ހުޅުމާލެއިން ގެދޮރުވެރިކުރުން ޕްރޮގްރާމުގެ ދަށުން 2018 ވަނަ އަހަރު ދޫކުރި ފްލެޓްތައް.
07 ފެބުރުއަރީ 2023 - 12:10
ހުޅުމާލެއިން "ގެދޮރުވެރި ކުރުން" ޕްރޮގްރާމުގެ ދަށުން ދޫކޮށްފައިވާ 704 ފްލެޓްގެ ތެރެއިން ކުލި ނުދައްކާ ހުރި ތަންތަނުގެ ޕޭމެންޓް ރީޝެޑިއުލްކޮށްދޭން ނިންމައި އެ ގޮތަށް ހަމަޖައްސަން ބޭނުންވާ މީހުންނަށް ޕްލޭނިން މިނިސްޓްރީން ފުރުސަތު ހުޅުވާލައިފި އެވެ.
ޕްލޭނިން މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ނުދެއްކި ހުރި ޕޭމަންޓްތައް ރީޝެޑިއުލް ކުރަން ބޭނުން ނަމަ އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
ހުޅުމާލެއިން ގެދޮރުވެރިކުރުން ޕްރޮގްރާމުގެ ދަށުން މި ފްލެޓްތައް ދޫކުރީ 2018 ވަނަ އަހަރު އެވެ. މިއީ ޗައިނާ ސަރުކާރުގެ ލޯނެއްގެ ދަށުން ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަންއާ (ސީއެމްއީސީ) އާ ހަވާލުކޮށްގެން އެޅި ފްލެޓުތަކެެކެވެ.
ސަރުކާރުން މިހާތަނަށް ހިންގާފައިވާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކުގެ ތެރެއިން ފްލެޓް ލިބުނު މީހުންގެ 31-41 ޕަސެންޓް މީހުން ގަވާއިދުން ކުލި ނުދައްކާ ކަމަށް ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވެ އެވެ. އެކަމަކު ގަވާއިދުން ފައިސާ ނުދެއްކިޔަސް މިހާތަނަށް އެއްވެސް ބައެއްގެ އަތުން ފްލެޓް އަތުލައިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުދައްކާ މީހުން ނެރޭ
08 February 2023
ނުދައްކާ މީހުން ނެރެފަ، ދެންލީ ބަޔަކަށް ފުރުސަތުދީ.
ހުސްނުހީނާ
07 February 2023
މިއީ އިދިކޮޅަށް ހިނގާ ގައުމެއް. ނުގަވައިދުން އުޅޭމީހުންނަށް ހުރިހާ މޮޅަކާއި މަންފާއެއް. އެއްމެންވެސް ނުގަވައިދުން އުޅެންވީއޭތަ ސަރުކާރުން މިބުނަނީ. ނުގަވައިދުން އުޅުނަސް ވާކަމެއް ހަރާމް. އަޅާލާ ބަޔަކު ނެތް.
ޔަންގް
08 February 2023
މަންފާއެއް ނުލިބެޔޭ. ރީޝެޑިއުލް ކުރީމަ ޖެހޭނީ މިހާރު ދައްކަންޖެހޭ ކުއްޔާ ކުރިން ނުދައްކާ ހުރި ކުއްޔެއްގެ ބަޔަކާ އެކީ ކުރިޔަށްވުރެ ބޮޑުކޮށް ދައްކަމުން، ދައްކާ ހަމަކުރަން. މިސާލަކަށް، ގަވާއިދުން ކުލި ދައްކާ މީހާ ކުއްޔަށް 7،000 ދައްކަންޏާ ކުރިން ނުދައްކާ މީހާ ދައްކަންޖެހިދާނެ މަހަކު 10،000 ވެސް، އެމީހަކު ރީޝެޑިއުލް ކުރަން އެއްބަސްވެފަ އޮތް ގޮތަކުން. އެ ނުވާނެ ކުޑަޔެއް 7،000 އަށްވުރެ.
ނޫރާނ
07 February 2023
ތާން ހަދަން ކުރި ޚރަދުގެ ވާހަކަ އެއީ ދައްކަން ޖެހޭ ވާހަކައެއް
ވިސްނާލުމަށް އެދެމޭ
07 February 2023
މިސަރުކާރަކީ އަމިއްލަޔަށް ވެވޭ އިގުރާރު ނޫނީ އެއްބަސްވުމަށް އިޙްތިރާމްކުރާ ސަރުކާރެއް ނޫން..ސީލައިފް މީހުންނާއެކު ކޯޓުގަ މިސަރުކާރުން ހެދިއެއްބަސްވިމަށް އަމަލެއްނުުކުރި..އެއްބަސްވުމާ ޙިލާފުވީ ސަރުކާރުން..ސީލައިފު މީހުންނަދޭން އެއްބަސްވި ފްލެޓްކޮބާ އެއަގުގަ..މިއީ އޮޅުވާލާ ސަރުކާރެއް..ސީލައިފް މީހުންގެ ހައްގުތައް ނިގުޅައިގެންފި..އެތައް އަހަރެމިވީ މިކަމުގަ.
އިއްބެއަލީ
07 February 2023
މިސަރުކާރު ރަގަނޅުވާނީ ފުލެޓްގެ ވާހަކަ ނުދެއްކިއްޔާ މީހަކު ބިންހިއްކާ ފުލެޓް އަޅާފަ ދިނީމަވެސް އެތަނުގެ ފިނިސިން ނިންމާނުލެވި މިދައުރު ނިންމާމިލަނީ ރައްޔިތުންގެ ލޮލުގަ އަދުންއަޅުވަމުން ފިނިހަކަ ދުވެލީގަ ދެންވެސް ނުވާނެ މެނިފެސްޓޯ އޮތީ އޮތްގޮތައް ވީކަމެއް ހަރާން.. އަނެއްކާ ތިކިޔާ ވިނަރެސްގެ އަގުގެ ވާހަކަ އޯގާތެރި ސަރުކާރުން ދެއްކީމަ ވަރަށް ހަޑި ރައްޔިތުން އިތުރަށް ނުފެލާ އިސްތިއުފާ ދިނިއްޔާ މާތާހިރުވާނެ….
ބޮޑުމީހާ
07 February 2023
ތި ފްލެޓްތަކުގައި އުޅެނީ ހައްގުވެރިން ތޯވެސް ބަލަން އެބަޖެހޭ. ފްލެޓް ވެރިމީހާ ހުންނަނީ ލަންޑަނުގަ. ކުލި ދައްކަނީ އާއްމު ނިކަމެތި މީހާ. އާޚިރުގަ ތަން މިލްކުވަނީ އޭނާއަށް. މިގައުމުގައި އޮތް ހުރިހާ މައްސަލަތަކެއްގެ އަސްލަކީ ކޮރަޕްޓް ވެރިންނާއި ކޮރަޕްޓް އާއްމު ރައްޔިތުން
ޠިހިހިހި
07 February 2023
ގާނޫނުގެ ތެރެއިން އެއްބަސްވުން އުވާލައި އެޗްޑީސީއަށްމިހާރު މާރީއްޗަށްވެސް ފްލެޓްއަތުލެވޭނެ
ފްލެޓް ދޮންބެ
07 February 2023
ފްލެޓްގަ އަހުން މުޅި އުމުރު ހޭދަކުރަންވީތޯ???? މާލޭ މީހުންނަށް ގޯތި ލިބޭއިރު ދަފްތަރުގައި ޖެހިފައި މާލޭގައި އުމުރު ދުވަސް ހޭދަކޮށް ރަށުންވެސް ބޯހިޔާވަހިކަމަށ ކުރިމަތި ނުލެވޭއިރު އުމުރު ދުވަހު ފްލެޓަށް ކުލި ދައްކައިގެން އުޅުން އެއީ ހައްލެއް ކަމަކަށް ގަބޫލެއް ނުކުރެވޭ ދަފްތަރު މީހާއަށްވެސް ގޯއްޗަށް ކުރިމަތި ލެވެންވާނެ.
ޙާމަ
07 February 2023
ޙިލޭގޯތިދެންޏާ ފްްލެޓް ތަކުމީހުންވަކި ކީއްވެ ކުލިދައްކަންވީ...އެއީވެސް ހަމަ ދިވެހިރައްޔިތުން..ހަމަ ހަމަ ވާންޖެހޭނެ
8523
07 February 2023
ރާއްޖޭގެ އެއްވެސް ހިސާބަކުން ހިލޭ ބިން ދޫކުރުމުގެ އުޞޫލު އުވާލަން ވެއްޖެ މިހާރު. ފުލެޓަށް ފައިސާ ދައްކަން ޖެހޭގޮތަށް ބިމަށްވެސް ފައިސާ ދައްކަން ޖެހޭ
ޖަމީލުބެ
07 February 2023
ފްލެޓްތަކަށް ކުލި ދައްކަންޖެހޭތީވެ ޝަކުވާ ކުރަނީ! ހިލޭ ބިން ދޫކުރާތީވެސް ޝަކުވާ ކުރަނީ! ދެން ކިހިނެތް ހެދީމަތަ ޝަކުވާ ނުކުރާނީ؟
ހާމައަށް
07 February 2023
އެއިރަކު އެބަޔަކަށް އެއްޗެއް ލިބިގަތްއިރު ވެފައިވާ އެއްބަސްވުމަކަށް އިހްތިރާމްކޮށް އެއަށް އަމަލުކުރަންޖެހޭ. އަދި ކަމެއް ކުރާނެކަމަށް ބުނެ ތިމާ ކުރާ ސޮޔަކީ އޭގައި ދީނީ ގޮތުންވެސް ބުރަދަން ހުންނަ އެއްޗެއް. އެހެން ބަޔަކަށް ހިލޭ ގޯތި ދެނީ މާ ފަހުގެ ނިންމުމަކުން. ތިޔަ ފްލެޓްތައް ހޯދިއިރުގެ ހާލަތަކީ ތިޔަ ތަންތަނަށް އަގު ދައްކާ ގޮތަށް އެއްބަސްވެފައިވުން.
ޔެލޯލައިޓް
07 February 2023
އޯކޭ