ވިޔަފާރި / ޕްރޮމޯޝަނަލް ނިއުސް

އެފްޖޭއެސް ރީބްރޭންޑުކޮށް، ނެކްސިއާ މޯލްޑިވްސް އަށް ނަން ބަދަލުކޮށްފި

އެފްޖޭއެސް ރީ ބްރޭންޑުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުންޏާއި ނެކްސިއާގެ އިސްވެރިން ފޮޓޮއަކަށް ހުއްޓިލައިގެން.

ރާއްޖޭގައި ޕްރޮފެޝަނަލް ހިދުމަތްތައް ދޭ ކުންފުނި އެފްޖޭއެސް އިން ދުނިޔޭގެ މަޝްހޫރު ނެޓްވޯކް، "ނެސިއާ އިންޓަނޭޝަނަލް" އާ ގުޅި އެ ކުންފުނީގެ ނަން "ނެކްސިއާ މޯލްޑިވްސް" އަށް ބަދަލުކޮށްފި އެވެ.

އެ ކުންފުނީގެ ނަން ބަދަލުކޮށް، ރީބްރޭންޑުކުރީ އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އާއި ނެކްސިއާ އިންޓަނޭޝަނަލްގެ އޭޝިއާ ޕެސިފިކް ސަރަހައްދުގެ އެގްޒެކެޓިވް ޑައިރެކްޓަރު ކްރިސްޓިން ކިމް އަދި ކުންފުނީގެ ކްލަޔަންޓުންނާއި ސަރުކާރާއި އަމިއްލަ އެކި ދާއިރާތަކުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ނެކްސިއާ މޯލްޑިވްސްގެ ކޯ ފައުންޑަރު، އަދި މެނޭޖިން ޕާޓްނަރު ފަރީޙާ ޝަރީފު ވާހަކަ ދައްކަވަނީ.

ނެކްސިއާ މޯލްޑިވްސްގެ ކޯ ފައުންޑަރު އަދި މެނޭޖިން ޕާޓްނަރު ފަރީހާ ޝަރީފު ވިދާޅުވީ ކުންފުނި ރީބްރޭންްޑް ކުރީ ކްލަޔަންޓުން ބޭނުންވާ ކަންކަން ފުރިހަމަކޮށް ދިނުމުގައި ކުންފުނި އަބަދުވެސް ތައްޔާރަށް އޮތްކަން ހާމަކޮށްދޭން ކަމަށެވެ.

"މިއީ ހަމައެކަނި ނަމަށް އައި ބަދަލެއް ނޫން. މި ބަދަލު ރަމްޒު ކޮށްދެނީ ކްލަޔަންޓުންނަށް ހިދުމަތް ދިނުމަށް ކުންފުނި ތައްޔާރުވެފައި އޮތް މިންވަރު. އަޅުގަނޑުމެން މި ތިބީ ގްލޯބަލް މާކެޓުގައި އަންނަ ބަދަލުތަކާ އެކު ކްލަޔަންޓުން ބޭނުންވާ ހިދުމަތްތަކަށް ފޯރުކޮށްދިނުމުގައި ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.

"މި ޕާޓްނާޝިޕުގެ ސަބަބުން ބައިނަލްއަގުވާމީ ރިސޯސަސްތަކާއި ދުނިޔޭގެ އެކި ހިސާބުތަކުގައި ހުރި ތަޖުރިބާކާރުންގެ ހިޔާލާއި ލަފައާ އެކު އެންމެ ފުރިހަމައަށް އީޖާދީ ވަސީލަތްތަކާ އެކު ހިދުމަތްތައް ފޯރުކޮށްދެވޭނެ."

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮޑިޓު ކުރުމާއި ޓެކްސް އަދި އެޑްވައިޒަރީ އާއި ކޮންސަލްޓިން ފަދަ ހިދުމަތްތައް ދޭ ނެކްސިއާ މޯލްޑިވްސް އިން ބުނިގޮތުގައި ނެކްސިއާއާ ގުޅުމުން ރާއްޖޭގައި މިފަދަ ޕްރޮފެޝަނަލް ހިދުމަތްތައް އިތުރަށް ފުޅާވާނެ ކަމަށެވެ.

މި ޕާޓްނާޝިޕާ އެކު، ރާއްޖޭގެ ވިޔަފާރިތަކުގެ އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމަށް ކުރާ މަސައްކަތުން ބައިނަލްއަގުވާމީ އިންވެސްޓުމަންޓުތަކަށް ދޮރު ހުޅުވި، ބައިނަލްއަގުވާމީ އެކި ފުރުސަތުތައް ހޯދުމަށް މަގުފަހިވާނެ ކަމަށް ކުންފުނިން ބުންޏެވެ. އަދި މި ޕާޓްނާޝިޕާ އެކު، މިހާރަށް ވުރެ ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދީ، ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިނުމުގައި ބައިވެރިވުމަށް އުއްމީދު ކުރާ ކަމަށް ވެސް ނެކްސިއާ މޯލްޑިވްސް އިން ބުންޏެވެ.

ނެކްސިއާ މޯލްޑިވްސްއިން ބުނީ އެ ކުންފުންޏަކީ ކަސްޓަމަރުންގެ ކާމިޔާބީއަށް އިސްކަންދީ ދެމެހެއްޓެނިވި ގޮތްތަކާއި އާ އީޖާދުތައް ކުރިއަރުވައި، މުވައްޒަފުންގެ ހުނަރުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށެވެ. އަދި މި ޕާޓްނާޝިޕާއި އެކު އެ ކަންތައްތައް ފުރިހަމަކޮށް، އެ އަމާޒަށް ވާސިލުވެވޭނެ ކަމަށް ވެސް ބުންޏެވެ.

