަކު ފޮނުވާލުމުން ކީޕަރު ދިފާއުކޮށްފި

07 އޮކްޓޯބަރ 22:31

އަޝްފާގު ފޮނުވާލި ޕެނަލްޓީ ސީދާ ގޯލަށް

07 އޮކްޓޯބަރ 22:29

ޕެނަލްޓީ ޖަހަނީ އަޝްފާގު

07 އޮކްޓޯބަރ 22:29

ރާއްޖޭގެ ނާއިޒް ހިފައިގެން ދިޔަ ބޯޅައެއް ބަންގްލަދޭޝް ކުޅުންތެރިން ވައްޓާލުމުން ދިން ޕެނަލްޓީއެއް

07 އޮކްޓޯބަރ 22:29

ރާއްޖެ އަށް ޕެނަލްޓީއެއް

07 އޮކްޓޯބަރ 22:29

ބަންގްލަދޭޝްގެ ކުޅުންތެރިން ހުރަސްކުރި ބޯޅައެއް ރާއްޖޭގެ ޑިފެންޑަރުން ދިފާއުކޮށްފި

07 އޮކްޓޯބަރ 22:27

މި ހާފުގެ މިހާތަނަށް ރާއްޖެ އިން ދަނީ 66 ޕަސެންޓް ބޯލް ޕޮސެސަން ކޮންޓްރޯލް ކުރަމުން. ރާއްޖެ އިން ދަނީ ޕާސްކޮށްގެން ގޭމް ކޮންޓްރޯލް ކޮށްގެން ކުޅެވޭތޯ ބަލަމުން

07 އޮކްޓޯބަރ 22:26

ރާއްޖެއާ ބަންގްލަދޭޝްއާ މިރޭ ކުޅޭ މެޗުގައި، ދިވެހި ޓީމުގެ ކުޅުންތެރިން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

07 އޮކްޓޯބަރ 22:23

ރާއްޖެއާ ބަންގްލަދޭޝްއާ މިރޭ ކުޅޭ މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒު/ މޫސާ

07 އޮކްޓޯބަރ 22:18

ރާއްޖެ އަށް ކޯނަރެއް. ނާއިޒް ނެގި ކޯނަރު ބޭރަށް

07 އޮކްޓޯބަރ 22:13

ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ހަމްޕު ވަރަށް ރީއްޗަށް އޯވަހެޑަކުން ސީދާ ގޯލަށް

07 އޮކްޓޯބަރ 22:11

ރާއްޖެ އަށް ކޯނަރެއް. ކޯނަރު ނަގަނީ އޯވަހެޑަކުން ހަމްޕު ލަނޑު ޖަހައިފި

07 އޮކްޓޯބަރ 22:09

ޕެނަލްޓީ އޭރިއާގެ ބޭރުން ސެންޓޭ ވަރަށް ބާރަށް ގޯލަށް ފޮނުވާލި ބޯޅައެއް ބަންގްލަދޭޝްގެ ކީޕަރު ޕަންޗުކޮށް ދިފާއުކޮށްފި

07 އޮކްޓޯބަރ 22:02
07 އޮކްޓޯބަރ 22:02

ދެ ވަނަ ހާފުގެ ކުޅުން ފަށައިފި

07 އޮކްޓޯބަރ 21:58

ފުރަތަމަ ހާފުގެ ކުޅުމުގައި ރާއްޖެއިން 69 ޕަސެންޓް ބޯލް ޕޮސެސަން ކޮންޓްރޯލް ކުރިއިރު 273 ޕާސް ޖަހާފައިވޭ. ބަންގްލަދޭޝް އިން ޖަހާފައި ވަނީ 128 ޕާސް. ރާއްޖޭގެ ޕާސް އެކިއުރެސީ އަކީ 86 ޕަސެންޓް. ބަންގްލަދޭޝްގެ ޕާސް އެކިއުރެސީ އަކީ 64 ޕަސެންޓް. ރާއްޖޭން ތިން ފައުލް ކުރިއިރު ބަންގްލަދޭޝް ވަނީ 16 ފައުލްކޮށްފައި. ރާއްޖޭގެ ޓީމަށް އެއް ރީނދޫ ކާޑު ދައްކާފައިވާ އިރު ބަންގްލަދޭޝް އަށް ވަނީ ދެ ރީނދޫ ކާޑު ދައްކާފައި. ކޮންމެ ޓީމަކުން ވެސް ވަނީ އޮން ޓާގެޓް އެއް ޝޮޓް ހަދާފައި

