އެލައިޑް ކަލަންޑަރު
16 ޖެނުއަރީ 2019 - 13:10
އާ އަހަރު ފެށުމާ އެކު އޮފީހަށް އައީ އާ ފެށުމަކުން އޮފީހުގެ މަސައްކަތައިގެން ކުރިއަށް ދިއުމުގެ އުންމީދުގަ އެވެ. އޮފީހަށް ވަދެ ހަމަޖެހިލުމަށް ފަހު ނިއުސްރޫމަށް ނަޒަރު ހިންގާލި އިރު އެންމެ ފުރަތަމަ ވެސް އަޅައިގަތީ މޭޒެއްގެ މަތީގައި އިން ކަލަންޑަރުގަ އެވެ. އެ ކަލަންޑަރު ރީތިކަމުން ގޮސް ބަލައިލެވުނެވެ.
މިއީ އެލައިންޑް އިންޝިއުރެންސުން މި އަހަރަށް ތައްޔާރުކުރި ކަލަންޑަރު "ގެ" އެވެ. ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނީގެ މި "ގެ" އިން ބުނެދެނީ ހަމައެކަނި ތާރީހާއި، ދުވަހާއި، މަހެއް ނޫނެވެ. މިއީ އިންޝުއަރެންސާ ބެހޭ އެތައް ވާހަކައެއް ކިޔައިދޭ ގެއެކެވެ.
އިންޝުއަރެންސަކީ އެކި ދާއިރާތަކުން ލިބޭ ހިމާޔަތެކެވެ. އަމިއްލަ ގެ، އަމިއްލަ ހަށިގަނޑު، ދަރިންގެ ތައުލީމު، މިހެން ގޮސް ކޮންމެ ކަމެއް ވެސް އިންޝިއަކޮށްގެން މާލީ ހިމާޔަތެއް ލިބެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެއީ ވެސް ފާޑެއްގެ "ފަހަށް ރައްކާކުރުމެ"ވެ.
އެލައިޑްގެ ކަލަންޑަރުން އެ ހުރިހާ ކަމެއް ބުނެދީފައި ދެން ދެނީ ފަހަށް ފައިސާކޮޅެއް ރައްކާކުރުމުގެ ފުރުސަތެކެވެ. ގޭގެ އެއް ފަޅީގައި ވަކިލާރި ވައްޓާލާނެ ޖާގަައެއް އޮވެ އެވެ. ކަލަންޑަރުގެ އެއް ފުރާޅުގައި، ކަނޑާލަން ހާއްސަ ޖާގައެއް ކުރަހާފައި ހުއްޓެވެ. އޭގެ މަތީގައި އޮތް މެސެޖުގެ ތަރުޖަމާ އަކީ "އަހަރު ނިމުނު އިރު ރައްކާކުރެވުނީ ކިހާ ވަރެއްތޯ ބަލައިލަން މި ތަން ކަނޑާލައިފައި ހުޅުވާލާށެވެ،" މި އެވެ.
ވަރަށް ހިތްގައިމެވެ.
