ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ނޫސްވެރިންނާ ވާހަަކަ ދައްކަވަނީ. -- ފޮޓޯ: މިހާރު
12 ނޮވެމްބަރ 2019 - 13:02
މި އަހަރު ރާއްޖެ އަށް 1.5 މިލިއަން ޓޫރިސްޓުން ގެންނަން ކަނޑައެޅި ލަނޑުދަނޑި މި މަހުގެ ފަހު ހަފުތާ ތެރޭ ހާސިލްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސްޕެއިނަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، މި ސަރުކާރަށް އެއް އަހަރުވެ، ހަފްތާއެއްވާ ފަހުން 1.5 މިލިއަން ޓޫރިސްޓުން ހަމަވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ރާއްޖެ އަށް ލިބުނު ސުލްހަ މަސަލަސްކަމުގެ ސަބަބުން ލިބުނު ކުރިއެރުމެކެވެ.
ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒު ހިފާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާނުކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާނުގަ އެވެ.
"ވަރަށް ކާމިޔާބު އަހަރެއްގެ ގޮތުގައި މިއަހަރު އަޅުގަނޑުމެންނަށް ހާސިލުވެގެން މިދިޔައީ. އެކަމަށްޓަކައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި ޓޫރިޒަމް އިންޑަސްޓްރީގެ ހުރިހާ އެންމެންނަށް ޝުކުރު އަދާކުރަން. އަދި މިހާރު ފޯކާސްޓް ދައްކާ ގޮތުން އިތުރު އެއް ލައްކައަކާ އެކު 1.6 މިލިއަނަށް ދިޔުން އެއީ އެކަށީގެންވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރީ 1.4 މިލިއަން ޓޫރިސްޓުންނެވެ.
އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް އެކި ދާއިރާ އަށް ފުޅާކޮށް ކުރިއެރުވުމަށްޓަކައި މުހިއްމު ގިނަ ކަންކަން ކުރުމަށް ރާވާފައިވާ ކަމަށެވެ. އެގޮތުން އަންނަ އަހަރު ޓޫރިޒަމް ހަފުތާ ފާހަގަކުރުމަށް ދުރާލައި ރާވައިގެން ގިނަ ހަރަކާތްތައް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދުނިޔޭގެ ކުރީގެ ތަރިންގެ ޓީމެއް ރާއްޖެ ޒިޔާރަތްކޮށް، އެ ކުޅޭ މެޗްތަކުގެ ތަފްސީލުތައް ދޭނަން. އެގޮތުން ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކުޅުންތެރިން ހިމެނޭނެ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އަންނަ އަހަރު ސްކޫބާ ޑައިވިންގެ ރެކޯޑެއް ހެދުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެގޮތުން ރާއްޖޭގެ ރަށެއްގެ ވަށައިގެން 500 މީހުންނާ އެކު ސްކޫބާ ޑައިވިނަށް ދިއުމުގެ ރެކޯޑު ހަދާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދައުރަކަށް އެދެވޭ އަދިއެއްފަހަރު
12 November 2019
ދޮޅުމިލިޔަން ޓުއަރިސްޓުން ވަންނާނެ ހިޔާވަހި ހެދިމީހާ ދޮޅުމިލިޔަން ޓުއަރިސްޓުން ގެންނާނެ ފްލައިޓްތައް ޖައްސަން އެއާރޕޯޓު ބޮކުރިމީހާ އެހުރީ... އިނާމަކަށް ޖަލުގޮޅިދެނީ.. ލަދެނެތް ބަޔަކުތިބި ސަރުކާރެއްވީމަ އިހްސާންތެރިކަމެ އީމާންތެރިކަމެ ނެތީމަ ވާގޮތްމީ.. ޝުކުރިއްޔާ ތަރައްގީގެ ބާނީ ރޔާމީން... ތިޔަނަން ފޮހެނުލެވޭނެ ދުވަހަކު މިގައުމުން ތިޔައީ ހަގީގީ ދިވެހިންގެ ރައީސް.. ތިޔައީ ދިވެހިންނަ ވެރިކަންކޮއްދިން ދިވެހިންގެ ވެރިޔަކީ..
