ޝާހްރުކް ހާންގެ "ލުކް-އެލައިކް" އިބްރާހިމް ގަދްރީ
04 މެއި 2023 - 07:42
މީގެ ދެ އަހަރު ކުރިން، ޝާހްރުކް ހާނާ ވައްތަރުވެގެން ގިނަ ބައެއް ސަމާލުކަން ލިބުނު އިބްރާހިމް ގަދްރީ، "ޕަތާން" ފިލްމުގެ "ޖޫމޭ ޖޯ ޕަތާން" ލަވަޔަށް ނަށާ ވީޑިއޯ ވައިރަލްވެއްޖެ އެވެ.
ގަދްރީގެ އިންސްޓަގްރާމް ޕޭޖަށް "ޕަތާން" ރިލީޒްކުރުމުގެ ކުރިން ޝެއާކުރި އެ ވީޑިއޯއަށް ވަނީ ގިނަބައެއްގެ ސަމާލުކަން ލިބިފަ އެވެ.
"ޖޫމޭ ޖޯ ޕަތާން" ލަވައިގެ އަސްލު ވީޑިއޯގައި ޝާހު ލައިގެން ހުރި ކޮސްޓިއުމާ ވައްތަރުގެ ހެދުމެއް ލައިގެން ގަދްރީ ނަށާފައި ވަނީ ވެސް އަސްލު ލަވައިގެ ޑާންސް ސްޓެޕްތައް ބޭނުންކޮށްގެންނެވެ.
އެ ވީޑިއޯއަށް ކޮމެންޓުކުރި ގިނަ ބަޔަކު ވަނީ ޝާހު އާއި ގަދްރީ ވައްތަރުވެ ޖޯކު ވެސް ޖަހައިފަ އެވެ.
"ޗައިނާ އިން ޝާހްރުކް ހާނަށް އޯޑަރު ކުރުމުން އޮރިޖިނަލްގެ ބަދަލުގައި ލިބޭ ފުރަތަމަ ކޮޕީ،" ކޮމެންޓުކުރި މީހަކު ބުންޏެވެ.
އެހެން މީހަކު ސަމާސާކުރަމުން ބުނީ މިއީ ޕަތާން ލަވައިގެ 144ޕީ ކޮލިޓީ ކަމަށެވެ.
"ލޯ ބަޖެޓް ޕަތާން" ގެ ގޮތުގައި އެއްބަޔަކު ސިފަކުރާ ގަދްރީގެ ވީޑިއޯ އެތައް މިލިއަން މީހުން ވަނީ ބަލައިފަ އެވެ.
ޝާހްރުކްއާ ވައްތަރުވެގެން މަޝްހޫރުކަން ހޯދި ގަދްރީ އަށް އިންސްޓަގްރާމުގައި މިހާރު 400،000 އަށް ވުރެ ގިނަ މީހުން ފޮލޯ ކުރެ އެވެ. އަދި އޭނާ ވަނީ ޔޫޓިއުބް އެކައުންޓަށް ސަބްސްކްރައިބް ކޮށްފައި ތިބި މީހުންގެ އަދަދު ވަނީ 1.4 މިލިއަނަށް އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވީނީ
04 May 2023
ތިކުއްޖާއާއެކު ސެލްފީއެއްނެގޭތޯ ދެން ބަލަންވީ.