އެލައިޑްގެ ސީނިއަ އޮފިސަ މާކެޓިން، ހަސްނާ ހަސަން މައުމޫން ވިދާޅުވީ މި އަހަރުގެ ކަލަންޑަރު ހަދަން ވަރަށް ގިނަ ކަންކަމަށް ވިސްނި ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ބެލީ އިޖުތިމާއީ މެސެޖުތަކެއް ދެވޭ ގޮތަށް އަދި މީހުންނަށް ބޭނުންތެރި ސިފަޔަކަށް ތައްޔަރުކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
އެލައިޑްގެ ކަލަންޑަރު މޭޒު މަތީގައި: ފަހަށް ރަައްކާކުރުމުގެ މުހިންމުކަން އަންގައިދިން
"ކަލަންޑަރެއް ހެދި އިރު އޮފީސްތަކުގައި ވެސް ވަރަށް ގިނަ މީހުން މިހާރު ކޮއިން ދަޅު ގެންގުޅޭކަން ފާހަގަކުރެވޭ. މި އޮފީހުގައި ވެސް ބައެއް މީހުން އެގޮތަށް ކޮއިން ދަޅު ގެންގުޅޭ. ދެން އެއާ ގުޅުވާފައި ވިސްނީ ސޭވް ކުރުމުގައި ގުޅުވައިގެން އެ ކޮންސެޕްޓަށް ކަލަންޑަރެއް ހެދުމަށް،" ހަސްނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ކަލަންޑަރުން ވަރަށް ގިނަ މާނަތަކެއް ނެގޭނެ އެވެ. މިސާލަކަށް ގެއެއްގެ ސިފައަށް ކަލަންޑަރު ފަރުމާކުރީ، ހަސްނާ ވިދާޅުވި ގޮތުގައި، ބޯމަތީގައި ފުރާޅެއް ވެސް އޮންނާނީ ފައިސާ ރައްކާކޮށްގެންކަން ބުނެދިނުމަށެވެ.
އެންމެ ފުރަތަމަ ވިސްނީ ގެ ހުޅުވޭ ގޮތަށް ފަރުމާ ކުރުމަށެވެ. ނަމަވެސް އެއަށް ވައްޓާލާ ވަކިލާރިތަކުގެ ޖުމްލަ އެނގުން އެންމެ ރަނގަޅުވާނީ އަހަރު ނިންމާފައި ހުޅުވާލެވޭ ގޮތަށް ހެދުމުން ކަމަށް ބަލައި، ފަހުން ބަދަލު ގެނައީ، ކަފާލައިގެން ނައްޓާލެވޭ ތަންކޮޅެއް އެ ގޭގައި ހިމަނާށެވެ.
އެލައިޑްގެ މާކެޓިން ޓީމުގެ ފުރިހަމަ ވިސްނުމާ އެކު ތައްޔާރުކުރި މި ކަލަންޑަރަށް އިތުރު ފުރިހަމަކަން ގެނެސްދިނީ މިކަހަލަ އާޓް މަސައްކަތުގައި މަޝްހޫރު ހަސަން ސުޖާއު އެވެ.
އެލައިޑްގެ ސީނިއަ އޮފިސަ މާކެޓިން، ހަސްނާ ހަސަން މައުމޫން، އެލައިޑް އާާ ކަލަންޑަރު ޕެކް ހިފަހައްޓާލައިގެން
އެލައިޑުގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފު ވިދާޅުވީ މި ކަލަންޑަރަށް އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނީ މޭޒުމަތީގައި ބަހައްޓާލެވޭ ގޮތަށް އެ ހިތްގައިމުކަމާ އެކު ހެދުމުންނެވެ.
މުހިންމު ކަސްޓަމަރުންނާއި ހާއްސަ އެހެން ފަރާތްތަކަށް ހަދިޔާއެއްގެ ގޮތުގައި ދޭން އެލައިޑުން 1500 ކަލަންޑަރު ހެދި އެވެ. އެކަމަކު އެ ހުރިހާ އެއްޗެއް މިހާރު ވަނީ ހުސްވެފަ އެވެ.
