ބޮޑުބެ: އޭނާ ހުރީ މިއުޒިކީ ދާއިރާ އިން ކުރިއަށް ދާން ނިންމައިގެން.
02 މެއި 2017 - 05:51
މޯލްޑިވިއަން އައިޑޮލްގެ ދެ ވަނަ ސީޒަރުން މި ފަހަރު ފެނުނު ބައިވެރިންގެ ތެރެއިން ގިނަ ބަޔަކު އެންމެ ގަޔާވި އެކަކީ އިބްރާހީމް ވަހީދު އުސްމާން (ބޮޑުބެ) އެވެ. ހާއްސަކޮށް އޭނާގެ މަޖާ ހަރަކާތްތައް ޝޯގެ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ އެވެ.
ގަދަ ފަހަކާ ހަމައިން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޭނާ އައިޑޮލްއާ އަލްވަދާއު ކިޔަން ޖެހުނު އޭނާ ހުރީ މާޔޫސްވެފައެއް ނޫނެވެ. ސަބަބަކީ އެ ހިސާބަށް ދެވޭނެ ކަމަށް ކުރިން އުންމީދު ވެސް ނުކުރާތީ އާއި ކުރިއަށް އޮތް މަސައްކަތެވެ.
"އަސްލު ވަރަށް އުފާވި ގަދަ ފަހަކާ ހަމައަށް އާދެވުނީތީ. އެ ހިސާބަށް އާދެވުނީ ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން އަދި ވަރަށް ގިނަ ފޭނުންގެ ލޯތްބާއި ސަޕޯޓާ އެކު،" ށ. ކޮމަންޑު އަށް އުފަން، ބޮޑުބެ، 21 ބުންޏެވެ.
އެހެންވެ އޭނާ ދެކޭ ގޮތުގައި އައިޑޮލްގެ ދަތުރު ފިނާލޭއާ ވަރަށް ކައިރިކޮށްފައި ވަކިވުމަކީ އެއްގޮތަކަށް ވެސް ދެރަވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ.
މޯލްޑިވިއަން އައިޑޮލް 2 ގެ ގަދަ ފަހެއްގައި ބޮޑުބެ.
"އަހަރެން ދެކެނީ ޓޮޕް ފައިވްއާ ހަމައަށް އާދެވުމަކީ ވެސް ހަމަ މޯލްޑިވިއަން އައިޑޮލް ކާމިޔާބު ކުރެވުން ކަހަލަ ކަމެކޭ،" އައިޑޮލްގެ ސްޓޭޖްމަތީގައި ލަވަ ކިޔަމުން، ވަރަށް މަޖާ އަދި ތަފާތު ނެށުމުގެ ސްޓެޕްތައް ދައްކާލުމުގައި ވެސް ދެވަނައެއް ނެތް ޒުވާނާ ބުންޏެވެ.
ބޮޑުބެގެ ފޭނުންނަށް އޭނާ ބުނަނީ ދެރަ ނުވުމަށެވެ.
"މި އަޑެއް ދެނެއް ގައިމު ވެސް ނުކެނޑޭނެ. މުޅި ރާއްޖެއަށް އަބަދު ވެސް އިވޭ އަޑަކަށް މި އަޑުވާނެ. ބޭނުން ވަނީ ރާއްޖޭގެ ކުޅަދާނަ ލަވަ ކިޔުންތެރިއަކަށް، އެ ހިސާބަށް ދާން ވަރަށް މަސައްކަތް ކުރާނަން،" ބޮޑުބެ ބުންޏެވެ. "އައިޑޮލްހެ ތަޖުރިބާއަކީ ކުރިއަށް ދާން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް. އޭގެ ބޭނުން އަބަދު ވެސް ހިފާނަން."
ރާއްޖޭގައި މިހާރު އެންމެ ބޮޑު ފޭން ބޭސްއެއް އޮތް ހަބޭސް ބޮޑުބެރު ބޭންޑްގެ ކުޑައިގެ ދަށުން ހިންގަމުން އަންނަ ހަބޭސް ފިއުޝަންގެ އެއް ލީޑް ވޯކަލިސްޓަކީ ވެސް މިހާރު ބޮޑުބެ އެވެ. އެ ބޭންޑްގެ އަނެއް ވޯކަލިސްޓަކީ އައިޑޮލްގެ ގަދަ 16 އިން ކެޓި އަހުމަދު ސައްޔާހެވެ.
"ހަބޭސް އިން މިފުރުސަތު ދިން ކަމަށްޓަކައި މުޅި ބޭންޑަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ހާއްސަކޮށް ބޭންޑްގެ ވެރިޔާ އައްޔަ [އަލީ ޝިފާއު] ދިން ފުރުސަތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފާނަން،" ބޮޑުބެ ބުންޏެވެ.
ހަބޭސްއާ އެކު ކުރިއަށް ދާން އަމާޒު ހިފާފައިވާ އިރު، އޭނާގެ މިއުޒިކީ ކެރިއަރު ބިނާ ކުރުމުގައި ހާސިލް ކުރަން ބޭނުންވާ ކަންކަން ވެސް އެބަ ހުއްޓެވެ. އެގޮތުން ވޯކަލް ޓްރޭނިން ހަދަން ވަނީ ނިންމައިފަ އެވެ.
ހަމައެއާ އެކު އަމިއްލަ ރާގުގެ ސޯލޯ އަލްބަމެއް އެހުންތެރިންނާ ހަމައަށް ގެނެސް ދިނުމުގެ ހުވަފެން ވެސް އޮތީ އެވެ.
ފޭނަކު ބޮޑުބެއާ އެކު ސެލްފީއެއް ނަގަނީ: ފޭނުން ދެކެ ވަރަށް ލޯބިވާ ކަމަށް ބުނޭ.
"ރޯދައިގެ ފަހުން ވޯކަލް ޓްރޭނިންއަކަށް ރާއްޖޭން ބޭރަށް ދާނަން. މިއީ އަހަރެންގެ މެނޭޖަރުގެ ފަރާތުން ފަހިވި ފުރުސަތެއް. ދެން އެ ޓްރޭނިން ނިންމާލާފައި އަމިއްލަ ރާގުގެ ސޯލޯ އަލްބަމެއް ހަދަން ވެސް ވިސްނާފައި އެބަ އޮތް،" ބޮޑުބެ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮނދުބޭބެ އަލީ ކަބަޑޭ
03 May 2017
އައިޑަލް މިފަހަރު އިންސާފެއްނޫން!!!!
ޖައިބިޅާ
03 May 2017
އަޅޭ ! ބޮޑުބެ މީ ކާކު ތަ އަޅެ؟ އަހަރެން މޯލްޑިވިއަން އައިޑޮލް ނުބަލަން!
ނަންނު
03 May 2017
މިފަހަރުގެ އައިޑޮލްގަ ޖަޖުން މާކްސްދެނީ އިންސާފަކުންނޫން ޖަޖުން ވަރަށްބޮޑަށް ޝަމްވީލް އަށާ ތަސްނީމް އަށް ސަޕޯރޓްކުރާކަން އެނގޭ ޝަމްވީލް އަކީ ގަދަ 10 އަށްދާވަރަށްވުރެވެސް ހަޑިކޮށް ލަވަކިޔާކުއްޖެއް ޖަޖުން ޖަޖުކޮށްފަ މާރކްސް ދޭގޮތްވެއްޖެ ދޯ ބުނެލަން އެންމެރީތިކޮށް ލަވަކިޔާ އަދި އެންމެ އަޑުރީތި ކުދިންކޮޅު ކަޓައިގެން ހިގައްޖެ މިފަހަރުގެ ޝޯ ބަލަންވެސް ވަރަށްފޫހިވޭ ދެން އޮތްކަމަކީ ކިތަންމެރީތިކޮށް ލަވަކިޔަސް ފަގީރުކުއްޖާ ކަޓަނީ މުއްސަދިކުއްޖާ އެތައް ސިމް ތަކަކާ އެތަށްހާސް ރުފިޔާގެ ފޯނުކާޑް ގަނެގެން ވޯޓްކުރަނީ ވަރަށްނާއިންސާފުންދާ ކަމެއް ވަރަށްދެރަކަމެއް ދެންއަންނަ ފަހަރަކުން މިނޫން އިންސާފުން މިކަންދާނެކަމަށް އުންމީދު ކުރަން
ހައްސާން
03 May 2017
ޖަޖުންގެ ތެރެއިން އިއްބެއާ... އުނޫޝާ ދައްތަ އަށް ދަަސްކޮށްދޭން އެބަޖެހޭ ފެއަރކޮށް، ޑިސްކްރިމިނޭޓް ނުކޮށް، ބަޔަސް ނުވެ ، ހެލޯ އިފްކްޓް އާއި ހޯން އިފެކްޓުން ސަލާމަތް ވެ ތިބެ ޖަޖު ކަން ކުރަން.. ބޭސިކަލީ މިމީހުންގެ އެބަހުރި މައްސަލަތަކެއް... ހަމަ ތަފާތުކޮށް ކޮމެންޓް ކުރެވެނީ އޭ ވަކި މީހަކަށް ވީމަ އަބަދުވެސް ވަކިގޮތަކަށް
ބޭއިންސާފް
03 May 2017
ގަދަ 5 ކަޓުވާލީ ނާ އިންސާފުން އަސްލުގަ ޝަމްވީލަށް ވުރެންވެސް ރީތި ކޮށް އެރޭ ލަވަ ކިޔާފަ +ކޮމެންޓްސް ހޯދާފަ ޖަޖުން މާކްސް ދިނީ ޝަމްވީލަށް
ބެއްޔާ8
03 May 2017
ތިޔަ ބޮޑު ބެރު ގުރޫޕެކޭ ކިޔާފަ އުޅޭ ޒުވާނުން ފެނުނަސް އަހަރެމެން ދިވެހިން ލަދުގަނޭ.ދެން ބޮޑުބެ ވެސް ފެންނާނީ ބޯދިގުކޮއް ފަހަތަށް ހުޅިއެއް ޖަހާފަ ފަޔަށް ބާރު ޖިންސެއް ލައްވާފައި ގުރޫޕް ހަދާފަ ބާރަށް މާލެތެރޭ ސައިކަލު ދުއްވާ ތަން.
އަހްމަދު
02 May 2017
މާލެ އާއި މާލެ ކާރިމިހަކަށް ނުނީ ތިޙައްގެއް ނުވާނެ. ވައްސަލާމް
އޮބިނަސް ޓް ދި ޗީޑި
02 May 2017
މިއަށް "މޯލްޑިވިއަން އައިޑަލް" އޭ ކިޔާނެ ކަމެއްނެތް. ކިޔާ "މޯލްޑިވިއަން އެންމެ މުއްސަދި އާއިލާގެ ދަރިފުޅު ހޯދާޝޯ".
ސަންތި މަރިޔަބު
02 May 2017
ބޮދުބެވެސް ރަންގަޅު، އެކަމު ޝަމްވީލް ވަރެއް ނުވޭ. ބޮޑުބެވެސް ހިއްވަރު ގަދަ. ސަޕޯޓަރުންވެސް ތިގޮތުގަ ތިބޭ. ޝަމްވީލް ވެސް ދާނީ ކުރިޔަށް.
އަންބާ
03 May 2017
ޝަމްވީލް ގެ އަޑެއް ނޯވޭ... އަޑަށް ކުރުކުއްލި ލައްވާފަ ލަވަކީ ޓޮޕް 5 ހޮވިރޭ އޭނަ ކިޔާލީ ކޮންފަދަ ފަސޭހަ އަންބާ ތަކެއް..... އެކަމަކު އެކަން ނޯޓިސް ވެސް ނުކުރެވޭ
ޕެނިކް ފަރީދާ
02 May 2017
ބޮޑުބެ އަސްލު މާއަވަހަށް ގެޔަށް ދާންޖެހުނީ ޕިއެސްއެމްއިން ޓެލެންޓް ޕްރޮމޯޓް ކުރުމުގެ ބަދަލުގައި މާބޮޑަށް ލާރިއަށް މޮޔަވެފަ ތިބީމަ. މީހަކަށް 50 ވޯޓް ދެވެންޏާ ދެން ނިކަންވިސްނާ ތަނަވަސް މީހެއްގެ ދަރިއަށް ވޯޓް ލިބޭނެ މިންވަރު