ރަންދެލި ރިސޯޓުގެ ވިލާއެއް-- ފޮޓޯ: ޝަވެލް ބްލާންކް ރަންދެލި
16 މެއި 2020 - 22:50
ނ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ޝަވަލް ބްލާންކް ރަންދެލި ރިސޯޓުން ވެސް ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ ސިއްހީ ސާމާނު ހަދިޔާކުރަން ނިންމައިފި އެވެ.
ރަންދެލި ރިސޯޓުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އަށް ހަދިޔާ ކުރަން ނިންމާފައި ވަނީ 10،000 ސެނިޓައިޒާ އާއި 30،000 އަންގި އާއި 10،000 މާސްކު އަދި 10،000 ފޭސް ޝީލްޑާއި 5،000 ޕީޕީއީ ކިޓެވެ.
ރަންދެލި ރިސޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުނިން ހަދިޔާކުރާ ތަކެތި މި މަހުގެ 21 ވަނަ ދުވަހު ރާއްޖެ ގެނެވޭނެ ކަމަށެވެ. މި ތަކެތި ގެންނަނީ އަބޫދާބީން ކަމަަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއިން ކޮވިޑް-19 ފެނުމާއެކު އެކި ރަށްތަކުން ވަނީ އެ ރިސޯޓުން އެހީއަށް އެދިފަ އެވެ. ނަމަވެސް ވަކި ރަށަކަށް އެހީވުމުގެ ބަދަލުގައި މުޅި ރާއްޖެއަށް ފައިދާވާނެ ހެން އެންޑީއެމްއޭއަށް ހަދިޔާކުރަން ނިންމި ކަމަށް ވެސް ރަންދެލީގެ އޮފިޝަލު ވިދާޅުވި އެވެ.
ޝެވަލް ބްލާންކް ރަންދެލިއަކީ ރާއްޖޭގައި އެންމެ ގިނައިން ސާވިސް ޗާޖު ދޭ ރިސޯޓުތަކުގެ ލިސްޓުގެ ކުރީގައި އޮންނަ ރިސޯޓެކެވެ. އެ ރިސޯޓުގެ ފަރާތުން އަތޮޅުގެ ރަށްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ވެސް ފޯރުކޮށްދެ އެވެ.
ނ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ރިސޯޓުތަކުގެ ތެރެއިން ރަންދެލީގެ އިތުރުން ވެލާ ޕްރައިވެޓް އައިލެންޑުން ވެސް ސިއްހީ ހިދުމަތްތެރިންނަށް ބޭނުންވާ ސާމާނު ރާއްޖެއަށް ހަދިޔާ ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަތޮޅު ކުއްޖާ
17 May 2020
ރަންދެލި ރިސޯޓްގެ ނިންމުން ރަނގަޅު. އަތޮޅުގެ ވަކި ރަށަކަށް ދިނުމުގެ ބަދަލުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާއާއި ހަވާލުކުރުން މާ ބޮޑަށްވެސް ރަނގަޅު
ހަސަނު
17 May 2020
ބޮޑެތި ދިވެހި ކުންފުނި ތަކަށް ދީފަ ހުރި ރަށް ތައްވެސް ދޭންވީ މި ބޭރު މީހުނަށް.. މާ ރަނގަޅުވާނެ
ފާއިޒު
17 May 2020
ރިސޯޓްތައް ހިންގާ އަޅުގަނޑުމެން ދިވެހި މަހުޖަނުންތައް ލަދު ނުގަންނަކަން! އެވެރިން ފުރަތަމަދުވަހު ބަހުރޫޓްގެ ފަގީރު ވެއްޖެ
ހުސްނޫނު1
16 May 2020
ބިދޭސީ މެނޭޖްމަންޓްތައް މާރަނގަޅު. ރަނގަޅު މުސާރައާއި ބޮޑު ސާވިސްޗާޖްވެސް ދޭ. އަދި އެހީވެސްވޭ..
އޮނަރަބްލް އަފީފު ދީދީ
16 May 2020
ޙަޤީގަތުގައި ސަރުކާރުން ބޭނުމެއްނުވޭ ކުޅުދުއްފުއްޓާއި އައްޑޫ އިކްއިޓޯރިއަލް ހޮސްޕިޓަލުން ކޮވިޑް ޓެސްޓް ހެދޭނެގޮތް ހަމަޖައްސާކަށް. # އެހެންނޫންނަމަ މިޤައުމުގައިތިބި އިމިޤްރޭޝަން ޤާނޫނާއިޙިލާފު ލައްކައެއްހާމީހުނަށް ބޯހިޔާވަހިކަމާއި ކެއުމާއި ކޮވިޑްޓެސްޓް ކުރެވޭނެގޮތް ހަމަޖައްސާން ހަރުގެ ހަދަން 800މ ޙަރަދުކުރިބަޔަކަށް ކީއްވެ ޓެސްޓްމެޝިން ނުގެނެވެންވީ؟! ކުޅުދުއްފުއްޓާއި އައްޑޫން ކަފަބުރު އުފުލަން ޗާޓަރ ފްލައިޓަށް ޙަރަދު ކޮށްފި 20 މެޝިން ގަނެވޭނެ ލާރި.
ފާއިޒު
17 May 2020
ސާބަހޭ އަފީފޫ! ކޮންމެވެސް ވަރަކަށް މިކޮމެންޓް ހަބަރާ ގުޅޭ!! %10 ވަރު
ނަން
17 May 2020
މި ވާހަކައަށް ފުރިހަމަ ތާއީދު. މާލެ ފިޔަވާ އެހެން ރަށެއްގަ އެއްވެސް ކަމެއް ވުމަކަށް އެއްވެސް ސަރުކާރަކުން ނޭދޭނެ.