ފްލައިމީގެ އާ ފްލައިޓް--ފޮޓޯ: ނިޝާން އަލީ/ މިހާރު
03 ފެބުރުއަރީ 2020 - 21:27
ފްލައިމީ އިން ހަނިމާދު އަށް ހާއްސަ އަގުތަކެއްގައި ދަތުރު ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ފްލައިމީއިން ހަނިމާދު އަށް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހާއި 22 ވަނަ ދުވަހު އެވެ. އެ ދެ ދުވަހަށް ވެސް ހާއްސަ އަގުތަކެއް ކަނޑައަޅާފައިވެ އެވެ. ހަނިމާދު އަށް ފްލައިމީގެ ޝެޑިއުލް ދަތުރުތައް ނުކުރި ނަމަވެސް، މި ހާއްސަ އަގުތައް ކަނޑައަޅާފައިވަނީ އެ ދުވަހު ދަތުރު ކުރާ ފްލައިމީގެ ޗާޓާ ފްލައިޓްތަކަށެވެ.
ފްލައިމީގެ ޓްރެވެލް އޭޖެންޓް، ވިލާ ޓްރެވެލްސްގެ މެނޭޖާ ފަރުހަތު އަބްދުއްލަތީފު ވިދާޅުވީ، އެ ދެ ދުވަހުގެ ފްލައިޓުން ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ވެސް ޓިކެޓް ނެގޭނެ ކަމަށެވެ. ޓިކެޓްގެ އަގަކީ 955ރ. އެވެ.
ޓިކެޓް ގަތުމަށްޓަކާއި ވިލާ ޓްރެވެލްސްގެ އަށް ގުޅައިގެން ކުރިއަށް ގެންދިޔުމަށް ވިލާ ޓްރެވެލްސް އިން އެދެ އެވެ.
ފްލައިމީއިން ދަތުރު ކުރާ ރާއްޖޭގެ މަންޒިލްތަކުގެ ތެރޭގައި، އދ. މާމިގިއްޔާއި ބ. ދަރަވަންދޫ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
04 February 2020
ޓިކެޓް އަގު ޖަހާ އިރު އެއްކޮޅުތޯ ނޫނީ ދެކޮޅު ތޯ ޖަހާލުން ރަނގަޅު ވާނެ އެވެ.
ގާސިމް
04 February 2020
އެއީ އެއްކޮޅު ޓިކެޓްގެ އަގު
އަންވޫ
04 February 2020
ފްލައިމީން ކުޑަހުވަދޫއަށްވެސް ތިގޮތަށް ދަތުރު ކޮށްދޭނަމަ ވަރަށް އަގުހެޔޮވީސް
މމާންތާ
03 February 2020
އައްޑޫ ފުވައްމުލަކަށް ފެއްޓި ދަތުރުތައްވެސް މާގިނަ ދުވަހެއް ނުވެ ހުއްޓާލީ. ފުލައިމީ ހިންގަންތިބީ ތިކަން ކުރެވޭ ފެންވަރުގެ ބައެއްނޫން.
ދިއްދޫ ހަންދަރު ޙަސަނު
03 February 2020
މަ އަޖައިބު ވަނީ ގާސިމް އިބްރާހީމް އަމިއްލަ ފަރުދަކު ސަރުކާރުގެ ކުންފުނިން ކުރާ ދަތުރުތަކަށްވުރެ އަގު ހެއުކޮން ކޮށްދޭތީ އެވެ ގާސިމް އެއަރޕޯރޓް ބޭނުން ކުރަނީ ސަރުކާރުން ކަނޑައަޅާ ކުލި މަހުން މަހަށް ދައކައިގެނެވެ އަދި އެސްޓީއޯއިން ވިއްކާ އަގަށް ތެޔޮގަނެގެނެވެ މިހުރިހާ ކަމަކާއި އެކު އޮނަރަބަލް ގާސިމްގެ ފުލައިމީގެ ޓިކެޓް އަގު ހެއުވީމަ ސަރުކާރުގެ ވެެރިންގެ އިޚްލާޞްތެެރިކަމާމެދު ސުވާލު އުފެދެއެވެ
ބަކުރު އަލީ
03 February 2020
ފްލިމީން ޚާއްސަ އަގުތަކުގައި ލ.އަތޮޅަށްވެސް ދަތުރު ފެއްޓުމަކީ ޢާއްމުން ވަރަށްބޭނުން ވާކަމެއް. ވަރަށް އެދުވަސް ދެކެން ބޭނުން.