ބީއެމްއެލްގެ މުވައްޒަފަކު ޑޮލަރު ގުނަނީ:ފޮޓޯ: މިހާރު
14 ސެޕްޓެމްބަރ 2020 - 11:51
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ގާތްގަނޑަކަށް 20ރ. އަށް ގާތްވެފައި އޮއްވާ، ކުއްލިއަކަށް 19ރ. އަށް ވުރެ ދަށަށް ވެއްޓިއްޖެ އެވެ.
މާލޭގައި ޑޮލަރު ގަނެ ވިއްކާ ތަންތަނުން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ޑޮލަރު ގަންނަމުން ދިޔައީ 19.80ރ. އަށެވެ. އެކަމަކު މިހާރު ޑޮލަރެއްގެ އަގު ވަނީ 18:80ރ. އަށް ވެއްޓިފަ އެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮތުމުން ޑޮލަރު ލިބުން ތާށިވެ، އޭގެ އަގު، ކަޅު ބާޒާރުގައި ދިޔައީ މަތިވަމުންނެވެ. އެކަމަކު މިހާރު މި އައި ކުއްލި ބަދަލު ގުޅެނީ، ޑޮލަރު ގަނެ ވިއްކާ ބައެއް މީހުން ބުނާ ގޮތުގައި، ޑޮލަރަށް މި ވަގުތު އޮތް ޑިމާންޑް ދަށްވުމުންނެވެ.
ރާއްޖޭގައި ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42ރ. އެވެ. ނަމަވެސް ޑޮލަރު ލިބުން ތާށިވުމުން މިދިއަ ދުވަސްތަކުގައި، ބައެއް ހަފްތާތަކުގައި، އެވްރެޖްކޮށް 30-50 ލާރިއަށް ޑޮލަރުގެ އަގު އުފުލެމުން ދިޔަ އެވެ.
ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމުން ހަތަރު މަހެއްހާ ދުވަހު ރާއްޖެއަށް އެއްވެސް ޓޫރިސްޓަކު ނާދެ އެވެ. އެކަމަކު ޖުލައި 15 ގައި އަލުން ބޯޑަރު ހުޅުވުމާ އެކު، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިހާރު ވަނީ އިތުރުވާން ފަށައިފަ އެވެ. ބައެއް ރިސޯޓްތަކުން ބުނާ ގޮތުގައި އަންނަ މަހާއި ނޮވެމްބަރު މަހުގެ ރިޒަވޭޝަން ދައްކަނީ ވަރަށް އުއްމީދީ ގޮތަކަށެވެ.
އެކަމަކު ކޮވިޑް-19ގެ ހާލަތު ބައެއް ގައުމުތަކާއި ރާއްޖޭގައި ބަދަލުވާ ގޮތަކުން، ބުކިންސްއަށް ނުބައި އަސަރުކުރުމުގެ ފުރުސަތު އޮވެ އެވެ. އެހެންކަމުން ކުރިއަށް އޮތް ދެ މަހަށް ގިނަ ބަޔަކު ބުކްކޮށްފައި އޮތަސް އެ މީހުންގެ ދަތުރުތައް ހަގީގަތަކަށް ވުމުގެ މައިގަނޑު ސަބަބަކަށް ވާނީ، އެމީހުން އަންނަ ގައުމާއި ރާއްޖޭގައި ކޮވިޑް-19 ފެތުރޭ ނިސްބަތް ކަމަށް، ޓޫރިޒަމް ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނެ އެވެ.
ޑޮލަރުގެ ކަޅު ބާޒާރު އުފެދުމާ ގުޅިގެން ރާއްޖެ އެތެރެކުރާ ތަކެތީގެ އަގު ވެސް މިހާރު ވަނީ އުފުލިފަ އެވެ.
