01 އޯގަސްޓް 2024 - 14:26
އެލައިޑުން ކްލިކް ކޮލެޖާ ގުޅިގެން ލައިފް އިންޝުއަރެންސަށް ހާއްސަ މައުލޫމާތު ސެޝަނެއް ބާއްވަން އިއުލާނު ކޮށްފި އެވެ.
އާއްމުންނަށް ހިލޭ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ މި ސެޝަން އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ ރޭގަނޑު 8 އިން 10 އަށް ކްލިކް ކޮލެޖުގެ 4 ވަނަ ފްލޯގަ އެވެ.
މި ސެޝަންގައި ބައިވެރިވާން ބޭނުންވާ މީހުންނަށް، އެލައިޑާއި ކްލިކް ކޮލެޖުން އެ ސެޝަނާ ގުޅޭ ގޮތުން ކޮށްފައިވާ ޕޯސްޓުގައި އޮތް ލިންކުން ރަޖިސްޓްރީ ވެވޭނެ އެވެ.
އެލައިޑުން ބުނީ ލައިފް އިންޝުރެންސް ޕްލޭނަކީ ދިމާވެދާނެ ކުއްލި ހާލަތަކަށް ރައްކާތެރިވެ ހުރުމަށް މުހިންމު ޕްލޭނެއް ކަމަށެވެ. ލައިފް އިންޝުއަރަންސް ޕްލޭންސްތަކުގައި ހިމެނޭ ސޭވިން އަދި ޕްރޮޓެކްޝަން އެލިމެންޓު މެދުވެރިކޮށް ދިރިއުޅުމުގެ ކޮންމެ ހާލަތަކުން އަރައިގަތުމަށް އިތުރު ބާރެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެލައިޑުން ބުނި ގޮތުގައި މައުލޫމާތު ސެޝަނުގައި އަންހެނުންނަށް ހާއްސަ "ކަމަނަ" ޕްލޭނާއި ދަރިންގެ ސާނަވީ ތައުލީމުން ފެށިގެން މަތީ ތައުލީމު ހާސިލްކުރުމަށް އަހީތެރިވެދޭ ސެކަންޑްރީ ސްކޫލް އެކްސްޕެންސަސް ޕްލޭނާ ގުޅޭ މައުލޫމާތު ދޭނެ އެވެ. އަދި ދިރިއުޅުން ބައްޓަން ކުރަން އެހީވާނެ އެކި ޕްލޭންތަކުގެ މައުލޫމާތު މިސެޝަންގައި ހިއްސާ ކުރާނެ ކަމަށް ވެސް ބުންޏެވެ.
އެލައިޑުން ބުނީ ލައިފް އިންޝުއަރަންސަށް ހާއްސަ އެކްސްޕާޓުންގެ އެހީތެރިކަމާ އެކު އެމީހެއްގެ ހަރަދުތަކާއި އާމްދަނީއަށް ފެތޭ ޕްލޭނެއް ކަސްޓަމައިޒް ކުރުމުގެ ފުރުސަތު ވެސް ސެޝަން ތެރެއިން ހަމަޖެހިފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy