23 މާޗް 2025 - 12:55
ހޯމް އަދި ކިޗަން އެޕްލަޔަންސަށް ހާއްސަކޮށް, ތަފާތު ހިފައިގެންގުޅޭ ތަކެތި ވިއްކާ "ލިއުމިއާ ހޯމް" އިން ބޮޑެތި އިނާމުތަކެއް ހުށަހަޅާ ރޯދަ ޕްރޮމޯޝަނެއް ވަނީ ފަށައިފަ އެވެ.
ރޯދަ މަހަށް ހާއްސަކޮށް މިދިޔަ މަހު ފެށި އެ ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. އެ ޕްރޮމޯޝަނުގައި އެތަނުން ވިއްކާ ގިނަ ޕްރޮޑަކްޓުތަކަކަށް ބޮޑެތި ޑިސްކައުންޓުތަކެއް ވަނީ ހުށަހަޅައިފަ އެވެ. އެ ޕްރޮމޯޝަނުގައި "ލިއުމިއާ ހޯމް" އިން ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ތިން ފަރާތަކަށް އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅައިފަ އެވެ. އެއީ އެއް ވަނަ އިނާމަކަށް އައިފޯން 16 ޕްރޯއެއް, ދެ ވަނަ އިނާމަކަށް ޖީޕާސްގެ 50 އިންޗީގެ ސްމާޓް ޓީވީއެއް އަދި ތިން ވަނަ އިނާމަކަށް ސުޕަޖެނެރަލް އޮޓަމެޓިކް ދޮންނަ މެޝިނެކެވެ.
ލިއުމިއާ ފިހާރައިގެ އެތެރެ.
ރޯދަ މަހަށް ހާއްސަކޮށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގައި އެ ފިހާރައިން ހޯލްސޭލްކޮށް ވިޔަފާރިކުރާ ފަރާތްތަކަށް ވެސް ހެޔޮ އަގުގައި އެ ތަނުން ޕްރޮޑަކްޓުތައް ފޯރުކޮށްދެ އެވެ. "ލިއުމިއާ"އިން ބުނީ އެ ފިހާރައިން ފުޅާ ދާއިރާއެއްގައި ހޯލްސޭލް ވިޔަފާރި ކުރަމުން އަންނަ ކަމަށާއި މިހާރު ވެސް އައްޑޫ އަދި ކުޅުދުއްފުށި ފަދަ ރަށްރަށަށް އެ ތަނުގެ އެކި އުފެއްދުންތައް ސަޕްލައިކުރާ ކަމަށެވެ.
"ލިއުމިއާ ހޯމް" އަކީ "ލިއުމިއާ"ގެ ނަމުގައި ފުޅާ ދާއިރާއެއްގައި ފެށި އޮންލައިން ވިޔަފާރި ފުޅާކޮށް, ކިޗަން އަދި ހޯމް އެޕްލަޔަންސަށް ހާއްސަކޮށް ހުޅުވި ފިހާރައެކެވެ. އެ ތަނުގައި ރާއްޖޭގެ ގެތަކަށް އެކަށީގެންވާ އެކި ސައިޒުތަކުގެ އެކި ވައްތަރުތަކުގެ ރެކުތަކާއި, އެއާފްރަޔާ, މައިކްރޯވޭވް އަވަން, ބްރެޑް ޓޯސްޓާ, އުނދުން, ރައިސް ކުކާ އަދި ފެން ކައްކާ ޖަގު ވެސް ހުރެ އެވެ. މި ތަނަކީ "ޖީޕާސް" ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަށްވުމުން އެ ބްރޭންޑުގެ ގިނަ އުފެއްދުންތަކެއް ހުރެ އެވެ. އަދި އެ ތަނުގައި ގޭތެރެ ޒީނަތްތެރިކުރުމަށް ހާއްސަ އެކި ތަކެއްޗާއި އެކި ސައިޒުގެ ބެޓްޝީޓު ވެސް ހުރެ އެވެ.
"ލިއުމިއާ" އިން ބުނީ އެ ތަނުން މަސައްކަތްކުރަނީ ކޮލެޓީ ރަނގަޅު އުފެއްދުންތަކެއް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މިހާރު އެތަނުން ވިއްކާ ޕްރޮޑަކްޓުތަކަކީ ކޮލިޓީއަށް އެންމެ އެކަށީގެންވާ އަގުތަކުގައި ވިއްކާ ޕްރޮޑަކްޓުތަކެއް ކަމަށް ބުންޏެވެ.
"ލިއުމިއާ ހޯމް" އިން ވިޔަފާރިކުރަން ބޭނުންވާ ކަސްޓަމަރުންނަށް "ލިއުމިއާ"ގެ ސޯޝަލް މީޑިއާ ޕޭޖުތައް މެދުވެރިކޮށް އޮންލައިންކޮށް ވެސް ވިޔަފާރިކުރެވޭނެ އެވެ. މާލޭގައި ދިރިނޫޅޭ ކަސްޓަމަރުންނަށް އެ ފިހާރައިން ދޯންޏާ ހަމައަށް ހިލޭ ޑެލިވަރީގެ ހިދުމަތް ދެ އެވެ.
"ލިއުމިއާ ހޯމް" ހުންނަނީ ދިލްބަހާރު މަގުގައި ދިލްބަހާރު ގޭގަ އެވެ. "ލިއުމިއާ"އިން ހެދުމާއި ކޮސްމެޓިކްސް ފަދަ ތަކެއްޗަށް ހާއްސަކޮށް މާވެޔޮމަގުގައި ވެސް ފިހާރައެއް ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy