"ބާފްޓާ 2023" އެންމެ މޮޅު އެކްޓްރެސް: ކޭޓް ވިންސްލެޓް
16 މެއި 2023 - 06:19
މި އަހަރުގެ ބްރިޓިޝް އެކަޑަމީ އޮފް ފިލްމް އެންޑް ޓެލެވިޝަން އާޓްސް (ބާފްޓާ) އެވޯޑު ހަފްލާގައި އެންމެ މޮޅު އެކްޓްރެސްގެ ރޯލު، އިނގިރޭސި ބަތަލާ ކޭޓް ވިންސްލެޓަށް ލިބިއްޖެ އެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބާފްޓާ އެވޯޑުގައި ވިންސްލެޓަށް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ލިބުނީ އޭނާގެ އަސްލު ދަރިފުޅު މިއާ ތްރެޕަލްޓަންއާ އެކު "އައި އެމް ރޫތު" ސީރީޒްގައި އޭނާ ކުޅުނު ރޯލަށެވެ.
ވިންސްލެޓް އާއި އޭނާގެ ދަރިފުޅު މިއާ ތްރެޕަލްޓަން
އެ ސީރީޒަށް ލިބުނު "ބެސްޓް ސިންގަލް ޑްރާމާ" އެވޯޑާ ހަވާލުވާން ސްޓޭޖަށް އެރީ ވިންސްލެޓާއި އޭނާގެ ދަރިފުޅެވެ. އަދި އެވޯޑާ ހަވާލުވުމަށް ފަހު ވިންސްލެޓް ވަނީ މިއާ އަށް ތައުރީފުކޮށްފަ އެވެ.
ބާފްޓާ 2023 ގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ހޯދީ "ދިސް އިޒް ގޮއިން ޓު ހާޓް" ގައި ކުޅުނު ރޯލަށް އިނގިރޭސި އެކްޓަރު ބެން ވިޝޯ އެވެ. އޭނާ އަށް އެ އެވޯޑު ލިބިފައި ވަނީ "ޕީކީ ބްލައިންޑާސް" ގެ ސިލިއަން މާފީ ފަދަ އެކްޓަރުންނާ ވާދަކޮށެވެ.
އެންމެ މޮޅު އެކްޓަރުގެ އެވޯޑު ހޯދި ބެން ވިޝޯ
ބައިނަލްއަގްވާމީ ގޮތުން ހޮވާ އެންމެ މޮޅު ސީރީޒަށް ދޭ "ބެސްޓް އިންޓަނޭޝަނަލް" ބާފްޓާ އެވޯޑު މި އަހަރު ލިބުނީ ނެޓްފްލިކްސްގެ "ޑާމާ" ސީރީޒަށެވެ.
ފިލްމާއި ޓީވީ ޝޯތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އިނގިރޭސި ފިލްމާއި ޓީވީ އެކަޑަމީން ކޮންމެ އަހަރު ބާއްވާ ބާފްޓާ އެވޯޑު ހަފްލާގައި މި އަހަރު ވެސް ވަނީ ފާހަގަކޮށްލެވޭ ގިނަ އެވޯޑުތަކެއް ދީފަ އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑީއެންއޭ
18 May 2023
ފެޓް. ފެޓޭ. ފެޓެސްޓް ފަލަ ފެޓް ކޭޓް.
ބުރުގާ
16 May 2023
އިންޑިޔާގެ މޮޅު ފިލްމު "އާރުއާރުއާރު"އަކައް ތި ބަފްޓާއެވޯޑުގެ އެންމެ މޮޅު ފިލްމުގެ އެވޯޑެއް ނުލިބޭތަ؟!؟
ކައިލީ
16 May 2023
މި ހަބަރު އެއްބައި ކިޔާފަ ކޮމެންޓް ކުރާ މީހެއް.. ބަފްޓާ އެވޯޑަކީ ހަމައެކަނި ސީރީޒްތަކަށް ލިބޭ އެވޯޑެއް
ހާއިބްރީ
18 May 2023
ރާކަނި މަސް ކެވިއްޖެއްނު. ޚަބަރު ނުކިޔާ ކޮމެންޓް ކުރަން ނޫޅެބަލަ.