07 އޮކްޓޯބަރ 21:47

އިތުރު ވަގުތުގެ ތެރޭގައި އަޝްފާގު ނެގި ހިލޭ ޖެހުމެއް ބަންގްލަދޭޝްގެ ކީޕަރު ވެއްޓިގަނެގެން ދިފާއުކޮށްފި

07 އޮކްޓޯބަރ 21:46

ފުރިހަމަ ވަގުތު ހަމަވެގެން އިތުރު ވަގުތުގެ އެއް މިނިޓުގެ ކުޅުން ވެސް ނިމިއްޖެ

07 އޮކްޓޯބަރ 21:45

އަޝްފާގު ހުރަސްކޮށްލި ބޯޅަ ސެންޓޭ ފޮނުވާލުމުން ކޯނަރަކަށް ބޭރުކޮށްލައިފ. އަޝްފާގު ނެގި ކޯނަރު ބަންގްލަދޭޝްގެ ކުޅުންތެރިން ދިފާއުކޮށްފި

07 އޮކްޓޯބަރ 21:44

ރާއްޖޭގެ ހިލޭ ޖެހުން ފޮނުވާލަނީ އަޝްފާގު

07 އޮކްޓޯބަރ 21:44

ސެންޓޭ އަރިމަތިން އެކަނި ކުރިއަރާ ބޯޅަ ހުރަސް ކުރަން އުޅެނިކޮށް ބަންގްލަދޭޝްގެ ކުޅުންތެރިން ސެންޓޭ ވައްޓާލައިފި. ބަންގްލަދޭޝްގެ ކުޅުންތެރިޔާ އަށް ރީނދޫ ކާޑު

07 އޮކްޓޯބަރ 21:42

ބަންގްލަދޭޝްގެ ހާފުގެ ތެރޭން ދެ ކުޅުންތެރިން ކަޓުވާލާފައި ދަނިކޮށް ރާއްޖޭގެ ހަމްޒާ ދަނިކޮށް ހަމްޒާ ވެއްޓުމުން އޭނާ އަށް ރީނދޫ ކާޑު ދައްކައިފި

07 އޮކްޓޯބަރ 21:38

މެޗުގެ މި ވަގުތު ކޮޅުގެ ތެރޭގައި ރާއްޖޭން ދަނީ ބަންގްލަދޭޝްގެ އޭރިއާ ތެރޭގައި ހަމަލާތައް އުފައްދަމުން

07 އޮކްޓޯބަރ 21:37

ރާއްޖޭގެ ކުޅުންތެރިން ބަންގްލަދޭޝްގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ހުސްކޮށް ދަނިކޮށް ބަންގްލަދޭޝްގެ ކުޅުންތެރިން ދިފާއުކޮށްފި. އެ ބޯޅަ އަށް ރާއްޖޭގެ ކުޅުންތެރިއަކު އަރައިފައެއް ނެތް.

07 އޮކްޓޯބަރ 21:29

ރާއްޖޭގެ ކުޅުންތެރިން ބަންގްލަދޭޝްގެ ގޯލަށް ވަރަށް ނުރައްކާ ހަމަލާއެއް ދީފި. އަޝްފާގު ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ސެންޓޭ ވަރަށް ބާރަށް ފޮނުވާލުމުން ބަންގްލަދޭޝްގެ ކުޅުންތެރިއަކު ދިފާއުކޮށްފި

07 އޮކްޓޯބަރ 21:27

ރާއްޖޭގެ ޓީމުން އައްސަދު އަލީގެ ބަދަލުގައި އައިސަމް ކުޅެން އަރުވައިފި

07 އޮކްޓޯބަރ 21:17

2011 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ގުރޫޕް ސްޓޭޖްގައި ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން 3-1 އިން މޮޅުވެފައި. އަދި 2015ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ގުރޫޕް ސްޓޭޖުގައި ވެސް ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން 3-1 އިން މޮޅުވެފައި.

