ވިޔަފާރި / އެންމެ ކުޑަ އުޖޫރަ

މިނިމަމް ވޭޖް ކަނޑައެޅުން މާދަމައަށް ފަސްކޮށްފި

މިނިމަމް ވޭޖްގެ ބޯޑުގެ ބައެއް މެންބަރުން. މި ހަފްތާގައި ބޯޑުން އަދަދުތަކެއް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައި-

އެންމެ ކުޑަ މުސާރައިގެ ގޮތުގައި ދޭނެ ވަރެއް، ކަނޑައެޅުމަށް މިއަދަށް ތާވަލް ކުރި މިނިމަމް ވޭޖް ބޯޑު ބައްދަލުވުން މާދަމާއަށް ފަސްކޮށްފި އެވެ.

ވޭޖް ބޯޑުގެ މެމްބަރު އަދި ޓީމުގެ ސެކްރެޓަރީ ޖެނެރަލް މައުރޫފް ޒާހިރު (މާއްޓެ) ވިދާޅުވީ، ބައްދަލުވުން މާދަމާ މެންދުރު 2:00 ގައި އޮންނާނެ ކަމަށެވެ. ބައްދަލުވުން ފަސްކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ.

މިނިމަމް ވޭޖް ބޯޑުން ނިންމާ ނިންމުން ހިއްސާކުރާނީ އިކޮނޮމިކް މިނިސްޓްރީއާ އެވެ.

މީގެ ކުރިން އިކޮނޮމިކް މިނިސްޓާރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅުން ލަސްވަނީ، ވޭޖް ބޯޑުން ގޮތެއް ނިންމުން ލަސްވާތީ ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން، މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭނީ ވޭޖް ބޯޑުން ދޭ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓަރެވެ. އެއީ މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތައް ހިމެނޭ ގޮތަށް އުފައްދާފައިވާ މިނިވަން ބޯޑެކެވެ.

މިނިމަމް ވޭޖެއް ކަނޑައެޅުމުން އޭގެ އެންމެ ބޮޑު ފައިދާއެއް ވާނީ އެންމެ ކުޑަ މުސާރަ ލިބޭ މުވައްޒަފުންނަށެވެ. ސަރުކާރުން މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައި އޮތް ސީލިންގަކީ 6،700ރ. އާއި 8،900ރ. އާ ދެމެދުގެ އަދަދެކެވެ. މިނިމަމް ވޭޖް ބޯޑުން އެއްބަސްވަނީ ސަރުކާރުން ބޭނުންވާ އަދަަދަށް ކަމެއް އަދި ސާފެއް ނޫނެވެ.

މިނިމަމް ވޭޖެއް ކަނޑައެޅުމަށް އެކި ފަހަރު މަތިން ސަރުކާރުން ވަނީ ތާރީހުތަކެއް ދީފަ އެވެ.

20 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 11%
icon angry icon angry 56%
icon wow icon wow 11%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮރަޕްޝަން

22 September 2021

ތިއީ ދުވަހަކުވެސް ވާނެ ކަމެއްކަމަށް ރައްޔިތުން ނުދެކޭ.

The name is already taken The name is available. Register?

ގަލަން

22 September 2021

ކަލް ދޯ ބަޖޭ!!! ހައް! ހައް! ހައް! މަރްޙޫމް އުސްތާޒު އިބްރާހިމް ޝިހާބުގެ ތަޤްރީރަކީ ޢިބްރަތުން ފުރިގެންވާ ތަޤްރީރެއް.

The name is already taken The name is available. Register?

ބައިރޯ

22 September 2021

ތިއޮތީ އިބުލީސް ކައިވެންޏަ ވިހެން ވެފަ އަދު ނޫން މަދަމާ

The name is already taken The name is available. Register?

މަސްވެރިޔާ

22 September 2021

ކަލް ދޯބަޖޭ. އައުކަމެއްނޫން

The name is already taken The name is available. Register?

ޒަިބު

22 September 2021

މިނިމަމް ވޭޖެއް ކަނޑައެއްނޭޅޭނެ މިސަރުކާރަކަށް

The name is already taken The name is available. Register?

ރަށްއިތުމީހާ

22 September 2021

ތިވެސް ކަޑައަޅާފަ އަވަހަށް ދީބަލަ. އަހަރަމެން މިއުޅެނި ލިބޭއެއްޗަކުން ދެކޮޅު ނުޖެހި އަގަޔާ އަތާ ދިމާ ނުވެގެންނޭ

The name is already taken The name is available. Register?

ތަރުމޯޒު

22 September 2021

ދިވެހި ފިލްމް "އަދުތޯ މާދަމާ"

The name is already taken The name is available. Register?

ާއުނިމާ

22 September 2021

ތިޔަހެރީ ވެރިކަން ކުރެވިފަ

The name is already taken The name is available. Register?

ފަރީދާ

22 September 2021

ތި ކަމެއް ނުުކުރާނެ ދުވަހަކުވެސް. ތިޔަ ކޮމިޝަނުގަ ތިބި މީހުންނަށް ހިތް ފުރޭވަރުގެ މުސާރައެއް ދެ އެއްނު. އެހެންވީމަ އެހެންމީހުން އުޅޭ ހާލެއް އިހުސާސެއް ނުވާނެ.

The name is already taken The name is available. Register?

ކަރީމުއްދީން ބާޝާ

22 September 2021

ބަންދުދުވަހަށް ކެނޑީމާ މާދަމާ އަންނާނެބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454