ބޭންކުތަކުން އެކަށީގެންވާ ވަރަށް ޑޮލަރު ނުލިބޭތީ ވިޔަފާރިވެރިން ޑޮލަރު ގަންނަން ޖެހެނީ ކަޅު ބާޒާރުންނެވެ. އެހެންކަމުން ކަޅު ބާޒާރުގައި ޑޮލަރަށް އަންނަ ބަދަލު ބާޒާރުގައި ތަކެތީގެ އަގަށް ވެސް އާދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢުނބު ޝޭމް
15 September 2020
ޖަޒީރާ ވަންތާގައި ޑޮލަރު ފާހާނާ ބޭނު މެއް ނުކުރާނެ. ސީލާނީ އަތިރި ސްޓައިލް އަށް. ޢެހެންވެ ޑޮލަރު އަގުބޮޑު ވިޔަސް އަޅާނުލާ. މިދަނީ ޖަޒީރާ ވަންތަވަމުން
ޕަބޭ
15 September 2020
ޑޮލަރު އޭ.ޓީ.އެމް އިން ޑޮލަރު ނަގައިގެން ދޮރާ ހަމައަށް ނުދެވޭނެ އެއްކަލަ ހާލުހަ އުޅޭ ނިކަމެތި ބޮންދުމީހާ އެންމެ ފަހުގެ ސްމާޓްފޯން ހިފައިގެން އައިސް ބާއީ ޑޮލަރު މާރުކުރަން ބޭނުންތަ. 5000ޑޮލަރު މާރުކުރަންޏާ ސްޕެސަލްރޭޓް ދެނީ އިނގޭ. ވިސްނާލާ ދެން މި މީހުން އެ ހޯދާ ގޮތަކަށް ލާރިހޯދާފަ ހުންނާނެ ވަރު... މުޅި އެތާ ކުރިމަތީ އެމީހުން.. ކަމާބެހޭ އިދާރާތަކުން މިކަން ހިނގާގޮތް ބަލާލަން ބޭނުން ނުވެސްވަނީ.. މިހެން ބުނީމަ ގޯސްވާނީ އަހަރެން.
ކޮރަލް
15 September 2020
އެމްއެމްއޭގެ ގާނޫނާ ހިލާފައް ބިދޭސީން ޑޮލަރު ފުލުހުން ކުރިމަތީ ބޮޑު އަގުގަ ގަނެ ވިއްކާ އިރު އެންމެ ސުވާލެއްވެސް ކޮށް ނުލަ އެވެ.
ޝުޖާޢު
15 September 2020
ބޭންކުތަކުގައި އުޅޭ މީހުން ތޯއްޗެ، ކަޅުބާޒާރުގައި ޑޮލަރު ދައުރުކުރުވަނީ. ބޭންކުތަކުން ވިޔަފާރިވެރިންނަށް ޑޮލަރު ދިނުން ވަނީ ހިފަހައްޓައިފައި. ވިޔަފާރިވެރިން ބޭރުން މުދާ ގެންނަން ބޭނުންވާ ޑޮލަރުގެ އަދަދުން 50% ވެސް ބޭންކުން ނުދޭ. މިހެން ވުމުން، ބޮޑުއަގުގައި ޑޮލަރު ގަންނަން ޖެހޭ. މިކަމުގެ ގެއްލުން މި ލިބެނީ ހަމަ ނިކަމެތި ރައްޔިތުންނަށް
ހޮޓްކިންގ
15 September 2020
ވެއްޓުވަރުން މިހާރު ދިވެހި ރުފިޔާއެއް ނުވެސް ފެނޭވިއްޔަ
ޢަލީ ހައްމާދު
15 September 2020
އެކަކުވެސް ބޭނުމެއްނުވާނެ އަގުބޮޑުކޮށް ޑޮލަރު ގަންނާކަށް، ކަޅުބާޒާރުން ޑޮލަރު ގަންނަންޖެހޭ ސަބަބު ނައްތާލާގެން ނޫނީ ހައްލެއްނެތް
ސަގަރޭ
15 September 2020
މމަ ޑޯލަރު ގަންނަނީ ހަމަ ބޯކޮށް ކަންނެލި ދޯނިފަހަރުގެ ކައްޕިއަތުން 15.42 ރފ އަށް.
ބޭބެ
14 September 2020
ޑޮލަރު ވަގު ވިޔަފާރިކުރާ މީހުންނޭ ނުބުނެވޭނެ. މަނީ އެކްސްޗޭންޖަކީ ވަގު ވިޔަފާރި އެއް ނޫން.. އެކަން ދަންނާނެ އެމް.އެމް.އޭ، ސްޓޮކް އެކްސްޗޭންޖް ދަންނަ އަދި ކިޔަވައިގެން ތިބި މީހުން..
މީމަގޭ ހިޔާލު
14 September 2020
އަސްލު ބޭރުންއަންނަ ފަތުރުވެރިޔާވެސް އެމީހުންގެންނަ ޑޮލަރުޖެހޭނީ ހުއްދަ އޮންނަ އެކްސްޗޭންޖަކުން ދިވެހި ރުފިޔާއަށް ބަދަލުކުރަން އެއަށްފަހު އެފައިސާ އެމީހުންނަށް ހަރަދުކުރެވޭނީ މިގައުމުގަ ސިޔާސީ މީހުންނާ ގާނޫނުހަދާމީހުންނަކީ އެއްވެސްވަރަކަށް ގައުމުގެ ހާލަތު ރަނގަޅުކުރަން އުޅޭބައެއްނޫން
ޔާނު
14 September 2020
12.85 އަށް ލިބޭ މިހާރު
ޙުސައިން ރަޝީދު
15 September 2020
7އަށް