އާ އަހަރުގެ މި ހާއްސަ ގެއާ އެކު އެލައިޑުން އަނެއްކާވެސް މި ވަނީ ތަފާތު ޝައުގުވެރިކަމެއް އުފައްދައިފަ އެވެ. މީގެ ކުރިން ވަކިލާރިއާ މެދު ސަމާލުކަން ނުދޭ ކިތައްމެ ބަޔަކު، އެލައިޑްގެ މި ގޭގެ ކުޑަދޮރުން އެތެރެއަށް ވަކިލާރި ވައްޓާލުން ވަރަށް ކައިރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅަހުއްތު
17 January 2019
ގަންނަންވެސް ނުލިބޭނެތޯ؟؟
މުނައްވަރު (މޮފްޓް)
17 January 2019
އަހަރު ފަހުކޮޅަށް ދާއިރު ހުރިހާ ވަކިލާރިއެއް ތީގަ... ދެން ޖެހޭނީ ފިހާރަތަކުން ލާރި މާރު ނުވެގެން އުޅެން. ބޮޑު ކަންތައްގަނޑެއް.. އަނެއްކޮޅުން ތި ކަލަންޑަރަށް ސޭވްކުރި ފައިސާ އަޅާފަ ހުއްޓާ ވަގަށް ތޯއްޗެއް ނަގާނީ.... ބަޓް އައި ލައިކް ދަ ކޮންސެޕްޓް
ބޭކާރު
16 January 2019
އަހަރެއް ނިމޭއިރު ތިޔަށް ނުކުރެވޭނެ ވަކލާރިން އެއްކުއްޖެއްގެ އެއްމާއްދާގެ އެންމަހުގެ ފީވެސް
ާަަަފާތި
16 January 2019
އަޅެ ވސަޅި، ވަރަށް ބޭނުން. މަށަށް މީގެ ކަލަންޑަރެއް ދޭނެ މީހެއް ވާނެ ނަމަ.
ކަލަންޑަރު
16 January 2019
ހަބަރުގަ ޖަހާވަރުގެ ކަމެއްނޫން. ތީ ވަރަށް އާންމު ކަލަންޑަރު ޑިޒައިންއެއް.
ނުޒްހާ
16 January 2019
ޢަހަރެން މިއުޅޭ އޮފީހުން އަދިވެސް ކަލަންޑަރ އެއް ނުލިބޭ.
މިންމި
16 January 2019
ޙަމަ ސޭމް
ޖުލައި
17 January 2019
މޭޒުމަތީ ބަހައްޓާ ކަލަންޑަަކީ ބޭކާރު ތިމާވެއްޓައް ގެއްލުމެއް. ސުމާޓު ފޯނުގަ ބޭނުން ކަލަންޑަރެއް އަޅައިގެން އުޅެންވީ. ސްމާޓުފޯނު ގެން ގުޅުނަކަސް މީހުން ސްމާޓެއްނުވޭ. އަދިވެސް ކަރުދާސް ބޭކާރުކުރުމުގަ
ޖުމް
16 January 2019
މޭޒުމަތީ އިން ކަލަންޑަރެއް ނޫން. ހުރި ކަލަންޑަރު
އޭނާ
16 January 2019
ތީކީ އެއްގޮތަކަށްވެސް އާޑިޒައިނެއްނޫން އާކޮންސެޕްޓެއްވެސް ނޫން އީބޭގައި އެބަހުރި އެކިއެކި ބޭނުންތަކަށް ބޭނުން ކުރެވޭގޮތަށް ހާދާފައި ހުރި އެކިކަހަލަ ޑެސްކް ހައުސް ކަލަންޑަރުތައް.
ބަނީއިސްރާއީލް
16 January 2019
ރާއްޖޭގަ މީހުނާ އިނދެގެން އުޅޭ މީހުން ވެސް އުޅޭ ބައިވަރު. ތިބޭފުޅާ މީހަކާ ވެސްނީންނާތި އެހެން ކިޔާހަ!
ތީކީ
16 January 2019
ތީކީ ނިއު އައިޑިއަރއެއް ނޫން އަދި މާމޮޅުކަމެެއްވެސްނޫން
ލޮލް ކުމާރު
16 January 2019
ކަލޭމެންނާ ހެދި ނެތެއްނުން ބަޔަކަށް ފޮނިކަޑާލެވޭކަށްވެސް.
ސިރާ
16 January 2019
އައި ގޭވް އިޓް ޓޫ މައި ސަން . ހީލައިކްސް ޕިގީ ބޭންކް