07 އޮކްޓޯބަރ 21:16

2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅެ ފުރިހަމަ ވަގުތުގައި 1-1 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 5-3 އިން މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ބަންގްލަދޭޝް

07 އޮކްޓޯބަރ 21:14

އޭގެ ފަހުން 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ އާއި ބަންގްލަދޭޝް ވާދަކޮށް 1-0 އިން ކާމިޔާބުކުރީ ބަންގްލަދޭޝް

07 އޮކްޓޯބަރ 21:13

ރާއްޖޭން ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި 1997 ވަނަ އަހަރު ވާދަކުރަން ފެށިއިރު ފުރަތަމަ ނުކުންނަން ޖެހުނީ ވެސް ބަންގްލަދޭޝްއާ. އެމެޗު ނިމުނީ 1-1 އިން އެއްވަރު ވެގެން.

07 އޮކްޓޯބަރ 21:11

މިރޭގެ މެޗަށް ރާއްޖޭގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައި. އަވޭ ޓީމުގެ ގޮތުގައި ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ވިއްކާފައި ވަނީ 200 ޓިކެޓް. ކޮވިޑުގެ ހާލަތާ ގުޅިގެން ދަނޑުގެ ކެޕޭސިޓީއެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ 5،000 ސަޕޯޓަރުން

07 އޮކްޓޯބަރ 21:10

މެޗުގެ 10 މިނިޓުގެ ކުޅުން ނިމުނު އިރު ރާއްޖެ އިން ވަނީ ބަންގްލަދޭޝްގެ ހާފުގެ ތެރެއަށް ވަދެ މެޗު ޑޮމިނޭޓް ކޮށްގެން ކުޅެވޭތޯ މަސައްކަތްކޮށްފައި

07 އޮކްޓޯބަރ 21:08

ރާއްޖޭގެ ހާފުގެ ތެރޭން ބަންގްލަދޭޝް އަށް އެއްލުމެއް

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ

މިރޭގެ މެޗަށް ރާއްޖެ ނުކުތް އިރު ޕޮއިންޓެއް ނުލިބި އޮތީ ތާވަލުގެ ފުލުގައި. އެހެން ނަމަވެސް މިރޭގެ މެޗުން މޮޅުވެއްޖެ ނަމަ ރާއްޖެ އަށް ވެސް ކުރިއަށް ދިއުމުގެ މަގު ތަނަވަސްވާނެ.

ރާއްޖެ އާއި ބަންގްލަދޭޝް ސާފް ޗެމްޕިއަންޝިޕްގައި އެންމެ ފުރަތަމަ ބައްދަލުކޮށްފައި ވަނީ 1997 ވަނަ އަހަރު. އެ މެޗު ނިމިފައި ވަނީ 1-1 އިން އެއްވަރުވެގެން

17 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 25%
icon angry icon angry 0%
icon wow icon wow 13%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނިންމާ!!

08 October 2021

ޖެހުނީ ކަންތަކާ. އެއްވެސް ކުޅިވަރަކުން ސަރަހައްދު ލެވަލްގަވެސް މޮޅު ބައެއްނޫން ދިވެހިންނަކީ. އެހާ ބޮޑާވެސް ބައެއް މި ދިވެހި ފުޓުބޯޅަ ކުޅުންތެރިން. މަގު ބަންދު ކޮށްގެން އާނމުންނަށް އުނދަގޫ ވުންނޫން އެއްވެސް ކަމެއްނުވޭ.

The name is already taken The name is available. Register?

ޝޯމޭން

08 October 2021

ބާއި ރާއްޖެ މީހުންނަށް އެއްޗެހި ނުގޮވާ. ރާއްޖެ ރޭގަ ކަލޭމެން ގައުމު މީހުން ބަލިކުރީ މޮޅަށް ކުޅެގެން. ކަލޭމެން ބަންގްލަދޭޝް މީހުން ފުޓުބޯޅަ ނުކުޅެވުނީމަ އުޅުނީ ރެސްލިން ތަޅަން. އަހަރުމެން މަގުބަންދު ކޮށްގެންވެސް އަހަރުމެން ގައުމުގަ ކުރަންހުރި ކަންކަން ކުރާނަން.

The name is already taken The name is available. Register?

ފަތަސް

08 October 2021

ކަލެއަކަށް ނޭންގޭނެ

The name is already taken The name is available. Register?

