ޗައިނާ އީސްޓަން އާއި ޗައިނާ ސަދަން އިން ޚާއްސަ ފެއާތަކެއް ވިލާ ޓްރެވަލްސް އިން ހަމަޖައްސައިފި

ޗައިނާގެ ދެ އެއާލައިން ކަމަށްވާ ޗައިނާ ސަދަން އާއި ޗައިނާ އީސްޓަން އިން މާލެ ކޮލޮމްބޯ އަށް ޚާއްސަ ފެއާތަކެއް ވިލާ ޓްރެވަލްސް އިން ހަމަޖައްސައިފި އެވެ.


ޗައިނާ ސަދަން އެއާލައިނުން ބިޒްނަސް ކްލާހާއި އިކޮނޮމީ ކްލާހަށް ޚާއްސަ ފެއާތައް ކަނޑައަޅާފައިވާއިރު ޗައިނާ އީސްޓަން އެއާލައިނުން ކަނޑައަޅާފައި ވަނީ އިކޮނޮމީ ކްލާހަށް ޚާއްސަ ފެއާއެއް އެކަންޏެވެ. އެގޮތުން ޗައިނާ އީސްޓަން އިން މާލެ-ކޮލަމްބޯގެ ދެކޮޅު ޓިކެޓް 252 ޑޮލަރު (3،885ރ.) އަށް ލިބޭނެ އެވެ.

ޗައިނާ ސަދަން އިން ބިޒްނަސް ކްލާހުގައި ދަތުރު ކުރާ މީހުންނަށް ދެކޮޅު ޓިކެޓް 695 ޑޮލަރު (10،716ރ) އަށް މިހާރު ލިބޭނެ އެވެ. އަދި އެ އެއާލައިނުން އިކޮނޮމީ ކްލާހުގެ ދެކޮޅު ޓިކެޓް 235 ޑޮލަރު (3،623ރ.) އަށް ލިބޭނެ އެވެ.

މި ދެ އާލައިނުން 23 ކިލޯގެ ބޭގެޖް ގެންދެވޭއިރު ހަފްތާގެ ހަތް ދުވަހު ފްލައިޓުތައް އޮންނާނެ އެވެ. އެގޮތުން ޗައިނާ ސަދަންގެ ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ. ޗައިނާ އީސްޓަންގެ ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ، ހުކުރު އަދި ހޮނިހިރު ދުވަހު އެވެ.

މި ދެ އެއާލައިނުން ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް ވިލާ ޓްރެވެލްސް މެދުވެރިކޮށް ޓިކެޓް ބުކް ކުރެވޭނެ އެވެ.