ނެކްސިއާއާ އެކު ގާއިމުކޮށްފައިވާ ޕާޓްނާޝިޕުގެ ދަށުން އެ ކުންފުންޏަށް ކުންފުނީގެ ކެޕޭސިޓީ އިތުރުކޮށް، ބޭރުގެ ކަމާބެހޭ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދު ހޯދައި މަޝްވަރާ ކުރެވޭނެ އެވެ. އަދި އެ ނެޓްވޯކުގައި ހުރި ރިސޯސްތައް ބޭނުންކޮށް، ބައިނަލްއަގުވާމީ އުސޫލުތަކާއި މިންގަނޑުތަކަށް ފެތޭގޮތަށް މަސައްކަތްތައް ބައްޓަން ކުރާނެ އެވެ.

ނެކްސިއާއާ އެކު އެ ކުންފުނިން ގާއިމުކުރި ޕާޓްނާޝިޕުގެ ސަބަބުން ކުންފުންޏާ އެކު މަސައްކަތް ކުރާ ފަރާތްތަކަށް ބައިނަލްއަގުވާމީ ދުނިޔޭގެ މާހިރުންގެ ލަފަޔާއި އިރުޝާދު ލިބޭނެ އެވެ. އަދި ބޭރުގެ ރިސޯސްތައް ލިބި، އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށް ދިނުމަށް މަގުފަހި ވާނެ އެވެ. އަދި މި ކުންފުންޏާއި އެކު މަސައްކަތް ކުރާ ފަރާތްތަކަށް ޕާސަނަލައިޒްޑް، ޕާޓްނާ-ލެޑް ހިދުމަތްތަކެއް ދުނިޔޭގެ ބޮޑެތި ފައިނޭންޝަލް ސެންޓަރުތަކާއި އިކޮނޮމިކް ސެންޓަރުތަކުން ލިބެން ހުރި މައުލޫމާތުތަކާ އެކު ފޯރުކޮށް ދެވޭނެ އެވެ.

5 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޤައުމިއްޔަތު

27 July 2024

މިއީ މިކަން ކުރަންވާނެ ގޮތަކީ. ދިވެހިންގެ އޯނާޝިޕް ނުގެއްލޭ ގޮތަށް ބައިނަލްއަގްވާމީ ފާމެއްގެ މެމްބަޝިޕް ހޯދުން މުހިންމީ. ދިވެހިން ނިކުމެ އެކައުންޓިންގ އަދި އޮޑިޓިންގ ދާއިރާ އޮކިއުޕައި ކުރަންވީ ވަގުތު މިހާރު އައިސްފި. ބޭރުގެ ފަރާތްތަކުގެ އޯނާޝިޕްގައި މިގައުމުގައި ހިނގާ ފާމްތައް އެމީހުން އަތުން އަތުލަން ލަސްވެއްޖެ.

The name is already taken The name is available. Register?

ގައުމީ

27 July 2024

ކާމިޔާބަށް އެދެން. މިހަލަ މޮޅެތި ނަން ކިޔާ ބައެއް އެހެން ފާރމްތަކުން ކަންކުރާގޮތަށް 400 ޑޮލަރު ދީފައި ލަންކާއިން ޕާޓް ކޮލިފައިޑް ކުދިން ގެނެސް އޮޑިޓް ކުރުވުމުގެ ބަދަލުގައި ދިވެހިންނަށް އެކަށީގެންވާ ފުރުސަތާއި މުސާރަދީގެން ކޮލިޓީ ހިފަހައްޓާނެކަމަށް އުންމީދުކުރަން.

The name is already taken The name is available. Register?

އައިމިނާ

27 July 2024

މިއީ އޯގާތެރިކަމާއި އަޅާލުމާއި ކަމޭހިތުމާއި އިޙްތިރާމްކުރުމާ ގަވާޢިދާ ގާނޫނަށް ޙުރުމަތްތެރި ކޮށް ހިތުމަށް ދަސްކޮށްކޮށް ދިނުމަށް ކޯސްތަކެއް ހިންގައިގެން ވިޔަސް ދަސްކޮށްދޭން ޖެހިފައޮތް ގައުމެއް.

The name is already taken The name is available. Register?

ނޫޝީ

27 July 2024

ނެކްސިއާ ކާމިޔާބު ކުރުމަށް ފަރީހާ ފަދަ ބޭފުޅުން ކްލަންޓުންނާއި އަދި އެކި ކަންކަމުގަ ބައްދަލުވާ ފަރާތްތަކާ ވާހަކަ ދެއްކުން ރަނގަޅު ކުރުން މުހިއްމު. ރުންކުރު ކަމާއި ބޮޑާއި ކަމަކީ ހުތުރު ސިފައެއް. ނެކްސިއާ އަށް ފާގަތިކަން

The name is already taken The name is available. Register?

ފަރީހާ ސެކްރެޓަރީ

27 July 2024

އާދެ މިހާރު ތިކަން ވާނީ ރަނގަޅު ކުރެވިފަ. އިހު ކަން ކުރެވުނު ގޮތަށް މާއާފަށް އެދެން. މުސްތަގުބަލުގައި ހުރިހާ ކަމެއްވެސް ދަނީ ރަނގަޅަށް ތި ފާޅުކުރެއްވި ހިޔާލަށް ނުވަތަ ލިބުނު ގެއްލުމަށް ނިިހާޔަތަށް މާއާފަށް އެދެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454