10 ޖުލައި 2023 - 12:12
ރާއްޖޭގައި ޑެލިވަރީގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދޭ ރެޑްބޮކްސްގެ އާ އޮފީސް ހުޅުވައިފި އެވެ.
އެ އޮފީސް ހުޅުވީ ލޮނުޒިޔާރަތްމަގު، ލިންކް ސާވްއާ ޖެހިގެން ހުންނަ ގ. ވައްފުށި އިމާރާތުގެ ގްރައުންޑް ފްލޯގަ އެވެ.
ރެޑް ބޮކްސްއިން ބުނި ގޮތުގައި އަލަށް ހުޅުވި އޮފީހަކީ އެ ތަނުގެ ހެޑް އޮފީހުގެ ގޮތުގައި އޮޕަރޭޓުކުރާނެ ތަނެވެ. އަދި އެ ތަނުން ފްރަންޓް އޮފީހުގެ ހިދުމަތްތައް ކުރިއަށް ވުރެ ފުޅާ ދާއިރާއެއްގައި ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ވެސް ބުންޏެވެ.
ރެޑް ބޮކްސް އޮފީހުގެ އެތެރެ. -- ފޮޓޯ: ރެޑް ބޮކްސް
"އަޅުގަނޑުމެންނަކީ ފެޑެކްސް އާއި ޑީއެޗްއެލް ފަދައިން ބޭރުން ޝިޕްމަންޓު ގެނެސްދީ ޑެލިވަރީގެ ހިދުމަތްދޭ ބައެއް. އަޅުގަނޑުމެން މި މަސައްކަތް ކުރާތާ މިހާރު ހަތް އަހަރުވެފައި ވާއިރު، ކަސްޓަމަރުންގެ އިތުބާރު ވަނީ ލިބިފަ. އަޅުުގަނޑުމެންގެ ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް މި އޮފީހުގެ ސަބަބުން އިތުރަށް ފުރިހަމަ ވާނެ." ރެޑް ބޮކްސްގެ އޮފިޝަލަކު ވިދާޅުވި އެވެ.
ރެޑް ބޮކްސްއިން ބުނި ގޮތުގައި އެ ތަން މެދުވެރިކޮށް ބޭރުން ގެންނަ މުދާ ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ޑެލިވަރީކޮށް ދެ އެވެ.
ރެޑް ބޮކްސްއިން އަލަށް ހުޅުވި އޮފީހުގެ އިތުރުން، އެ ތަނުގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ސީ ފްރައިޓްކޮށް މުދާ ގެންނަ ގައުމުތައް ވަނީ އިތުރުކޮށްފަ އެވެ. އޭގެ ތެރޭގައި ދިވެހިން އާއްމުކޮށް މުދާ ގެންނަ ތައިލޭންޑް، މެލޭޝިއާ، ޗައިނާ އަދި އިންޑޮނޭޝިއާ ހިމެނެ އެވެ.
ރެޑް ބޮކްސްގެ އަލަށް ހުޅުވި އޮފީސް. -- ފޮޓޯ: ރެޑް ބޮކްސް
ރެޑް ބޮކްސްއިން ބުނީ އެ ތަނުން ކަސްޓަމަރުންނަށް ބޭނުންވާ ހުރިހާ ސޮލިއުޝަނެއް ފޯރުކޮށްދިނުމުގެ ގޮތުން ޔޫއޭއީ އާއި އެމެރިކާ ހިމެނޭ ގޮތަށް 13 ގައުމެއްގައި އެ ތަނުގެ ވެއާހައުސް ވެސް ގާއިމުކޮށްފައިވާ ކަމަށެވެ.
"ރާއްޖެ އަށް ޝިޕްނުކުރާ ތަންތަނުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް މައި ޔޫއެސްއިން ދޭ ފަދަ ހިދުމަތެއް އަޅުގަނޑުމެން މި ދެނީ. އެ ތަނެއްގައި ވެއާހައުސް މެނޭޖްމަންޓާއި އެ ތަންތަނުން ވިޔަފާރިކުރަން އެއްޗެހި ގަނެ، އެ ތަކެތި ރައްކާ ކުރެވޭނެ ފެސިލިޓީއެއް އަޅުގަނޑުމެން އެބަ ދެން،" ރެޑް ބޮކްސްއިން ބުންޏެވެ.
ރެޑް ބޮކްސްއިން ގިނަ ގައުމުތަކަކުން އެއާ ފްރައިޓް ކޮށްގެން ވެސް ޝިޕްމަންޓުތައް ގެނެސްދެ އެވެ. ރެޑް ބޮކްސް މެދުވެރިކޮށް ވިޔަފާރިކުރުމަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ޝޮޕް މީގެ ނަމުގައި ވިޔަފާރި ކުރެވޭނެ ޕްލެޓްފޯމެއް މިދިޔަ އަހަރު ވަނީ ތައާރަފް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
10 July 2023
ވ ރަބގަޅު ފެށުމެކެވެ. ކުރިއަރ ސާވިސް ވަނީ ބިދޭސީން ގެ ކޮންޓްރޯލް ގައެވެ. ފެޑްއެކްސް ، ޑީއެޗްއެލް ފަދަ ތަންތަނުގެ ހުރިހާ ބާރެއް އޮންނަނީ ބިދޭސީން އަތުގަ އެވެ. ދިވެހީންނަށް ދެނީ ވ އާދައިގެ ވަޒީފާ ތަކެވެ. ވީމާ ރެޑް ބޮކްސް އަށް ކުރި އެރުން އެދެމެވެ. އަމިއްލަ އޮފީސް ތަކުގެ މަތީ މަގާމް ތަކަށް ލަންކާ އިންޑިޔާ މީޙުން ވެއްދީމަ ދުވަސް ކޮޅަކުން ކެނޑިގެން އަމިއްލަ އޮފީހެއް ހުޅުވާ ލިބިފަ ހުރި ހުރިހާ މަުލޫމާތެއް ބޭނުން ކުރެ އެވެ.
އިބުރޭ23423ް
10 July 2023
ރެޑްބޮކްސް ގެ ހިދުމަތް އަޅުގަނޑުވެސް ބޭނުންކުރަން ނަމަވެސް ރަގަޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި ..ހިދުމަތުގެ އަގުހެޔޮ،ޑީއެޗްއެލް ފެޑެކްސްއަަށް ވުރެ ނަމަވެސް މައިޔޫއެސްއިން 4 އެއްޗައްވުރެ ގިނައިން ޝިޕްނުކުރެވޭ.. ބޭނުންކޮއްފައި ހުންނަ ތަކެތި ޝިޕް ނުކުރެވޭ..އަދި ޓްރެކިންގް ނަންބަރު އަކީ ބޭކާރު އެއްޗެއް ... ޕެކޭޖް ޓްރެކިންގް މައުލޫމާތު އަޕްޑޭޓް ނުވޭ .. މިކަންކަން ރަގަޅު ކޮއްލައްވާ އޭރުން ހަމަ ގައިމުވެސް ރެޑްބޮކްސް ނަންބަރ 1 އައް ދާނެ
ރބ ސްޓާފެއް
10 July 2023
ތިޔަ ދެއްވި ފީޑްބެކްއަށް ޝުކުރިއްޔާ، އަދި ބަލައިގެންފިން. މަސައްކަތް ކުރާނީ ތިޔަ ދެންނެވި ކަންކަން ރަނގަޅުކުރަން