މޯޑް
12 November 2019
10 މިލިޔަން ޓޫރިސްޓުން ހަމަވިޔަސް އަހަރަމެން އުޅެންޖެހޭނި މިހާލުގަ. މިހާރު ހެޔޮއެދޭ ސަރުކާރުން ނިކަމެތި ރަށްއިތުމީހާގެ ޓެކްސީގަނޑް ތި ގެންދަނި ފޮލިހުން ގަންނުވާ ނަގައިގަނެގެން. އެއްވެސް ކަހަލަ ބަދަލެއް ވެސް ނުދީ. ކިތައް އާއިލާތޯ މިހާރު ބިކަވެފަ މިތިބީ.
މަރްހަބާ
12 November 2019
ތިޔަ އަދަދު ހާމަކުރެއްވި ގޮތަށް މިސަރުކާރު އައި ފަހުން ފަތުރުވެރިން މަރުވާ މިންވަރު ކުރިއާ އަޅާބަލާއިރު ދަށްކުރެވިފައިވާ މިންވަރު ބެލުންވެސް ވަރަށް މުހިއްމު. އެ އަދަދުތައް މައްޗަށްދާނަމަ ކޮންމެވެސް ދުވަހަކުން އެކަން ބައިނަލްއަގްވާމީ ނިއުސްއަށް އަރާ ފަތުރުވެރިކަމަށް އަސަރުކުރާނެ.
ކޮރަލް
12 November 2019
އުފާ ވެރި ހަބަރެއް ނޫނެވެ. އާއްމު ރައްޔިތުންނަށް ވާ ފައިދާ އެއް ނެތެވެ.
ޝޮކްތެރަޕީ
12 November 2019
އެމްޑީޕީގެ ސަބަބުން ރާއްޖެ މިވަނީ ކިލަބުވެފަ. ބޭރުގެ ޤައުމުތަކުގާ ރާއްޖެ ފަލީހެއްކުރަމުން ދުވީ އެމްޑީޕީގެ ލީޑަރުން. ރައިސް ޔާމިންމެން ނުދާނެ އެގޮތަކަ ރާއްޖެ ބަދުނާމު ކުރަމުން.
އަހުލިހަ
12 November 2019
ދޮޅު މިލިއަން ހަމަވީމައި އަހަރުމެނައް ލިބެނީ ކޮން އުފަލެއް؟ މިހާރުވެސް ވަޒީފާއެއް ލިބޭތޯ އެތައް ރިސޯޓަކައް ލިއުން ފިނުފައިފިން. ބޭނުން ވެގެން ބުނެފައި ވާ ހުރިހައި ޝަރުތެއް ހަމަވޭ. ނުލިބޭތާގަ ވާނުވާ އަންގާލަން ގުޅާލާނަމަވެސް އެއްމެ ރަނގަޅު. ފަހުން ބަލާއިރު ކޮންމެވެސް ބޭރުގެ މީހަކައް އެވަޒީފާ ހަމަޖެފައި އޮއްނަނީ. މީސީދާ ދިވެހި ރައްޔިތުންގެ މިއަދުގެ ހާލަތު. ރިސޯޓުމުއައްޒަފުންގެ ހާލަތު ތި މިނިސްޓުރީން ވެސް ބަލައެއް ނުލާ.
ބާބު
12 November 2019
ސުލްހަމަސަލަސްކަން އޮންނާނެތާ. ސުލްހަނަގާލާން މަސައްކަތްކުރާ މީހުން ބޮޑުޓައީ އަޅުވާފައި އޮފީހަށްށާއި ކޮފީއަށް ފޮނުވީމާ.