އުދު ހޭ މުފިއްޓޭ

08 October 2021

10 ނަމްބަރު އެ ޖެހި އޯވަރ ހެޑު ލަނޑަކީ މި ސަރަހައްދު ގެ ކުޅުން ތެރިއަކަށް ފަހުގެ ތާރީޚެއް ގައި ޖެހުނު އެންމެ ރީތި ލަނޑު@

The name is already taken The name is available. Register?

އުންމު ކެލްސިއަމް

07 October 2021

މޮޅުވީ، އަލިފުދާލުންވެސް ރާއްޖެއަށް ސަޕޯޓު ކުރީމާ، އާންމު މަޖިލީހުގެ ރައީސް ރާއްޖޭގެ ޖާޒީ ތުރުކުރައްވައިގެން އިންނެވި

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

07 October 2021

މަރުހަބާ ދިވެހި ފުޓްބޯޅަ ޓީމް.މަރުހަބާ ސުޒޭން..

The name is already taken The name is available. Register?

އިއްސަޓޭ

07 October 2021

ނަސީބެއް ސުޒޭނުގެ ބެސްޓް ބަޑީ އަޑުބަރޭ އިންޖަރީވެގެން ފައިބަންޖެހުނުކަން. އޭނާ ބާލުވާފަ އައިސަމް ހަމަ އެރުވިތަނާހެން މެދުތެރެ ރަނގަޅުވެ، ގޯލްޖަހާނެ ފުރުސަތުތައް ތަނަވަސްވެގެން ދިޔަތަން ފެނިގެންދިޔައީ.

The name is already taken The name is available. Register?

އުދުހޭ

07 October 2021

ރާއްޖެ ޓީމުން އެންމެ މޮޅަށް ކުޅެފައިވަނީ ސަޕޯޓަރުން.

The name is already taken The name is available. Register?

ޑެިޜި

08 October 2021

ތި ބުނީ ގޯލް އާ 12 ފޫޓް ކައިރިވީމަ ކަރު ބުޑުން ހަޅޭން ލެވުންދޯ. އާ ވަރަށް މޮޅު

The name is already taken The name is available. Register?

ޞކޖޖނ

07 October 2021

ވަރަށް ގަދަ. ތިކުޅުންބެނުމީ. ގައުމީ ޖޯޝްއުފައްދާލައިފި. ހުވާމިބުނީ ފަސްޓްހާފްގަ ކިރިޔާ ހާޓް އެޓޭކެއްނުޖެހުނީ. ޝުކުރިއްޔާ ގައުމީ ޓީމް

The name is already taken The name is available. Register?

ގސބސ

08 October 2021

އާއެން ކޭ

The name is already taken The name is available. Register?

މަރުހަބާ ރާއްޖެ!

07 October 2021

ފެންވަރުގެ ލަނޑެއް ފުރަތަމަ ލަނޑަކީ!

The name is already taken The name is available. Register?

ޞބޗހހހ

07 October 2021

ޔެސް މިވަރުލަނޑެއް މިސަރަހައްދުޓީމަކަށް ނުޖެހޭނެ

The name is already taken The name is available. Register?

އެއްވަނަ

07 October 2021

ހަޅޭއްލެވުމުން އެއްވަނަ ގައުމު.

The name is already taken The name is available. Register?

މަސައްކަތްނުކުރާ

07 October 2021

މިގައުމުގައިވެސް ކުރާހާކަމެއް ކުރަނީ ބަންގްލަދޭޝް މީހުން. މަސައްކަތްނުކުރާ ދިވެހިން މޮޅުވާނީ ކިހިނެތް؟ ނިދާފަ ތިބޭ ސިވިލްސަރވަންޓުން ތިބޭ ގައުމު.

The name is already taken The name is available. Register?

މަސައްކަތްނުކުރާ ކައޭ

07 October 2021

ފެނޭ މޮޅުވާގޮތް...

The name is already taken The name is available. Register?

ޝޯމޭން

08 October 2021

އޭ ބާއި ކަލެއަކަށް ނޭނގޭނެ ދިވެހިން ކުރާ މަސައްކަތެއް. ދެން ރަށުމީހުން ބަލިވިޔަސް ރުޅިއައިސްގެން އަހަރުމެން މަސައްކަތް ނުކުރެއޭ ގޮވާނެކަމެއް ނެތްދޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454