23 ޖޫން 2024 - 10:49
ޔޫރޯއަށް ހާއްސަކޮށް އެލް މޮބައިލްގައި "ޔޫރޯ ފޯރި" ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަންގައި އަގުހުރި އިނާމުތަކެއް ލިބޭ ލަކީޑްރޯއެއް ހިމެނެ އެވެ.
މި ލަކީޑްރޯގައި އެ ތަނުން 2،000ރ. އިން މަތިން ވިޔަފާރި ކުރާ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. މި ލަކީޑްރޯގެ އެއް ވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ ގޭމިންއަށް ހާއްސަ އޭސާ ނިޓްރޯ 5 ލެޕްޓޮޕަކާ އެކު ހެޑްފޯނާއި މައުސްއެކެވެ.
ދެ ވަނަ އިނާމަކަށް އައިފޯން 128ޖީބީގެ އައިފޯން15 ލިބޭނެ އެވެ. ތިން ވަނަ އިނާމަކީ 65 އިންޗީގެ ހައިސެންސް ޔޫއެޗްޑީ 4ކޭ ގޫގުލް ޓީވީއެކެވެ.
- އެއް ވަނައަށް ގޭމިންއަށް ހާއްސަ އޭސާ ނިޓްރޯ 5 ލެޕްޓޮޕެއް
- ދެ ވަނަ އަށް 128 ޖީބީގެ އައިފޯން 15
- ތިން ވަނަ އަށް ހައިސެންސް ޔޫއެޗްޑީ 4ކޭ ގޫގުލް ޓީވީއެއްް
އެލް މޮބައިލްގެ ޕްރޮމޯޝަނާއި ގުޅޭ ޕޯސްޓެއް.
މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަނުގެ އިތުރުން "މިހާރު" ސްކޯ ޕްރިޑިކްޓާގައި އެލް މޮބައިލްއިން ހުޅުވާފައިވާ ގުރޫޕުގައި ޔޫރޯ މެޗުތަކުގެ ސްކޯ ދިމާކޮށްގެން ވެސް އަގުހުރި އިނާމުތަކެއް ހޯދޭނެ އެވެ.
އެލް މޮބައިލް އަކީ މޮބައިލް ފޯނާއި ލެޕްޓޮޕް، ޓީވީ އަދި އިލެކްޓްރޯނިކް އެކި އެސަސަރީޒް ވިއްކާ ފިހާރައެކެވެ.
ދިވެހިންގެ މެދުގައި މަގުބޫލު އެޕަލް، ސެމްސަންގް، ގޫގުލް ޕިކްސެލް އަދި ރެޑްމީ ފަދަ ބްރޭންޑުގެ ޕްރޮޑަކްޓުތައް މި ފިހާރައިގައި ހުރެ އެވެ. އަދި ގޭމިންއަށް ހާއްސަ ފޯނާއި ލެޕްޓޮޕްގެ އިތުރުން ހެޑްފޯނު، ހެޑްސެޓް އަދި ސްޕީކަރާއި ސްމާޓް ވޮޗް ފަދަ އެކި އެސަސަރީތައް މި ތަނުން ވިއްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy