އަލޯރާއިން އިތުރު ބްރޭންޑެއް ތައާރަފުކޮށްފި

ތުރުކީގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ނެވީ" ބްރޭންޑްގެ ފަރުނީޗަރު އަލޯރާ ޕޭން ހޯމުން ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.


މި ބްރޭންޑަކީ އަލޯރާއިން ރާއްޖެ އަށް ތައާރަފު ކުރި ތުރުކީގެ ދެ ވަނަ ބްރޭންޑެވެ. މި ބްރޭންޑް ތައާރަފު ކުރުމާ އެކު، މި މަހުގެ 19 ގެ ނިޔަލަށް އަލޯރާއިން ވިއްކާ އެ ބްރޭންޑުގެ ހުރިހާ ފަރުނީޗަރަކުން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.

ނެވީ ބްރޭންޑުގެ ބެޑްރޫމް ސެޓެއް-- ފޮޓޯ: އަލޯރާ ޕޭން ހޯމް

ނެވީ އަކީ ފަރުނީޗަރު އުފެއްދުމުގެ ދާއިރާގައި 41 އަަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ. މި ކުންފުންޏަކީ ކޮލިޓީ ޕްރޮޑަކްޓްތައް އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކުންފުންޏެކެވެ.

މި ކުންފުނިން ފަރުނީޗަރު އުފެއްދުމުގައި އަމަލު ކުރަމުން އަންނަނީ އައިއެސްއޯ 9001:2015 ކޮލިޓީ މެނޭޖްމަންޓް ސިސްޓަމަށާއި އޯއެޗްއެސްއޭއެސް 18001:2014 ހެލްތާއި ސޭފްޓީ މެނޭޖްމަންޓް ސިސްޓަމަށެވެ. މިއީ ހައި ކޮލިޓީ ހިފެހެއްޓުމުގެ ގޮތުން އެކުންފުނިން އަމަލު ކުރަމުން އަންނަ ސިސްޓަމްތަކެކެވެ.

އަލޯރާއިން ބުނީ އެ ކުންފުނީގެ މަގުސަދަކީ ކަސްޓަމަރުންނަށް ތަފާތު ޑިޒައިންތަކުގެ ގިނަ ޕްރޮޑަކްޓްތައް ފޯރުކޮށްދިނުން ކަމަށެވެ.